އަންނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަކީ ދެފުށް ފެންނަ މިނިވަން އިންސާފްވެރި އިންތިހާބަކަށް ވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ޑިމޮކްރެސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތަކާއި މަޒުމޫނު ލިޔުމުގެ މުބާރާތެއްގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަބަދުވެސް އަމާޒަކީ އެއް އަމާޒެއް. އެއީ ރައްޔިތުން ބާރުވެރިކުރުން

ތާރީޚީ މައުލޫމާތުތައް ހިއްސާ ކުރައްވަމުން ނަޝީދު ވިދާޅުވީ ފުރަތަމަ ރައްޔިތުންގެ މަޖިލިސް 1932 ގައި އުފެދި، އަދި އޭގެ ފަހުން ބޮޑެތި ބަދަލުތަކެއް އައި ކަމަށެވެ. 1900 ގައި އެންމެ ބޮޑު ބަދަލެއް އައީ ތައުލީމީ ދާއިރާއަށް ކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އިންޑިއާ ކަނޑުގެ އައްސޭރި ގައުމުތަކާއި ރާއްޖެ އޮތީ އަސްކަރީ ގޮތުން ވެސް އެއްހަމައެއްގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ މައި ގެއަކީ މިއީ. ރައްޔިތުންގެ މަޖިލިސް ކުރާގެ. މިއަދު މިމަޖިލީހުގެ ދައުރަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީން އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ ހައްގާއި ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި ދެފުށް ފެންނަ އިންތިހާބަކުން ނޫން ގޮތަކަށް ވެރިކަން އެއްއަރުން އަނެއް އަތަށް ފުރޮޅިގެން ނުދާނެ ގޮތައް ގާނޫނު އަސާސީ ބައްޓަން ކުރެވިފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބު އޮންނާނެ ކަމަށާއި އަދި އެ އިންތިހާބު ވާން ޖެހޭނީ ދެފުށް ފެންނަ މިނިވަން އިންސާފްވެރި އެންމެންނަށް ބައިވެރިވެވި އެ މީހަކު ބޭނުންވާ މީހަކަށް ވޯޓު ލެވޭނެ އިންތިހާބަކަށް ކަމަށެވެ.

"އަންނަ އަހަރު ރިޔާސީ އިންތިހާބެއް އޮންނާނެ. އެއިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށްވުން ވަރަށް ވަރަށް ބޭނުން. ދެފުށް ފެންނަ ސުލްހަވެރި އިންތިހާބަކަށް ވާން ޖެހޭ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ވާން ޖެހޭނީ ދިވެހިރާއްޖޭގެ ގާނޫނު ތަންދޭ އެންމެންނަށް ބައިވެރިވެވޭ އިންތިހާބަކަށް ކަމަށެވެ. އަދި އެކަން އެގޮތަށް ވުމަކީ ކޮންމެހެން ވެސް ބޭނުންތެރި ކަމެއް ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލްތަކުގެ ބޭއްވޭ އިންތިހާބަކަށް ވެގެން ދާނެ ކަމަށް އެމަނިކުފާން ގަބޫލުފުޅު ކުރައްވާ ކަމަށާއި އަދި ރާއްޖޭގެ ޑިމޮކްރެސީ އެއްދުވަހުން އެނެއް ދުވަހަށް ފައްކާވެ ކުރިއަރަމުންދާނެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ހުސޭނުބޭ

    އެބުނަނީ ތިމަންނާ ބޭނުން ގޮތެއް ހަދަން ލިބޭނެ އިންތިޚާބަކަށް ވާންޖެހެޔޭ

    39
    1
  2. Anonymous

    ކަލޭއެއްޗެއް ބުނެފިއްޔާ އެއާއި ދިމާއްއިދިކޮޅަށް އެކަމެއްކުރާނެކަން ޔަޤީން

    42
    1
  3. މަރީ

    ދެނެއް ވެރިކަމެއްނުލިބޭނެ ލަލަލާ

    25
  4. ލިވާތޭ

    ރައީސް ނަޝީދޭ އެގޮތަށް ކިޔަން ނުޖެހޭނެއޭ އޭނާ އެއީ މިގައުމުގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލި ބޮޑުވަގޭ އޭނާ އަށް ކިޔަން ޖެހޭނީ އަލަމްގިރިގޭ ނަޝީދު ލިވާތޭ ނަޝީދު މިހެންނޭ އިނގޭތޭ...

    30
    3
  5. Anonymous

    ކަލޭ މިގައުމުގަ ހުއްޓަ ތިޔަކަމެއް ނުވާނެ.

    25
    1
  6. ކެޔޮޅު

    އިންޑިއާ އަސްކަރިއްޔާ މިތަނުގައި ހަތިޔާރާއެކު ބައިތިއްބައިގެން ބޭއްވޭނީ ކޮން އިންސާފުވެރި އިންތިހާބެއްތަ 2018ގައި ހޭވި ހަޑި ހާވަންތިއުޅެނީ!!

