ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓާޕޯލްގެ ހެޑް ކުއާޓަރުގައި ފުރަތަމަ ފަހަރަށް ދިވެހި ފުލުހަކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިއްޖެއެވެ.

އެކަން ހާމަކޮށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އިންޓާޕޯލްގައި ތިން އަހަރު ދުވަހަށް މަސައްކަތް ކުރުމަށް ޗީފް އިންސްޕެކްޓަރެއްގެ މަގާމުގައި ހުންނެވި ދިވެހި ފުލުހަކަށް ފުރުސަތު ލިބިފައިވާ ކަމަށެވެ.

މިއީ ތާރީހުގައި ދިވެހި ފުލުހަކަށް އެތަނުގައި މަސައްކަތް ކުރަން ލިބުނު ފުރަތަމަ ފަހަރު ކަމަށް ހަމީދު ވިދާޅުވިއެވެ.

އެގޮތުން އެތަނުގައި މަސައްކަތް ކުރުމަށް، އިންޓާޕޯލް އިން އޮފިސަރެއް ހޮވުމުގެ މަސައްކަތް ނިންމާފައިވާ ކަމަަށް އޭނާ ވިދާޅުވިއެވެ.

"ސްޕެޝަލިސްޓް ކްރައިމް ޔުނިޓެއްގައި މަސައްކަތް ކުރުމަށް މި އަހަރު ނިމުމުގެ ކުރިން އެ އޮފިސަރު ހަރަކާތްތެރިވާނެ". އެއީ ކޮން އޮފިސަރެއްކަން ހާމަ ނުކޮށް ހަމީދު ކުރި ޓްވީޓްގައި ވެއެވެ.

ހަމީދު ވިދާޅުވީ، މިކަމުން ދައްކުވައިދެނީ ކުށް ކުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް ކަމަށެވެ.

"މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މައިދާނުގައި ދިވެހި ފުލުހުންގެ ދިދަ އުފުލާލައި، ފުލުހުންގެ ގާބިލްކަން އިތުރަށް ކުރިއަރުވަން މަގުފަހިވެގެން ދާނެ". ހަމީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    އަލަމް ގިރި ހަމީދަކީ ކުއްކުރުވާ ލާދީނީ އެއްޗެއް

    14
    2
  2. ސަންޑާނު

    ތީ ޝާހިދު ހޯދި ޗާންސަކަށް ވެދާނެ.

    12
    2
  3. އުސާ

    ތިއޮތީ މި ސަރުކާރުގެ މިންވަރުން މެގަ ޕުރޮޖެކްޓެއް ނިންމާލެވިފަ.

    17
  4. Anonymous

    އަލަމްގިރި ރަގަޅުވާނެ

    8
    1
  5. ހުސޭނުބޭ

    އެންމެ ފުރަތަމަ ތިމާމެން ކުރާ ތަޙްޤީޤުތައް ރަގަޅުކޮށްބަލަ. އިންޓަރޕޯލަށް މި މީހުންގެ އަސްލު އެނގުނިއްޔާ ހިޔެއްނުވޭ ގާތްވިޔަދޭނެހެނެއް.

    15
  6. ކޮއްޔާ

    މަސައްކަތް ކިތަންމެ ވަރަކަށް ކުރިޔަސް ވާކަމެއް ނޯވެޔޭ ތިބުނަނީވެސް //

  7. ޢަހަންމަަ

    އިންޓަރ ޕޯލްއަށް ފޮނުވަން ނިންމި ފުލުސް އޮފިސަރު ކަމުނުގޮސްގެން އޭނައަށް ވުރެ ގާބިލް މީހުން ތިބެގެން ފޮނުވަން ނިންމި އޮފިސަރު ފުރިއަ ނުދީ ތިކަން ހުއްޓުވަން މަދަނީ ކޯޓަށް ދާނެ މީހަކު ނެއްތަ؟ ނާނާ ދިވެހިންގެ ވައްޓަފާޅި ހިފަހައްޓަން ވާނެއެވެ.

  8. ޙުސެމްބެ

    ތިޔަކަމުން ވާނެ އެއްކަމެއްއެބައޮތްތަ ކަންނިންމަންވާނީ ޕާޓީން ބުނާގޮތައްއަނެއްކާމިސޮރުމެން ޑިއުޓީ ނިމުމާއި އެކު ދެންއަރާނީ ޓެކްސީއަކަށް ގުޅިގެން އުޅޭނީ ޕާޓޭންނާއި ބަލާބަލަ މިހާރުވެސް މީކަން ހިނގާގޮތް ދޯ

  9. މުޖުތަމަޢު

    ކަލޭމެން ހުރިހާ ޖަރިމާއެއް ހިންގާފަ އެކަން ކަލޭމެން ތަހުގީގުކުރިމަ އެއި އިންސާފުގެ ކުރިބޯށި..

  10. ދިވެހި ދިދަ

    ކީއްވެތޯ މީހަކު ކަނޑަނޭޅިގެން ތިޔާއުޅެނީ ..ހަމަކްރޮޕްޝަން

  11. ނިއުމާ

    އިތުރު ބޭކާރު ހަރަދެއް ، ތިޔަވުރެ ރަނގަޅުވާނެ ސަހީދު ކޮންމެސް ގައުމެއްގެ ވެރިޔަކާބައްދަލުކޮށްލަން ދިޔުންވެސް .