މަސްތުގެ ހާލަތުގައި ތިބެ ބައެއް މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާކަމަށް ވިދާޅުވުމުން ރައީސް މުހައްމަދު ނަޝީދު ކޯފާވެވަޑައިގެންފި އެވެ.

މެމްބަރުން މަސްތުގެ ހާލަތުގައި ތިބެ މަޖިލީހަށް ވަޑައިގަންނަވާކަމަށް ތުހުމަތު ކުރެއްވީ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަރީފް ވިދާޅުވީ މަޖިލީހަކީ ބިނާކުރެވޭ ހިޔާލު ފާޅުކުރެވޭ އަދި ގައުމަށް ދިމާވާ ބޮޑެތި މައްސަަލަކުގައި ވާހަކަ ދައްކައި މަޝްވަރާކޮށްގެން ހައްލު ހޯދައިދޭން ޖެހޭ ތަނަކަށް ވާން ޖެހޭ ކަމަށެވެ.

ހަމަ އެހެންމެ މަޖިލީހުގެ މެމްބަރުންގެ މެދުގައި އޮންނަ ޒާތީ ކަންކަމާއި ރުޅި އިސްކޮށް ޒުވާބުކޮށް މީހުންނަށް ހުޝާމަދު ކުރާ ތަނަކަށް ވާން ޖާގަ ދީގެން ނުވާނެކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގައި އެފަދަ ކަންކަން ހިނގަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އެފަދައިން ވިދާޅުވުމުން އޭނާގެ ވާހަކަ މެދުކަނޑާލައްވައި ރިޔާސަތުގައި އިންނަވައި، ނަޝީދު ވިދާޅުވީ އެންމެ ފުރަތަމަ އިސްލާހު ވާން ޖެހެނީ ޝަރީފް ކަމަށެވެ.

"އަޅުގަނޑަށް ފުރަތަމަ ޖެހެނީ އިއްޒަތްތެރި މެމްބަރު މަޑު ޖައްސާލަން ނުވަތަ ވާހަކަފުޅު ރަނގަޅު މަގުގައި ބަހައްޓަން ދަންނަވަން. އެހެންވީމާ އިއްޒަތްތެރި މެމްބަރު އެ މަގަށް އަމަލުކުރެއްވީމާ އަޅުގަނޑު ހިތުން ކަންކަން ވަރަށް ރަނގަޅު މަގެއްގައި ކުރިއަށް ދާނެ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދަށް ރައްދު ދެއްވައި ޝަރީފް ދެން ވިދާޅުވީ މަޖިލީހަކީ ޑްރަގް އައްޑާއަަކަށް ވެގެން ނުވާނެ ކަމަށެވެ. މަޖިލިސް ގޯތި ތެރޭގައި ފާޅުގައި ޑްރަގް ބޭނުންކޮށް މަސްތުގެ ހާލަތުގައި ތިބެ މަޖިލީހުގެ ޖަލްސާއަށް އައުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށާއި މަޖިލީހުގައި ބްރެތު އެނަލައިޒާ ބަހައްޓަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފް އެހެން ވިދާޅުވުމުން ނަޝީދު ވަރަށް ބޮޑަށް ކޯފާވެލެއްވި އެވެ.

"އިއްޒަތްތެރި މެންބަރު ތިޔަ ކުރައްވާ ކަމަކީ މި ތަނުގެ އިއްޒަތާއި ކަރާމާތް ނަގައިލުމަށް ސާބިތުނުހިފޭ ބާވަތުގެ ވާހަކަދައްކަވަމުން ގެންދެވުން. މި ތަނުގައި ޑުރަގެއް ނުގެންގުޅޭނެ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެފަދައިން ވިދާާޅުވުމުން ޝަރީފް ރައްދު ދެއްވައި ވިދާާޅުވީ އޭނާ ދެއްކި ވާހަކައާ މެދު ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމަށާއި އަދި އޭނާ ދެއްކި ވާހަކައިގެ ހަގީގަތް އެނގޭނީ ވެސް ބްރެތު އެނަލައިޒާ ބަހަައްޓައިގެން ކަމަށެވެ.

މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުންނާއި އެންމެ ގިނައިން ޒުވާބު ކުރައްވާ އެއް މެންބަރަކީ ޝަރީފެވެ. އިއްޔެގެ ޖަލްސާގައި ވެސް ޝަރީފްއާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ޒުވާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ރަން ރީނދޫ

    ރުޅި އަންނާނެ ދޯ. މަސްތުވެގެން މަޖިލިސްގެ ރައީސް ވެސް އިންނަވަނީ.ތެޔޮބިޑިއެއް ޖަހާނުލާ ކިހިނެއް އަނެއްދިވެހިރާއްޖެއަށް ހުރެވޭނީ. ތިޔައީ އެންމެން ދަންނަ ބޮޑު ސިއްރެއް.

    88
    4
    • Anonymous

      ތިތާކު މަޝްވަރާ ކުރެވޭ ވަރުގެ ފެންވަރުގެ ބަޔަކުއެބަތިބިތޯ އެކަކު އެނަކަކަށް ވަގު ގޮވާތަނެއް !

      55
    • ބ

      ބުއްޅަބޭ ބިޑިބޯ. ނުދޭނަން ދެނެއް ވޯޓެއް

  2. މުދިންބޭގެކުޑޭ 2022

    ޝަރީފް އެހެން ވިދާޅުވުމުން ނަޝީދު ވަރަށް ބޮޑަށް ކޯފާވެލެއްވި އެވެ.

    53
    1
  3. ނަމަ

    ނަޝީދު ކޯފާ ވާނެތާ ވަރަށް ސާފު އިބާރާތުން ވިދާޅުވިއެއްނު ކޮންމެހެން 24 ގަޑި އިރު ހަމައިގަ ތިބޭކައް ނުޖެހޭނޭ

    85
    1
  4. ރައްޔިތުމީހާ

    މަޖިލިސް މެންބަެުންނަކީ އަމިއްލައަށް އިއްޒަތް ލިބިގަނެ އަމިއްލައަށް މުސާރަ އާއި މުޅި އުމުރަށް އެ ވެރިންގެ ޢާއިލާއަށް ދަެުލަތުގެ މާލިއްޔާއިން އިނާޔަތް ކަނޑައަޅާ ރައްޔިތުން ބިކަ ކޮށް މުޖުތަމައުގެ ހަލާކު ކަމުގައި ވެފައި ވާތަނެއް. އުވާލުމުން ގައުމަށް މާ ނަފާ ވާނެ

    82
    1
  5. ހުސެންބެ

    ތެދެއް އެ ބަހައްޓަންޖެހޭ.ޖާ މެން ރާބޮއެގެން ނައިސް ވެފަ ހުންނަތަން އެ ފެންނަނީ

    51
    3
  6. ގަލަން

    އެތިކޮލުބޮއެގެން ތިބެގެން ބޭނުންހާ އެއްޗެއް ގޮވަން ކެރެނީ އަދި އެކަކު އަނެކަކު ވަގައް ގޮވަނީ. އެއެމެން ވެސްތިބޭނީ ރިސްވަތު ނަގައިގެން ކަމައް އަޑުއިވެނީ އެއް މެމްބަރަކު އަނެއް މެމްބަރާ ދިމާލައް މަސްތުވެ ތިބެ ވަގައް ގޮވަނީވެސް ކަމެއް ކުރެވުނީމަ

    41
    2
  7. ޏބބޖބ

    އަލަމްގިރި ދިޔަ ހުުރިހާ ގެއެއްގެ އެންމެން މޮންކީ ޕޮކްސްއަށް ޓެސްޓްވެސް ކުރަންްވީ

    17
    1
  8. ސައްޕު

    ކަންކަމުގައި ރަނގަޅު ފެންވަރުގެ ޢިލްމީ ބަހުސެއް ކުރެވޭވަރުގެ މީހަކު ތިތާކުނެތް. ހައްތާވެސް އަޑުއިވެނީ ހުށަހެޅިފައިވާ މައްސަލައާ ގުޅުމެއްނެތް ބޭކާރު ވާހަކަތައް ދައްކާއަޑު.

