ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއަށް ވަދެގެން ﷲގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނެ ކަމަށާއި އެޕާޓީން އެހާވަރަށް ސިޔާސީ ކަންކަން ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހާރު ހއ. ގެ ފަސް ރަށަކަށް ކުރައްވާ ދަތުރުފުޅުގައި މިރޭ އެ އަތޮޅު އިހަވަންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވަނީ އަދާލަތު ޕާޓީއާއި އެޕާޓީގެ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

"ރާއްޖޭގައި ފަސް އަހަރުން އެއް އަހަރު އަންނަ ބޮޑު އިރުވާ މޫސުން މިއޮތީ އައިސްފައި"

"ފަގުޑި އަޅައިގެން ވެސް މިފަހަރު އަންނާނެ ޝޭހުން. އެމީހުން އާޔަތާއި ހަދީޘް ކިޔާނެ. އެކަމަކު އާޔަތާއި ހަދީޘް ކިޔާނީ އެމީހުން ބޭނުން މާނައެއް ނެރެން. އެމީހުން ބޭނުންވާ ވެއްޓަކަށް، އެމީހުން ބޭނުންވާ ހާލަތަކަށް ފައްތަން ކިޔާ ތަންތަން ކިޔާނީ. އެ ދައްކާއިރު ނުދައްކާނެ ވާހަކައެއް ވެސް ނޯންނާނެ" އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުން ގާތުގައި އެފަދަ ވާހަކަތައް ދައްކަވާއިރުގައި ވިސްނާލަން ޖެހޭނެކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ ފަތަން ނޭނގޭ ކަމަށްވަންޏާ ފުން ކަނޑަކަށް ފުންމާލައިގެން ނުވާނެ ކަމަށެވެ. އަދި، ދައްކަން ނޭނގޭ ވާހަކަތައް ދައްކައިގެން ނުވާނެ ކަމަށެވެ.

އިހަވަންދޫގައި މިރޭ އޮތް ޖަލްސާގައި ރައީސް ޔާމީން ވާހަކަދައްކަވަނީ: ފޮޓޯ-ޕީޕީއެމް

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ގާތަށް އައިސް ވަކި މީހަކު ވިއްކަން އުޅުމަކީ އިލްމުވެރިންގެ ދައުރެއް ނޫން ކަމަށެވެ. އަދި، މި ސަރުކާރުން ފާހިޝް ކަންކަން ވަރަށް ބޮޑަށް އާންމުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އިލްމުވެރިން ގިނައިން ވާހަކަދައްކަވަނީ ސަރުކާރުގެ ތާއީދުގައިކަން ފާހަގަކުރައްވާ ވިދާޅުވީ އެ ބޭފުޅުން ވެސް އުޅުއްވަނީ ދުނިޔޭގެ އިއްޒަތާއި ލައްޒަތް ހާސިލުކުރުމުގެ މަގުސަދުގައި ކަމަށެވެ.

"ކޮންމެވެސް އެއް ބޭފުޅަކު ބޭނުންފުޅުވީ ޑިޕްލޮމެޓިކް ޕާސްޕޯޓެއް. އޭގެ ބޭނުމުގައި ވަކި ކަހަލަ ވާހަކަތަކެއް ދައްކަވަމުން ގެންދެވީ. އަނެއް ބޭފުޅަކު ޔުނިވާސިޓީއެއްގެ ކޮންމެވެސް މަގާމެއް ބޭނުންފުޅުވާތީ ވާހަކަ ދައްކަވަމުން ގެންދަވަނީ." ނުސީދާ ގޮތެއްގައި އަދާލަތުގެ އިލްމުވެރިންނަށް ރައްދުދެއްވަމުން އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް އިލްމުވެރިން ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ވާހަކަދެއްކި ނަމަވެސް ރައްޔިތުންގެ ލޯކުރިމަތީގައި ހިނގާ ކަންކަން އޮޅުވާނުލެވޭނެ ކަމަށެވެ. އަދި، އެފަދަ ވާހަކަތަކަކީ އެއީ އިލްމުވެރިންގެ މަންހަޖުން ބޭރު ކަންތައްތައްކަން ގަބޫލުކުރައްވާ އެކަންކަމާއި އެބޭފުޅުން ދުރުހެލިވާން ގޮވާލެއްވިއެވެ.

