މި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ބޮޑު ތިލަދުންމަތީގައި ފަތުރުވެރިކަމަށް 8,000 އެނދު ތަރައްގީ ކުރުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ އުތީމުގައި ފެނަކައިން އިމާރާތް ކުރި އާ އިންޖީނުގެ ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އެންމެ ކުރިން ރަށްރަށުގައި ކަރަންޓު ދެނީ ރައްޔިތުން އަމިއްލައަށް ހަރަދުކޮށްގެން ކަމަށެވެ. ނަމަވެސް ރާއްޖެ ތަރައްގީވަމުންދާ ވަރަކަށް އަސާސީ ހިދުމަތްތައް ރައްޔިތުން އަމިއްލައަށް ފޯރުކޮށްދޭ ކޮށްދިނުމަށް ބަދަލު އައިސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ގާނޫނު އަސާސީގައި ފެނާއި ނަރުދަމާއާއި ބޯހިޔާވެހި ކަމަށާއި ކަރަންޓަކީ ލިބެގެން ޖެހޭ އަސާސީ ހިދުމަތަކަށް ވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުގެ މެނިފެސްޓޯއާއި ވައުދުތައް ފުއްދުމުގައި އެއްވެސް ރަށެށްގެ މެދުގައި އަދި ބައެއްގެ މެދުގައި ތަފާތުކަމެއް ނެތި ހަމަހަމަކޮށް ކަންކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

"މީގެ ދެ އަހަރު ކުރިން ކޮވިޑާއި ކުރިމަތިވި. ޕްލޭނާއި އެއްގޮތަށް ކަންކަން ނުދިޔަ އެއްސަބަބު އެއީ. ކޮންމެ މަޝްރޫއަކަށް ބޭނުންވާ އެއްޗެއް އެތެރެ ކުރަން ޖެހެނީ ބޭރުން އަދި އެ ތަކެތި ރަށްތަކަށް ފޮނުވުމަށް ވެސް ދަތިތަކާއި ކުރިމަތިވި. އެހެންނަމަވެސް އެ މަސައްކަތް ހުއްޓާނުލައި ފެނަކަ އާއު އެމްޓީސީސީއާއި އެސްޓީއޯއާއި ކުރީ ބުރަ މަސައްކަތެއް." ރައީސް ވިދާޅުވި އެވެ.

އުތީމަކީ ތާރީހީ ރަށެށް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުތީމާއި ދޭތެރޭ ފަހުރުވެރިވާ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކު އުތީމުގައި ހުރި އުތީމު ގަނޑުވަރާއި ބޮޑުތަކުރުފާނުގެ ޅަ ދުވަސްވަރު ހޭދަކުރެއްވި ގޮތް ބަލަން ބޭނުންވާ ކަމަށެވެ.

މީގެ ކުރިން އުތީމަށް އައުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އާރްޓީއެލްގެ ހިދުމަތާއި އެކުގައިނއެކަމަށް ހައްލެއް މިހާރު ލިބިފައިވާ ކަމަށެވެ. ސަރުކާރުގެ ޕްލޭންގެ ދަށުން ބޮޑު ތިލަދުންމަތީގެ 41 ރަށް ގުޅާލާ ނިމިއްޖެ ކަމަށާއި މިހާރު ދަތުރުފަތުރަށް ކުރަން ޖެހޭ ހަރަދު ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ބޮޑުތިލަދުންމަތީގައި ޓޫރިޒަމް ފުޅާވެގެންދާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ހަތަރު ފަސް އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި 8،000 އެނދު ތަރައްގީ ކުރުން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބޮޑުތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާ ކުރުމަށް ޑިވެލޮޕަރުން ފަހަތަށް ނުޖެހޭނެ ކަމަށާއި އެ ސަރަހައްދަށް ބޮޑު ބަދަލެއް އަންނާނެތަން ފެނިގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ހުސެންބެ ބ

    މިހެން މީނަ އެޅި އައްޑުގަ ވެސް 8000 އެނދު ހުސް ހޮޅި ވައުދު.ރައްޔިތުން މީނަ އާއި އިސްތިޤުބާލު ނުކޮށްބަލަ.ގަޅީގައި ރައްޔިތުން ނުޖެހޭށެވެ

    40
    • އަހުމަދު

      އައްޑޫގައި އެދުގިނވެގެން އެދުމަތީގައެދު

  2. އަހުމަދު

    ތިކަމަށް އެއްބިލިއަނުގެ ލޯނެއް ނަގާފަ، ވައުދު ނުފުއްދާ ހުރެ ރައީސް ޔާމީން ސަރުކާރާއި ހެދިގެން ޕްރޮޖެކްޓް ފެއިލް ވިއްޔޭ ބުނީމަ ނިމުނީ. #2023 ޔަގީން

    36
  3. ހުސޭނުބޭ

    މީނައަށް މިއަދު ނުބައިކޮށް ވާހަކަދައްކާނެ ނޯޓު ދީފައި އޮތީ. ރަގަޅު ގޮތަކީ ވޭތުވެދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ހުވަފެނުގައި ބޮޑުތިލަދުންމަތީ 8000 އެނދު ތަރައްޤީކޮށްފިން......

