ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ތެރެއިން ޓަވަރު އަށެއްގައި ކާ އެއްޗެހި ވިއްކާ ފިހާރައެއް ނެތުމުން ޕެޓިޝަނެއް ސޮއި ކުރަން ފަށައިފިއެވެ.

އަށް ވަނަ ޓަވަރުގައި ދިރިއުޅޭ ރަށްޔިތުން އިސްނަގައިގެން އިއްޔެ ރޭ ވަނީ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ފަށައިފައެވެ. މިހާތަނަށް 100 އަށްވުރެ ގިނަ މީހުން ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް އެ ހަރަކާތުގައި އުޅޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް މި ހަތްފާ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެމީހުން ބުންޏެވެ.

އެ ފަރާތްތަކުން ބުނީ ހިޔާ ފްލެޓްތަކުގެ ގާތްގަނޑަކަށް ކޮންމެ ޓަވަރެއްގައި ވެސް ކާއެއްޗެހި ވިއްކާ ފިހާރަ މިހާރު ހުންނަ ކަމަށެވެ. ނަމަވެސް ޓަވަރު އަށެއްގައި ފިހާރައެއް ނެތުމުން އުނދަގޫވާ ކަމަށް ބުނެފައިވެއެވެ.

"އަޅުގަނޑުމެން އެއްޗެއް ގަންނަ ބޭނުން ވިއަސް މި ޖެހެނީ ކުރިމަތީގައި ހުންނަ ޓަވަރަށް ނޫނީ ކައިރީގައި ހުންނަ ޓަވަރަކަށް ދާން. މި ޓަވަރުގައި ކާއެއްޗެހި ވިއްކާ ފިހާރައެއް ހުޅުވުމަކީ ޓަވަރުގެ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް." ޕެޓިޝަންގައި ސޮއިކުރުމުގައި އިސްކޮށް އުޅޭ މީހަކު ކިޔައި ދިނެވެ.

އެހެންކަމުން ޕެޓިޝަންގައި ޓަވަރުގެ ހުރިހާ ރައްޔިތުންގެ ސޮއި ހޯދުމަށް ފަހުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުންޏެވެ.

ހިޔާގެ އަށް ވަނަ ޓަވަރުގައި މިހާރު ދަނީ ސްޕާ އަކާއި ކުޑަކުދިންގެ ކުޅޭ އެއްޗެހި ވިއްކާ ފިހާރެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފިހާރަ

    ފިހާރައެއް ނެތަސް މަދު ނުވާވަރަށް މަސާޖްޕާލާ ހުޅުވިފައި ތިތަނުގައި އެބަހުއްޓެއްނު. މައިމަގުން ދާއިރު އެންމެ ބޮޑުއަކުރުން އެންމެ ފަލައަކުރުން ނަންބޯޑު ޖަހާފައި ހުންނަނީވެސް ޓަވަރުގައި ހުންނަ މަސާޖްޕާލާގައި. އަނެއްކާ އެ މަސާޖްޕާލާ ހުންނަނީ އަލަށް ހުޅުވި ޕްރީ ސްކޫލުގެ ކުރިމަތީގައި ހުންނަ ޓަވަރުގައި. މިވަރުން ފުދޭނެއެއް ނޫންތަ!

  2. ޓަވަރ

    ހުރިހާ ޓަވަރެއްގައި ކާ އެއްޗެހި ވިއްކާ ފިހާރަ ހުރުން ލާޒިމެއް ނޫން. އެކި ޓަވަރުގައި އެކި ވައްތަރުގެ ވިޔަފާރި އޮންނަންވީ. އެހެން ނޫނީ ހުރިހާ ޚިދުމަތެއް ތި ތަންތަނުގެ ކައިރީގައި ލިބޭނެ ގޮތެއް ނުހުންނާނެ. އެއްޓަވަރު އަނެއް ޓަވަރަކާ މާ ދުރެއް ނޫން. ފިހާރައަކުން އެއްޗެއް ގަނެގެން އަންނަން ދުރުގައި ހުރި ތަންތަނެއް ނޫން ޓަވަރުތަކަކީ.

  3. Anonymous

    މިހާރު ޓަވަރުން ފިހާރައެއް އެބަފެނޭ.

  4. ސާޖިދު

    ހަމަ ސީދާ ބަނީ އިސްރާއީލް ބާގައިގެ މީހުންގެ އުޅުން

  5. Anonymous

    ރެފިއުޖީން ތިބެންޖެހޭނީ ލިބޭ މިންވަރަށް ޝުކުރުކިށްގެން. ތި ޓަވަރު ތަކާ ފުލެޓުގާތިބޭމީހުންނަކީ ރާއްޖޭގެ ރެފިއުޖީން އަސްލު ރައްޔިތުންނަކީ އަމިއްލަ ބިމުގައި ގެ އަޅައިގެން ތިބޭ މީހުން ފަޅޯގަހާމިރުސްގަހެއްޖެހޭވަރުގެ ގިވާންބިމަކާއެކު

  6. Anonymous

    ތިޔަޓަވަރުގައި ހޮސްޕިޓަލަކާ ސެލޫންއަކާ ނުވިތާކަށް އެއަރޕޯޓެއްވެސް ހުންނަންޖެހޭ