އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހއ. ބާރަށަށް ވަޑައިގެންފައިވާއިރު އެރަށުން ފެނުނީ ތަފާތު މަންޒަރެކެވެ.

އެ އަތޮޅުގެ ފަސް ރަށަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައި މިއަދު ބާރަށަށް އެމަނިކުފާނު ވަޑައިގެން އިރުގައި ވެސް މޫސުން ވަރަށް ގޯހެވެ. އަދި، ކަނޑުވެސް ގަދައިރު، ވަރަށް ގަދައަށް ވައި ޖެހެއެވެ. އެހެންވެ، އެރަށަށް އެމަނިކުފާނަށް ވަޑައިގެންނެވުނީ ވެސް އަސްލު އެރަށަށް ވަޑައިގަންނަވަން ކުރިން ނިންމެވި ގަޑިއަށް ވުރެ ފަސް ވަގުތެއްގައެވެ.

އެކަމަކު، މިއަދު މެންދުރު ފަހު، ރައީސް ޔާމީން ބާރަށަށް ވަޑައިގަތުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

މިގޮތުން، އެމަނިކުފާނުގެ އިސްތިގުބާލުގައި ބަނދަރު ސަރަހައްދަށް ނުކުމެ ތިއްބެވި ރައްޔިތުންނާއި ސަލާމްގަލާމް ކުރެއްވުމަށް ފަހުގައި އެމަނިކުފާނު ވަޑައިގަތީ މެންދުރުގެ ފަރިއްކޮޅު އިންސާފު ކުރެއްވުމަށް ހަމަޖެހިފައިވާ ޖަގަހައާއި ދިމާއަށެވެ. އެންމެ ތަފާތު މަންޒަރެއް ފެންނަނީ އެ ޖަގަހައަށް އެމަނިކުފާނު ވަޑައިގަންނަވާ މަގުމަތީގައެވެ.

ރައީސް ޔާމީން ތުއްތު ކުއްޖާއާއި ސަލާމް ކުރަނީ: ފޮޓޯ- ޕީޕީއެމް

ގިނަ އަދަދެއްގެ މީހުންނާއެކު ހިންގަވާފައި ރައީސް ޔާމީން ވަޑައިގަންވަނިކޮށް، މަގުގެ ކަނަކާއި ވާގޮތަށް ހުރި ތުއްތު ކުއްޖަކަށް އިޝާރާތް ކޮށްލާ ދައްކާލީ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއެވެ.

ޝުޖާ އެ ކުޑަކުއްޖާ ދައްކާލުމުން ރައީސް ޔާމީން އެކުއްޖާ ކައިރިއަށް ހުއްޓެއެވެ. ރަތް ކުލައިގެ ބޯވަޅުލީ ލިބާހެއް ލައިގެން ހުރި ތުއްތު އަންހެން ކުއްޖާ ހުރީ ގައުމީ ދިދައެއް ހިފަހައްޓައިގެންނެވެ. އޭގެ އިތުރަށް ވެސް އެކުއްޖާގެ އަތުގައި ގަނޑުކޮޅެއް އޮތެވެ.

"ހާދަ ނަލަ ހެދުމެކޭ ދޯ" ކުއްޖާއާއި ކައިރިވެލާ، ސަލާމް ކޮށްލުމަށް ފަހު، ރައީސް ޔާމީން ވިދާޅުވިއެވެ. އެއަށް ފަހުގައި އެމަނިކުފާނަށް އިޝާރަތް ކޮށް، މިއީ ކާކުކަން އެނގޭހޭ އެމަނިކުފާނު އައްސަވާލައްވައެވެ.

އިޝާރާތުން އެމަނިކުފާނުގެ ސުވާލަށް ޖަވާބުދެމުން އެ ކުޑަކުއްޖާ އެމަނިކުފާނަށް ދިއްކޮށްލީ އަތުގައި އޮތް ކާޑެކެވެ.

