މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ހުތުބާއަށް ޝެއިހް އާދަން ނިޝާން އަލީ އާދަމް ވަރަށް ބޮޑަށް ބޮޑު ފާޑުވިދާޅުވެ އެއީ ލާދިނީ ފިކުރު ފެތުރުމަށް ދިން ހުތުބާއެއް ކަމަށް ސިފަ ކުރައްވައިފިއެވެ.

ދެބަސްވުމުގެ އަދަބުތަކުގެ މައްޗަށް މިއަދު ދިން ހުކުރު ހުތުބާއާ ގުޅިގެން ނިޝާން ވިދާޅުވީ ސެކިއުލާ "ލާދިނީ ފިކުރު ފެތުރުން އެންމެ ފަހުން ހުތުބާއަށްވެސް" އައީ ކަމަށެވެ.

 

ނިޝާން ވިދާޅުވި ގޮތުން މިއަދުގެ ހުކުރު ޚުޠުބާގައި ރައްޔިތުންނަށް އޮޅޭގޮތަށް، އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާއި ޚިލާފު، ހުޅަނގުގެ ސެކިއުލަރ ލާދީނީ ފަލްސަފާގެ ވިސްނުން ފެތުރުމަށް ވަނީ ގޮވާލާފަ އެވެ.

"މިއަދުގެ ހުކުރު ހުތުބާގައި ރައްޔިތުންނަށް އޮޅޭގޮތަށް، އިސްލާމްދީނުގެ ސައްހަ އަގީދާއާއި ހިލާފު، ހުޅަނގުގެ ސެކިއުލަރ ލާދީނީ ފަލްސަފާގެ: ގައުމިއްޔަތު ވިސްނުން، އިސްލާމީ އަގީދާއަށްވުރެ / ޝަރީއަތަށްވުރެ އިސްކޮށް، ކޯއެގްޒިސްޓެންސްއާއި ޓޮލަރެންސްގެ ވިސްނުން (ކޮންމެފަދަ ބާތިލު ވިސްނުމެއް ފިކުރެއް ވިޔަސް އެޔާއި ދެކޮޅު ނުހަދައި ދެބަސްނުވެ އެކުގައި އުޅުމުގެ ވިސްނުން) ފެތުރުމަށް ވަރަށް ފާޅުގައި ވަނީ ގޮވާލާފައެވެ." ނިޝާން އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓާއި ޓްވިޓާ އެކައުންޓް މެދުވެރިކޮށް އާއްމުކުރި ޕޯސްޓެއްގައި ވެއެވެ.

ނިޝާން ވަނީ ދީނީ އަގޫދާއަށް ކިތަންމެ ބޮޑު ގެއްލުމެއް ވީނަމަވެސް "ގައުމުގެ މަސްލަހަތައްޓަކައި" އެކަންކަން ޓޮލަރޭޓް ކޮށްލައިގެން ތިބެން ޖެހޭނެކަމަށް ވިސްނައިދޭން މިއަދުގެ ހުކުރު ހުތުބާގައި މަސައްކަތް ކޮށްފައިވާކަން ވަރަށް ބޮޑަށް ފާހަގަ ވާކަމަށްވެސް ބުނެފަ އެވެ.

" ބާތިލު އަގީދާތަކާއި އިސްލާމްދީނުގެ ޘަވާބިތުތަކަށް (ބަދަލުވުމެއް ނެތް ޙުކުމްތަކާއި އަޞްލުތަކަށް) އިންކާރުކޮށް، ފުރައްސާރަކޮށް އަދި ދެކޮޅު ހަދާ މީހުންނާއި މެދުވެސް ހަރުކަށިނުވެ، ދެކޮޅު ނުހަދައި އިންކާރުނުކޮށް، ދީނަށް ޢަޤީދާއަށް ކިތަންމެ ބޮޑު ގެއްލުމެއް ވީނަމަވެސް "ޤައުމުގެ މަޞްލަޙަތައްޓަކައި" އެކަންކަން ޓޮލަރޭޓް ކޮށްލައިގެން ތިބެން ޖެހޭނެކަމަށް ވިސްނައިދޭން މިއަދުގެ ހުކުރު ޚުޠުބާގައި މަސައްކަތް ކޮށްފައިވާކަން ވަރަށް ބޮޑަށް ފާހަގަ ވެއެވެ." ނިޝާންގެ ޕޯސްޓްގައިވެ އެވެ.

