ތިލަ-މާލެ ބްރިޖްގެ މަސައްކަތަށް ގެންގުޅުނު ޕްލެޓްފޯމް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ އިތުރު ސާވޭއެއް ކުރުމަށް އެ މަޝްރޫއު ހިންގާ އެފްކޮންސްއަށް ހުއްދަ ދިން ނަމަވެސް އެ ސާވޭ ގަބޫލު ނުކުރާނެ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބުނެފި އެވެ.

އެފްކޮންސްއިން އަމިއްލައަށް ސާވޭ ކުރަން ހުއްދަ ދިނީ ވިލިމާލެ ފަރަށް ބްރިޖް ޕްލެޓްފޯމް އެރި މައްސަލައިގައި ސާވޭހަދައި، ރިޕޯޓް އެކުލަވާލުމަށް ފަހު ޖަވާބުދާރިވުމަށް އެފްކޮންސްއަށް ދިން ފުރުސަތާއެކު އިތުރަށް ސާވޭ ކުރުމުގެ ފުރުސަތު ދިނުމަށް އެ ކުންފުނިން އެދުމުންނެވެ.

އެ ސާވޭ ކުރަން އެފްކޮންސްއަށް ހުއްދަ ދިން ނަމަވެސް އެ ކުންފުނީގެ ސާވާ ބަލައިނުގަންނަނާނެ ކަމަށް އީޕީއޭގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވިއެވެ. އަދި އެ ކުންފުނިން އަލުން ސާވޭ ކުރަން ހުއްދަ ދިނީ އެފަދަ މައްސަލަތަކުގައި ކުންފުނިތަކުން އަމިއްލައަށް ސާވޭ ކުރުމުގެ ފުރުސަތު އޮންނާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވިލިމާލެ ފަރަށް ބްރިޖް މަސައްކަތައް ގެންގުޅު ޕްލެޓްފޯމް އެރީ، އޮގަސްޓް މަހުގެ 16 ވަނަ އޭގެ ނަގިލި ކަނޑައިގެން ގޮސްގެންނެވެ. އެ ހާދިސާގައި ބިދޭސީ ތިން މީހަކަށް އަނިޔާވެގެން ވިލިމާލެ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.

އެ ޕްލެޓްފޯމް ފަރުން ނެގީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުގައެވެ. އަދި ސެމްޓެމްބަރު މަހުގެ 4 ވަނަ ދުވަހު ޕްލެޓްފޯމްއިން ފަރަށް އެޅިފައި ހުރި ކުނިތައް ނަގައި އެތަން ވަނީ ސާފުކޮށްފައެވެ.

ބްރިޖް ޕްލެޓްފޯމް ފަރަށް އަރައިގެން އެ ޕްލެޓްފޯމް ނުނެގި އެހާ ގިނަ ދުވަސްވުމުން އިދިކޮޅާއި އާންމުންގެ ފާޑުކިއުން ވެސް ވަރަށް ބޮޑަށް އަމާޒުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަބޭ

    ބަލައިނުގަގެ ކުރާކަމެއް ނޯންނާނެ ބަލައިގަންނާނެ އެމީހުންބުނާ ހުރިހާގޮތަކައް ކަންތައްތައް ނިންމާވެސްދޭނެ

    41
  2. އަހްމަދު

    ތިދެންމާބޮޑުމައްސަލައެއްނޫނެންނު ލައްކައެންހާރުފިޔާއިން ޖުރުމަނާކޮށްފަ ތިކަންނިންމާލީމަ ނިމުނީ ނިމޭނީވެސް އެހެންކަންޔަގީން

    21
    2
    • އައްޔަ

      އެފަދަ ޖުރިމަނާއެއް ކޮށްދެއްވާފިނަމަ ތި ބޭފުޅުންގެ ޖީބަށްވެސް އަނެއް ދިހަ ލައްކަ ވަންނާނެކަން ޔަޤީން

      11
  3. ޑައެލޯގް

    އެފްކޮންގެ ސާވޭ ބަލައިނުގަންނާނެވާހަކަ ދައްކާނެއެވެ. ދެންއެހެން ކިޔާލަކިޔާލަ ތިބޭނީއެވެ. ޔޯގާގެ މައްސަލައާއި އިންޑިޔާ އައުޓްގެ ކަންކަމުގައ ފިޔަވަޅުއެޅިގޮތަކަށް ނޭޅޭނެއެވެ. ނުވެސް އަޅާނެއެވެ. އިންޑިޔާއައުޓް ގާނޫނުގަނެތީމަ ގަރާރަކުންވެސް ފިޔަވަޅުއެޅެއެވެ. އެކަމަކު ލިވާތަކަސް ނޭޅޭނޫންހެއްޔެވެ.

    20
    1
  4. ކާކު މި ވާހަކަ ގަބޫލު ކުރާނީ

    16
  5. މުފައްކިރު.

    ގައުމުގެ ބަހަކީ އިންޑިއާގެ ބަސް. އެހެންވީމާ އީޕީއޭ އަށް ވެސް ހެދޭނެ އެއްޗެއް ނޯންނާނެ.