ވ. ހުޅިދޫގައި ގާނޫނާއި ގަވައިދާ ހިލާފަތް އެތައް ކަމެއް ހިންގަމުންދާނީ އެ ރަށް ރައްޔިތުންނަށް އަނބުރާ ހޯދުމަށް ވ. އަތޮޅުގެ ރައްޔިތުން ނިކުމެއްޖެ އެވެ.

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގް ހުސެއިން " ވަގުތަށް" ވިދާޅުވީ ހުޅުދޫ ހޯދުމަށް އެ އަތޮޅުގެ ރައްޔިތުން ކުރަމުންދާ އިހްތިޖާޖް އަކީ ސިލްސިލާކޮށް ކުރިއަށް ގެންދާނެ ހަރަކާތެއް ކަމަށެވެ.

ވ. ހުޅިދޫ ހޯދުމަށް ކުރާ މުޒާހަރާގެ ތެރެއިން
ފޮޓޯ: ކައުންސިލް

އެގޮތުން މޫސުމުން ވަރަށް ބޮޑަށް ގޯސްވެފައި އޮއްވައި 10 ބައިވެރިންނާއި އެކުގައި ވ. ތިނަދޫއިން އިހްތިޖާޖަށް ނިކުމެފައިވާ ކަމަށާއި ކައިރީގައި އޮތް އެހެން ރަށްތަކުން ވެސް ގިނަ ބަޔަކު އެ އިހްތިޖާޖްގައި ބައިވެރިވާ ކަމަށެވެ.

ހުޅިދޫ އަކީ އާރަށް އިންވެސްޓްސް މަންޓްސް އަށް ދަޑުވެރިކަމަށް ސަރުކާރުން ދީފައިވާ ރަށެއް ކެވެ. ނަމަވެސް އެ ރަށުން މަހަކު 6،000 ރުފިޔާ ކުލީގެ ގޮތުގައި ސަރުކާރުން ނަގަ އެވެ. ނަމަވެސް ގާނޫނީ ގޮތުން އެ ރަށުގެ އެގްރީމެންޓް މިހާރު ވަނީ ހަމަވެފަ އެވެ.

ޝިފާގް ވިދާޅުވީ ހުޅިދޫ ގައި އެގްރީމެންޓާއި އީއައިއޭ ހިލާފަށް އެތަށް ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި ދަނޑުވެރިކަމަށް ދީފައި އޮތް ރަށެއްގައި ފަތުރުވެރިކަމުގެ މަސައްކަތެއްވެސް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެއްވެވި އެވެ. އެ ރަށަށް 5 ޑޮލަރު ދިނުމުން ފަތުރުވެރިނަށް އެރޭނެ ގޮތައް ވިޔަފާރި ކުރާ ކަމަށެވެ.

" މަޖިލިސްގެ ނައިބު ރައީސް އީވާގެ ބައްޕައަށް ސަރުކާރުން ދީފައި އިތް ރަށެއް ހުޅިދޫ އަކީ. އީވާގެ ބައްޕަ އަޅުގަނޑުމެން ކައިރިއަށް އައިސްފަ މޭޒުގައި އަތް ޖަހާފައި އެބަ ބުނޭ 21 އަހަރަށް އެ ރަށް ދީފައޭ ވަނީ. ކައުންސިލަކަށް އެ ރަށް ނުލިބޭނެ އޭ." ޝިފާގް ވިދާޅުވި އެވެ.

ވ. އަތޮޅުގެ ފަޅުރަށްތައް ރައްޔިތުންގެ ބޭނުމަށް ދިނުމަށް އެދި އިހްތިޖާޖް ކޮށްފި

ހުޅިދޫގައި ގަވައިދާ ހިލާފަތް ކޮށްފައިވާ ބައެއް މަސައްކަތްތައް:

