ސިފައިންގެ ހިމާޔަތުގައި ހުޅުމާލޭގައި މީހަކު ޔޯގާ އަޅުކަންކޮށްފިކަމަށް ބުނެ އެފަދަ މަންޒަރުތަކެއް ފެންނަ ވީޑިއޯއެއް އައްޝައިހް އާދަމް ނިޝާން އާންމުކޮށްފައިވާއިރު އެއީ ދޮގެއް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު މޫދަށް ކުރިމަތިލައިގެން އިނދެ ހަރަކާތްތަކެއް ކުރާ މަންޒަރެވެ. ޝައިހް ނިޝާން ވިދާޅުވީ، އެއީ އިއްޔެ ހެނދުނު ސިފައިން ސެކިއުރިޓީއާއި ޙިމާޔަތް ދީގެން ހުޅުމާލޭގައި، ހިންދީ ދީނުގެ ޔޯގާ ޙަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު - ސަން ސެލިއުޓޭޝަން" ހަދަމުން ދިޔަ މަންޒަރު ކަމަށެވެ.

ދީނީ ގޮތުން މިއީ އެއްގޮތަކަށްވެސް ހުއްދަވާނެކަމެއް ނޫން ކަމަށާއި މިފަދަ ޝިރުކުގެ ޢަމަލުތައް ކުރުމަށް ފުރުޞަތު ދިނުމަކީ ޤާނޫނީ ގޮތުންވެސް މަނާކުރެވިފައިވާ ކަމެއް ކަމަށް ޝައިހް ނިޝާން ވިދާޅުވިއެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް ދީނީގޮތުންނާއި ޤާނޫނީ ގޮތުން ވާޖިބުވެ ލާޒިމްވެގެންވަނީ މިފަދަ ކަންކަން ހުއްޓުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ޝިރުކާއި ކުފުރުގެ ކަންކަން ކުރުމަށް ފުރުޞަތުދީ، އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައި ޙިމާޔަތްދީ ހަދާ މީސްތަކުން މާދަމާ، އެމުޝްރިކުންނާއި ޝިރުކުގެ ޢަމަލުތަކާއި އެކު މަޙްޝަރު ވާން ބޭނުންވަނީތޯ ޝައިހް ނިޝާން ސުވާލު ކުރައްވާފައި ވެއެވެ.

އަދި ތިމަންމެން އެކަން ކުރީ ތިމަންމެންގެ ވެރީންނާއި ބޮޑުން އަންގައިގެނޭ ބުނެ ސަލާމަތްވާނޭ ކަމަށް ހީކުރަނީތޯ ވެސް އޭނާ އެއްސެވިއެވެ.

މިކަމާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ ސިފައިންގެ ހިމާޔަތުގައި ޔޯގާ "އަޅުކަން" ކޮށްފިކަމަށް ދެކެވޭ ވާހަކަތަކަކީ ތެދު ހަބަރެއް ނޫން ކަމަށެވެ.

އެ ވީޑިއޯ އިން ފެންނަ ގޮތުގައި ޔޯގާ ހަރަކާތްތައް ކުރި މީހާ އެކަން ކުރަމުން ގެންދިޔައިރު އަތިރިމަތީގައި އާދައިގެ ހެދުމުގައި ބަޔަކު ތިއްބެވެ. އެއީ ސިފައިން ކަމެއް "ވަގުތު" އަކަށް ކަށަވަރެއް ނުވެއެވެ. ނަމަވެސް އެސަރަހައްދުގައި އެމްއެންޑީއެފްގެ ކާރެއް ޕާކް ކޮށްފައި އޮތް މަންޒަރު ވީޑިއޯ އިން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އހ

    ދުވަހަކުވެސް އެއްބަހެއް ނުވާނެ ބުނާނީ އެއީ ދޮގެކޭ ނޫނީ ނޭނގެޔޭ ނޫނީ އޮޅިގެނޭ

    32
  2. އަލީ އަލީ

    ތިއީ އަރާ އިން މަމައިޑެއް ކަންނޭގެ އަވަހަށް ހިފާ!

