ނިމިދިޔަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ ބޭއިންސާފުގެ އަސަރު މައިމީހާގެ ބަނޑުގައި އޮތް ނުވިހާ ދަރިންނަށް ވެސް ކުރި ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވެފައިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި، ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅާފައިވާ އިސްލާހުގައި ވާގޮތުން، ފަނޑިޔާރުންގެ ލިވިންގ އެލަވަންސް އަސާސީ މުސާރައިގެ 35%އަށްވުރެ ކުޑަނުވާ މިންވަރަކަށް ބޮޑުކޮށް، ފަނޑިޔާރުންނަށް ފުލެޓަށް ވެސް ކުރިމަތިލެވޭނެއެވެ. އަދި، ފަނޑިޔާރުކަމުގެ މަސައްކަތްތަކުގެ އިތުރުން ފަނޑިޔާރުން ކުރުން ގާނޫނުން ހުއްދަކުރާ އެހެން މަސައްކަތަކަށް އުޖޫރަ ބަލައިގަތުމަކީ ހުއްދަ ކަމެއް ކަމުގައި ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

އެ ބިލުގެ ބަހުސްގައި ސައުދު ވިދާޅުވީ މިދިޔަ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރ އަދި މިހާރު ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ޖަލަށްލާން ވެގެން ގާނޫނާއި ހިލާފަށް ފަނޑިޔާރުންނަށް ފުލެޓް ދީފައިވާ ކަމަށެވެ.

އެހެންވެ، ގާނޫނީ ހަމަތަކުގެ ތެރެއިން ފަނޑިޔާރުން ބޭނުންވާ ކަންކަން ފުދިގެން ދިއުމަކީ ރިޝްވަތާއި ކޮރަޕްޝަންގެ މުއާމަލާތްތައް ހުއްޓުވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުއްލިއަކަށް ކާނަލް ނާޒިމަށް ހުކުމެއް ކުރަން ޖެހުނީމާ ކުއްލިއަކަށް ގާނޫނުގައި ނެތް އަސާސެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރުންނަށް ފުލެޓް ވެސް ދޭން ޖެހުނީ. އަދި، ފަނޑިޔާރުން އެ ފުލެޓްވެސް ބައްލަވައިގަތީ" އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް
މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

އޭނާ ވިދާޅުވީ ޔާމީންގެ ދައުރުގައި ޖުޑިޝަރީ އޮތް ހާލަތުގެ ވާހަކަ މަޖިލީހުގައި އިތުރަށް ދައްކަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ ސަރުކާރުގެ ބޭއިންސާފުގެ އަސަރު ނުވިހާ، މައިމީހާގެ ބަނޑުގައި އޮތް ތުއްތު ކުއްޖާއަށް ވެސް ފޯރާފައިވާ ކަމަށެވެ.

"މާބަނޑު މީހުންގެ ބަނޑުގައި އޮތް ތުއްތު އުފަންނުވާ ދަރިންނަށް ވެސް ރައީސް ޔާމީންގެ ދުވަސް ވަރުގައި ބޭއިންސާފުގެ އަސަރުކޮށްފައި އެބަހުރި."

"އެމަނިކުފާނު ދެކެ ހިތްހަމަ ނުޖެހޭ ކޮންމެ އިންސާނަކަށް، ދިވެހި ރައްޔިތަކަށް ވެއްޖިއްޔާ ބޭއިންސާފުގެ ކަޅު ވިލާގަނޑެއް އަންނަނީ. ޖުޑިޝަލް ސާވިސް ކޮމިޝަނަކީ އެއީ މި ދިވެހިރާއްޖޭގެ ގާނޫނީ ބާރެއް ލިބިފައި އޮތް ތަނެއް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގެ. އޭރުގައި އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅުމަކީ އެއީ އެންމެ އުނދަގޫ ކަމަކީ" ސައުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސަރުކާރު ނިމިގެން ދިޔައީ ބޭއިންސާފުގެ ސަބަބުން ކަމަށެވެ. އަދި، ފަނޑިޔާރުގެ ބޭނުން ކޮށްގެން ސިޔާސީ ގޮތުން ނާޖާއިޒް ފައިދާ ނަގާފައިވާ ކަމަށާއި ދެން ވެސް ދިވެހި ރައްޔިތުން އެމަނިކުފާނަށް ބުނާނީ ނޫނެކޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކޮމާކޯޅި

    އިބޫއަކީ އިންތިހާއަށް ކޮރަޕްޓް މީހެއް

    86
    4
    • Anonymous

      ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ތުތާ މުޅިންތިބީ !

