ބިޒްނަސް އެކްސްޕޯ 2022 ގައި ހައުސިން ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސްޓޯލެއް ބަހައްޓަން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ ބިޒްނަސް އެކްސްޕޯގައި އެޗްޑީސީއިން ބަހައްޓާފައިވާ ސްޓޯލް ނަންބަރަކީ A12 ރަންނަބަޑޭރިމާލަމް ކަމަށެވެ.

އެ ސްޓޯލް އިން ވެންޑާ ރަޖިސްޓްރީ ވާނެ ގޮތުގެ މައުލޫމާތާއި އޮންލައިންކޮށް އެ ކޯޕަރޭޝަންގެ ބިޑް އަދި ޕްރޮޕޯސަލް ސަބްމިޝަން ޕޯޓަލުން ބިޑަށް ހުށަހަޅާ ގޮތުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް އެޗްޑީސީއިން ބުނެއެވެ.

އަދި އާބަން ހައިޕް އިން އެކި ވިޔަފާރިތަކުން ބޭނުންވާފަދަ ގޮތަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އިސްތިހާރު ކުރެވޭނެ ތަންތަނުގެ މައުލޫމާތު ފޯރުކޮށްދެވިގެންދާނެ ކަމަށް ބުނެފައިވެއެވެ.

އެޗްޑީސީއިން ބުނީ އެގޮތުން އިސްތިހާރު ކުރެވޭނެ ތަންތަނުގެ ތެރޭގައި ބިލްބޯޑް، ބަސް ސްޓޮޕް ޕެނެލް، ލައިޓް ޕޯލް ބެނާ އަދި ޑިޖިޓަލް ސައިނޭޖް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން، މޯލްޑިވްސް މާކެޓީސް ފޯރަމްގައި އެޗްޑީސީގެ މާކެޓިންގް އެންޑް ސޭލްސް ޑިރެކްޓަރ ނިއުޝާދު ޝަރީފް ކޮންޓެންޓް ކްރިއޭޝަންއާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ހަމަޖެހިފައިވެއެވެ.

އަދި މޯލްޑިވްސް ވިމެން ފޯރަމުގެ ޕެނަލިސްޓެއްގެ ގޮތުގައި އެޗްޑީސީގެ ޓެލެންޓް ޑިވެލޮޕްމަންޓްގެ އެސިސްޓްންޓް ޑިރެކްޓަރ އައިޝަތު ނިހާ ބައިވެރިވުމަށް ވެސް ހަމަޖެހިފައެވެ.

ބިސްނަސް އެކްސްޕޯ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިއަދު ފެށިގެން މާދަމާގެ ނިޔަލަށެވެ.