މި ސަރުކާރުގެ ސިޔާސަތަކީ ސިއްހީ ހިދުމަތް އަގުހެޔޮ ކުރަން ލާމަރުކަޒީ ކުރުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އަމްރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ހެޔޮ އަގުގައި ލިބޭނެ ގޮތް ހަދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން ސިއްހީ ހިދުމަތް ލާމަރުކަޒީ ކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިކަން ކުރުމަށް ސިއްހީ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަކީ އެންމެ މުހިއްމު އެއްކަން." އަމްރު ވިދާޅުވި އެވެ.

އަމްރު އެފަދައިން ވިދާޅުވި އިރު ސިއްހީ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ރޭޑިއޮގްރާފަރުން ތަމްރީންކުރަން ވަނީ ކޯހެއް ވެސް ފަށައިފަ އެވެ.

އެ ކޯސް ކުރިއަށް ގެންދަނީ އެސްޓީއޯގެ ޓްރެއިނިންގ ސެންޓަރުގައެވެ.

އަމްރު ވިދާޅުވީ ރޭޑިއޯގްރަފީ ކޯސް ހިންގަން ފެށުމަކީ ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށާއި އަދި އެއީ ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް އެހީތެރިވުމުގެ ގޮތުން ކުރެވުނު މަސައްކަތެއް ކަމަށެވެ.

"ރޭޑިއޯގްރެފީއަކީ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަ އިންވެސް ކޯސް ހިންގާފަވާ ދާއިރާއަކަށް ނުވާއިރު. މީ ދިވެހިން އިންތިހާއަށް މަދު ނަމަވެސް ބޭނުންވެފަވާ ދާއިރާއެއް. މި ކޯސް ހިންގަނީ ހިލޭ، ސިއްހީ ދާއިރާއާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް އެސްޓީއޯއިން ކުރަމުން ގެންދާފަދައިން." އަމްރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ރާޒީ

    ސަރުކާރުގެ ވަޒީރުން ނޫން މީހުން ސަރުކާރުގެ ސިޔާސަތޭ ކިޔައިގެން ވާހަކަދެއްކުން ބުއްދިވެރިއެއްނޫން.

    10
  2. މުހައްމަދު އަންޖުމް

    ބަލަގަ މިހާރު ތޮޅިޔަށް 4 އަހަރު އެދިޔައީ ދެންއޮތީ 9 ވަރަކަށްމަސްދުވަސް 4 އަހަރުން ނުވިކަމެއް ކިހިނެތްކުރާނީ އެއްޗެކޭ ބުނާއިރު ވިސްނާލުންވެސް އޮންނަންޖެހޭނެ ބާރުއޮތީމަ އެއްޗެކޭކިޔަނީ ތިޔައަނދުން އެހެންބައެއްގެ ސިކުނޑީގަ އެޅުވޭތޯ ބަލާ ކޮންމެހެން އަހަރެމެންނަކަށް އޮޅުވާލާކަށް އުޅޭނެކަމެއްނެތް

  3. ރައްޔިތުން

    ޑިސެންޓްރަލައިޒް ކޮށް ކޮންމެ ރަށެއްގަ ހޮސްޕިޓަލެއް، ޔުނިވަރސިޓީ އެއް ހެދީމަ ވަރަށް އަގުހެއުވާނެ. ކޮންތާކުން ކިޔެވި ގަމާރެއް؟

  4. ހުސޭނުބޭ

    ލާމަރުކަޒީ ކުރުމުގެ ކުރިން ދޮގުހެދުމާއި ހުސްއަނގަތެޅުން ނޫންކަމެއް ދަސްކޮށްބަލަ.

  5. ލަދުކުޑަ

    އަނގައެތީމާ ކޮންމެ އެއްޗެކެ ކިޔަސް ކާލު ނުކޮށާނެ ޔަޤީނުންވެސް އެކަމަކު ބުނެލަން ބޭނުންވަނީ މަލެ/ހުޅުމާލެ އިން 50 ރުފިޔާއަށް ގަންނަނލިބޭ ބޭސްފުޅި ރާއްޖެތެރޭގެ ބޭސްފިހާރައިން ލިބެނީ 198 ރުފިޔާއަށް މީ މީގެ 1 ހަފުތާކުރިން ދިމާވިކަމެއް އެކަމަކު އަގުހެޔުކުރަނީ ވަރަށްމޮޅު ވާހަކައެއް

  6. މިތުރާ.

    އަގުހެވެއްނޫން، ބޭހަކަށްވާ ބޭހެއްވެއްޖީޔާޖެހެނީ ގަންނަން، މަގުސަދަކީ ވަކިބަޔަކު މުސްސަދިކުރުން، ރަގަޅު ސިތްހީހިދުމެއްދޭނަމަ ،ކީއްކުރަން ސިންގަޕޫރު ހޮސްޕިޓަލަށްދަނީ އަންގައިގެ ހުންނަދަތް ދަންކަން،،،،

  7. އަހްމަދު

    މީނާގެ ލަދެއް ހަޔާތެއް އަޅެ ނެތީތަ؟ ޔާމީނު ސަރުކާރުން ރާއްޖޭގެ މީހުންއުޅޭ ކޮންމެ ރަށެއްގައި ހިންގި އެސްޓީއޯގެ ބޭސްފިހާރަތައް މިސަރުކާރުން މިކަލޭގެ އެސްޓީއޯގައި ހުރެގެންނޫންތަ ބޭސްލިބެންނެތިގެން ބަންދުކޮށްފައި އެހުންނަނީ. އަނގައަރުވަން ލަދެއްވެސް ނެތޭދޯ. ރައްޔިތުންް ތިއަޑެއްނާހާނެ.