އެ ކާޑުގައި ފެއްސާއި، ރަތާއި ހުދުން ޑިޒައިނެއް ކުރަހާފައި ހުރިއިރު، އެއީ ތުއްތު ކުއްޖާ އަމިއްލައަށް ކުރަހާފައިވާ ކުރެހުމެއްކަން އެނގެއެވެ. އަދި އޭގެ މަތީގައި އިނގިރޭސި ބަހުން "ޔޫ އާ މައި ހީރޯ" މިހެން ލިޔެފައިވެއެވެ. އަދި ބޮޑު ހިތެއް ވެސް ކުރަހާފައިވެއެވެ. އެކާޑުގެ އެތެރެ ގަނޑުގައި ދިވެހި ދިދައަކާއެކު އެ ތުއްތު ކުއްޖާގެ އާއިލާ ވެސް ކުރަހާފައިވެއެވެ.

"ވަރަށް ރީތި އިނގޭ. މީ އޯލް ދިސް ޔުއާ ވޯކް" އެއީ ތުއްތު ކުއްޖާގެ މަސައްކަތްތޯ ސުވާލުކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ރައީސް ޔާމީން ރަށްރަށަށް ޒިޔާރަތް ކުރައްވާއިރުގައި ތުއްތު ކުދިންގެ އަތުން އެފަދަ ސިޓީތަކާއި ކާޑުތައް ލިބިލައްވައެވެ. އަދި، ބައެއް ފަހަރު އެ ސިޓީތަކާއި ކާޑުތަކުގައި ހުންނަ ވާހަކަތައް އެމަނިކުފާނު ހިއްސާ ވެސް ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނަޝީދު

    ލޮލުން ކަރުނަ ހިލިއްޖެ އެކުޑަ ދަރިޔައް އެވަރު ވިސްނުނުއިރު ދެންތިބި މީހުން ތިބިހާލު ހިތައްއަރާފަ

    125
    12
  2. ގެމަނަ

    ސާބަހޭ ރައީސްޔާމީން ތުއްތު ކުއްޖާފަދައިން އަޅުގަނޑުމެންގެ ހިތުގައި ރައީސްޔާމީނަށް އޮތްލޯބި ކެކިއަރަނީއެވެ ހަގީގަތުގަވެސް ލޮލުންކަރުނަ އޮހިއްޖެއެވެ މިއަދު ގައުމުއެދި ގޮވަނީ ތަރަށްގީގެ ބާނީއަށެވެ ތުއްތުކުދިންނާއި އިސްރަށްވެހިންނާއި ބޮޑެތިމީހުންނެވެ .

    51
    7
  3. ވިސްނާލުމަށް އެދެމޭ

    ޔެސް... ރޔާމީންއަކީ އަހަރެމެންގެ ހީރޯއެއް...އެމަނިކުފާނު ކުރަމުންދާ ހިއް ވަރުގަދަ މަސައްކަތަކީ ދި ވެހިންގެ ހައްގު ޝުކުރު ލިބިގެންދާ މަސައްކަތެސް...މިއަދު އުފަލާ ޝަރަފުގަ އުޅެންއޮއް ވާ ދި ވެހި ގައުމުގެ ހައްގުގަ ތެދު ވީމަ މިކޯލިޝަން ސަރުކާރާ އިންޑިޔާއަށް ކެތްނު ވީ...އިންޑިޔާ އެމެރިކާ އިގިރޭސިންގެ ގޮނޑިކޮއްކޮއަކަށް ރޔާމީން ނު ވީމަ އެމަނިކުފާނުގެ ވެރިކަމާ ތޮޅިގަތީ..

    40
    5
  4. ދަރަނި ދަންތުރަ

    މަރުހަބާ ރައީސް ޔާމީނު ، ސުކުރިއްޔާ ބާރަށު ރައްޔިތުން ފިޔާތޮށި ލަސްކަރު

    46
    5
  5. ޒުލޭ

    އަސްލުވެސް ހީރޯއެއް ހަމަ.

