ރާއްޖޭގެ ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކު "ކުޑަކުދިން" ދައްކާ ޒާތުގެ ބޯހަމަ ނުޖެހޭ ވާހަކަ ދައްކާތީ ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ހައިރާންވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިޔާނާތައި ގުޅިގެން ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތަށް ސަރުކާރުގެ ތެރެއިން އަދާލާތު ޕާޓީގެ ބޭބޭފުޅުން ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެއްވުމުން އެއީ "ބޯހަމަ ނުޖެހޭ" ވާހަކަތަކެއް ކަމަށް އިމްރާން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ޕާޓީ ބޮޑުކޮށް، މެނިފެސްޓޯ އެކުލަވާލަން ރައްޔިތުންނާއި މަޝްވަރާ ކުރުމުގެ ގޮތުން ޔާމީން މިހާރު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އަދާލަތަށް ނިސްބަތްކޮށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. ހާއްސަ ގޮތެއްގައި އެޕާޓީގެ ރައީސް އިމްރާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

ހއ. ކެލާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިހާރު ކުރިޔަށްދާ އެމަނިކުފާނުގެ ޝަރީއަތް ހިނގާ ނުހިނގާ ގޮތް ވެސް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައްލަވާ ކަމަށާއި އެއަށް ނޭދެވޭ ނުފޫޒު ވަދެފައިވާ ކަމަށެވެ.

ޔާމީންގެ ވާހަކަތަކަށް ރައްދުދެއްވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު އެފަދަ މޭރުމަކުން ވާހަކަދައްކަވާތީ ހައިރާން ވެއްޖެ ކަމަށެވެ.

"ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކުޑަކުދިން ދައްކާ ކަހަލަ ބޯހަމަ ނުޖެހޭ ވާހަކަ ދައްކާތީ ހަމަ ހައިރާންވޭ" އޭނާ ވިދާޅުވިއެވެ.

އިމްރާންގެ އިތުރުން އަލީ ޒާހިރު ވެސް ވަނީ ޔާމީންގެ ވާހަކަތަކަށް ރައްދުދީފައެވެ. އަލީ ވިދާޅުވީ ޔާމީނަށް ޝައުގެއް ނެތް ކަމަށާއި ޔޫޓިއުބުން ލައިވްކޮށްގެން އެމަނިކުފާނުގެ ޝަރީއަތް ކުރިޔަށް ގެންދާއިރުގައި ވެސް އެ ބައްލަވާނެ ވަގުތެއް ނުވާ ކަމަށެވެ.

"މަނިކުފާނާއިމެދު އަޅުގަނޑުގެ ނެތް ޝައުގުވެރިކަމެއް. މަނިކުފާނުގެ ޝަރީއަތަކާއިމެދު އަމުދަކުން ނެތް އިނގޭތޯ" އަލީ ޒާހިރު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އެކިފަހަރު މަތިން އަލީ ޒާހިރުގެ މައްޗަށް ވަނީ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް ކުރެވިފައެވެ. އެކަމަކު، އެ ތުހުމަތުތަކަށް އޭނާ އިންކާރު ކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ރާއްޖެތެރޭ މީހާ

    އިމްރާނާ ، ޢަލީޒާހިރު ކިތައްވަރަކަށް ނުފޫޒު ނުފޯރުވާކަމަށް ވިދާޅު ވިއަސް އެދެގައްދާރުން މިކަންކުރޭ! ބައިވަރު ހެކިތައް އިބަހުރި! ވަގުތު ޖެހުމުން ހާމަކުރާނަން! ސަލާމަތްވާކަށް ނުކެރޭނެ!ތިޔައީ ދޮގުވެރިން!

    85
    2
  2. ކޮރޯނާ

    މީ އެންމެ ބޯހަމަޖެހޭ ގޮލާ

    62
  3. ކޮވިޑް

    "ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ކުޑަކުދިން ދައްކާ ކަހަލަ ބޯހަމަ ނުޖެހޭ ވާހަކަ ދައްކާތީ ހަމަ ހައިރާންވޭ" އޭނާ ވިދާޅުވިއެވެ. ކޮޅުފުށީ މަލްހާރުގެ . ކޮޅުފުއްޓަށް އުފަން މުނާފިގެއް ތީ. މިހާރު ސޯދިގު ބެ ވެސް ހައިރާންވޭ ތީ ދަރިއެކޭ ބުނަން ވެސް. އެންގޭތީ މި ބުނަނީ.

