ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ދިވެހި ކުޑަކުދިން ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރަށް ގެންގޮސްގެން ޔޯގާ ހެދުމުގެ ހަރަކާތެއް ބާއްވާފައިވާކަން ހާމަވެއްޖެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރަކީ އިންޑިއާ ހައިކޮމިޝަންގެ ދަށުން ހިންގަމުން އަންނަ ސެންޓަރެކެވެ.

މިހަރަކާތް ކުރިއަށް ގެންދިޔައީ ޖޫން 19 ވަނަ ދުވަހު އެވެ. ނަމަވެސް އެކަން އިންޑިއަން ކަލްޗަރަލް ސެންޓަރުން ހާމަކުރީ އިއްޔެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

އިންޑިއަން ކަލްޗަރަލް ސެންޓަރުން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ބޭއްވި މި ޔޯގާ ސެޝަން ބާއްވާފައި ވަނީ ޖޫން 19 ގައި އިންޑިއަން ކަލްޗަރަލް ސެންޓަރުގައި ކަމަށެވެ. ޔޯގާ ހެދުމުގައި ބައިވެރިވި ކުދިންގެ ފޮޓޯ އިންޑިއަން ކަލްޗަރަލް ސެންޓަރުން އާއްމު ކުރިއިރު އެކުދިން މޫނު ވެސް ނުފެންނަ ގޮތް ވަނީ ހަދާފައެވެ.

ސިއްރުން މިހަރަކާތް ކުރިއަށް ގެންދިޔައީ ޔޯގާ ދުވަސް ފާހަގަ ކުރުމާއި ދެކޮޅަށް ރާއްޖޭގައި މިދިޔަ އަހަރު ބޭއްވި އެއްވުމެއް ވެސް ފަހުން ހަމަނުޖެހުމަކަށް ބަދަލުވެ، ޔޯގާ ހަދަން ތިބި މީހުންނަށް ބަޔަކު ހަމަލާ ދީފައި ވުމުންނެވެ.

އިންޑިއާ އެމްބަސީގައި ޖޫން 21 ވަނަ ދުވަހު ޔޯގާ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ ވެސް މުޅި ސަރަހައްދު ބަންދުކޮށް، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކެއް އަޅައިގެންނެވެ.

ޔޯގާ އަކީ ކަސްރަތެއްގެ ގޮތުގައި ކުރާކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ޔޯގާ އަކީ ހިންދޫންގެ ދީނީ އަޅުކަމަކާއި ގުޅިފައިވާ ހަރަކާތެކެވެ. އެހެންކަމުން އެފަދަ ހަރަކާތެއްގައި މުސްލިމުން ބައިވެރިވެގެން ނުވާނެ ކަމަށާއި އަދި އިސްލާމީ ގައުމެއްގައި އެފަދަ ހަރަކާތެއް ބާއްވައިގެން ވެސް ނުވާނެ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވެއެވެ.

ޔޯގާ ދުވަސް ފާހަގަ ކުރަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ވެސް އިންޑިއާ އިންނެވެ. އެހެން ގައުމަކުން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މަހޭ

    ކުޑަކުދިން ހިއްތަކުގަ ޔޯގާއައް ލޯބިޖަސްސައިގެން އެކަން ކުރިއެރުވޭނީ

    21
    12
  2. ހަންޑިކުޑަ

    މައްސަލައެއްނޫން ކަމަށް ދެކެން. އެކުދިންގެ ބެލެނިވެރިން އޯކޭ ވީމާތަ އެވަރުގެ ކަމެއް ކުރުވާނީދޮތަ!

    27
    17
    • ޖަބީނު

      އެއީ ބޮޑުވެގެންވާ މައްސަލައެއް. ދިވެހި މުސްލިމް ކުދިން ބޭނުންކޮށްގެން މިފަދަ ލާދީނީ ކަންކަން ކުރުވީމަ އެހެންކުދިންނަށްވެސް ނަމޫނާއަކަށް ވާނެ. މައްސަލައެއް ނޫންކަމަށް ދެކޭ މީހުން މިފަދަ ކަންކަން ކުރަންވީނު އަމިއްލަ ދަރިން ބޭނުންކޮށްގެން އާންމުނަށް ނުފެންނަ ގޮތަށް އަމިއްލަގޭ ހަތަރުފާރުތެރޭ. ކީއްކުރަން އެހެންމީހުނަށް އިސްތިހާރުކުރަންވީ.

