ރައްޔިތުންނަށް ފުދުންތެރިވެވޭނީ ހެލިފެލިވެ ފުރާ ދުއްވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އާރްޓީއެލް ފެރީ ނިޒާމުން ބޮޑުތިލަދުންމަތި ގުޅާލުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. "ރައްޔިތުން ފުދުންތެރިވެވޭނީ ހެލިފެލިވެ ފުރާ ދުއްވިގެން. ގޮސް އައިސް ވެވިގެން. އާރު.ޓީ.އެލް.ގެ ޖީބަށް ލުއި، އަރާމު ބާރު ދުވެއްޔަކީ، އިޤްތިޞާދީ ޙަރަކާތް އެތައް ގުނައެއް އިތުރުވާނެ ކަމެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމަށް ސަރުކާރުން މި ހިންގާ މަޝްރޫޢުތަކަކީ، އެއް ކަންތައް އަނެއްކަމާ ގުޅި ލާމެހިގެން ފުރިހަމަވާ، ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫޢުތަކެއް ކަމަށެވެ. "އަމިއްލަ ޤައުމުން ހަނިމާދުއަށް އަންނަ ފަތުރުވެރިން، މި ރަށްތަކުގެ ހޮޓާތަކާއި، ގެސްޓްހައުސްތަކަށް އައިސް ގޮސްވެވޭނެ. އެކަމަށް ދުވެދުވެ އެހުރި އާރު.ޓީ.އެލް. ފުދޭނެ. ދުވެލި މަޑެއްނުވާނެ. އަދި ޓިކެޓްގެ އަގު ބޮޑެއްވެސް ނުވާނެ. އޭރުން މި އަވީގައި ޖެހިލައި، މި ރަށްރަށުގެ ހިމުން ދޮންވެއްޔާ އެކުވެލަން ބޮޑުތިލަދުންމައްޗަށް ނައިސް ދުނިޔެއަކަށް ނޯވެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދު ތަންފީޒު ކުރަމުންމިދާ ސިޔާސަތުގެ ބޮޑު ބަދަލަށް، ބޮޑުތިލަދުންމަތި ފުރޮޅާލަންޖެހޭތާ ކިތަންމެ އަހަރެއް ވެއްޖެއެވެ. މިއީ ބޮޑުކަންނެލީގެ މަސްވެރިން ގިނަ ސަރަޙައްދެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ހަނިމާދޫން ކަންނެލި އެކްސްޕޯޓް ނުކުރެވޭކަމީ އިޤްތިޞާދުގައި އެޅިފައި އޮތް މަރުތަޅެއް ކަމަށެވެ.

"އުތުރުގެ އިޤްތިޞާދީ މައި ދޮރޯށީގެ ގޮތުގައި ހަނިމާދޫ ހުޅުވާލެވުނުނަމަ، މި ސަރަޙައްދުގެ އަށްހާސް ޓޫރިސްޓް އެނދު ބާވާނެތާ މިހާރު ކިތަންމެ ދުވަހެއް. ބޮޑުތިލަދުންމައްޗަށް މި ގެންނަ ބޮޑު ބަދަލު މިހާތަނަށް ނައިސް އޮތް އެންމެ އަސާސީ ސަބަބަކީ، ހަނިމާދުއަށް ވެފައި އެއޮތް ގޮތް. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ އެ ބަދަލު އަންނާނީ އަދި ގެންނާނީ މިހާރު ބޮޑުތިލަދުންމައްޗަށް މިގެންނަ ބޮޑު ބަދަލާއެކު. މި ބަދަލަކީ އިޖުތިމާޢީ، އިޤްތިޞާދީ އަދި ޢުމްރާނީ އިންޤިލާބެއް ގެނުވާ ބަދަލެއް. ހުރިހާ ރަށެއްގެ ކަރަންޓާއި، މަގާއި، ބަނދަރާއި، ފެނާއި ނަރުދަމާ އަޅުގަނޑު ދެކެނީ ހަމައެކަނި އަސާސީ ޚިދުމަތެއްގެ ގޮތަކު ނޫން. އެ ޚިދުމަތްތައް ފުރިހަމަވުމަކީ ޖަޒީރާ ދިރިއުޅުމަށް އިޤްތިޞާދީ ތަނަވަސްކަމުގެ ދިރުން ގެނުވާނެ އަސާސް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރުގެ ސޭލާ ހުއްޓިފައި އޮތުމަކީ، ބަނދަރެއްގެ ނަމުގައި ކުރެވޭނެ އިސްރާފެކެވެ. އެ ބަނދަރުން ގިނަ މުދާ ބަނދަރުވި ވަރަކަށް ޢާންމު އާމްދަނީއާއި، ކުދި ވަތްގަނޑުތަކާއި، ވިކުރާ ހިނގުން އިތުރުވާނެ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެ ބަދަލު ނުފެށި، އިޤްތިޞާދީ ދުޅަހެޔޮކަމެއް ނުފެންނާނެ ކަމަށެވެ. "ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލާއެކު، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށް ބޭލޭ މުދާ އިތުރުވެއްޖެ. ބޮޑުތިލަދުންމައްޗަށް ގެނެވޭ ބޮޑު ބަދަލެއްގެ ގޮތުގައި، ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރު އިތުރަށް ތަރައްޤީ ކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ މެދުގައި ކުރިން އޮތް ދުރުކަމާއި، ހުސްކަމާއި، ފޫހިކަން މަޑުމަޑުން ނައްތާލާނެ ވަސީލަތަކީ، ދެއިރު ދެ ދަޅައަށް ލަފާ ފުރައިގެންދާ، މާ ގަޔާވާ އާރު.ޓީ.އެލް. ކަމުގައިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޯނަރު

    ސަރުކާރުން ހެސް ކިޔާފަ ލޯނުތައް ނަގާ ގާތް ބޭފުޅުންނަށް އެލާރި ބަހާ ހުސްކުރީމާ އެ ދަރަނި ދައްކަން ރައްޔިތު މީހާ ގަދަމަސައްކަތް ކުރަންޖެހިފަ މިއޮތީ

    18
  2. ކުރުކުރު

    މިހުރިހާ ދުވަހު އަހަމެން އުޅުނީ އެއްވެސް ކަނޑުއުޅަދެއްގައި ނުދުއްވާދޯ

    19
  3. Anonymous

    ފުރާ ނުދުއްވިގެން ވިއްޔާ މިއުޅެނީ! ކީއްތަވާނީ އިބުރާހީމާ ފުރާދުއްވުމުގެ އަގުހެޔޮކުރިއްޔާ!

