އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަންނަ ބުރާފަސްފަތި ދުވަހު ކުޑަހުވަދޫއަށް ވަޑައިގަންނަވާ ގޮތައް ހަމަޖައްސަވައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި އެމަނިކުފާނު ބައްދަލުކުރައްވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ހަރަކާތް އެރަށުގައި އިތުރު ކުރުމަށާއި ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމުގެ ހަރަކާތެއްގައި ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޕީޕީއެމްގެ ޖަލްސާއެއް އެރަށުގައި އޮންނާނެ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މިއީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ޓިކެޓް އެ ޕާޓީން، އެމަނިކުފާނަށް އެރުވިފަހުން އެމަނިކުފާނު އަތޮޅުތެރެއަށް ވަޑައިގަންނަވާ ފުރަތަމަ ދަތުރުފުޅެވެ. އެހެން ނަމަވެސް އެމަނިކުފާނު ބައިވެރިވަޑައިގަންނަވާ ޕީޕީއެމްގެ ސިލްސިލާ ޖަލްސާތައް މާލޭގައި ހުންނަ ޕީޕީއެމްގެ އޮފީހުގައި ބާއްވަމުންދެ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފިޔާ

    ތިދެން ފުޅަލެއްނުވާނެ ވާނީ ހައްތާ ހަނި އެހެން ޕާޓީތަކަށް މީހުންކޮޅު ކަހާލާފި.

    1
    1
  2. އިސްމާއިލް

    ނިމިދިޔަ ރިޔާސީއިންތިހާބުން ފެށިގެން ތިޔަބުނާއެއްޗެއް ފުޅާކުރާވާހަކަ ތިހަރަކާތެއް ފުޅަލެއްނުކުރެވުނެއްނު ދެން އިރުއިރުކޮޅާ މޮޅުވާހަކައެއްފަޅާނުލާ ނުވާވަރުކަންކަން ދޫކޮށްލާފަ ތިބެންމާރަނގަޅުވާނެ

  3. އުކުޅަސް ކަރީމް

    ސާބަހޭ ރައީސް ޔާމިން

  4. ދިވެހިދަރި

    ކުޑަހުވަދޫގެ ރަށްޔިތެއްގެހައިސިއްޔަތުން ތިކަމަށްވަރަށްއުފާކުރަން މިހެންމިބުނީ ޔާމީންއަށް
    ސަޕޯޓްކުރާފަރާތަކަށްވާތީއެއްނޫން އަހަރެންފަދައިން އުފާކުރާނެ ޔާމީންގެވަރަށްގިނަ ސަޕޯޓަރުން ކުޑަހުވަދޫގައި ތިއްބަވާނެ މިކަމުގެ ހެއްކެތް ފަހުންބޭއްވުނު ރަށުކައުންސިލްގެ
    އިންތިޚާބުއާ، އަންހެނުންކޮމިޓީގެ އިންތިޚާބު

  5. 13ވގ

    ހެޔޮނުވާނެ ތިވައްކަން އިތުރައް ފުޅާނުކުރޭ