      63
  2. ކެހުރި

    މުނާފިގުކަމުން ހައްދުން ނެއްޓިފަ. ޔާމީނު ގޯސްވީ އިންޑީޔާއިން ދިން ޑޮލަރު ފެނުނު ހިސާބުން. ގައްދާރު 12އިން އެކަކުތީ.

    95
    5
  3. އިސްޢާފް ސަލީމް

    ކަލޭމެން ޔާމީން ޔާމީން ޔާމީން ކިޔަކިޔާތިއްބާ މިއޮއް ބާރުނެތިދަނީކަން އެގޭތަ؟ ބަލަގެ މިހާރު ދެން ނުފޮކެ އަގަހިމޭނުންލައިގެންތިބުން ބުއްދިވެރީ އަމިއްލައަށް ތިހަދާ މަޅިތަކަށް ފައި ނުމަހާ

    87
    4
  4. ނަޒީ

    މީ މައުމޫނުގެ ޕަޕެޓެއް!

    80
    1
    • Anonymous

      ހަހަހަ..އިބޫގެ ކަންތައްގަޑު ކައްވަޅުގަ އޮތް މީހާއަށް ވެސް ސަލާމަތް ނުވެވިގެން އުޅެނީ

      62
      1
  5. ހަވާސާ ހާދިސާ

    ސައުދު އަކީ މުނާފިގެއް އަދި އަމިއްލަ ޖީބައް ބަރުވާގޮތަށް ކޮންމެކަމެއްވެސް ކުރަންބޭނުންވާމީހެއް، މީގެ އެއްމިސާލަކީ މައުމޫންގެ ޕާޓީއާއި ގުޅިފައި އާއިލާގެ މީހަކަށް (ސަރުމާ) އެޑިޔުކޭޝަނުން ނައިބުކަން ހޯދަދީފައި އިތު ފައިސާ ހޯދަން ޖުމުހުރީ ޕާޓީއާއި ގުޅިފައި އެމްޑީޕީއާއެކު ގާތްތުން މަސައްކަތްކުރާ ބޮޑުމުނާފިގު:

    60
    2
  6. ކޮޔާ

    ތިސަޢުދު ރ ޔާމީނާ ދެކޮޅުވި ހިސާބަކީ ކޫއްޑޫއިން ވަންކަން ކުރުން ހުއްޓުވާލި ހިސާބު މީނާގެ ދޯނި ކޫއްޑޫއިން ކުރަމުން އައި ވައްކަން ހުއްޓުވުންވީ ރ ޔާމީންގެ ކުށް ކަމަށް މީނަ ދެކި އިންޑިއާއިން ދިން ޑޮލަރު ބޮނޑީގަ ހިފަންޖެހުނު ސަބަބު

    69
    2
  7. ކަމަންޑީ

    މިހާރު ވަރައް އިންސާފުވެރިތަ ފިރިހެނުން ފިރިހެނުންނާއި ގުޅުން ހިންގައިގެން އެކަމައް އެއްބަސްވި ތިންމީހުންނައް ވެސް ތަފާތު ތިންހުކުމް މިސްކިތައް ޤަޞޯޙާޖާތްކުރާމީހާ ބޯހަމަ ނުޖެހޭ ދީނައްފުރައްސާރަކުރާމީހާ އެއީނަފްސާނީ ބަލިމީހެއް ދީނުގެ ދިފާޢުގަ އެއްޗެއްބުނާމީހާ ޓެރަރިސްޓެއް އަނގަނުތަޅާމަޑުން ހުރިއްޔާމާތާހިރުވާނެ މިކަލޭގެ މެންބަރުކަމުގަ މީނާބޭނުންވި ވަރައްއެއްޗެހިނުލިބުނީމާ ދެންނުކުތީ ރައީސްޔާމީންއާ ދެކޮޅައް މިހާރުވެސް އެހެރީއެ ހަސަދައިގަ

    65
    1
  8. ޑެޑް

    ހިނހޫތަނުން އަބަދުވެސް ކާގެންއުޅޭ މީހެއް. ރިސްވަތުގެބަފާ

    63
    1
  9. ނާއިލު

    މީނަ މީ ހާދަހާ ވާ ހަސަދައެކޭ ޔާމީނަށް.މީނަ އަދިވެސް ހިތްހަމަޖެހޭ ވަރުނުވަނީތަ؟

    63
    1
  10. މޕ

    އިބޫގެ ކޮރަޕްޝަން އާއި ދަރަނި ދަރިންގެ ދަރިންނަށާއި އޭގެ ފަހައް އަންނަން އޮތްޖީލައް ކުރާނެ

    48
  11. ޙަލީމް

    މީނާއަކީ ރަށު ކައުންސިލްގެ ރައީސަކަށް ހުރިއިރު، މީނާގެ ބަފާކަލޭގެއަށް ދޫކޮށްފައިވާ ބިމަކަށް ކުލި ނުނަގައި އުޅުނު މީހެއް. މިކަހަލަ މީހުން އެހެން މީހުނޭ ކިޔައިގެން މި އަނގަ އަރުވަނީ.

