ޤައުމު ބިނާކުރުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ބުއްދިއެއް ނެތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފޮތް މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ޤައުމެއް ބިނާކުރުމުގައި ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ޤައުމު ބިނާކުރާ މީހުންގެ ކިބައިގައި ބުއްދިއާއި ވިސްނުން ނެތުން ކަމަށެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ފޮތް ކިއުމާއި މައުލޫމާތާއި ފިކުރު މުއްސަނދިކުރުމާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމު ބިނާކުރުމުގައި އެތައް ދައްޗެއް ކުރިމަތިވާކަމަށާއި، އެކަމުގެ ސަބަބުތަކަކީ ވިސްނުން ނެތުމާއި، މަންޒަރެއް ނެތުމާއި، އުންމީދާއި ހުވަފެންތައް ނެތުން ކަމަށެވެ. ހިތަށް ކަންކަން ގެނެސް އެކަންކަން ތަސައްވަރުކޮށް ސިފަ ނުކުރެވުމަކީވެސް ދިމާވާ ދަތިކަމެއްކަން އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެކަންކަން އެހެން ވަނީ ފޮތް ނުކިޔޭތީ ކަމަށެވެ.

"ގައުމެއް ބިނާ ކުރުމުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ވިސްނުމެއް ނެތުން، ބުއްދިއެއް ނެތުން. ތަސައްވަރެއް ނެތުން. މަންޒަރެއް ނެތުން، އުއްމީދެއް ނެތުން، ހުވަފެނެއް ނެތުން. އަޅުގަނޑުމެންގެ ހިތްތަކަށް ކަންކަން ގެނެސް އެކަންކަން އަޅުގަނޑުމެންނަށް ތަސައްވަރު ނުކުރެވުން، ސިފަ ނުކުރެވުން. މި ކަން މިހެންވަނީ ފޮތް ކިޔުމުގެ މަސައްކަތް އަޅުގަނޑުމެންނަށް ނުކުރެވުމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ ވީހާވެސް ގިނައިން ފޮތް ކިޔުމަށް އެދިވަޑައިގެންފައެވެ.

ނަޝީދު ސިޔާސީ ދާއިރާއަށް ވެންނެވުމުގެ ކުރިން މަސައްކަތް ކުރެއްވީ ނޫސްވެރިއެއްގެ ގޮތުގައެވެ. އެމަނިކުފާނު ވަނީ މީގެ ކުރިން ބައެއް ތާރީޚީ ފޮތްތައް ވެސް ލިޔުއްވާފައެވެ. އަދި މިދިޔަ މަހު ނަޝީދު ވަނީ ހަފްތާ މަޖައްލާއެއް ވެސް ނެރުއްވަން ފައްޓާވައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މުހައްމަދުއަލީ

    ތިބުނީ ވަރަށްބޮޑުތެއް ބުއްދިޔެއްނެތީމަ އިސްތިއުފާދީފަ ގޮނޑިދުއްވަން ކުޅުހާފިލާގޮތަށް ފިލީ ތިމީ ރަގަޅުވާހަކައެއްތީ ސާބަސް މޮޔަ

    50
    1
  2. އަލީ

    އެންމެއް ނަކު ހުރިހާ ވަގުގެއްގައި ހަމަހޭގައި ނުހުރުން ދެއްތޮ؟

    37
  3. ވިކިލީކްސް

    އެންމެ ބޮޑު ދަތިކަމަކީ ޤައުމު ބިނާކުރާ މީހުންގެ ކިބައިގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދީނާއި ގައުމަށްވުރެވެސް ބޮޑުވުން.

    36
  4. އަވާމެންދުރު

    މިގައުމު ލާދީނީ "އަނެއް ދިވެހިރާއްޖެ" އަށް ބަދަލުކުރަން ނަޝީދު ކުރި މަސައްކަތައް ހައްގު އަދަބު ދޭންޖެހޭ.

    42
  5. ޢަލީ

    ތީ ހަމަ ބުއްދިޔެއްނެތް ގިތެލެއް ހައްހައްހާ

    36
    2
  6. ނަމަ

    ނަޝީދު އެބުނީ ހެޔޮކޮން ކަންނޭގެ ބުއްދިއެއް ނެން ބަޔަކާ ސަރުކާރު ހަވާލު ކުރީމަ ވާގޮތް އިހުސާސް ކުރެވޭ ބަޔަކުވެސް އެބައުލޭ ހެން ހީވަނީ އިވޭ އަޑު ތަކުން

    43
  7. ރުކުމާ

    ތާވަޅެއް ބޮލަށް ފިތާލާފާ ދޫކޮށްލީމާ ތަންދޮރު ނޭގިއެނބުރޭ ގޮތަށް އިބްރާހިމް މުހައްމަދު ސޯލިހާއި ކެނެރީގެ ނަޝީދު އަށް ވެރިކަން ލިބުނީމާ މިއޮތް ސަޅިކޮށް ވެރިޔަކު ހިންގަ ހިންގާ އޮތް ޤައުމަކަށް މިވަނީ މީ ބަލާވެރިކަމެއް އަދިވެސް މިބައިގަޑު ވެރިކަމުން ފައިބާން އުޅޭކަށް ނުވޭތަ؟ ގަމާރު ސާލިހާއި ކެނެރީގެ ބުއްޅަބޭ..............