    36
  4. ޙަނދުކޭތަ

    މިކަލޭގެއަކީ ދޮގުހެދުމައް ދެވިހިފާފަހުރި މަރުމޯލެއް ވޯޓްކައިރިވާވަރަކައް ރައްޔިތުން ގުނބޯ ހެއްދުން މިކަލޭގެ ކަމަކީ އެކޮޅުކޮޅުން މިއުޅޭ 3 ސޭހަކު ދުވާދީފަހުރި ބުރާންޗެއްމީ ހިންނަވަރު ނޫރާނީގޭ ޓިނު ސޯލިހު

    35
  5. މުހައްމަދު އަންޖުމް

    އެހެންތަ ހަމަތެދެއް ކީއްވެ ނުބުނީ ރައްޔިތުންނަށް ރަންއިލޮށިން ކަދުރުވެސް ކާންދޭނަމޭ ބަލަގަ ތިމާގެ ދައުރުމިވަނީ ނިމިފަ ދެންއިތުރަށް ދެއްކޭނެ ޑްރާމާއެއް ނެތް ވަގުތެއްނެތް ދޮގުހެދިޔަސް އެވަރުވެސްދަނެބަލަ މޮޔަނުގޮވާ

  6. ތެދެއްހަދާބަލަ

    ޢައްޑޯގަވެސް 8000 އެނދު ހުރިވާހަކަ ބުނި ( ފަތުރުވެރިކަމުން ރަސްކަން ކުރަމުން އަންނަ މާފުށީ ގަވެސް އެވަރަށް އެނދު ނެތްކަމަށް މައުލޯމާތު ލިބޭ

    35
  7. ވައިހޭ މިހަންމަދު

    ފުތަމަ މަނިކުފާން ކުރަން ވައުދުވި ކަންތައް އަމިއްލަ ވެރިކަމުގެ 4 އަހަރު ކޮށްނުދެވުނު ކަމެއް ކިހިނެއްތޯ އަދި ނުހޮވޭ ވެރިކަމެއްގައި ކުރާނީ؟ ސޮރީ ތިކަމެއް ނުވާނެ ދޮގުބުނުން ނިންމާލާ، ތީފެއިލިއާރ އެެއް، ދޮގުވެރިއެއް، މަކަރުވެރިއެއް، 2023 އަންނި މާރަނގަޅު ޗޮއިސްއެއް.

    25
    2
  8. އައްމަޓީ

    ކަމެއްކުރެވުނުކަމަށްވާނީ ދައުރު ނިމެންވާއިރަށް އެތެރޭގެ އުދުހުންތަކުން ޓޫރިސްޓުން އަތުން ޓިކެޓަށް ނަގާއަދަދު ކުޑަވެގެން، މިހާރުވެސް ނަގަނީ ދިވެއްސެއްގެ އަތުން ނަގާ އަދަދުގެ 3 ގުނަ ބޮޑުކޮށް، އެނދު އިތުރު ވެދާނެ، އެކަމަކު ޓޫރިސްޓުންނަށްވެސް ދަތުރުކުރެވޭ ވަރަށް އެބަޖެހޭ ޓިކެޓްގެ އަގު ކުޑަކުރަން، އޭރުން ތިޔަހިސާބުގައި ޓޫރިޒަމް ފުޅާވާނީ،

  9. Anonymous

    "ތިމާއީ ކާކުކަން ނޭނގޭކަމީ ހަމަ ގައިމުވެސް މޮޔަކަން
    ދިމާއަށް ފެންނަ ކަންތައް ވެސް ނުފެންނަކަމީ މުޅިން މޮޔަކަން"

  10. ސ

    އަނެކާސް މިފެންނަނީ ވައުދުތަކުގެ މައްޗަ ހުސްވައުދުތަކެވާތަން. ދިވެހިން ފަނުޖިފުޑި ޖަޒީރާ ދިރިއުޅުމެ ބޭނުމެ ނުވޭ. ބޭނުންވަނީ ވަޒީފާގެ ބޯހިޔާވެހިކަން ތައުލީމް ރަގަޅު ސިއްހީ ހިދުމަތް.

  11. ކައްތިރި

    އިންޑިއާ މަނަފަރު ވިއްކާލާފި

  12. ޑައެލޯގް

    އަމާޒަކީ 4 އަހަރުތެރޭގައި އެއްވެސް ވެރިކަމަކުން ނުނަގާވަރަށް ލޯނުނަގައި އެއަށް ގެނައި އެންމެ މެގަޕްރޮޖެކްޓެއް ނެތުމެވެ.

  13. Anonymous

    8000 އަލަމްގިރީގެއެނދުތޯ؟؟؟؟

  14. އަބްދޫ

    އެމްޑީޕި ގެ ފުރަތަމަ ތަރައްގިކުރި 8000 އަދިވެސް ނުހުޅުވޭ 4 އަހަރުވިއިރު އެއް އެންދުވެސް ނުހުލުވޭ.