    61
    1
  4. Anonymous

    އިމްރާން ދޮގުހަދަނީ، ޔާމީނު މޮޔަވާހަކަ ދައްކަނީ، ދެން އޯކޭ އެއްނުން.

    45
    1
  5. ތަރީ

    ކަލޭމެން ހަމަ ބިމަށް ފައިބާތަން ވަރަށް އަވަހަށް ފެންނާނެ އިންޝާﷲ

    76
  6. ހުސޭނުބޭ

    ކޮބައިހޭ ކިތާބީ ހެކި. މިއޮތީ ހެތްކޭ ކިޔާފަ ހުސް ކަރުދާސްބޮނޑިއެއްނަމަވެސް ދައްކާލަބަލަ. އޭރުން ނޫންތަ މީހުންނަށް އިމްރާންގެ ވާހަކަ ގަބޫލުކުރެވޭނީ

    74
  7. އުގުރި

    ކަލޯ ޔާމީނު ބަހައްޓަބަލަ އަހަރެން.... މިހާރަކު އަހަރެންވެސް ހައިރާންނެއް ނުވޭ ތިވަރުގެ އިލްމު އުނގެނިގެން ހުރި މީހަކު ތިފެންވަރުގެ ދަށު ދަރަޖައިގައި އެޅޭނެ ކަމަކަށް..

    66
  8. އިނާޝާ

    ދިގު ތުނބުޅި ކުރުވަމުން ގޮސް މިހާރު އިމްރާން ތުނބުޅި ކަހާ އޮމާންކޮށްގެން ޅަޒުވާން ކުދިން ލައިގެން މީޓިން ބާއްވަނީ ސަބަބެއް ނެތިއެއްނުން. މި ކަހަލަމިހުން ހައިރާންވިޔަސް އަަހަރުން ކަހެރުވަކެކޭވެސް ހީނުވޭ!!

    66
  9. ދިދަ ދަނޑި

    އަހަރެމެން މާ ބޮޑަށް ހައިރާންވެ އަޖާއިބު އަންތަރީސްވޭ ތި އިމްރާނެއް މިނިސްޓަރު ކަމުގަ ހުރީމަ…

    72
  10. ދިދަ ދަނޑި

    އަހަރެމެން މާ ބޮޑަށް ހައިރާންވެ އަޖާއިބު އަންތަރީސްވޭ ތި އިމްރާނެއް މިނިސްޓަރު ކަމުގަ ހުރީމަ…..

    52
  11. ާދަލޭކް

    ތިބޭފުޅާ އަތުގަ ހުރި ލިއުން ނުދައްކާ ހޯމްއެފެއާޒުގަ ހުންނަކަމީ ހައިރާންވެ އަންތަރީސްވާ ކަމެއް ކޮބާ އެދުވަހު ދެއްކި ކަރުދާސް ވަަރެއްގެ ބޭފުޅެއް

    55
  12. ކާފަބޭ2020

    އަހަރެމެންމިތިބީމާބޮޑަށް ހައިރާންވެފަ ހުސްކަރުދާސްތަކެއް ހިފައިގެންހުރެ މީހެއްގެމަރުގެޙަޤީގަތަކީ މިއޮތިއްޔޭގޮވާއެކަން ވަކިމީހެއްގެބޮލުގައަޅުވަންއުޅުނީމަ މިއަދުހައިރާންވާންވީވެސް އެހެންމީހުންތޯ؟ އެކަރުދާސްތައްނައްތާލަންއުޅެނިކޮށް ނެތިގެންދިޔައީ ބޮޑުތުނބުޅިންބައެއްވީމަވެސް ހަމަހައިރާނެއް ނުވޭތޯ؟

    50
  13. ޢެރިކް

    ކޮބައިހޭ ކިތާބީ ހެކި. ކޮނޑުހުޅު ނެއްޓޭވަރަށް އަތް ހޫރާފަ ދެއްކި ހެކިތައްް ކޮބާހޭ، އިމޫ ބޯހަމަ ނުޖެހޭއިރު ދެއްކި ވަަހަކަ އެއްތޯ އެއީ ، ފައްކާ ޝޭކެއް ދޯ މި

    38
  14. Anonymous

    އިމްރާން ކަލޭވެސްތީ އޭގެ މީހެއް.

