މޫސުން ގޯސްވެ، އެންމެ ދެކުނުގެ އަތޮޅުތަކަށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ސަމާލު ނެރެފައި ވަނީ ގއ. އަތޮޅުން ފެށިގެން ގޮސް އައްޑޫ ސިޓީއާ ހަމައަށެވެ.

އެ ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެ ސަމާލުގެ މުއްދަތު ހަމަވާނީ މިއަދު މެންދުރު ފަހު 2:15 އަށެވެ.

މިއަދުގެ އިރުއޮއްސި 6:00ގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެ ވެހޭނެ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަދި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަަމަށްވެސް ލަފާ ކޮށްފައި ވެއެވެ.

މީގެ އިތުރުން ރާޅުގެ އުސްމިން 5-7 ފޫޓަށް އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، ދިޔަވަރު ބޮޑުގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާތީ މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.