    44
  12. Anonymous

    އެކަކު އަނެކަކަށް ވަގަށްގޮވާ ވަގުންގެ މަޖިލިސް !

    43
  13. ޑައެލޯގް

    ޔާމީނުއިރުގައި ފްލެޓްދިނީ ހަމަގަވާއިދުންނެވެ. އެހެންނޫންނަމަ އެމައްސަލަ ކޯޓަށްލީހެވެ. އެމްޑީޕީ އެކްޓިވިސްޓުންތައް މިހާރުވަނީ ކޯޓުތަކަށް ގާޒީންގެ ގޮތުގައިލާފައެވެ. އެހެންވީމަ މިހާރު އެމްޑީޕީ ބޭނުންވަނީ އެކަންކުރާށެވެ. ސައުދަށްނޭގުނަސް މިއީވާގޮތަކީ

    37
  14. ގަންބަނަގަނަ ބުދު

    މިވަރުގެ ލަދުހަޔާތް ކުޑަ މީހަކު މިއުޑުދަށުގަ މަދުވާނެ އަނެއްކާ އިންޑިއާ އިން ރިޗާޖް ކޮއްލަދިނީތަ

    39
    1
  15. ޒާ

    ކަލޯ ސައުދު ކަލޭގެ މޫނުމަތި އަނދާކަން ކަލެޔަށް އެނގޭހެއްޔެވެ؟

    30
  16. ބޮޑު ދެލޯ

    އަދި ކޮބާ! ވައްކަން ކުރަން ގޯތި ގޯތްޗާއި عزة ތެރި މަޖިލީހުގެ ފާރުމަތީން ފުންމާލައިގެން އުޅުނު މީސްމީހުން ނަށް ވެސް އަސަރުކުރި! ދެއްތޯ!؟

    13
  17. ޙަަަހަ

    އޭރު ނުވިހާކުދިން މިހާރު ދަތުރުކުރޭ ރ.ޔާމީން ދައުރުގައި ހެދު ބުރިޖްމަތިން އަރާމުގައި ، ހަސަދަވެރިވީމަ ދެން ނުފެންނާނެ އެކައްޗެއްވެސް ، ބަލަ މިއޮތް އިސްލާމީ ރިވެތި އުޞޫލަށް ތަބާވި ރައްޔިތުންތިބި ޤައުމު މިއަދު މިއޮތް ފާހިސް އަމަލުތަކުން ނަޖިސްވަނީ ، ކަލޭގެ ދެލޮލާއި ދޫ ނެތްތަ މިކަން ފެންނަން ، އިންސާނުން ޖަނަވާރުންނާއި ތަފާތުވަނީ ހަމަބުއްދި ދެއްވާފަވާތީ

    22
  18. ޕޮގުބާ

    ކަލެއަށް ކެވޭވަރު މަދީތަ؟

  19. ފަރު

    މަޝްހޫރުވާންވެގެން ނޭގިނަނަވެސް ތި ކެމްޕެއިން ކޮށްދެނީ ހަމަ ކުރީސަރުކާރަށް..މިހާރުސައުދު މެންނަށް މީހުުން ކުރާ އިޙްތިރާމް އާއި ޤަދަރުމީގައިވާ ކޮމެންޓް ތަކުން އެނގޭ.

  20. Anonymous

    ލޮލައް މިރުސް ފެން އެޅިފައި ހުރި ލާދީނީ މީހުންނައް ތިހެން ފެންނާނީ

  21. ސައްތާރު

    މީނަ މިއީ ހިއްނަވަރު އިބްރާހިމް ރުފިޔާ އާއި ވަޒީފާތައް ދީގެން ހިއްނަވަރު އިބްރާހިމް ޕްރޮމޯޓް ކުރަން ޗާބީ ކޮށްފަ ހުރި ބޮލެއް. ބުނި ކޮންމެ އެއްޗެއް ކިޔާނެ. އެހާވެސް ވަރުވެފަ މީނަ މިހިރީ. ދީން ދޫކޮށްލަން ޖެހުނަސް އެކަންވެސް ކުރާނެ.