    28
  15. ލަތީފް

    މިވެސް ލާދީނީ ވަގެއް ވަގެއް

    32
  16. ޑައެލޯގް

    އަހަރުމެން މިތިބީ ހައިރާންވެފަ އިމްރާނު ދެއްކި ކިތާބީހެކި އޮވެމިނިސްޓަރަށްވެ އެއްކަމެއްވެސް އަފްރާޝީމުގެ މަރަށް ނުކޮށްދެވުނީތީ

    40
  17. ގަލަން

    ތިހެންވެސް ހީވޭ ބައެއް ފަހަރު

    21
    2
  18. ޔާމީން

    ފަހަރި ސަލާން ބުނި..

    36
  19. މޮހޮނު

    މިއީ ކަނޑުކޮށް ސޭކް އާއި އެނާގެންގުޅޭ ބޯއި އަލީ. ބޯއި ކުރާކަމަކީ ރައީސް އޮފީސްތެރޭގައި ހިނގާހުރިހާކަމެއް މީނާއަށް އަންގައިދިނުން. ސޯލިހްމީހާއަކަށް ވާނުވާއެއްނޭގޭ.

    19
  20. ޙެހެ

    ޢަޑެއްކިޔާފިއްރެދެއްލާނެ..އެންމެން ތި އަލީޒާހިރެއްގެ ވާހަކަ އެދައްކަނީ ކޮންމެވެސް ކަމެއްވާތީވެ..

    22
  21. ގިސްމަތާ

    އިމްރާނު މީހުންގެ އަނބިން ކައިރިއަށް ވަންނާތީ މަވެސް ހައިރާންވޭ

  22. އިސްޢާފް ސަލީމް

    މި ޢިމްރާނު ރައީސް ޔާމީންގެ ބޮލުގައި މީހެއްގެ މަރުގެ އިލްޒާމް އަޅުވާފައިވޭ! އެމައްސަލާގައި ޖިނާޢީ ތަޙްޤީޤެއް ހިންގާ މިކަލޭގެ ފޫކޮޅުގައި 80 އެތިފަހަރުން ހައްދުޖަހައި 16 މަހަށް ޖަލަށްކޮށްޕާލާ މަންޒަރު ދެކިލާހިތުން މިހުންނަނީ!

  23. ހަސަން

    ކިތައްމެވަރަކަށް ނޫންކަމަށް ހެދުނަސް ނުފޫޒު ފޯރުވުމަކީ ޢަލީ ޒާހިރާ އިމްރާނު ކުރާމެއް! އެގިއްޖިތަ! ހިފާ ހައްޔަރުކުރާނެ ދުވަސް ވަރަށްކައިރީއޮތީ އިންސާﷲ

  24. 2000

    ދޮގު ވާހަކަ ދައްކަނީ ކާކު ކަމެއް ނޭނގޭ. އަހަރެން މީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ވާން ހުށައެޅި މީހެއް ނޫން. އެކަމަކު އަހަރެން އެބައިން އަދާލަތު ޕާޓީގައި ރަޖިސްޓްރީ ކޮށްފައި

  25. ޔާމިން

    އާކަލޭ ތީހަމަޖެހޭމީހެއް ބޯބުރާންތި

  26. ބަދަވި

    އިމްރާނު ހައިރާންވެފަ އެހުންނަނީއެމީހުން އެހާބަލާބޮޑުކޮށްކޮށް އޮއްވާ ޔާމީނު އެންމެ ދައުރެއްގަ އެހާގިނަމަސްރޫތައްހިންގާފައޮތީމަވެސް