މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން އިތުރަށް ގޯސްވުމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. އެއީ މިއަދު މެންދުރު 12:30 އިން ހަވީރު 4:30 އަށެވެ.

އެ ސަމާލުގައި މެޓް އިން ބުނެފައިވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވެއެވެ.

މި ދުވަސްކޮޅުގައި މެދު ރާއްޖެ ތެރެއަށާނެ ދެކުނުގެ ރަށްތަކަށް ވިއްސާރަ އެވެ. މެޓް އޮފީހުން މިއަދު ހެނދު ވަނީ 11 އަތޮޅަށް ހުދު ސަލާމު ވެސް ނެރެފައެވެ.

ވިއްސާރައިގައި ލިބިދާނެ ގެއްލުންތައް ކުރިއާލައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބެލުމަށް އިލްތިމާސް ކުރެ އެވެ.