    27
    1
  7. Anonymous

    ރައީސް ނަޝީދޭ އެގޮތަށް ކިޔަން ނުޖެހޭނެއޭ އޭނާ އެއީ މިގައުމުގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލި ބޮޑުވަގޭ އޭނާ އަށް ކިޔަން ޖެހޭނީ އަލަމްގިރިގޭ ނަޝީދު ލިވާތޭ ނަޝީދޫ

    16
  8. ހަމްދާނު

    މި ވަގުކަލޭގެ ދައްކާވާހަކަ ރައްޔިތުންނޭވޭ ނާހާތި! ހަދާނީ ހުސްދޮގު! ކޮބާ 4 ގަޑުފޮޓޯ ހަޔާތްކުޑް ލަދުކުޑަ! ދޮގުވެރިޔާ!

    22
    1
  9. މަހޭސް

    ދެން އަވަހަށްދޭ މޯދސީކައިރިއަށް ވޯޓު އޮޅުވާލާނޭ ގޮތެއްހޯދަން! ކުރިންވެސްކުރީ ވަށްކަން މި ފަހަރުވެސް ވަށްކަން ކުރަން ރާވާނެ!

    20
  10. ހުސެންބެ ބ

    ހެހެހެ.ފިރިހެންކުޅީ

    22
    1
  11. މީޒްލީ

    ސޯ މީގެ ކުރިން ބޭއްވި އިންތިހާބުތަށް އިންސާފުވެރިއެއް ނޫނޭތާ ތިޔަބުނެވެނީ! އެކަން ރައްޔަތުންނަ ފަހުންވެޔޭ!

    21
  12. އައުޓް

    އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް ކެނެރީގެ ނަޝީދު އައުޓް

    17
  13. ބޮޑުވަގެކޭ

    ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ ކެނެރީގެ ނަޝީދަކީ ބޮޑުވަގެކޭ

    17
  14. ޣ

    ދެން ތިބުނަނީ ކުރިން އޮތް އިންތިހާބުތަކުގަ ޤާނޫނު ތަންނުދޭ ގޮތަށް، ހުރިހާ ރައްޔިތުންނަށް ބައިވެރިނުވެވޭ ގޮތަށޭތަ އޮތީ؟ އެއްޗެއް ވިސްނޭ މީހަކު ހުރީއާ އެނގޭނެ ތީ ހަމަ ޖެހޭ ވާހަކައެއް ނޫންކަން.
    އަންނި ބުނީމަ ރޭގަނޑަކީ ދުވާލުކަމަށްވެސް ޤަބޫލުކުރާ މޮޔައަކު ފަހަރެއްގަ ތިކަން ތެދުކޮށްފާނެ.! ހޭޖެހޭ ބުއްދި ސަލާމަތުން ހުރި މީހަކަށް ޤަބޫލުކުރެވޭ ކަހަލަ ވާހަކައެއް ނޫން ތިދައްކަނީ!

  15. މުފައްކިރު.

    އިންސާފަކީ އިންޑިއާ އަތްދަށުވުންބާ؟

  16. ޙަޤީޤަތް

    މިމީހުން ލަދެއްވެސް ނުގަނޭދޯ އިންސާފޭކިޔަން ކަލޭމެން މިޤައުމުގެ ވެރިކަމުގަ ތިބިހާދުވަހަކު ދެންމިޤައުމުގަ ނުކެރޭނެ އިންސާފުވެރި އިންތިޚާބެއް ބާއްވާކައް އެއައްވުރެންބޭ އިންސާފުވެރިބައެއްތީ ކަލޭމެންގެ އިންސާފަކީ ސީދާސަދޫމްގެ އިންސާފް

  17. އަލީ

    ނަޝީދު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބު އޮންނާނެ ކަމަށާއި އަދި އެ އިންތިހާބު ވާން ޖެހޭނީ ދެފުށް ފެންނަ މިނިވަން އިންސާފްވެރި އެންމެންނަށް ބައިވެރިވެވި އެ މީހަކު ބޭނުންވާ މީހަކަށް ވޯޓު ލެވޭނެ އިންތިހާބަކަށް ކަމަށެވެ.

    ވިސްނާ ބަޔަކަށް އިބުރަތެއްް ، އެކޮޅުކޮޅުން ވިސްނާ.............

    1
    1
  18. ާެއެޑަމް

    ބޭނުންވަނީ އަންނައަހަރުގެއިންތި
    ޚާބުގެކުރިން ތިކަހަލަޣައިރުމުސް
    ލިމުޚިޔާލުގެމީހުން މިޤައުމުން ބޭރުކުރަން ބޭނުންހާސަކަރާތެއް
    ކަލެއަކައްމިފަަސްގަޑަކުނުޖެހޭނެ!