"ކީއްވެގެންތޯ އަދާލަތު ޕާޓީ އުފެދުނީ. އަޅުގަނޑުމެންނަށް އޭރު ހީވި، އަދާލަތު ޕާޓީއަށް ވަދެގެން ނޫނީ ﷲގެ ދިންނެވުމާއި ފުއްސެވުމެއް ނުލިބޭނޭ. މިއަދު އެކަމު އަޅުގަނޑަށް ހީވަނީ އޭގެ އަނެއްކޮޅަށް. ﷲގެ ދިންނެވުމާއި ފުއްސެވުން ނުލިބޭނީ އަދާލަތު ޕާޓީއަށް ވަދެއްޖިއްޔާ." ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން ކުރާ އެއްވެސް ގޯސްކަމެއް އަދާލަތުގެ އިލްމުވެރިންނަށް ނުފެންނަ ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ އެޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ގާދިރު

    ހާދަ މޮޅު މީހެއް ކޮން އިލްމެއްބާ މީނަ އަށް އެނގިފަ ހުރީ

    19
    29
  2. ޒީރޯޓޮލެރެންސް

    ޝައިޚް ޢިމްރާން މަރުގެ މައްސަލައެއްގައި ރައީސް ޔާމީނާ ދެކޮޅަށް ފުރަގަހުން ނަގަނަގާފައި ދެއްކި ހެކިތައް 4 އަހަރު ވީއިރު އެއެއްޗެތީގައި މިހާރު ކަތުރު ފަނި އެޅީިތޯ؟

    30
    9
  3. އުގުރި

    އަދާލަތު ޕާޓީއަކީ މިހާރު އެއްމެ ކުނި ވެފައި ވާ ޕާޓީއެވެ. އެމީހުން މަގާމާއި ލާރިއަށް ޓަކާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ.. އެމީހުންނާއި އެއްކޮޅު ވެހުރު ކޮންމެ ފަދަ ކަމެއްވެސް ކުރަންވީ. އިދި ކޮޅުގައި ނަމަ މީހާ ކާފަރު ކުރާވަރުގައި ހުންނާނީ....

    32
    10
  4. ޑައެލޯގް

    ޔާމީން ވިދާޅުވިޔަސް އެއީ ރަގަނޅުވާހަކައެކެވެ. އަދާލަތުގެ ރައީސްގެ ދޮގުހެދުން އިންތިހާއަށްގޮސްފައިވާއިރު ﷲ ދިންނެވުން ހޯދުމަށް އެޕާޓީއަށް ވަދެގެނެއްނުލިބޭނެއެވެ. އަދި އަދާލަތުގައި ދެންވެސް އިސްކޮށްހުރިމީހުން ޑރ. އިޔާޒް، އިލިޔާސް، މިމީހުންނަކީ ރަސޫލާއާއި އިބޫއާއި އެއްފަދަކުރާބަޔެކެވެ،.

    29
    9
  5. ހަލީމަ

    ޔާމީނަކަސް އެބުނީ ވަރަށްބޮޑު ތެދެއް، އަދާލަތުގެ ސަބަބުން މިޤައުމުގައި ދީނާއި ޚިލާފު ކަންކަން ކުރުމުގެ ފުރުޞަތު ލިބިގެން ދިޔައީ، އަދާލަތުގެ ސަބަބުން މިޤައުމުގެ މުންކަރާތައް ޢާއްމުވެ ގޮސްފައި މިވަނީ، އަނެއްކާ ޝޭހުން ނަމުގަ ތިބޭ އަދާލަތު މީހަކަށް ރަތްޕާސްޕޯޓް ދީފަ މެލޭޝިއާ ކަހަލަ ތަނަކަށް ވައްޓާލާއިރަށް ބޭނުން ވައްތަރެއްގެ ދީނީހުކުމެއެބަނެރެދޭ، ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެދެން އެމް.ޑީ.އެން ތިބެނީ އުފަލުން އަތްޖަހަން. ދެން އަނެއްޝޭހަށް ޔުނިވަސިޓީން މަޤާމެއް ދޭއިރަށް ހަރާމް ކަންތައްވެސް ހުއްދަ ކޮށްލާފަ ރައުޔު އެބަނެރެލާ، އެހެންވެ ޔާމިނު އެ ބުނީ އެހެން، ޔާމިނަކީވެސް ވަކިސަހަލު މީހެއްނޫން އަނިޔާވެރިވުމުގެ ހިތި އޭނާ މިހާރު ކުރިމަތިލާން ޖެހިގެން އެ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުއުޅެނީ.

    18
    6
  6. ނަރޫޓޯ

    ކޮބާތަ އަލީ ރަމީޒް (އަނގަ ފަޅަން ނުވޭތަ؟) ކަލޭ އަހަރެމެން ދަންނަމޭ އަލީ ރަމީޒޫ. ތިޔައީ ސީދާ ދީނުގެ ނަމުގަ ހުރި މުނާފިގެއް.

    10
    30
  7. ފރފރ

    އަދާލަތަކީ ކަމުދާ ޕާރޓީއެއް ނޫން

    23
    6
  8. އަޙްމަދު

    އަޅެ ޕްލީޒް ، ﷲ ދިންނެވުން ލިބޭނެ ސިޔާސީ ޕާޓީއަކީ ކޮބައިތަ ؟ މަ ހުވާ، ވަޤުތުން ވަންނާނަށް !!!!!!!

    11
    4
  9. އަލްޖިބްރާ

    ﷲގެ ދިންނެވުމާއި ފުއްސެވުން ލިބެނީ ޕީ.ޕީ.އެމް އަށް ވަދެގެން ތަ ؟ ތިއީ މުލުވަގުންގެ ޕަރޓީ !