    20
  9. Anonymous

    ތީޑުރަގު އައްޑާއެއްކަން ޔަގީން ތިތަނަށް ވަންނަނީ ބޮޓުން ހުސް ނަޝިދުއަކީވެސް ޢޭގެ މީހެއް!
    "އިއްޒަތްތެރި މެންބަރު ތިޔަ ކުރައްވާ ކަމަކީ މި ތަނުގެ އިއްޒަތާއި ކަރާމާތް ނަގައިލުމަށް ސާބިތު ނުހިފޭ ބާވަތުގެ ވާހަކަ ދައްކަވަމުން ގެންދެވުން. މި ތަނުގައި ޑުރަގެއް ނުގެންގުޅޭނެ. މިތަނުގައި މަސްތުވާތަކެއްޗެއް ނުގެންގުޅޭނެ. މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

    7
    1
  10. ޙަދިސައިބު

    ރުޅިއަންނާނެތާ ޚުދު ނަސީދަކީވެސް މަސްތުހާލުގައި މަޖުލީހަށް އަންނަ މީހެއް!

    15
  11. ހެ

    ކޯފާވާނެތާ އެކަން އެެއީ ހިގާ ކަމަކަށްވީމަ.

    16
  12. ނަން

    ގަންޖާބޯ

    12
  13. ގުލްދަމް

    ތިޔަޙާލުކޮޅުގަ އެއްމެގިނައިން އިންނަވާބޭފުޅަކީ މަޖުލީހުގެ ރައީސް. ފަޅުގަ ހުންނަ ޔޮޓްފަހަރާ، ޖާބިރު މަނިކުފަނުގެ ޔޮޓްކޮޅަށް އެއްމެގިނައިން ވަޑައިގަންނަވާބޭފުޅުން އެހާލުކޮޅުގަތިއްބަނީ. އެހެންނޫނަސް ތިޔަ 65 މެންބަރުންގެ ތެރެއިން ގިނަމެންބަރުންނަކީ އެހާލުކޮޅުގަ ތިއްބަވާ ބޭފުޅުން.

    • ޒާލް

      ނާހަމަ ތެދެެއް..؟

  14. ރައްޔިތު

    ދެން ވޯޓުލާނީ މަޖިލީހުގެ މެމްބަރުކަމުގައި ތިބެ މަސްތުވާތަކެއްޗާއި ރާ ބޯމީހުންނާއި އަދި ޖުވާ ކުޅެ އެއްޖިންސުން ގުޅުން ހިންގި މީހުން ހައްޔަރުކޮއް ތަހުގީގުކޮއް ހައްގު އަދަބުދޭނެ ސަރުކާރަކަށް.

  15. ސަމް

    މެމްބަރުން މަޖިލީހަށް އަންނަނީ ރައްޔިތުންގެ ފައިސާ ކައިގެން ބޮއެގެން ދެލޯ ކަޅިއަރުވައިގެން.

    11
  16. ސައްދު

    ނަސީދޫ.. ކޯފާ ނުވޭ ގޮސް އައިސް ފެންފޮދެއް ބޯލާ.. ދެން ހުރި ތަކެތި ބޯނީ ގެޔައް ގޮސްފަ.

    11
  17. ސަލް

    އިލްމީ ފެންވަރުން ޑޮކްޓަރިޒަމް ނެގެނީ އަލަން ގިރި ގާތުން ކަމުގައި ދެކޭ ބަޔަކު ދެން އުޅެނީ މިހެންތާ ..

    10
  18. Anonymous

    ޚަރާމާތާ އިއްޒަ

  19. ސޯލޭ

    ޅޮލް އަލަމްގިރި ގަންޖާބޯ

  20. ޙަަަހަ

    އެއްކަލަ 4 ފޮޓޯކޮބާތަ މިހާރު ، އެކަމާ އުޅެންހިގާބަލަ

  21. ކަމަނަ

    ކަރާމާތާ އިއްޒަތޭ ބުނީމަ މަގާތަށް އަންނަނީ ހިނި ބަކަރި ކޮށިތަކުގަވެސް ކަރާމާތާ އިއްޒަތް ހުންނާނެ. މިބައި ގަނޑު ހިތުން މިއީ ވަރަށް އިއްޒަތް ތެރި ބައެެއް. ޝަރީފް ބުނާ ހާލުގަ ތިބި މީހުން ސަރުކާރުގެ ހުރިހާ ދިމާ ލެއްގަވެސް ވަރަށް ގިނަ ޚާއްސަކޮށް ޕާޓީ ކުދިން.

