އަނިޔާވެރި ގޮތަކަށް މަަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގާ ހިމެނޭ ކުޑަކުއްޖާ 18 އަހަރަށް ޖަލަށްލާން ހުކުމްކޮށްފިއެވެ.
އަނަސް އަށް ހަމަލާދީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ލިޓަސް ސާވިސް ސެންޓަރު ތެރޭގައެވެ. ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވެފައި ވަނުމުން އޭނާގެ ފަހަތުން ވަޅިތަކެއް ހިފައިގެން އެތަނަށް ވަދެ، ވަޅިން އޭނާއަށް ހަމަލާދީ މަރާލީއެވެ.
އެކަމުގައި ބައިވެރިވި 17 އަހަރުގެ ކުއްޖާގެ މައްޗަށް ދައުލަތުން ފުރަތަމަ އުފުލި ދައުވާ ސާބިތުނުވެ، ވަނީ ސަލާމަތްވެފައެވެ. އެކަމަކު، މިފަހުން ހައިކޯޓުން ވަނީ އަލުން އެ މައްސަލައިގައި އެ ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ.
އެކުއްޖާއަށް މިހާރު 18 އަހަރުވެ، ބޮޑުވެއްޖެއެވެ. އެކަމަކު، ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން އޭނާ 18 އަހަރު ނުވަނިސް ކުރި ކުށެއްގެ މައްސަލައިގާ ދެން ވެސް އޭނާގެ ވަނަވަރު ހާމައެއް ނުކުރެވޭނެއެވެ.
އެކަމަކު، އެ މައްސަލައިގާ މިއަދު ހައިކޯޓުން ވަނީ އެ ކުއްޖާ 18 އަހަރާއި 9 މަހަށް ޖަލަށްލާން ހުކުމްކޮށްފައެވެ. އެގޮތަށް ހުކުމްކުރީ އެކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އޭނާއަށް 18 އަހަރުގެ ޖަލު ހުކުމެއް އިއްވީ ކުޑަކުދިންގެ އަދުލުގެ ގާނޫނު އޮންނަ ގޮތުން ކުޑަކުދިންގެ ގޮތުގައި ތިބޭ ކުށްތަކަށް ދޭންޖެހޭ އަސްލު ގާނޫނުގައި އޮންނަ އަދަބުގެ ވަކި މިންވަރެއް ކަމަށްވާތީއެވެ. އެކަމަކު، އަނަސްގެ ހުރިހާ ވާރިސުން ހައިކޯޓުގައި އެދުނީ މަރަށް މަރު ހިފުމަށެވެ.
އެހެންނަމަވެސް ކުޑަކުއްޖެއްގެ ގޮތުގައި ހުރެ ކުރާ ކުށަކަށް މަރުގެ އަދަބު ނުދެވެއެވެ.
މި މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެ މީހުންގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޙުކުމް ކުރާނަމަ ޤިޞާޞްގެ މައްސަލަ ތަކުގައި ޙާކިމާއަށް އިޚްތިޔާރު ނޯންނާނެ. އަދި އިސްލާމީ ޝަރީޢަތުގައި ކުޑަކުދިން ކަމުގައި ކަނޑައަޅާ ޢުމުރަކީ 18 އަަހަރެއްވެސް ނޫން
ކުށްކުރިއިރު ބާލިޣުވެފައިވާނަމަ އޭނާގެ ޢުމުރުން 18 ފުރުމުން ވާރީޘުން އެދޭގޮތަށް ޤިޞާޞް ހިފަންޖެހޭނެ. ވެރިއަކަސް މެމްބަރަކަސް އޮތް ޙައްޤެއްނޫން.
ޤިޔާމަތް ދުވަހުން އިއްޒަތްތެރި ކިޔައިގެން ސަލާމަތްވާނެ ތަނެއް ނެތް. މަޖިލީހުން ހިތުހުރި ގޮތަކަށް ޤާނޫނުތައް ހެދުމުގެ ނަތީޖާ މިފެންނަނީ
ކުޑަ ކުއްޖާއެއް ނޫން. ކުޑަ ކުއްތާ. ޖަނަވާރުންގެ ދަރަޖައިގަ ތި ގްރޫޕްތަކަށް ނިސްބަތްވާ ކުދިން އުޅެނީ.
މިޔަކީ ހަލާކުވެފަ އޮތް ގައުމެއް.
ތުއްތުކުއްޖާ އޭ ކިޔާބަލަ!
ތުންފަތުން ކިރު ވެސް ނުހިކޭ ކުޑަ ބަބާއެއް
އެހެންވީމާ ހިންދީ ޔޯގާއާ އިދިކޮޅަށް އެއްޗެއް ބުނުމަކީ ދިވެއްސެއް މެރުން ފަދަ ކުށެއް؟!
18 އަހަރުފަހުން ނުކުމެ ދެންކުރާނީ ކީއްބާ..
ޖަލުން ނިކުންނަ އިރު ހުންނާނީ އިތުރު ތަމްރީނު ލިބިފަ 🤔 ،