    18
    20
  10. އަސް

    ޔާމީނަކަށް ނޫން އިގޭނީ ﷲ ދިންނަވާނޭ މީހުން. ކުފުރު ވާއިރު ވެސް ނޭގޭނެ، ހަމަ ހޭ ކެޑެނީ ތިއޮއްގެން.

    15
    11
  11. މަސަދުﷲ

    ﷲގެ ދިންނެވުންލިބޭތޯ ތިބޭފުޅާ ތިހުންނެވީ ރައްޔިތުންގެ އެތަކެއް ބިލިއަން ރުފިޔާ އަމިއްލަ އެކައުންޓަށް ޖަމާކޮށްގެން އެފައިސާގަ މާލޭން ބޮޑު ގޯއްޗެއްގަނެ 15 ބުރިޔަށް ގެހަދައިފަ ހަމަ ރައްޔިތުންގެ ފައިސާއިން ވީއިރު މާތްﷲ ދެކެ މަނިކުފާނު ބިރުވެތިވާމިންވަރު ވަރަށް ސާފު

    15
    19
  12. ދިވެހި ޒުވާނުން

    ޔާމީނު އެބުނި ބަހަކީ ކުފުރުގެ ބަހެއް، ހައްދު ގާއިމުކުރޭ- ﷲ އަށް ޚާއްޞަ ކަމަކާ ޖަދަލްކޮށް ވާހަކަ ނުދެއްކޭނެ ޔާމީނު ހުރިތާކޫން ހޯދާ ގެނެސް ތައުވާލައިދޭންޖެހޭ - މިވަރުގެ ކުފޫ ހަމަނުވާ މީހުން މިތިބެނީ ވެރިކަމާހުރެ މޮޔަ ވިޔަ ވިޔަސް ދެން ރާއްޖޭގެ ވެރިކަން ޔާމީނަށް ދިނުމަށް ރައްޔިތުން އާބަސް ނުބުނާނެ އަދި ބުނާ މީހުންނަކީވެސް ހެޔޮ ވިސްނޭ ބައެއްނޫން. ޔާމީން މުޅި ގައިން ދުވަނީ ވަގު ޑޮލަގެ ގެދަބުޅި ވަސް

    4
    7
  13. ފަލާހް

    ބޮޑު ވަގު، ތެޔޮ ވަގު ޔާމީނު ދައްކާ ހަޑިމުޑުދާރު ވާހަކަ! އިންޝާ ﷲ 2023 ހަނދާންނައްތާލާ! އަހަރެމެން ކަލޭ ނުގެންނާނަން ވަސްފޯރާ ހިސާބަށްވެސް. ތިއީ މި ޤައުމުގައިހުރި މުޑުދާރު ކުނިގަނޑެއް.

    4
    3
  14. ޕަރީ

    ޔާމީން އެވިދާޅުވީ ސިޔާސީ ޕާޓީ އަކަށް ވަދެގެންނޭ ކިޔާފަﷲގެ ފުއްސެވުމާ ރުއްސެވުން ނުލިބޭނެވާހަކަ• ރުއްސެވުމާ ފުއްސެވުން އޮތީ ކުރާ ހެޔޮ އަމަލްތަކުން.

    3
    1
  15. އަބޯ

    އެއީ ޕާޓީ އަށް ވަދެގެން ލިބޭނެ އެއްޗެއްނޫން

  16. 2023

    ތި ޕާޓީއަށް ވުރެ ދީނާ ގާތްވާނެކަން ޔަގީން.

  17. ހައަޝަމް

    ޔަގީނެއްނު.. އެބުނީ ކޮންމެހެން ސިޔާސީ ޕާޓީ އަކަށް ވަންނާކަށް ނުޖެހޭނެޔޭ ދީން ހިމާޔަތްކުރާކަށް...
    އަދާލަތީ ދީނުގެ ނަމުގައި މުނާފިގުންނާއި ޔަހޫދީން އުފައްދާ ޕާޓީ އެއް../ ޔާމީނެއް ނުބުނޭ ޕީޕީއެމް އަށް ވަންނަން ވީ މާތްﷲގެ ދިންނެވުން ހޯދާކަށް... ޔާމީނު ދެއްކީ އަދާލަތުގެ ހަގީގީ ސިފަ....

  18. ނުރަބޯ

    ޢަދާލާތު ޕާޓީ ޢަދާލަތާ ބީރައްޓެހި ބައެއްގެ ފަހަތަށް ގޮސް ލާދީނީ ފިކުރުގެ ސަރުކާރު ހިފަހައްޓައިދޭ ތަނބަކަށް ބަދަލުވި ހިސާބުން އެ ޕާޓީގެ ނަން އޮތީ ބަދަލުވެފައި. މިހާރު އެޕާޓީގެ ނަމަކީ “ޖަހާލަތު ޕާޓީ”.