ނިޝާންގެ ފާޑުކިޔުން އަމާޒުކުރި އެ ހުތުބާގައި މިއަދު ވަނީ ދީނީ މައްސަލައަކުން މައްސަލައްގައި އިލްމްވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ ބަހުސްކޮށްގެންނުވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

"އަހަރަމެންނާ ހިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފިރުކޮށްގެންނުވާނެ. އަހަރަމެންނާ ދެބަސްވާ ކޮންމެ މީހަކީ މުޖުރުމެއް ކަމަށް ހަދައިގެންނުވާނެ. ދީނީ މައްސަލަތަކުން މައްސަލައެއްގައި ބަހުސްކުރާނަމަ އެ މައްސަލަތަކާ ގުޅޭ ގޮތުން އިލްމްވެރިންގެ ރައުޔުތަކާއި ހުއްޖަތްތަކުގެ އަލީގައި މެނުވީ ޖަދަލުތައް ކުރިއަށް ގެންގޮސްގެންނުވާނެ. މައްސަލައެއްގައި އިލްމުވެރިން ދެބަސްވެވަޑައިގެންފައިވާނަމަ އެއިން ކޮންމެ ބޭކަލެއްގެ ރައުޔަށްވެސް އިހްތިރާމްކުރަންވާނެ." ހުތުބާގައި ވިދާޅުވެފައިވެއެވެ.

އަދިއެހެންމެ ރައުޔު ތަފާތުވާ ކޮންމެ ފަހަރަކު މީސްމީޑީޔާއަށް އަރާ ހުޅުރޯކުރާ ބަޔަކަށް އެއްވެސް މީހަކު ވެގެން ނުވާނެ ކަމަށް ފާހަގަކޮށް ކޮންމެ މަގާމެއްގައި ހުރި މީހެއް ނަމަވެސް ގައުމުގެ މަސްލަހަތު އިސްކުރަން ޖެހޭނެކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

"ރައުޔު ތަފާތުވުމުގެ ސަބަބުން އަހަރެމެންގެ އެކުވެރިކަމުގައި ރެނދުއެޅުނަ ދީގެންނުވާނެ. އަހަރަމެންގެ ސަފުތައް ރޫޅިގެން ދިޔަދީގެން ނުވާނެ." ހުކުރު ހުތުބާގައި ވިދާޅުވިއެވެ.

ހިޔާލެއް ހުށައަޅާ މީހާ އޭނާ ހުށައަޅާ ހިޔާލަކީ އެންމެ ރަނގަޅު ހިޔާލުކަމަށް ދެކިގެންނުވާނެ ކަމަށާއި އަނެއްކާ ހުށައަޅާ ހިޔާލަކީ މާރަނގަޅު ހިޔާލަކަށްވެސް ވެދާނެކަން ދަނެގެން މުއާމަލާތް ކުރަން ޖެހޭކަން ހުތުބާގައި ހަނދާން ކޮށްދިނެވެ. އަދި ކާފިރުންނާއި ޖަދަލުކުރާއިރުވެސް ރިވެތި އަދަބުތައް ހިފެހެއްޓުމަށް ﷲ އަންގަވާފައިވާކަމަށް ހުތުބާގައި ފާހަގަ ކުރައްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    މިމީހުންނަށް ހުކުރު ޚުތުބާއެއް ކަމަކުނުދާނެތާ! ސަހާބީ އަކަށް ފެނިގެން މިމީހުން ސަމިއަﷲއަށް އަތްނަގާ ތިރިކުރުމުގެ ބަދަލުގައި ހަށަން ބަދެގެން އެތިބެނީ! ބުނަނީ ކޮންމެވެސް ސަހާބީއަކަށް ފެނުނިއްޔޯ؟!!!!