  15. ކޮމަށް

    މިބެޔާ ތިލަދުންމަތީ އުތީމަށް އަރުވަން ހެޔޮވާވަރުގެ މީހެއްމީނައަކީ އެވަރުގެ ގައްދާރެ

  16. ާދަލޭކް

    ތިބޭޅާ ކުރީ ފަހަރު ވައުދުވި އައްޑު އަށް ވެސް މިހާރު 16000 އެދު އަޅާފަ އެހެރީ ވަރަށް ވައުދު ފުއްދާނެ.

  17. ދިއްދޫ

    ހިތުން 8000 އެނދޭ ކިޔާފަ ތި ދިޔައީ ރިޔާސީ އިންތިހާބުގަ މިރަށުން ވަރަށް ވޯޓް ލިބޭނެ ކަމަށް ހީކޮށް ދޯ؟ އިންޝާﷲ ކަލޭ ފިޔަވާ ބުޅަލެއް އެރިޔަސް އެމީހަކަށް މި ރަށު ރައއްޔިތުން ވޯޓްދޭނީ.

  18. ބަބޫ

    މިދިޔަ ސަރުކާރުގެ ވެރިޔާ ކެންޕެއިނަށް ދިޔައީ ކޮށްދިން ކަންތައްތައް އިފްތިތާހް ކުރަން. މިހާރުގެ ވެރިޔާދަނީ ކުރިން ވީ ނުފުދިހުރި ވައުދުތަކުގެ މައްޗަށް ވައިދުވާން. ވަރަށް ތަފާތު ދެއްތޯ. ރައްޔިތުން އެބަ ޖެހޭ މިކަންތައް ތަކަށް ވިސްނާފަ މިއަންނަ އަހަރުގެ ވޯޓް ރަނގަޅުކުރަން. ވަކި ޕާޓީއަކަށް ވީމަ ވޯޓް ދިނުމުގެ ބަދަލުގަ ކަންތަށް ކޮށްދެއްވި ބޭފުޅަކަށް ވޯޓްދޭން

    3
    1
  19. އިސްޢާފް ސަލީމް

    މީހަކު ހަމަ އެއްޗެއް ލިޔެފައި ދިނަސް ކިޔައިގެން ނުވާނެތާއެވެ. އައްޑޫގައި 8000 އެނދު ތަރައްޤީކުރަން 2018 ގައި ވަޢުދުވިއެވެ، އަދި ހަމަ އެއަހަރު ގއ ގދ ގައިވެސް 8000 އެނދު ތަރައްޤީކުރަން ވަޢުދުވިއެވެ. އައޑޫގައި 2 މެއިލް ދިގު ބްރިޖެއް އަޅަން ހަމަ އެއަހަރު ވަޢުދުވިއެވެ. މަސްކިރާ 7 ޕްލެޓްފޯމް 100 މެއިލް ދުރުގައެި ކަނޑުގައި އަޅަން 2018 ގައި ވަޢުދުވިއެވެ. އަލުން ....؟ ދިވެހި ގިނަ ރައްޔިތުންނަކީ ވޭތުވެދިޔަތަން ހަފްތާއަކުން ހަނދާންނެތޭބަޔެކޭ އެބުނަނީ ތެދެއްބާވައެވެ. ރާއްޖޭގެ ގިނަ ޒުވާނުންނަނކީ 3000 ރުފިޔާ ދިއްކޮށްލުމުން ވޭތުވެދިޔަތަން ހަނދާންނެތޭ ބަޔެކޭ އެބުނަނީ ހަމަ ތެދެއް ބާވައެވެ؟

  20. ވިސްނާ

    ކުރީގައިވެލެއްވި ވަޢުތަށް ފުއްދިއްޖެތޯ ވީމާ، އަމާޒޭކިޔުއްވާ އިންތިޚާބެއްއޮތީމަ ޚިޔާލީފޮލާނުކުޅުއްވާ
    އަމާޒަކީ ހަނދުގައި ފުލެޓްއަޅުއްވާ ހުރިހާރަށްޔިތުންގެދިރިއުޅުން ބަދަލުކުރެއްވުމޭވެސް ބުނުއްވިދާނެ ނަމަވެސް އެކަންވާނެތޯ އެހާކުޅަދާނަކަމާ ގާބިލްކަމާ ތަނަވަސްކަން އެބަހުރިތޯ
    ރަށްޔިތުންގެތެރެއިން ގިނަބަޔަކު ހާލުގައިވާއިރުކުރިއަށްއޮތް 4 އަހަރުގެއަމާޒްކަނޑައެޅުއްވުން
    ރަގަޅުކަމުގައި ފެންނަނީ 4 އަހަރުކުރިން ވެލެއްވިވަޢުދުތަށްފުއްދެވުންވަޢުދަކީޚިޔާލީފޮލާއެއްނޫން