ނަފްސާނީ ބަލިތަކަށް ހާއްސަ ފަރުވާދޭ ކްލިނިކެއް ހިޔާ ފްލެޓްގައި ހުޅުވައިފި އެވެ.

އެޗްޑީސީއިން ބުނީ ނަފްސު ސައިކޮލޮޖިކަލް ސާވިސަސްގެ ކްލިނިކެއް ހިޔާ ފްލެޓްގައި ހުޅުވާފައިވާ ކަމަށެވެ. އެ ކްލިނިކް ހުންނާނީ ހިޔާގެ 11 ވަނަ ޓަވަރުގައި ކަމަށެވެ.

އެޗްޑީސީއިން ބުނީ އެ ކްލިނިކް މިހާރު ވަނީ އާންމުކޮށް ހުޅުވައި އާންމުނަށް ހިދުމަތްދޭން ފަށާފައި ކަމަށެވެ.

ނަފްސު ސައިކޮލޮޖިކަލް ސާވިސަސް އަކީ ނަފްސާނީ ބަލިތަކަށް ހާއްސަ ފަރުވާދޭ ކްލިނިކެވެ.

ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުން އާމަން އޮމާންކަންމަތީގައި ދިރިއުޅުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެޗްޑީސީން ކުރަމުންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

ހިޔާ ފްލެޓްގައި މީހުން ދިރިއުޅެން ފެށީ މިދިޔަ އަހަރު އޮގަސްޓް ހިސާބުގައެވެ. މިހާރު އެތަނުގައި ހަދާފައިވާ ޓަވަރުތަކުގައި 3000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަކަން ފާހަގަ ކޮށްލެވެއެވެ.

އެތާގައި ދިރިއުޅޭ ފަރާތްތަކުގެ އަސާސީ ބޭނުންތައް ފުށްދުމަށް އެކި ޓަވަރު ތަކުގައި ފިހާރަތައް ވެސް ހުރެ އެވެ. ވަރަށް ފަހުން ވަނީ ހިޔާ ފްލެޓްގައި ސެލޫން އަކީ ކްލިނިކެއް ވެސް ހުޅުވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑައެލޯގް

    މިސަރުކާރުން ނަފްސާނީބަލީގެ މީހުންނަށް ވަރަށް އަޅާލާނެއެވެ. އެކަމަކު އެއީ ނަފްސާނީބަލީގެ ބީ ކެޓެގެރީގެ ބަލިތަކަށް އެކަންޏެވެ. ބީ ކެޓެގެރީއަކީ މިސްކިއްތަކަށް ބޮޑުކަމުދިއުން، ހަތިމަށް ކުޅުޖެހުން، ދީނުންބޭރުމާމީހުން މިސަލު: ވެލިޒިނީ، މުޖޫނައީމް، އިންޑިޔާމީހުންކުރާ ކުއްތައް، ލިވާތާއި ފާހިޝްއަމަލު އެއީ މިސަރުކާރުން ބަލައިގަންނަ ނަފްސާނީ ބީ ކެޓެގެރީއެވެ.