    5
    8
    • Anonymous

      ލާދީނީ ސަރުކާރެއް އޮތް ގައުމެއްގައި އެފިކުރު ފެތުރުން ނޫން ކަމެއް ހިނގާނެތަ؟
      ސޭކް އިމްރާން ހުރެފަ ބުނެފާނެ އިބޫސޯލިހަކީ ރަސޫލެކޭވެސް ބުނެފާނެ. ދެން އެމްޑީގެ ޖާހިލުން އެވާހަކަވެސް ގަބޫލުކުރާނެ.

  2. ތިއްތި

    ތަނުގައިގައި ހިންގާ ސަދޫމުގެ ކުއްތަކާ ރަސޫލުންނާ އެއްފަދަކޮށް ދެކެވޭ ވާހަކަޔަށް އަޅާނުލައި ތިބެވޭނެބާ؟ މީ މުސްލިމުޤައުމެއް ލާދީނީ ޤައުމަކަށް ޤައުމު ވެގެން ދާތަން ބަލާކަށް ނުތިބެވޭނެ

    9
    5
  3. މޮޔަނިމޮސް

    ހަރުކަށި ފިކުރުން ހައްދު ފަހަނ އަޅާފައިވާ ގުރޫޕް ގަނޑެއް މީ.މި ކަލޭގެ ބޭނުން ވަނީ މީހުން ކާފަރު ކޮށް މަރަން ގޮވާލަން.ހަމަ ސީދާ ވައްހާބީން

    5
    11
  4. Anonymous

    ޝެއިޙް ނިޝާނު ވިދާޅުވީ ރަގަޅަށް!

    15
    5
  5. 🌈

    އަދިކިރިޔާ ރަނގަޅު ވާހަކައެއް އެދެއްކީ ހުތުބާގަ

    5
    15
  6. ކެރޭނެ

    ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރއްކަލެއް.ސީދާ ތާލިބާނުންގެ ފިކުރު

    7
    10
  7. ނަރީޝް

    ނިޝާން މެންނަށް އިސްލާމްދީން ކިއެވިފަ ހުރީ ހަރުކަށި ފިކުރުގެ ޔުނިވަރސިޓީއަކުން ވީމަ ނިޝާން ބުނާނީ ވެސް މިހެންތާ . މެލޭޝިއަަގަ އޮންނަ އިސްލާމީ އުސޫލްތައް ސަޢޫދީ އެރެބިއާ އާ ތަފާތު މިސްރުގައި އޮންނަ އިސްލާމީ އުސޫލްތައް ވެސް ސަޢޫދީ އެރެބިއާ އާ ތަފާތު . ވައްހާބީ ޒަމާނުގައި ސަޢޫދީ އޮތްގޮތަކަށް ނޫން މިހާރު ސަޢޫދީވެސް އޮތީ ޑުބާއި އާ ޤަތަރު ވެސް ތަފާތު . ސެކިއުލަރ ޤައުމުތަކެއް ނޫން އެއީ ވެސް . ތުރުކީ ކިއާނެ ކަމެއް ނެތް

    6
    8
  8. ނާޒް

    ދަލީލެއް ނެތަސް އެބައިނގޭ ޣައިރު މުސްލިމެއްގެ ޖަނާޒާގެ ތެރޭގައި ޝިރުކުގެ އެތައް އަމަލެއް އެދީނުގެ މީހުން ހިންގަމުންދާއިރު އެފަދަ މާހައުލެއްގައި އަދި އެއްވުމެއްގެ ތެރޭގައި މުސްލިމަކަށް ނުހުރެވޭނެކަން. މީގެ މާނައަކީ މައްޔިތަކު ވަޅުލުމުގެ ކުރިން ބަލާލަން ދާދިއުން ނުވަތަ އާއިލައަކަށް ތައުޒިޔާކިޔާލަން ބައްދަލުކޮއްލުމުގެ ފުރުސަތުނެތެކޭއެއްނޫނެވެ. އެކަމަކު މި ބުނަނީ އެހެންދީނެއްގެ ބަޔަކު އެބަޔަކުގެ މައްޔިތަކު ވަޅުލުމުގައި ނުވަތަ ޖަނާޒާގައި އެ ހިންގާ ޝިރުކުގެ އަމަލުތަށް ކުރުމުގައި އެއްވެ އެތިބޭތަނުގައި މުސްލިމަކަށްވެ ހުރެ ނުހުރެވޭނެކަމެވެ. އެއީ ޝިރުކު ކުރާތަނެއްގައި މުސްލިމަކު ހުރުމަކީ ނުވަތަ އެފަދަ އެއްވުމެއްގައި ހުރިމަކީ ދީނުގައި އާންމު އުސޫލުން ހުއްދަކުރާކަމަކަށް ނުވާތީއެވެ.

