ޕީއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު 4.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ، މިއަހަރުގެ އޮގަސްޓް މަސް ނިމުނު އިރު ޕީއެސްއައިޕީ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން، 4.6 ބިލިޔަން ރުފިޔާ ހޭދަކުރެވިފައިވާ ކަމަށާއި، އެއީ ޕިއެސްއައިޕީ މަޝްރޫއުތަކަށް މިއަހަރު ކަނޑައެޅި ބަޖެޓުގެ 76 އިންސައްތަ ކަމަށެވެ.

މިބައްދަލުވުމުގައި މިއުވާން ވަނީ، އެކި ދާއިރާތަކުން ހިންގިފައިވާ ޕީއެސްއައިޕީ މަޝްރޫއުތަކާއި މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި އަދި ބީލަން މަރުހަލާއާ ޕްލޭނިންގ މަރުހަލާގައި ހުރި މަޝްރޫއުތަކުގެ ތަފާސް ހިސާބު މައުލޫމާތުތައް ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.

މިގޮތުން، ކަރަންޓާއި، ފެނާއި، ނަރުދަމާ އަދި ބަނދަރުހެދުމާ، ގޮނޑުދޮށް ހިމާޔަތްކުރުމާ، މަގުހެދުމާ، ބޯހިޔާވަހިކަމާއި ގުޅޭ މަޝްރޫޢުތަކުގެ ތަފާސް ހިސާބުތައް ހިއްސާ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވޯޓު ސަރުކާރު

    މިސަރުކާރުން ހޭދަކުރަނީ ދަރަންޏައް ނަގާފަ ހުރި ފައިސާއިން. އެ ޕްރޮޖެކްޓުތައް ގާތް މީހުންގެ ކުންފުނިތަކަށް ދީފައި، ދަރަނި ދައްކަން މިޖެހޭނީ ނިކަމެތި ރައްޔިތު މީހާއަށް

  2. މުހައްމަދު އަންޖުމް

    ތީ ކޮންތާކުން ހޯދައިގެން ކުރިޚަރަދެއް ގައިމު ބުނި ޔާންޓޭ ދިޔައީ ރައުސުލްމާލް ހިފައިގެންނޭ ވީއިރު ތީ ކޮންތާކުން ފާވިއެއްޗެއް އަބޫބަބު ބޭރުންގެންނަ އެއްޗެއް މިއަދާހަމަޔަށްވެސް ނުފެނޭ ނުވެސްދައްކާ ފެންނަނީ ދަރަންޏަށް ނަގާވާހަކަ އެވެސް ވަންނަތަނެއް ހުންނަތަނެއް އިނގޭމީހަކު ނެތް ފެންނަނީ މުޅިއައުލާދު ބޭރުގައުމުތަކަށް ހިޖުރަކުރާތަން ތިޔަނަގާލޯނުތައް ބަހަނީ އެމީހުންނަށް ދެންމިފައިސާޔަކީ ކޮންތާކުން އިތުރުވާއެްް ޗެއްހޭ ރައްޔިތުން ޖޫރިމަނާކޮށް ފެލައިގެންވެސް ތިހާބޮޑުއަދަދެއް ނުލިބޭނެ ވީމާ ބުނެވޭނީ ތީރިޔާސީ އަށްކުރަހާލި ބޮޑުދޮގެކޭ މުޅިން މިކަހަލަދޮގު މިފަތުރަނީ