އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމެރިކާއަށް ފުރާވަޑައިގަތުމަށް ނިންމައިފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާޙަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ވޯލްޑް ބޭންކާއި އައިއެމްއެފް އިން ބާއްވާ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ދައުވަތު ލިބިވަޑައިގެންފައިވާކަމަށެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ވޮޝިންގޓަނަށް މިރޭ ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ކްލައިމެޓް ވޮނަރަބަލް ފޯރަމް (ސީވީއެފް)ގެ ފަރާތުން އެ ފޯރަމުގައި 20 ފައިނޭންސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާކަމަށެވެ. މި ދަތުރުގެ ހަރަދުތައް ބަލަހައްޓާނީ ސީވީއެފުން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ތަރައްގީވަމުން އަންނަ ވަރަށް ގިނަ ގައުމުތަކުގެ އިގްތިސާދަށް ބޮޑު ލޮޅުންތަކެއް އަރާފައިވާ ކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ބައިނަލްއަގްވާމީ މާލީ އިދާރާތަކުން އެކަންކަމާ ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށެވެ.

"ކްލައިމެޓް ވޮނަރަބަލް ފޯރަމް ދެކޭ ގޮތުގައި ކުރިއަށް މި އޮތް ދެ އަހަރުގެ ތެރޭގައި އެ ފޯރަމްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން 20 ގައުމާއި ގާތަށް އިގްތިސާދީ ހީނަރުކަން ކުރިމަތިވެ ދަތިތަކާއި ކުރިމަތިލައި އަދި ސޮވަރިން ޑިފޯލްޓްގެ މިންވަރަށް އެ ގައުމުތަކުގެ އިގްތިސާދުތައް ދިއުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި ދެކެނީ" ރައީސް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުއްޅަބޭ

    މިފަހަރު ލަންކާއަށް ބައިވަރު އެހީލިބޭނެތާ؟!

  2. ނަޑަރޭ

    ޑޮލަރު ހުރިތަނާއި ހުރި އަގު އައި އެމް އެފް އަށް އަންގަދޭން

  3. ހަވާސާ ހާދިސާ

    މިނަޝީދުގެ ބަލާއިން މިގައުމު ސަލާމަތކުރައްވާންދޭވެ.

    8
    2
  4. މެން

    ދައުލަތުގެ ލާރިގަޑު ކާ ގޮހަރައްގެން އުލޭ ޖަވާބު ދާރީ ވާންޖެހޭ ދުވަހެއް އެބައޮތް

  5. Anonymous

    ނަޝީދު އެތަނަށް ދަނީ ކޮން ހައިސިއްޔަތަކުންތޯ ؟ އެތަނުން ފައިދާ ލިބޭ އެތަނުގެ ހިއްސާދާރަކީތޯ ؟ ކުދި ޤައުމުތަކަށް ރިބާ ލޯނު ދީގެން ކުދި ޤައުމުތަށް އަޅުވެތިކޮށް ދަރުވާލި ބަޔަކީ އައިއެމްއެފް އާއި ވޯލްޑު ބޭންކު !

  6. ސުވަލުމާކު؟؟؟

    ނަޝީދު ވިދާޅުވީ ކްލައިމެޓް ވޮނަރަބަލް ފޯރަމް (ސީވީއެފް)ގެ ފަރާތުން އެ ފޯރަމުގައި 20 ފައިނޭންސް މިނިސްޓަރުން ބައިވެރިވެވަޑައިގަންނަވާކަމަށެވެ.
    މީނާ އަށް ގަވަނަރުކަން ނޫނީ ފިނޭންސްމިނިސްޓަރުކަން ހަވާލުކުރީ ކޮންއިރަކުތޯ؟ މިގައުމުގެ ފިނޭންސް މިނިސްޓަރު ނޫނީ ގަވަނަރު ކޮބައިތޯ؟ މީނާ މިފޯރަމަށް ދައުވަތު ލިބުނީ ކޮންހައިސިއްޔަތަކުންތޯ؟ އަރިހުގައި ކިތައްބޭފުޅުންގެންދަވާތޯ؟ ވަޑައިގަންނަވަނީ ކިހާ މުއްދަތަކަށްތޯ؟