    • މޮޔަނިމޮސް

      ވަޅުލުމުގެ ކުރިން ބަލަން ދިޔުމޭ.ކީކޭ ބުނާނީ،ދީނުގަ އޮންނަނީ ކަފަރުންނަށް މަގުމަތިން ވެސް އުނދަގޫ ކުރުން

  9. ޙައްވާނަގާލިއާ

    ޙުތުބާގަ ނެތްއެއްވެސް މައްސަލައެއް،، ތީ މަނިކުފާނު ވިސްނުން،،،،ކީރިތި ގުރުއާނާ ސުންނަތުގަ އޮތްކަމެއް ކުރެވޭނީ،،، މަނިކުފާނު ޒާތީވެގެން ދީނުގަ ވާހަކަ ނުދެއްކުން ރަގަނޅީ!

    6
    9
  10. ބިޝާރު

    ތިޔައީ ޝޭހެއް ނޫން ފިތުނަޔާ ނަފުރަތު ފަތުރާ ލުކަޢު އެއް.. ސަލަފުގަ ދެންތިބި ބޭފުޅުން ވަރަށް ރަނގަޅު ވާހަކަފުޅުތަކެއް ދައްކަވަނީ.. ސަރުކާރާ ދެކޮޅަށް ވެސް ބަސްބުނަނީ ވަރަށް ޢިލްމީގޮތަކަށް.. އެކަމު ތިޔަ ނިޝާނަކީ އިލްމުވެރިއެއްގެ އެއްވެސް ސިފައެއްނެތް ޒާތީ ހަސަދައާ ފިތުނަތު ކުރިޔަށް ނެރޭ މީހެއް..

  11. ލަބަރި

    ގައުމެއް ނެތް އަދިވެސް ރައްޔިތުން ހަމަ ބާރައް އަތްޖަހަނީ ވާނުވާ އެނގޭމީހަކު ވަރައްމަދު

    9
    4
  12. އަހުސަނު

    އަޅުގަޑުވެސް ޚުތުބާ އަޑުއަހަމުން ދިޔައިރު ޚުތުބގައި ބުނަން މަސައްކަތްކުރި ވާހަކައާމެދު ހިތިގައި ވަރަށް ބޮޑަށް ސުވާލު އުފެދުނު!

    9
    4
  13. ޒަމްޒމް ޒައިތޫނި

    މިކަހަލަ ހައްދުފަހަނައެޅި މީހުން ޕްރޮމޯޓު ނުކުރުމަށް ނޫސްވެރިންނަށް އިލްތިމާސްކުރަން މިކަލޭގެ ހިތުން އިސްލާމްދީން އިނގެނީ މިކަލޭގެއަށްއެކަނި

    6
    13
    • އައްޔަ

      އޮޅުވާލުމަކުން ސަލާމަތްކުރުމަކީ ހައްދުފަހަނައެޅުމެއްނޫން

  14. ޏަށްލަ

    މިގައުމު ފަސާދަކުރުމުގެ މުގުލުގައި ހުރީ ސޯލިބޭ އޭނަބޭނުންވަނީ މުޅިގައުމު ހިންދީންގެ ބާރުގެ ދަށަށްގެންދަން ﷲ އިރާދަކުރެއްވިއްޔާ އެހެނެއް ނުވާނެ ސޯލިބޭ މިގައުމުން ބޭރުކުރާނަން 2023 ގައި.