ރާއްޖޭގެ މީހުން ހައްޖަށް ދާން އިތުރު ކޯޓާތައް ހޯދަން ދިވެހި ސަރުކާރުން ސައުދީގައި އެދުމުން، ސައުދީން ޖަވާބު ދިން ކަމެއް ނުވަތަ ނޫން ކަން ވެސް ނޭނގޭ ވަރަށް ސުވާލު އުފެދިއްޖެ އެވެ.،

މީގެ ކުރިން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ލިބޭ ކޯޓާއަށް ވުރެ އިތުރަށް ކޯޓާ ލިބުނަސް މި އަހަރު އިތުރަށް ކޯޓާއެއް ލިބިފައެއް ނުވެއެވެ.

އެހެންކަމުން އިތުރަށް ކޯޓަށް ހޯދަން ކުރި މަސައްކަތާއި އަދި ކޯޓާ ނުލިބެން ދިމާވާ ސަބަބު ހޯދަން އެދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އޮތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް ސުވާލު ހުށަހަޅުއްވައިފަ އެވެ.

އެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިހާރު ލިބޭ 1،000 ހައްޖު ކޯޓާއަށް ވުރެ އިތުރަށް 1.500 ކޯޓާ އިތުރުކޮށްދެއްވަން އެދި ރައީސް އިބްރާހިިމް މުހައްމަދު ސޯލިހު ސައުދީ ރަސްގެފާނަށް 2020 އަހަރު ޖެނުއަރީ މަހު ސިޓީއެއް ފޮނުއްވި ކަމަށެވެ.

އެ ސިޓީ ފޮނުވިތާ ދެ އަހަރުވެ، އެ ސިޓީއަށް ޖަވާބެއް ލިބުނުތޯ ބަލަން މިިދިޔަ ފެބްރުއަރީ މަހު އިސްލާމިކް މިނިސްޓްރީ ރައީސް އޮފީހަށް ސިޓީ ފޮނުވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭގެ އިތުރުން އެކަމާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ލިބިފައިވޭތޯ ބަލަން ފޮރިން މިނިސްޓްރީއަށް ވެސް ސިޓީ ފޮނުވައިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ރައީސް އޮފީހުން ވެސް އަދި ފޮރިން މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ލިބުނުކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސެންބެ

    މުސާރަ ލިބުނީމާ ނިމުނީ .އޭނަގެ އެއްވެސް ޒިންމާ އެއް އަދާނުކުރޭ

  2. ރއ

    އެކަންހާމަ ކުރުމުން ގައުމީސަލާމަތަށް ނުރައްކާވާނެތީ ހާމަކުރެވޭކަށްނެތް.

    10
    • ޖާބިރު

      މަޤާމުގައި ބަގުޑި ބައްދައިގެން..
      ދީން އޮޅާލަފައި..