އީއައިއޭ އާއި ހިލާފަތް ފާލަމެއް އަޅާފައިވުން

ގަވައިދާ ހިލާފަތް ރުއްތަކެއް ނަގާފައި ވުން

އެ ރަށުގެ ކުޅިއަށް ވެލި އަޅައި ހިއްކާފައިވުން

އީއައިއޭ އާއި ހިލާފަތް ދެ ނެރު ކަނޑާފައިވުން

ހުޅިދޫ ފަރަށް ބާޖެއް އަރުވާފައިވުން

ޝިފާގް ވިދާޅުވީ ލާމަރުކަޒީ ގާނޫނޫގެ ދަށުން އަތޮޅުގެ ރަށްތަކާއި ފަރާއި ގިރިތައް ބެލެހެއްޓުމުގެ ބާރު އަތޮޅު ކައުންސިލަށް ލިބިދޭ ކަމަށާއި އެބާރުގެ ބޭނުން ކައުންސިލުން ހިފާނެ ކަމަށެވެ.

ވ. ހުޅިދޫ
ފޮޓޯ: ކައުންސިލް

" ހުޅިދޫ މިހާރު އޮތީ ވަރަށް ބޮޑަށް ގިރާފައި. ވަރަށް ގިނަ ގެއްލުންތަކެއް ދީފައިވަނީ އެ ރަށަށް. އީޕީއޭއަށް ވެސް މައްސަލަ ހުށެހެޅިން އެކަމު އެ އިދާރާއިން ވެސް ޖަވާބެއް ނުލިބެ. ގާނޫނީ ގޮތުން އެގްރީމެންޓް ހަމަވެފައިވީ ނަމަވެސް އެ ބާތިލު ކުރަން ފިޝަރީޒް މިނިސްޓްރީއަށް ވެސް އުޅެނީ ނުކެރިގެން." ޝިފާގް ވިދާޅުވި އެވެ.

ޝިފާގް ވިދާޅުވީ ހުޅިދޫ އަކީ އެ އަތޮޅުގެ ރަށްޔިތުންގެ އަމިއްލަ ބޭނުންނަށް މަންފާ ހޯދަމުން ދިޔަ ރަށެއް ކަމަށެވެ. އެ ރަށަށް ގަވައިދާ ހިލާފަތް އެހެން ބައެއްގެ އަތުގައި ހަލާކުރަން ނުބާއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރާނެ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުއްދި

    އެމީހުން ސައިޒްކުރޭ. އަވަހަށް ރައްޔިތުންނަށް މަންފާ ހޯދޭނީ އެމީހުންގެ އަތުން ރަށް ސަލާމތަކުރެވިގެންނެވެ. ވަރަށް ސަލާމް.

    36
  2. އުގުރި

    އަޅުގަނޑުގެ ވެރިކަމެއްގައި އީވާގެ އައްޕަ އަތުން އެތަންތަން ވެލި އަޅާނަން..

    24
  3. އީވާގެބަފާ

    ބާޖް އެތާބާއްވާފައި އެއޮތީ ފާލަމަކަށް ރަށަށްއަރާފައިބަން.

    12
  4. ހަސަން

    ކިތައްމެ ވަރަކައް މުޒާހިރާ ކުރިޔަސް، ލާހިކު ތިރަށެއް ހޯދާކަށް މިވެރިކަމުގަ، ތިރަށް ބޭނުމީޔާ ރައީސް ޔާމީނު ހޮވާ.

    35
    2
  5. ހުސޭނުބޭ

    އީވާގެ ބައްޕަ ............ ކެކެކެކެކެކެކެ .......... ވަރަށް އިންސާފުވެރިވެގެން ވަރަށް ތަހްޒީބުވެގެން .... ވަރަށް ޑިމޮކްރަސީވެގެން އުޅޭ މީހުންގެ ފަތިފުށް ހުތުރުކަމާއޭ. މިހުރީ އެމްޑީޕީގެ ހުތުރު ސިފަ. ތި އަތޮޅުގައި އެމްޑީޕީއަށް ހެސްކިޔާފައި ސަޕޯޓް އޮވޭ. ތިކަން ހުއްޓާލާފައި ދެން ބާރަށް އަތްޖަހާބަލަ.

    25
  6. ކޮރަލް

    ކަމުގެ ހަގީގަތް ސޯސަލް މީޑީޔާ އިން ހާމަ ކޮށް ދޭން ވީ އެވެ.