    11
    2
  8. ވިސްނާ

    ތިބުނުއްވީ،ރަގަޅުވާހަކައެއް ނަމަވެސް ބޮޑަށްއެކަންދިމާވާނެ އެފަދަފަރާތެއް ރައީސްގެމަގާމުގައި
    ހުންނެވީމައި މިކަމުގެ ހެއްކެތް ތިބޭފުޅާ ރައީސްކަމުގެމަގާމުގައިހުންނެވުމާ، ޔާމީން ރައީސްކަމުގެ
    މަގާމުގައިހުންނެވިއިރު ފެނުނު ތަފާތު އެއީ ގައުމުބިނާކުރުމަށް ބުއްދިހުރުމާ ބުއްދިއެއްނެތި
    ގައުމުގެހުނަގާނުގައި ހުރިފަރތުން ގައުމުބިނާކުރުމަށް ހުރި ދަތިތަށްފެނުމުން އެކަންހާސިލް
    ކުރައްވާފައިވާފަރާތަކުން ހާމަކުރެއްވިޝުޢޫރަށް ޝުކުރިއްޔާ މިހާރުވެސް ގައުމުބިނާކުރުމުގައި
    ދަތިތަށް ދިމާވޭ

  9. ހުސޭނުބޭ

    ފޫކޮޅުގައި ބުއްދި އިން މީހަކު ތިވާހަކަ ދެއްކުމުން ދެން ތިބޭ މީހުން ކުރާނީ މަލާމާތް

    12
  10. ހުސެންދީ

    މިކަހަލަ ބޯއެގެން ތިބޭ މީހުންނަށް ދެްކޭ ނުދެއްކޭ ވާހަކައެއް ނޭނގޭނެ.

    11
  11. އިސްޢާފް ސަލީމް

    ބިނާކުރުވަނި ފާޑުވެރިކަމާއި، އުފެއްދުންތެރި ބުއްދިވެރިކަމާ، ކުރިމަގުގެ އުއްމީދާ، ހުނަރުވެރި ޢިލްމާ ގުޅިފައިހުރި ވެރިޔަކު 2013 ނޮވެމްބަރ 17 އިން ، 2018 ނޮވެމްބަރ 17 އަށް ރާއްޖޭގައި ވެރިކަންކޮށްފިއެވެ. މަތީގައި މިބުނި 4 ސިފަ އެ ވެރިޔާގައި ހުރިކަން މިއަދު ކަނޑަމުންމިދާ ރިބަންފަށްތަކުންވެސް ސާފްވާނެއެވެ.

    10
  12. ހުސެންބެ

    ކަލޭ ތިއީ ދިރިހުރި މިސާލެއް

    10
  13. އިބްރާހިމް

    ބުއްދިއެއް ނެތީމާނޫންތޯ ބްރިޖެއް ނޭޅޭނޭ ވިދާޅުވީވެސް. އަދި ފެބް 8ގައި ޕާޓީކުދިންކޮޅު ނެރެ ދައުލަތުގެ މުދަލުގައި ހުޅުޖަހައި 200މ ރުފިޔާގެ މުދާ އަންދާލީ

    14
  14. ބުއްޅަބޭ

    އޭގެ އެންމެ ފުރިހަމަ މިސާލަކީ ތިޔަ މަނިކުފާނު...

    12
  15. Anonymous

    މިގައުމު ބިނާކުރުމާއި ރައްޔަތުންގެ ދިރި އުޅުމައް ހުރި އެންމެބޮޑުހުރަހަކީ ކަލޭ އެއީކަލޭގެ މޮޔަކަމާއިނުބައިކަން

    14
  16. ބަލަ

    ނަޝީދު އެކަނި ބުއްދިހުރި ބޮލެއް ހުރި މީހަކަށް ހުރީދޯ؟ ބަލަ ކަލޭގެ ތިޔަބުއްދިހުރި ބޮޫބޮލުގެ ސަބަބުން މިޤައުމުގެ މައިދޮރާށި އިންޑިޔާގެ ޖީ.އެމް.އާރ އާއި ހަވާލުކޮށް، ރާއްޖޭގެ އެއްވެސް އިތުރު އިންޓަނޭޝަނަލް އެއަރލޯޓް ނުހެދޭގޮތަށް ހަދާފައިވާއެގްރިމެންޓްގައި ސޮއިކުރީ. އަދި މިޤައުމަށް އެހެން ދީންތަށްވެސް ޖާގަދޭން ގޮވާލިމީހާދޯތީ؟ ތިކަހަލަ ބުއްދިވެރިއްކު ރާއްޖެއަކަށް ބޭނުމެއްނުވޭ

