ދޮޅު ލައްކަ ރުފިޔާގެ މުދާ ހިފައިގެން ނުފިލާ ކަމަށާއި އެ ތަކެއްޗާ ހަވާލުވާނެ ފަރާތެއް ނޭނގުމުން ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅައި އެ ވާހަކަ ހިއްސާކުރި ކަމަށް ޓެކްސީ ޑްރައިވަރު ބުނެފިއެވެ.

ދޮޅު ލައްކަ ރުފިޔާގެ މުދާ ހަވާލުކޮށް ތަނަކަށް ގެންދަން ބުނުމުން ފިލިކަމަށް ތުހުމަތުކުރި ޓެކްސީގެ ޑްރައިވަރު ބުނީ އެ މުދަލާ ހަވާލުވާނެ ފަރާތް ނުފެނުމުން، ފުލުހުންގެ ކޮމާންޑް ސެންޓަރަށް ގުޅާފަ އެކަން އެންގި ކަމަށާއި މުދާ ހިފައިގެން ފިލާފައި ނުވާނެ ކަމަށެވެ.

މިކަމާ ބެހޭގޮތުން "ވަގުތު" އާ ވާހަކަ ދައްކަމުން ޓެކްސީ ޑްރައިވަރު ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެ މުދާ ޓެކްސީއަށް އެރުވުމަށްފަހު ދިޔައީ ބިސް ބުރު ކައިރިއަށް ކަމަށެވެ. އަދި ހަވާލުވާ ފަރާތުގެ ނަންބަރު އެއާޕޯޓުގައި ހުރި މީހާ ދީފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މުދަލުގެ ވެރިފަރާތަށް އަޅުގަނޑުގެ ނަންބަރެއް ނޭނގޭ، އަޅުގަނޑަށް ވެރިފަރާތުގެ ނަންބަރެއް ނޭނގޭ. އެސޮރު މަގޭ ކައިރީ ބުނި ހަނދާން ވަނީ ބިސްބުރު ކައިރީ އަންހެނަކު ހުންނާނެއޭ، އޭނައާ ހަވާލުކުރާށޭ. ބިސްބުރު ކައިރިން ބުރުޖަހާ ޖަހާ ވެރިފަރާތެއް ނުފެނުނު. އަންހެނަކު އެތާ ހުއްޓާ ފެނިގެން އޭނަ ކައިރިންވެސް ސުވާލުކުރިން ތިއީތޯ އެއާޕޯޓުން ތަކެތި ހަވާލުކުރަން ބުނި މީހަކީ. އެ އަންހެންމީހާ ބުނީ ތީ ތިމަންނައާ ބެހޭ އެއްޗެއް ނޫނޭ. އޭގެ ވެރިފަރާތަށް ތަކެތި ރައްދު ނުވެގެން 4:34 ގައި އަޅުގަނޑު ގުޅިން ކޮމާންޑް ސެންޓަރަށް" ޑްރައިވަރު ބުންޏެވެ.

ޑްރައިވަރު ބުނީ ފުލުހުންނަށް ގުޅާފައި އެ މައުލޫމާތު ދީފައިވަނިކޮށް އޭނަ ބަދުނާމްވާ ގޮތަށް ވާހަކަތައް ފަތުރާ ފުލުހުންގެ ވައިބާ ގްރޫޕްތަކުގައި ވާހަކަތައް ދައްކާފައިވާ ކަމުގެ ހެކިތައް އޭނަގެ އަތުގައި އެބަހުރި ކަމަށެވެ.

"އިއްޔެގެ ބަޔާނުގައި ފުލުހުން ބުނެފައި އެ އޮތީ ޓްކްސީ ޑްރައިވަރުގެ ވަނަވަރާއި ޓެކްސީ ނަންބަރު ހާމައެއް ނުކުރަމޭ، ތެދެއް ޓްވީޓުގައި ނެތް އެކަން އެމީހުން، އެސޮރު އެތަނަށް ވަނުމާއެކު ސީސީޓީވީ ކެމެރާއިން އަހަރެން ބްރިޖްމަތީ ދަތުރު ކުރަނިކޮށްދާ ތަން ބަލާފައި އެސޮރު ކައިރިން އެހިއޭ މިއީހޭ އެއެއްޗަކީ. އޭނަ އާއެކޭ ބުނީމަ އެހިސާބުން އެމީހުން އެމީހުންގެ އިންޓާނަލް ވައިބަރ ގްރޫޕްގައި ޖަހައިފިޔޭ ފިލީ ކަމަށް، މަގުމަތިން ފެނިއްޖިއްޔާ ހިފަހައްޓާށޭ." ޑްރައިވަރު ބުންޏެވެ.

