ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު ވ. ފޮއްތެޔޮ ފަޅުން 400 ހެކްޓަރު ހިއްކައި ރިސޯޓެއް ތަރައްގީ ކުރަން އުޅޭ ކަމަށް އެ އަތޮޅުގެ ކައުންސިލުން ބުނެފިއެވެ.

ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ "ވަގުތަށް" ވިދާޅުވީ އެ އަތޮޅުގައި ޓޫރިޒަމް މަޝްރޫއެއްގެ ފެށުމަށް ބޭނުންވާ ކަމަށް ބުނެ ސަރުކާރުން މި އަހަރުގެ މެއި މަހުގެ ތެރޭގައި ކައުންސިލަށް ސިޓީއެއް ފޮނުވި ކަމަށެވެ. އެއީ ކޮން މަޝްރޫއެއްތޯ، އަދި އެ މަޝްރޫއު ހިންގަނީ ވ. އަތޮޅުގެ ކޮން ސަރަހައްދެއްގައިތޯ އަންގައިދިނުމަށް ސަރުކާރުގައި އެދުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ.

" ދެން އެ ބޭފުޅުން އޮންނަނީ ވ. އަތޮޅުގެ ދިއްގަރު ފަޅު (ފޮއްތެޔޮ ފަޅު) ގައި ކޯޑިނޭޓްސް ޖައްސާފަ މަޝްރޫއު ހިންގަން ބޭނުންވަނީ އެތަނުގައި ކަމަށް ބުނެ. ކައުންސިލުން މަޝްވަރާކުރުމަށް ފަހު އަޅުގަނޑުމެން ނިންމި މަޝްރޫއުގެ އިތުރު ތަފްސީލް ނުލިބި މަޝްރޫއާ ގުޅޭގޮތުން ސަރުކާރާއި މަޝްވަރާ ނުކުރުމަށް." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެ ފަޅަކީ އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިގެން ހިމާޔަތްކުރުމަށް ކައުންސިލުން ނިންމާފައިވާ ފަޅެއް ކަމަށެވެ. އަދި އެ ފަޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ފަޅު، ދުނިޔޭގެ ތިންވަނައަށް އެންމެ ދިގު ފަޅުކަމަށް ވެސް ވިދާޅުވިއެވެ.

ފޮއްތެޔޮ ފަޅު ވިއްކާލާ ޚަބަރު ސަރުކާރުން ދޮގެއް ނުކުރި

އެފަދަ ބޮޑު މަޝްރޫއުއެއް ސަރުކާރުން ހިންގާއިރުގައި ވ. އަތޮޅަށް ވާނެ ފައިދާ އާއި ގެއްލުން ބެލުމަށް ކައުންސިލުން ބޭނުންވި ކަމަށާއި އެހެންކަމުން މަޝްރޫއުގެ ތަފްސީލް ދިނުމަށް ސަރުކާރުގައި އެދުނު ކަމަށް ވިދާޅުވިއެވެ.

"އެ ހާ ހިސާބުން ސަރުކާރުގެ ފަރާތުން އެއްވެސް ޖަވާބެއް އަދި މަޝްރޫއާއު ގުޅުންހުރި އެއްވެސް ވާހަކައެއް ނުދައްކާ. ދެން ރައީސް ވ. އަށް ވަޑައިގެން ކުއްލިއަކަށް މި އިއުލާނު ކުރައްވަނީ މަޝްރޫއުގެ ވާހަކަ. ކައުންސިލްގެ ނުރުހުން މިކަމުގައި އޮއްވައި ސަރުކާރުން މި ނިންމީ މަޝްރޫއު ފަށަން. ޓޫރިޒަމް މިނިސްޓްރީއަށް އަޅުގަނޑުމެން ކައިރީގައި ބުނަނީ ކައުންސިލްގެ އެއްބާރުލުން ނުލިބޭތީ ބައިޕާސްކޮށްފައި އިކޮނޮމިކް ކައުންސިލުން މި މަޝްރޫއަށް ގޮތް ނިންމަން ދިނީކަމަށް." ޝުޖާއު ވިދާޅުވިއެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށް ޝުޖާއު ވިދާޅުވީ ސަރުކާރުން މި މަޝްރޫއު ހިންގަން އުޅެނީ ކަނޑައެޅިގެން ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށެވެ.

ފޮއްތެޔޮ އާއި ފޮއްތެޔޮ ފަޅު
ފޮއްތެޔޮ އާއި ފޮއްތެޔޮ ފަޅު

" އަޅުގަނޑުމެން މި ބުނަނީ ގެއްލުންވާނެ ވާހަކަ އެ ފަޅު ހިއްކީމަ. ހަމައެކަނި ވ. އަތޮޅަކަށް ނޫން މުޅި ރާއްޖޭގެ މަސްވެރިންނަށް ގެއްލުންވާނެ. ނަމަވެސް ސަރުކާރުން އަޑެއް ނާހާ. މަޝްވަރާ ކުރެވެން އޮއްވާ ވެސް ލާމަރުކަޒީ ގާނޫނު މުގުރާލާ ކައުންސިލްގެ ބާރު ކަނޑުވާލަން އެ މަސައްކަތް ކުރަނީ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ސަރުކާރުގެ މި ނިންމުމުން ފެންނަނީ އަޑި ނޭނގޭ ކަމެއް ކުރަން އުޅޭ ކަމަށެވެ. އަދި މި މަޝްރޫއުގެ ޒަރިއްޔާއިން ސަރުކާރުން އެހެން މަންފާއެއް ހޯދަން އުޅޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ކައުންސިލްގެ ނުރުހުމުގައި ވ. އަތޮޅަށާއި މުޅި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވާނެ މި މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ޝުޖާއު ވަނީ ސަރުކާރަަށް ގޮވާލައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމީ

    ބީރު މީހުނައް އަޑެއް ނުއިވޭން

    22
  2. ހެ

    ތި ފަޅުގަ ރިސޯޓު ހެދުމުގެ ބަދަލުގަ ތިތަން ހިއްކާފަ ވ،އަތޮޅު އެންމެނަށް އެތާގައި ގެދޮރު އަޅާދީ.

    19
    2
  3. ޜައްޔިތުމީހާ

    މަސްވެރިކަން ފުންޑާލުން އެއީ އެއް އަމާޒުކަމުގަވެދާނެ އެހެންމިބުނީ ވަރައްގިނަ މަސްދޯނިފަހަރު މަސްނުކިރި މަސްތައްއުކާލަންޖެހުން އާންމުވެ ސަލާމަތްނުވާހިސާބައް ދިއުމުން މުދާއުފުލާއުޅަންދުތަކައް ބަދަލުކުރަމުންދާތީ

    20
    • ދިވެހި މަސްވެރިއެއް

      400 ހެކްޓަރަކީ ގާތްގަނޑަކަށް ހުޅުމާލެ ފޭސް 1 އާއި 2 ގެބޮޑުމިން. ހިއްކަން ބަލާއިރު އެއީ އެހާ ފުޅާނޫން ހިމާ ސަރަހައްދެއް. އެވަރުގެ ބޮޑު ސަރަހައްދެއް ހިއްކައިފިނަމަ ފަޅުތަކާއި ފަރަށް އެތައް ގެއްލުމެއް ވާނެ. މަސްވެރިންނަށް އެތައް ގެއްލުމެއް ވާނެ.
      އެއީ 50000 މީހުންގެ އާބާދީ ތަރައްޤީކޮއްފިއްޔާ އެ ބިމަކަށް އެޅޭވަރުގެ ބިމެެއް. އެވަރުގެ ބޮޑު ބިމެއް ހިއްކުމަކީ ދޮން މީހުން ގެނެސް އެމީހުންނަށް ހިދުމަތްދޭން ހިއްކަން ބަލާއިރު ރާއްޖޭގެ ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް. އެތައް ބިލިއަން ރުފިޔާއެއް ދައުލަތުން ހުސްވެގެންދާނެ ކަމެއް. ދަތުރުފަތުރު ކުރަން އުނދަގޫ ކަމެއް. ފޮއްތެލާއި މީހުން އުޅޭ ރަށެއް އެންމެ ކައިރީގައި އޮންނަނީ 15 މޭލު ދުރުގައި. މި މި ގޮތްގޮތައް ބަލާއިރު އެއީ އެއްގޮތަަކަށް ވެސް ކުރަން ރަނގަޅު ކަމެއް ނޫން.

  4. ހުސޭނުބޭ

    ކަނޑައެޅިގެން އޮޅުވާލުމެއް! 400 ހެކްޓަރަކީ މާލެއަށްވުރެ 2 ގުނަ ބޮޑު ސަރަހައްދެއް! ރިސޯޓަކަށް އެވަރު ބޮޑު ބިމެއް ބޭނުމެއްނޫން! ހިންނަވަރު އިބުރާހީމް ހުންނަ ތަނެއްގައި ވައްކަންކުރަން ކޮންމެވެސް ކަންތައްތަކެއް އޮޅުވާލާނެ!

    12
  5. 13ވގ

    އެއީ ކާލޭގެ ފަޅެއްތަ ތިއުޅެނީ ބުއްދި ގޯސްވެގެން މާލެ ކައިރީގައޮތް އެބޫދޫ ފަޅު ވަގުކަލޭގެ ވިއްކާލިއިރު ހަމަ އޯކޭދޯ

    2
    8
  6. އިކުރާމު

    ވ ސިޓީ ހަދަން އޮތެފަޅު އެވީއްކާލީ ވ އަތޮޅުގެ ރައްޔިތުން ނައް އަންގާވެސް ނުލާ

  7. ލިކާ

    ލާމަރުކަޒީގާނޫނު މުގުރާލީ އެމުޑީޕީ .. މީ ކުރީގެ އެމުޑީޕީއެއްނޫން ޑީއާރުޕީ އަދާލަތު އައިސް އެމުޑީޕީ ރޫޅާލައިފި ޑިމޮކުރެސީ ހަލާކުކޮއްލައިފި

  8. ވާވް

    ގެއްލުން ވާނެ ކަމަށް ބުނާއިރު އޭގެ ތަފުސީލް ހެއްކާ އެކު ބުނެ ދިންނަމަ ގަބޫލު ކުރެވުނީސް. ހޮޅިވާހަކަ.