  17. ސެންޗޯ

    އެހެނެއް ނޫން މިވަނީ ހޭލުން ތެރިކަން ނެތް ބަޔެއްގެ ތެރެއަށް ތަނަވަސްކަން އައުން
    މިއީ ގޯހަކީ ސައި ކަލެއް ގަންނަން ލިބުނީމަ ލައިސަންސު ނެތަސް ދުއްވަންވީ

    4
    1
  18. ބަރުގޮނު

    2008 ގެ ރިޔާސީ އިންތިޚާބުގައި ، ކުރަފި ބޮލެއް ހުރި މީހަކު ހޮވުނީތީ އެކަމުގެ މައްޗަށް ދެރަވާން ޖެހޭކަން ނަޝީދުގެ މިވާހަކަކޮޅުން ވަރަށް ރަގަޅަށް އެގޭ. އެމީހަކުވެސް ތަރައްޤީކަމަށް އިސްތިހާރުކުރީ ގޮގްރެޓާ ފަޅުފުންކުރުމާ ހޮޅިވަޅުލުމާ ތާރުއެޅުން. އެންމެ ލެޕްޓޮޕެއް ހުރިއްޔާ ސަރުކާރު ގެ ހިންގޭނެކަމަށް ބުނެ މީހުންނަށް މާކަނާ ބުއްދި ލައިދިނީވެސް ހަމަ އެބޮލުގެ ވެރިޔާ.

  19. Anonymous

    ބަނގުރާ ބުއިމަކީ ބުއްދި ފިލައިދާކަމެއް، އެހެންވެ އިސްލާމް ދީނުގައި ބަންގުރާ ބުއިން މަސްތުވުން ވަނީ ހަރާމް ކުރައްވާފައި !

  20. ނމ

    ބުއްދި ނެތީމަތާ ފޮތް މަދުވީމަތޯ ކެނެރީގެ ސައްތާރުގެ ނާޒިމް އަލްމްގިރި ހެދީ .ގައިމު އެެއީ ކަލޭގެ ކޮއްކޮ.ކަލޭ ކިޔާހާ ފޮތެއް އޭނާ ކިޔާ.ކަލޭ ތި ބުނާ ކިޔައި ކަލޭ ބުނެގެން ގެނައި ޑެމަކްރޮސީ މިއަދު މިފެންނަ މޮޔަ ކަމުގެ އަސްލަކީ .ޟައިތާނާ އަށް ވުރެން ކަލޭ ގެ ވަސްވާސް ބޮޑޭ

  21. އަބްދޫ

    ބުއްދި ގިނަވެގެންގޮސް ދިވެހިގައުމަށް ގެއްލުމާއި ހަލާކު ގެނައީ ވައްކަމެއް ސާބިތުވެ އަދަބު ތަންފިޒު ކޮށްފަވަނިކޮށް 24 ގަޑީގަ ހަމައިގަ ހުންނަން ނުޖެހޭކަމަށް ވިދާޅުވެ ވެރިކަން ހޯދައިގެން ދުވަހަކުވެސް ވެރިޔަކު މިދިވެހިގައުމަށް ނުދޭވަރުގެ ބޮޑުގެއްލުން 3 އހަރުތެރޭ މިގައުމަށްދީ ގައުމު ހާލުގާ ޖައްސާލި އެ ގެންލުންދިންކަން އިސްތިއުފާގެ ސިޓީން އެގެން އެބައޮތް.

  22. Anonymous

    ތީ ވަރަށް ބޮޑުތެދެއް . މީނަގެ ހުންނަނީ ބޮލެކޭ ކިޔާފަ އުނބެއް. އެކަން އެގޭނެ ތަންތަނަށް އަރާ ދައްކާވާހަކައިން. މުކައްބަ ސޭޓްވެސް ބުނީ މީ މޮޔަ ކުއްޖެކޭ. މިހާރު މޮޔަ ބެއެކަށްވެފަ. މީނާ ހީކުރާގޮތުގައި މީނަ ވަރަށް ބުއްދިވެރި. ބުއްދިއެއް

  23. Anonymous

    ކަލޭ ކައިރީ ބުއްދިއަކީ ހަވާ ނަފްސު އެދޭ ކަމެއް ކުރުން

  24. އަހަންމަދު

    އިބިލީސް ބުންޏަސް ތެދެއްވާނީ ތެދަކަށް!ގަންޖާ ބުއިމަކީ މަސްތުވާ ކަމެއް!މަސްތުވީމަ ބުއްދި ފިލައިދާނެ!އެކަމަށް ތާރީޚު ހެކިދޭ!