    • ޕޭރެންޓު

      ގޭންގު ޕޭރެންޓުން ވެސް އޯކޭދޯ

    • އަހްމަދު

      ބެލެނިވެރިންނަށް އޮޅުވަލާގެން ކުރީ. ގެންދިޔައީ ޔޯގާ ހަދާށޭ ބުނެފައެއް ނޫން.

    • ހޭއަރާ

      ބެލެނިވެރިން އޯކޭވީމާ ގިޔާމަތް ދުވަހުން ޝިރުކުގެ އަމަލު އޯކޭ ނުވާނެ

  3. ޓ

    ޢިންޑިޔާގެ ނުފޫޒާ. ބާރު އޮތްވަރު ތިޔަ ފެންނަނީ.....ފަހުންއަދި މާބޮދެތިކަންކަން ހިނގާނެ

  4. ޖުމުހޫރީ މައިދާނުން

    ކުޑަކުދީން ގެންދިއުމަކީ ވ ބޮޑު ގޯހެއް. އިންދިޔާއިން އެ މަސައްކަތް ކުރަނީ އެކަން ރާއްޖެއަށް ފަތުރަން.

  5. މާމީ

    ބެލެނި ވެރިން ނައް ނޭނގިގެނެއްނޫން

  6. މިންތުއައިންތު

    ހަމަ ތި ކަލްޗަރަލްސެންޓަރުގަ ތަބުލާ ޓީޗަރަކު ގަނޑުތަކެއްގަތީ ދޯ؟ އަދިތަން އޭރު ހިންގަން ހުރި ހާލިދު އެޓީޗަރުގެ މުޅިއާއިލާ ގެނެސްގެން ގަނޑުހުއްޓުވޭތޯ ބެލިއިރުވެސް ދިވެހިއަންހެނަކު ކުއްލިގޮތަކަށް އިންޑިޔާޔަށް ފޮނުވަންޖެހުނީ ދޯ؟ ސަރުކާރުންނުބަލާތީ އެހެންވަނީ

  7. ހުސޭނުބޭ

    ދުޢާދެއްވި ފަދަ ވެރިން ....... ސޮރީ ގެރިއެއްގެ ވެރިކަމުގައި ތިކަން ތިހެން ވެދާނެ! އެކަން ކުރުވަން އިމްރާނު އަރުވަޖަހާފައި އުޅޭނެ!

  8. ކަރުކެހި

    ތިޔައީ އިންޑިއާގެ މައްސަލައެއްނޫން ތިޔައީ ބެލެނިވެރިންގެ މައްސަލަ އެކުން ފޮނުވާކައްނުޖެހޭ ބެލެނިވެރިން ތިޔަކަމުގާ ޒިންމާނަގަން ޖެހޭނީ

  9. ފަގުޑި

    ރާއްޖޭގަ އުޅޭ މުނާފިގު ވައްހާބީންނައް ނުކެރުނުދޯ މިފަހަރު ތިކަން ހުއްޓުވަން ދާކައް<<!؟؟!

  10. ޑައެލޯގް

    ބެލެނިވެރިން އޯކޭވިއަސް އެފަދަކަންކަން ސަރުކާރުން ހުއްޓުވަންޖެހެއެވެ. ފަތްބޯމީހެއްގެ ދަރިއަކު ކުޑަރާކޮޅެއްބޯލިއަސް އެމީހާއަށް އޯކޭވިއަސް ދައުލަތަށް އޯކޭވާކަށްނުޖެހެއެވެ، ސަބަބަކީ މުޖުތަމަ ހަލާކުވާނެތީއެވެ.

  11. ހިޔާލު

    ދިވެހިންގެ މޫނުގަ ތަފާލެއް ޖަހާލީ. ދެން ލަލަލާ

  12. މަހުޟުދު

    މިއީ ސީދާ ދިވެހިސަރުކާރުގެ އެއްބާރުލުމާއި އެކު ޅަދަރީންގެ ހިތުގައި ލާދިނިއްޔަތު އަށަގަންނުވަން ކުރާ ކަމެއް.

  13. Anonymous

    އިޔާޒޯ ދޯ މީ ޢިލްމުވެރިންގެ އަޑު އަހާ ސަރުކާރެއް

  14. ދެޔޯގާ

    މިކަހަލަ ލާދީނީ ކަންކަން މިފަސްގަނޑުގަ ހިންގިގެން ނުވާނެ.

  15. ޖުހ

    މީހުން މެރުމާ ވައްކަން ކުރުމާ ކުޑަކުދިންނާ ބެހުން އޯކޭ. ހުރިހާވެސް މައްސަލަ އަކީ ޔޯގާ . ވަޓް އަ ޖޯކް . ލޮލް.