މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި މިރޭ އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މަޖީދީ މަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވި މީހާ އަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ވަނީ ގެންގޮސްފައެވެ. އަނިޔާވެފައި ވަނީ ފިރިހެނަކަށެވެ.

އެމީހާ އަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަދުރޭ

    ކީއްވެ އޭނަ ހިނގާފަ ދިޔައީ؟ ގޭގަ އޮތްނަމަ ނުޖެހޭނެ އެއްނު

    1
    3