  22. ކުމުންޒާނި

    ނަޝީދު ރުޅިއަންނަނީ އޭނަގެ ހަރުބަހަށް ބޮވެންޖެހޭނެއޭ 24 ގަޑިއިރު ހަމައިގަ ހުންނަން ނުޖެހޭނެއޭ ބުނާބަހަށް ޝަރީފު މަލާމާތްކުރާތީ ތިތަނުގަތިބި އެމްޑިޕީ ގިނަމެންބަރުންނަކީ އޭނަގެބަހަށް ތެޔޮބިޑިބޮއެގެން މަޖުލިހަށް ވަންނަ މީހުން ޝަރީފު އެބުނާހެން ޑިޓެކުޓާ މަޖުލީހުގަ ހަރުކުރުމަކީ ވަރަށް މުހިއްމުކަމެއް ..

  23. ލާމު

    ކިޔާ އަޑު އިވޭ، ބައެއް ގޭގޭގެ ކާމޭޒުމަތިން ވެސް ލިބެން ހުރެޔޯ ބަނގުރާ. ބޮޑުވަޒީރަކަށް ނޭނގޭނެ އެއީ ކޯންޗެއްކަން ވެސް.

  24. މަ ވޯޓާ

    ނަޝީދު ހުންނަވަނީ 24 ގަޑި އިރު ކަރާމާތުގައި..

  25. މިއޮތީގައުމެއް

    މަޖްލިހުގެ މެމްބަރަކު އެފަދަ ބޮޑު ވާހަކައެއް ބުނުމުން މިހާރު މިގައުމުގެ މީހުންނަށް ހީނުވޭ ކަމެއްވެއްޖެހެންވެސް. އެހާވެސް ކަންކަމާ އަޅާނުލާ ހާލަތަކަށް ގޮއްސަ ގައުމު މިއޮތީ. އެންމެން ދަންނަ ބޮޑު ސިއްރަށް ހަދާލައިގެން އެންމެން ހަނު ތިބެންތާ ޖެހޭނީ ހުކުރު ޚުތުބާގަވެސް އެ ބުނަނީ އެފަދަ ވާހަކަތައް ނުދައްކަން. ދެން ނުދައްކާ ތިބެ އެފަދަ މީހުންގެ ފަތިފުއް ނޭނގި ތިބެ ހުރިހާ ބޮޑެތި އިއްޒަތްތެރި މަގާމުތަކަށް ހޮވާ ނިންމަންވީ އެފަދަ ކަންކަމަށް ހޭލުންތެރިނުވެ ތިބޭ އާއްމު ރައްޔިތުންގެ ބޮޑު މެޖޯރިޓީއަކުން.

  26. ބަރުގޮނު

    ކޯފާ އިސްކުރައްވާނެ ކަމެއްނެތް. ޝަރީފު އެވިދާޅުވި އެއްޗެއް އެ ވިދާޅުވީ ފޮރުވިފައިވީ ޙަޤީޤަތެއްވެސް އޮތީތީ. ކަންތައްތަކެއްވެސް ހުންނާތީ. ކަމެއްކުރަންޏާ ބުރެތު އެނެލައިޒަރ ބަހައްޓަންވީ. ތިޔަ މަޖްލިސްގެ އޮތިއްޔާ އޮތް ޢިއްޒަތަކާ ކަރާމާތެއް ހުދުކާފޫރަށް ވާހެން ހުލިވެ ހުސްވެ ހިގައްޖެ. ތިޔަތާ ތިއުޅޭ މީހުންނަށް ޢިއްޒަތްތެރި ލާފައި ކިޔާނެ ކޮންމެ އެއްޗެއް ކިޔަންވީ. އެލަފްޒުވެސް ލާންވީ ކޮންމެހެން މާބޮޑު ޢިއްޒަތަކާ ޤަދަރެއް ލިބިފައި ވާތީއެއްނޫން.

  27. އަލީ

    ކަލޯތީ ހަމަހަގީގަތް ތިތާގިނައީ އޭގެމީހުން......................................

  28. އަިޮލ

    މަޖިލިސް ތެރޭ ގަނޫނެއް ނުހިނގޭނެ ކަމަށް އޮވޭ؟؟