ލައިސަންސް ނެތި ސައިކަލު ދުއްވި މީހަކު އެކްސިޑެންޓުވުމުން އެމީހާ، 74،400ރ. އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

2017 ވަނަ އަހަރު ހިނގި މި ހާދިސާގައި، އެއްގަމު އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް ނެތި ގދ. ތިނަދޫ މިސްކިތް މަގުން ސައިކަލު ދުއްވާފައިދަނިކޮށް އަންހެން ކުއްޖެއްގެ ގައިގައި ޖެހި އެކުއްޖާއަށް ވަނީ ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއްވެފައެވެ.

މި މައްސަލައިގާ ދައުލަތުން އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.

އެފަދަ ކުށްތަކަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް މި މައްސަލައިގާ ދައުވާ ރައްދުވާ ފަރާތުން ކުށަށް އިއުތިރާފުވެ، ޝަރީއަތަށް އެއްބާރުލުން ދީފައިވާތީ އަސާސީ އަދަބުގެ އެއް ދަރަޖަ ވަނީ ދަށްކޮށްފައެވެ.

މި މައްސަލައިގާ ޝަރީއަތުގައި ދިފާއުން ބުނެފައިވަނީ އެކްސިޑެންޓްވީ ކާރެއް އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށާއި އެކަން ކުރީ ގަސްތުގައި ނޫން ކަމަށެވެ.

އެހެންވެ، އިއްޔެ މި މައްސަލައިގާ ކްރިމިނަލް ކޯޓުން ވަނީ އެމީހާ 74،400ރ. ޖޫރިމަނާކޮށް، އެފައިސާ 18 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ދެއްކުމަށް ހުކުމްކޮށްފައެވެ.

މި މައްސަލައިގާ އަސްލު، ކަނޑައެޅި އަދަބަކީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެކަމަކު، އެ ޖަލު ހުކުމުގެ އަދަބު، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދޭން އެދުމުން ޝަރީއަތުން ވަނީ އެ އަދަބު ޖޫރިމަނާއަށް ބަދަލުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހަސަން ފޭދޫ

    ހުރިހާ ގެއްލުމުއް އަންހެން ކުއްޖާއަށް. ދައުލަތަށް ލާރިކޮޅު.

    23
  2. ސަމަން

    ޙުރިހާ ފައިދާއެށް ދައުލަތަށް ގެއްލުން ލިބުނުފަރާތަށް ނެއްތަ އެކަށްޗެއްވެސް؟

    21
  3. ބުއްޅަބެ

    ގދ. ތިނަދޫ މިސްކިތް މަގުން ސައިކަލު ދުއްވާފައިދަނިކޮށް އަންހެން ކުއްޖެއްގެ ގައިގައި ޖެހި އެކުއްޖާއަށް ވަނީ ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަކެއްވެފައެވެ.އެހެންވެ، އިއްޔެ މި މައްސަލައިގާ ކްރިމިނަލް ކޯޓުން ވަނީ އެމީހާ 74،400ރ. ޖޫރިމަނާކޮށް، އެފައިސާ 18 މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއަށް ދެއްކުމަށް ހުކުމްކޮށްފައެވެ.
    އެ ކުއްޖާއަށް ރުފިޔާދޭން ހުކުމްކުރި ނަމަ.

    19
  4. ސަރީފް

    ހަހަހަހަ ރާއްޖޭގެ ޤާނާނީ ނިޒާމް ވަރައްފައްކާވާނެ

  5. އަހުމަދު މިހައްމަދު

    ސަޅި ޤާނޫނެއް ދެއްތޯ ؟ ގެއްލުން ލިބުނު މީހާ އަށް ހައްގުވާ އެއްޗެއް ނެތް. ޤުރުއާނުގެ މައްޗަށް އިންސާނުން ޤާނޫނު ހަދަން އުޅުނީމަ ވާނީ މިހެން. ޝޭހުން ކީކޭތޯ ވިދާޅުވަނީ. މީހަކު ޖަހާ އަޅުގަނޑުގެ ފައި ބިންދާލީމަ ލިބުނު ގެއްލުމަށް ދައުލަތަށް ފައިސާ ދައްކަން ޖެހުމަކީ ކޮން ކަހަލަ ކަމެއްތޯ ؟

  6. ނ

    ނުދޭނަން މީރާ އަށް ލާރިއެއް .ނޯ އެމްޑީޕީ އިބޫ އަށް ވޯޓު ދިނުން ނިމުނީ.