މިއަދު ހެނދުނު މާލޭ ގެއަކުން ދުން އަރާތީ ފުލުހުންނާއި ސިފައިން އެގޭގެ ދޮރު ވައްޓާލައިގެން ވަންއިރު އެތަނުގައި ބަނގުރާ ކައްކަން ތިއްބާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ހެންވޭރު ރޯޝަނީ މަގުގައި ހުރި ގެއަކުން ދުން އަރާތީ 06:12 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ސިފައިންނާއި ފުލުހުން އެގެއަށް ގޮސް ދޮރުގައި ތެޅުމުން އެއްވެސް މީހަކު ދޮރު ނުހުޅުވުމުން ބާރުގެ ބޭނުން ކޮށްގެން އެގެއަށް ވަދެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޭތެރެއިން ދުން އަރަމުން ދިޔައީ ބަނގުރާ ކައްކަމުން ދާތީކަމަށާއި ބަނގުރާ ކެއްކުމަށް ބޭނުންކުރާ ގިނަ ސާމާނުތަކެއް އެގެއިން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އަދިވެސް ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން ކަމަށެވެ.

ނަމަވެސް މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބައްރު

    ހާމަ ނުކުރެވުނީ ކީއްވެބާ...ހަމަ އެވަގުތު ހައްޔަރު ކުރަން ޖެހޭ ކަމެއް ތީ....ވ ފޭކު

    11
  2. ުޔތު

    އިންޑިޔާ މީހުންތަ؟ ދޫކޮށްލާނެ. ސަރުކާރު ވަނީ ގެރި ދަށުވެފައި. އިމުރާން ވަނީ ރި ދަށުވެފައި. ލަދުން ބޯ ހަލާކު. ގޮތެއް ފޮތެއް ނެތް ބައެއް ދެން އެންޑީޕީއަށް މަގޭ ފެމިލީ ވޯޓް ހަރާން އޯކޭ

    10
  3. ގަލަން ތުނޑު

    ތިވަރަށް ހަރަކާތްތެރިވެވޭނީ ބަޔަކަށް

  4. ބޮއްވުން

    ބޮވެން ޖެހޭނެ ބޮއްވަން ޖެހޭނެ ހިނދުކޮޅުގަ ތިބެންވާނެ ކަމެއް ދިމާވާއިރަށް ޝޭޚުން އެބުނާ ގޮތް ނޫންގޮތެއް އޮންނަންޖެހޭނެ ރާ ބޯންޖެހޭނެ ދެން ކިޔާނެކަމެއްނެތް 2023 އަށް ބާރަށް އަތްޖަހާ ސަނާކިޔާ ވެރިކަން ދޭންޖެހޭނެ މި ލާދީނީ ނަގޭކޭސަރު އެމްޑީޕީއަށް

  5. އާތިކާ

    މުއިޒުގެ އަތެއް ވޭ ތިކަމުގަ! ދިވެހި ކެއްކި ބޮގަރު!! ވިޔަފާރި ކުރާކަށް ކަމެއް ތަނެއް ނޯވެ!!

  6. މުދިމު ކުޑާނިކު

    ފުލުހުން މިކަން ކުރިއަނުދޭތީ މިކަން ނުކުރާ ބައަކަށް ދިވެހިން ވުމުން މީ މާތްރަސްކަލާންގެ އަށް އީމާންވެގެން ތިބި ބަޔަކައް ވާނެތަ؟ 100 ޕަސެންޓް މުސްލިމުންނޯ . ކޮންމެ100 މީހުންގެ ތެރޭން 99 މީހުންނަކީ ކޮންމެސް ކުޅިއެއް ކުޅޭ ބައެއް ، ފިރިހެންކުޅި އާ ރާ ބުއިމާ މީހުން މެރުމާ މީހުންގެމުދާ ޙަރާމް ގޮތުގައި ކެއުމާ ނުކުރާކަ ނުބައި ކަމެއް ނެތް މިތަނުގައި މާތްރަސްކަލާންގެ އަންގަވަނީ ބަޔަކު ފޮނުވައިގެން ނުބައިކަން ހުއްޓުވަން ޖެހޭނަމަ ޒަބާނިއްޔަ މަލާއިކަތުންވެސް ފޮނުއްވުނީސް ކަމަށް. ރަނގަޅު ވާހަކަ އެއް މި ބުނަނީ . މުނާފިޤުކަމަކީ މީ ، ބޭރުފުށުން އެހެންގޮތެއް އެތެރެ އެހެން ގޮތެއް / މުނާފިޤުވުމަކީ ކާފިރު ވުމަށްވުރެވެސް ނުބައި ކަމެއް . މުނާފިޤުން ތިބޭހުށީ ކާފަރުންނަށް ވުރެވެސް ދަށު ދަރަޖައިގަ ނަރަކައިގަ . ان المنافقين في الدرك الاسفل في النار މުނާފިޤުން ތިބޭހުށީ ނަރަކައިގެ އެންމެ އަޑީގައެވެ.

  7. އޮބާމާ ބަރަކް

    އަނެއްކަ އިޖުރާތު ފުރިހަމަ ވާނެބާ؟ އަލިފާން ރޯވީކަމަށް ވަދެ ރާ ހޯދީ އޭ، ކޯޓް އަމުރެކޭ، ކިޔާފައި ސާބިތު ވާނެބާ