މި މަހު ހުޅުމާލޭގައި ބާއްވާ ދުނިޔޭގެ މަޝްރޫހު ދީނީ އިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް އިންތިޒާމް ކުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ.

މިއަދު އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އަދި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފް އެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އޮކްޓޯބަރ މަހުގެ 28 އިން 31 އަށެވެ. މި ދަތުރުފުޅުގައި އޭނާ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނެއެވެ.

މީގެ ކުރިންވެސް އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަތެވެ. އަދި އެފަހަރު ރާއްޖެ އައިސް އެކި ކަންކޮޅުތަކުގައި ދަރުސްވެސް ދެއްވިއެވެ.

އަދި 2018 ވަނަ އަހަރު ތެރޭގައިވެސް އޭނާ ރާއްޖެ ވަޑައިގަތެވެ.

މްބާބްވޭގެ ހަރާރޭއަށް އުފަންވެ ވަޑައިގެންނެވި މުފްތީ މެންކް އަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މުފްތީ މެންކް ފާހަގަ ކުރެވެނީ ދީނީ ހަރުކަށި ފިކުރާއި ދެކޮޅަށް ވަރަށް ބޮޑަށް ތަޤުރީރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭގެ އިތުރުން ކްރިސްޓިއަން ދީނާއި އަދި އެހެން ދީންތަކުގެ މީހުންނާއި ދެކޮޅަށް ވެސް ހަމަނުޖެހުން ނުހިންގާ ސުލްހަވެރިކަން އިސްކުރަން އޭނާ ވަރަށް ގިނަ ދަރުސްތަކުގައި ނަސޭހަތްތެރިވެ ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    ކެސީނޯހުއްދަކުރަންގޮވާ، ލިވާތާއި ރޭޕާއި ރަސޫލާއަށްފުރައްސާރަކުރުމާއި އެމްޑީއެންއާއި އުތެމައާއި މިހުރިހަި ނުބައިކަމެއްކޮށްފަ މުކްތީމެންކުގެނެސްގެން ތިއުލެނީ ރައްޔިތުން ގުބޯހައްދަންހެއްޔެވެ.