  4. އިސްޢާފް ސަލީމް

    ހެލިފެލިވެ ފުރާދުއްވައިގެން ފުދުންތެރިވާނޭނަމަ އިސްޢާފް ސަލީމް މިހާރު ހުރީހީ ފުދުންތެރިވެފައެވެ. ސަރުކާރުގެ ވަޒިފާއެއްގައި އުޅޭތާ 22 އަހަރުއެވެ. ދަތުރުފަތުރުކުރާ ސްޕީޑްލޯންޗަކާ ، ދެ މަސް ޑިންގީ ގެންގުޅެމެވެ. ދަނޑިމަހާއި ފަރުމަހާއި ކާށި ދޮންކެޔޮ ކުރުބާ ހެސްކިޔާފަ ވިއްކަމެވެ. ގެގަނޑު ހަދާނުލެވުނުތާންގައި ބޭންކް އެކައުންޓްގައި ވިހިހާސްވަރުވެސް ނެތެވެ. ތިބޭފުޅާމެން ގޮނޑިހޫނުކޮށްލައިގެން ތި ނަގަނީ އަހަރަކު އެތައް މިލިޔަނެކެވެ.

    12
    • ޟެން

      އިސްޢާފް ސަލީމަށް ތިވާ ގޮތަކީ މީ ތެދުވެރިކަން ދެން މާބޮޑީ ، ތީ މިހާރު މިޒަމާނަށް ނުގުޅޭ ކަޓު ކަމެއް ވަރަށް ދަށުދަރަޖާގެ ކަމެއް. މިހާރު އަންހެނަކުވެސް ނުވާނެ ތިފާޑަށް ތެޅިގެން. މަކަރާއި ހީލަތް އެއީ މިހާރުގެ އެންމެ މަތިވެރި ރިވެތި ސިފައަކީ. އޭރުން ރީތި ކުދިން ވެސް ވާނީ. ނިކަން ބަލާލަ އަދީބުމެން ، ކުރީގެ ހެލްތް މިނިސްޓަރު އަމީނުމެން، ކަރާވަހީދުމެން މިހެންގޮސް ކިޔާނެ ކަމެއް ނެތް. ބަލާލަ އެސްއޯއެފް ސޮރު މިހާރު ޔޫކޭގައި ރިއަލް ސްޓޭޓް ވިޔަފާރީ އެކޮށްލަނީ. ކޮބާ ހައްޖައް ގެންދަން ކިޔާފައި ދަވާލި މީހާ . ބައެއް މިނިސްޓަރުންގެ ދަރިން ޔޫކޭއިން މިލިއަންޑޮލަރުގެ ގެ ގަނެލާގެން އެއުޅޭނީ. ކޮންތާކުން ހޯދި ފައިސާއެއް؟ މި ނުލިބޭނެ ތިފާޑަށް ތެޅިގެނެއް މިގައުމަކު އިސްޢާފް ސަލީމޫ.

    • އަހުމަދު

      ގޮނޑި ހޫނު ކޮއްގެން އެމީހުން އެހާ ބައިވަރު ކައިގެން ވެސް ތިބެނީ މިލިއަންނުން ދަރަނިވެރިވެފަ. ހަރާމް ފައިސާ ކެއުމުގެ ނަތީޖާ. އިސްޢާފް ސަލީމް ތިކުރާ ހިތްވަރަށް ހަމަ ސާބަސް

  5. ޑައެލޯގް

    ބަލަ އަހަރުމެން ހެލިފެލިވީކީ އިބޫއައިސްގެނެއްނޫނެވެ. މާކުރިންވެސް ރަށުބަންދުގައިނުތިބެމެވެ. މީގެ ކުރިންވެސް ތިގޮތަށް އެމްޑީޕީ ފެރީޚިދުމަތް ފެށިއެވެ. އެކަމަކު އެކަމެއް ދެމިގެނެއްނުދެއެވެ. ތިޔަ ފެރީވެސް 2 އަހަރު މެދުނުކެނޑި ދިނީމަ ގަބޫލުކުރެވޭނީ އެހެންނޫނިއްޔާ ތިޔައީ 2023 އަންނާތީ ކޮށްލިކަމެކެވެ.

  6. ޔާޒީ

    ވިސްނުމެއް ހުންނަ ތަރައްގީ ކުރުމަކީ ކޮބާކަން ދަންނަ ދުނިޔޭގެ އިގުތިސޯދާއި ގައުމީ އިގްތިސޯދު ދަންނަ ވެރިޔަކުވެއްޖެ ނުން ގައުމުގެ ލީޑަރަކަށް ގެންނަން. މި ޒާތުގެ ތާކުން ތާކު ނުޖެހޭ 80ގެ އަހަރުތަކުގެ ވާހަކަ ދައްކަމުން ދަޅަދައްކާ މީހަކު ލައިގެން ކިހިނެތް މިކަން ކުރާނީ.

  7. އަލިފް

    2023 ޔާމީން

    2
    1