މާލެ ސަރަހައްދުގައި ތަރައްގީ ކުރަމުން އަންނަ ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް ނިންމައި އެ ރަށް ހުޅުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަގުތަށް" ވިދާޅުވީ ކުޑަގިރި ހުޅުވާނެ ވަކި ދުވަހެއް އަދި ނޭނގޭ ކަމަށެވެ. އެ ރަށުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

" ކުޑަގިރި ހުޅުވުމަށް އެ ރަށް ފެހިކުރުމުގެ މަސައްކަތާއި އެހެނިހެން މަސައްކަތް ކުރަމުން ދަނީ." އަކްރަމް ވިދާޅުވި އެވެ.

މީގެ ކުރިން ކުޑަގިރި ޕިކްނިކް އައިލެންޑު ހުޅުވުމަށް ނިންމާފައި އޮތީ މިނިވަން ދުވަހާ ދިމާކޮށެވެ.

ކުޑަގިރި ފަޅުން އަށް ހެކްޓަރުގެ ބިން ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް ކުރިއަށްގެން ގޮސްފައި ވަނީ އެމްޓީސީސީންނެވެ. މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގައި އެމްޓީސީސީން ފެށި މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި 397.27 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭންގައިވާ ހިދުމަތްތައް ގާއިމު ކުރެވުމުން ކުޑަގިރި ހިތްގައިމު ވާނެ: އެޗްޑީސީ

ކުޑަގިރީގައި 150 މީހުންގެ ޖާގައިގެ މިސްކިތެއް ވެސް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ކުރާނެއެެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ސަރުކާރުން ވަނީ އެ މަޝްރޫއު އިފްތިތާހްކޮށްފައެވެ. ސަރުކާރުން އޭރު ނިންމީ ކ. އެނބޫދޫފަޅުން ރަށެއް އެކަމަށް ހާއްސަކޮށް ކުރާށެވެ.

އެގޮތުން 3.3 ހެކްޓަރުގެ އެ ބިމުގައި ބާބަކިއު ހެދޭނެ ތަންތަނާއި ކުޑަކުދިންނަށް ހާއްސަ ކުޅިވަރު ކުޅޭނެ ތަންތަނާއި އާއިލާއާއެކު ތިބެވޭނެ ކޮޓަރިތަކާއި އަވަސް ފަރުވާދޭ ކޮޓަރިއެއް ހެދުމަށް ވެސްސަރުކާރުން ރާވާފައިވެއެވެ. އެކަމަކު، ސަރުކާރުން ފަހުން ވަނީ އެ ވިސްނުން ބަދަލުކޮށްފައެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މީގެ ކުރިން ކަނޑައަޅާފައި އޮތް ރަށަކީ ކުޑަ ބަނޑޮހެވެ. ނަމަވެސް އެރަށް ޓޫރިސްޓް ރިސޯޓެއްގައި ތަރައްގީ ކުރުމުން މާލެ ސަރަހައްދުގައި ދަތުރުދާނެ ރަށެއް މިހާތަނަށް އައިއިރު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސްގިރި

    ބޮޑުގިރި ކުޑަގިރި ދިއްގިރި އަލަމްގިރި

    10
  2. ހެ

    މާ ލަސް ވެއްޖެ.އާލަމް ގިރީގެ ހަދާނުގައި އަވަހަށް ހުޅުވާ.

  3. އަން

    ތިޔަ ގިރީގެ މުދިމަކަށް ރާފިޔު ރާއްޕޭ ހަމަޖެއްސުން ރަނގަޅުވާނެ.

  4. ނާޒިމް

    ތި ރަށުގެ ނަން ބަދަލު ކޮށްދެއްވާ