    28
    1
  3. ޔޫރޯ

    އާނ އާނ ތިޔާކަން ވާނީ ތިޔާހެންކަން ބޭބެ މެން މާކުރިން ދަނެތުބީމު އާނ

  4. ނަން

    ގޯސްވާނީ ޓްވީޓް ކުރިމީހާ ނޫނީ ވީޑިއޯ ކުރި މީހާ. މީވާ ޤައުމެއް. ޤައުމުގެ ޤާނޫނާ ހިލާފަށް އުޅޭ ބިދޭސިންނަކަށް އެޅޭ ފިޔަވަޅެއް ނެތް. އެމީހުން ނަށް އެކަން އިނގޭ. ނިކަމެތި ދިވެހި މީހާ އަށް ފިޔަވަޅު. ސައިކަލް ޖޫރިމަނާ ނޫނީ އެހެން ކަމެއް. ނުގައިދުން އުޅޭ މީހުން ހިފައްޓާ ކޮންމެފަހަރަކު -/750ރ ޖޫރިމަނާ ކޮއްބަލަ. ނޫނީ މިކަހަލެ ކަމެއް ކުރާއިރު ޖޫރިމަނާ ކޮއްބަލަ. ކުރެވޭ ކަމެއް ހަރާން. މި ސިޔާސީ އިއްޗެހިން ނަށް ކުރެވޭނޭ އާމުންނަށް އުދަނގޫ ފަސޭހަ ކުރުމުގެ ބަދަލުގައި. ބޮޑު ބަކަރި ކޮށި ނަމުން ގާނޫނު ހަދާތަނެއް. މުސާރަ ނަގައިގެން އާންމުންގެ ހިމާޔަތް ދިނުން ނަމުގައި ނުގަވައިދުން އުޅޭ މީހުންނާއި ސިޔާސީ މީހުންނަށް އިތުރުން ދީނަށް ފުރައްސާރ ކުރާ މީހުން ހިމާޔަތް ކުރާ ފޯސް. ސަރުކާ ހިންގަން އޮތް ގެރިންތައް އެބަކަޓަކަށް ކެވުނު އެއެއްޗެކަކުން ވަގަށް ނެގުނު ގޮތަށް ނަގައި ޤައުމު ވިއްކައި ބަނޑު އެޅުމުގައި. އާމުން ނިކުމެ މިސިޔާސީ ގައްދާރުން އައި ތަންތާ މުސަރަ ދީފަ ހުރި ގެރިން ގަންހިންގުވަންވީ. ކޮމެންޓް ކުރާ މީހާ ދެން ގޯސްވާނީ.

  5. އުގުރި

    ސެކިއުލާ ލާދީނީ މީހުންނަކަށް މިކަހަލަ ކަންކަމެއް ގޯހެއްނުވާނެ...

    21
    1
  6. ފަގުޑި

    ދޮގު ޚަބަރު ފަތުރަނީ ފާސިގުން. މިޚަބަރު ފެތުރީ ޝެއިހެއްތޯ ފާސިގެއްތޯ؟ އިސްލާމްދީނުގަ މިފަދަ ފިތުނަ އުފެއްދުމުގެ ހުކުމަކީކޮބާ

    1
    8
  7. ޞިޝާރާ

    ސިފައިންލައްވާ ދޮގުހަދުވާލެއް ގިނަކަމުން ތެދެއް ހެދިޔަސް ތެދެއް ހެދިތަސް މިހާރަކު ނޭނގޭނެތާ؟

  8. ޢަލީ

    މިހާތަނަށް ދޮގު މަަައުލޫމާތު ނޫސް ތަކައް ތި މުއައްސަސާ އިން ދިފައިވަނީ

  9. ދަރަނި ދަންތުރަ

    މާރިޔާ ދީދީ އެއީ ޑިފެންސް މިނިސްޓަރު ތަ ؟ އެމް އެން ޑީ އެފު އިން ބުނާނެ މިވެސް ދޮގެކޭ ، ޑިފެންސް މިނިސްޓަރު އަކީ ފިނދަނަ ދައިތަ އޭ