އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް، އެގޮތަށް ވިދާޅުވީ ބަހްރެއިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ)ގެ އިސްވެރިންނާއެކުގައި އެ ގައުމުގައި ބޭއްވި ބައްދަލުވުމެއްގައެވެ. އިންޓަނެޓުގެ އަގު ހެޔޮ ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރާއްޖޭގެ މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކުގެ އެހީއާއެކު، މި ސަރުކާރުން ވަނީ މި ވައުދު ފުއްދައިފައެވެ.

އެކަމަކު، އިންޓަނެޓުގެ އަގަށް އަދިވެސް ހެޔޮ ބަދަލެއް ގެނެވިދާނެކަން ސަރުކާރުގެ ވެރިން ގަބޫލު ކުރައްވައެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސްގެ އަރިހުގައި ބަހުރައިންއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާއި، ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އިސްމާޢީލް ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރާއްޖެ އާއި ބަހްރެއިނާއި ދެ ގައުމަށްވެސް ފައިދާހުރި ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެވެމުންދާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވައިފައެވެ. އަދި ރާއްޖޭގެ އިގްތިސާދު ކުރިއެރުމުގައި ބަޓެލްކޯއިން ދެއްވަމުންދާ އެއްބާރުލެއްވުން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިބައްދަލު ކުރެއްވުމުގައި ބަޓެލްކޯގެ ޗެއާމަން، ޝައިޚް އަބުދުﷲ ބިން ޚަލީފާ އަލް ޚަލީފާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެކުންފުނިން ދެކޭ ގޮތުގައި، ކޮންމެ އިގްތިސާދެއްގެ ބިންގަލަކީވެސް، ޓެކްނޮލޮޖީ ކަމަށާއި، ރައީސް ބަޙްރައިންއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ދިރާގާއި ބަޓެލްކޯއިން އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ، ލިބިވަޑައިގެންނެވި ފަޚުރެއްކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ބަޓެލްކޯ އާއިއެކު ވެވުނު ސައިބަރ ސެކިއުރިޓީ އެއްބަސްވުމުގެ ސަބަބުން، ސައިބާ ސެކިއުރިޓީ އާއި ޑިޖިޓަލް ޚިދުމަތްތައްދޭ، ގައުމީ، އަދި ބައިނަލްއަގްވާމީ ފަރާތްތަކާއެކު ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިބައްދަލު ކުރެއްވުމަށްފަހުގައި، ރައީސް އާއި ބަހުރައިންގެ ފޮރިން މިނިސްޓަރު އަބުދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީ ވަނީ، ބަޓެލްކޯ އާއި ދިރާގުން މެމޮރަންޑަމް އޮފް އަންޑަސްޓެންޑިންގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މުވާސާލާތީ ކުންފުނި، ދިރާގާއި، ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އަދި ބަޓެލްކޯ ގުޅިގެން، ސައިބަރ ސެކިއުރިޓީގެ މުހިއްމު ދާއިރާތަކުން މަސައްކަތްތައް ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑައެލޯގް

    4 އަހަރުތެރޭނުވެއޮތީއެވެ. ދެން 2023 އަންނަންވާއިރަށް 1 އަހަރުދުވަހަށް މިކަންމިކުރަނީއެވެ. ލޯންޗްދަތުރުތަކަކީވެސް 2 އަހަރުދުވަހު ހިންގަންކުރާކަނަކަމެވެ. އެއީ ވޯޓް ނިމެންދެނެވެ. އެހިސާބުން އެލޯންޗްތައް މެއިންޓެނެންސް ނުކުރެވި ހިދުމަތް ހުއްޓާލާނެއެވެ.

  2. ޢަބުދުﷲ

    މަހުސަރުދުވަހު އިންޓަނެޓް އަގުހެޔޮކުރަންތަ ތިހުރީ އެދުވަހުން އިންޓަނެޓެއް ބޭނުމެއް ނުވާނެ!!

    4
    1
  3. ފިނިޝް

    އަމިއްލަ ކޮންޓްރޯލްގައި އޮތްކަމެއް ... 2012 ވަނަ އަހަރު އައްނި ދިރާގުގެ ހިއްސާ ނުއަގުގައި ވިއްކާލީ.

  4. ނިހާ

    މިރާއްޖެހާ އިންޓަރނެޓާ ފޯނުގެ އަގުބޮޑު ޤައުމެއް މަދުވާނެ. ރައްޔުތުންނަށް ޚިދުމަތްތައް މިހާ ބޮޑުއަގުގައި ލިބޭޤައުމެއް މަދުވާނެ. އަގުތައް ހަދާފަ މިހުންނަނީ މިޖިލިސް މީހުންނާ ޓީޗަރުންނާ ނަރުހުންގެ މުސާރައަށް ބަލާފަ. އޮފީސްތަކުގަ އުޅޭ 7000ރ ލިބޭ މީހުންވެސް ތަކެތި ގަންނަން ޖެހެނީ ހަމަ އެއްފިހާރައިން. ކަރަންޓު ބިލްތައް ދައްކަނީ ހަމަ އެއްތާކަށް. ވީއިރު ޓީޗަރަކަށް 20000ރ ޕްެރިންސިޕަލަށް 34000 ރ ދީފާ އިދާރީ މީހަކަށް 7000ރ ދީނީމާ ވަރަށް ހަމަޖެހޭ އުޅުމެއް އެބައުޅެވޭ!! ޓީޗަރުން ބިރިޔާނީ ކާއިރު މަސައްކަތު މީހުން މުށިމަހު ގަރުދިޔަކޮޅެއް ކާންވީދޯ. އަޅެ ވެރިންނަށް މިކަންކަން ނޭނގެނީތަ. މުސާރައިގެ މިވަރުގެ ތަފާތު ހުންނާކަށް ނުޖެހޭނެ. ހައްތާވެސް ދިވެހި ރައްޔިތުން. ދަށު މުވައްޒަފު މީހާގެ ދަރިވެސް ހަމަ އަސާސީ ޙައްޤުތައް ބޭނުންވާނެ.