އަދި އެ މުދާތައް ހަމަޔަށް އޭގެ ވެރިފަރާތަށް މިހާރު ހަވާލުކުރެވިފައިވާ ކަމަށް ޑްރައިވަރު ވަނީ ބުނެފައެވެ.

"ފޮށިގަނޑުތައް ހަވާލުނުކުރެވިގެން އެ ދުވަހުގެ ދަތުރު ވެސް ހުއްޓިފައި ހުއްޓައި ޓެކްސީ ދުއްވަން އުޅޭ ރަހުމަތްތެރި ފުލުހެއް ބުނީ އޭގެ ވެރިފަރާތުން މާފަންނު ޕޮލިހަށް ގޮސް އިންކަމަށް. ދެން ހަމަ ވަގުތުން ދިޔަ އިރު އިން އެއާޕޯޓުން ފޮށިގަނޑު ހަވާކުރި މީހާ. އެތަނުން އޭނާއާ ފޮށިގަނޑުތައް ހަވާލުކޮށްފައި ބުނިންް އެއްޗެއް މަދު ވާނަމަ ޒިންމާވާނަމޭ ވެސް ފުލުހުން ތިއްބާ," އޭނާ ބުންޏެވެ.

ޓެކްސީއަކަށް އެރުވި ދޮޅުލައްކަ ރުފިޔާގެ މުދާ ސީސީޓީވީ ފުޓޭޖް ބަލައިގެން ފުލުހުން ހޯދައިފި

މުދާތަކެއް އެރުވި ޓެކްސީއެއް ފިލުމުން ސީސީޓީވީ ފުޓޭޖު ބަލައިގެން އެމީހާ ހޯދާ ވެރިފަރާތާ މުދާ ހަވާލު ކުރި ކަމަށް ފުލުހުން ވިދާޅުވީ މިދިޔަ ހުކުރު ދުވަހެވެ.

އޭގެ ހަފުތާއެއް ފަހުން އަދި ފުލުހުންގެ ވާހަކަ ޓެކްސީ ޑްރައިވަރު ދޮގު ކުރި ފަހުން، މިއަދު ފުލުހުން ވިދާޅުވީ، ޑްރައިވަރު ނުފިލާ ކަމަށާއި ވެރިފަރާތާއި މުދާ ހަވާލު ކުރީ އޭނާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަޔާން

    ތިކަހަލަ ބަޔަކު އަމަން ބަލަހައްޓަން ތިބޭ ތަންތަނުގަ ވާނެހާ ކަންތައް ފެނިގެން މިދަނީ. ރައްޔިތުންގެ ފައިސާއިން ކައި ބޮއެގެން އެ ރައްޔިތުންނަށް ފުރައްސާރަކޮށް ބަދުނާމު ކުރާއިރު ލަދުހަޔާތް ކޮބާ ؟؟؟

    11
  2. އިއްޒުއްދީނުލް ސަންޢާނީ

    ފުލުހުން ވ އަން ޕޮރޮފެޝަނަލް، ވާނުވާ ނެގޭ ގިނަ ކުދިން ނަށް، އަޅުގަޑު ގެ ރައްޓެއްސެއް 54 އަހަރު ގެ ބޭބެ އެއް އެއް ހިއަރިން އެއިޑް ބޭނުން ކުރާނެ އަޑު ނީވޭތީ، އޭނަ ސައިކަލުގަ ދަނިކޮށް ހުެއްޓުވާފަ ބުނީ ތިނަގާށޯ، މަނާ ކަމެކޯ، އޭނަ އެެނެގީމަ ބުނީ ތި އަޅައިގެން ނުދެވޭނެޔޯ، އެންމެ ފަހުން އެތާހުރި އެމް އެންޑީ އެފް މީހަކު އައިސް ކާޑު ދައްކާފަ ބުނީ އެބޭބެ އަކަށް އަޑު ނީވޭނެޔޯ އެނެގީމަ ، ދެން އެސޮރު އެނަ ދޫކޮއްލީ، ގަބޫލު ނުކުރެވެންޔާ އެބޭބެ އަށް ގުޅާ އަހާބަލަ،، ކިޔައިދޭނެ ކަން ހިނގި ގޮތައް!

  3. ސެރެކޭރެ

    ރައްޔިތުންގެ ލާރިއެއް ނުހުންނާނެ، އެހެންނޫންނަމަ އެލާރި ހުންނާނީ ރައްޔިތުން އަތުގަ.