    47
    5
  6. ޑައެލޯގް

    ގައުމެއްގެ ވެރިކަންކުރެވޭނީ ކިޔެވުމުގެ އިތުރުން ސަރުކާރުގައި ގިނަދުވަހުއުޅެ ތަޖްރިބާލިބިފައިވާ މީހަކަށެވެ. ޔާމީނަކީ މިހާރު ކުރިމަތިލައިފައިވާ މީހުންގެ ތެރެއިން ހަމައެކަނި އެޝަރުތު ހަމަވާފަރާތެވެ. އިބޫގައުމު އެހިންގަނީ އިބޫއަށްނޭގޭތީ އިންޑިޔާމީހުންބުނާގޮތަށެވެ. އެއީ ތަފާތަކީ

    46
    4
    • ކަނިރު

      އަސްލުތަ؟

  7. މޯޑު

    ރައީސް ޔާމީން އަކީ ހަގީގަތުގަވެސް ހީރޯއެއް. މިވަރުގެ ބޮޑު ތަރައްޤީ އެއް ކުރު މުއްދަތުގައި ގައުމަށް ގެނެވުނު ރައީސަކު މިނޫނީ ނުދެކެން. އެކަމަކު ތުއްތު ކުދިން ކިޔަނީ 5 އަހަރުން ދަށުގެ ކުދިންނަށް. މިކުއްޖާ އަކީ 7 ނޫނީ 8 އަހަރުގެ ކުއްޖެއް ކަމަށް ލަފާ ކުރެވޭ.

  8. ކާލި

    އިބުރޭ މީ 00 އެއް

    1
    1
  9. ނޫނު

    ތިޔައީ އެކުއްޖާއަށް ވިސްނިގެން ކުރި ކަމެއް ނޫން، ކުޑަކުއްޖަކު ލައްވާ، ސިޔާސީ ގޭމު ކުޅުވީ، އެވައްތަރު ހެދުމެއް ލައްވައި ނަލަ ހައްދާފައި، އޭނަލައްވާ ކުރަހާފައިވާ އެއްޗެއް ދޭން ބުނީމާ ދޭނެ. ކުޑަކުދިން ވެސް ސިޔާކުރުވުމަކީ ގޯހެއް

    1
    2
  10. ދިވެހި ދިދަ

    މަރުމޯލުންނާއި ޝަޚުސިއްޔަތު ވަކިކުރަން ތުއްތުކުއްޖާވެސް ދަސްކޮށްފި... ދެން ބުނާނެ މޯލުބެ އެވެސް ތިމަންނަމެން ދަސްކޮށްދިންކަމެކޭ!

  11. ޅ.ނޫރާނީއާގޭ

    100% ހީރޯއެއް ތީ ވަރައްއުފަވެއްޖެ

  12. ވިލޭ

    ހަމަތެދެއް އަހަރުމެންގެ ހީރޯ

  13. ލައިލާ

    ތިވަރެއްނެއް މަގޭލޯބިވެސް މަނިކުފާނައް 2023ަިއިންޝާﷲ

  14. މާރިޔާ

    ސާބަހޭ ދިވެހިންގެތަރައްގީގެ ބާނީ

  15. ނަޝީދު

    އަލުގަޑައްމާފްކުރޭ ތީހަމަރައްޔިތުންގެލޯބިލިބިފާހުރި ދިވެހިދަރިއެއް

  16. ބައިޑަން

    ތުއްތު ކުއްޖާގެ އަތުން ރައީސް ޔާމީނަށް: "ޔޫ އާ މައި ހީރޯ"

  17. ޓުރޫ ހީރޯ.

    މާޝާ ﷲ.މ ިގައުމު އަމާން ބަދަރަރަކަށް ގެނައުމުގެ ސާބިތުކަން މާތްﷲ މިންވަރުކުރައްވާށި!.ޔޫ އާ ޓުރޯލީ އަވަރ ހީރޯ.