ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ފުލުހުން ނެގި މައްސަލައިގައި ފުލުހުންނާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނުބެލޭނެ ކަމަށް ނިންމައިފިއެވެ.

އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ފުލުހުން އެ ބެނާ ނެގީ ކޯޓު އަމުރެއްގެ ދަށުން ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެއްސަށް ވަނުމަށްފަހުގައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓް އިން ބުނެފައި ވަނީ، ޔާމީންގެ ފަރާތުން ހުށަހެޅުއްވި ދައުވާގެ މައުލޫގައި ބަހުސްކޮށް މަތީ ކޯޓުން ގޮތެއް ކަނޑައާޅާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އަސާސީ ހައްގެއް ގެއްލިގެން، ދައުވާ ކުރާ ފަރާތަށް ލިބުނު މަދަނީ ގެއްލުމެއް މި ދައުވާގައި ބަޔާންކޮށްފައި ނުވާ ކަމަށާއި، އެފަދަ ބަދަލެއް ނަގައިދިނުމަށްވެސް އެެދިފައި ނުވާ ކަަމަށެވެ.

"އެހެންކަމުން މި ދައުވާ ލިބޭ ފަރާތުން ހުށަހަޅާފައިވާ އިޖުތިރާއީ އިއުތިރާޝުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް، ދައުވާކުރާ ފަރާތުން އެދިފައިވާ ގޮތުގެ މަތިން މި މައްސަލަ ކުރިއަށްގެންދާ ތަނެއް ނެތް ކަަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ޖެހޭކަން އެނގެއެވެ".

މިއާއެކު ޔާމީން ހުށަހަޅާފައިވާ އެ ދައުވާއަކީ ހުށަހެޅިފައިވާ ގޮތަށް ކުރިއަށްގެންދެވިދާނެ ދައުވާއެއް ނޫން ކަމަށް ކަނޑައަޅާފައި ވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލިހުން ވަނީ ކަނޑައަޅައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި އެ ގަރާރުގައި ވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ނާޖައިޒު ފައިދާ ނަގައި އިންޑިއާއާ ދެކޮޅަށް ހިންގާ ކެމްޕެއިނަކީ ރާއްޖޭގެ ސުލްހަމަސްލަސްކަން ނަގާލުމުގެ ނިޔަތުގައި ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި މިއީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ގުޅުމަށާއި ރާއްޖޭގެ ތަރައްގީއަށާއި މި ސަރުކާރުގެ ސަލާމަތާއި ހަމަޖެހުމާއި އަމަން އަމާންކަން ދެމެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހުރަސް އެޅުމަށް ރާވައިގެން ހިންގަމުންދާ ކެމްޕެއިނެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގަލަން

    ކުރީގެ ރައިސް ޔާމީންވެސް ޓޯއީކަންތައް ކުރާހިއްވޭ އަބަދުވެސް އުޅެނީ ބަދަލުހިފަން ބަޔަކު ކުއްވެރިކުރެވޭތޯ އަނެއްކާވެސް ވެރިކަން ލިބިއްޖެއްޔާ ގިނަމީހުން ހަތްޔަރުގަކަންނޭގެ ތިބޭނީ ތިޔަކަހަލަ ކަންތައް ދޫކޮއްފަ ހުރީހާއެންމެންވެސް އެއްބައި ވަންތަކަމުގަ އުޅެވޭތޯ ބަލަމާހިގާ އޭރުން މާރަގަޅުވާނެ

    2
    27
    • ޢަލީބެ

      މިއީ ހައިކޯޓުން ޙުކުމް ކުރުމުގެ މާ ކުރިން ހުށަހެޅި މައްސަލައެއް.

  2. ބޭރި

    އެހެންވިއްޔާ ރ ޔާމީންވެރިކަމަށް ދެންއަންނަ ދައުރަކަށް ﷲ އިރާދަފުޅުން ގެނުވާފަ ތިމަށްސަލައިގާ ކުއްވެރިވާމީހުން ގައުމީސަލާމަތަށް ނުރަށްކަލެއްގެ ގޮތުގައި ހަށްޔަރުކުރުމަށް ގޮވާލާނަން.

    34
  3. މަބޭ

    ނަގުލާ ބޮލާ ފިތިފަތިބިބަޔަކައް ނިންމާނީވެސް ތިޔަކަހަލަ ނިންމުންކަން ކުރިންވެސް އިންގޭ

    28
    1
  4. ރައްޔިތުމީހާ

    އަދި އެއްފަހަރު ތިޔަ ބެނާ ހަރުކޮއްދިނުމަށް ޕީޕީއެމްގެ ފަހުލަވާނުންނަށް ގޮވާލަން. އާދޭސް ދަންނަވަން.

  5. ކިޔާ މީހާ

    ވަރަށް ރަނގަޅު ޙުކުމެއް. ކޯޓުން ސިޔާސީ މީހުން ދަށުވާކަށް ނުޖެހޭ

  6. މުބީނު މާރނީ

    ހެހެހެ ދުނިޔެ ނިމެންދެން ރަނގަޅާއި ނުބައި (ގޫޑް އެންޑް އީވިލް) ގެ ހަނގުރާމަ ހިނގާނެ ކަމަށް އަންގަވާފަ އޮވޭ. ޔާމީން ހުންނެވީ އިރާދަ ކުރެއްވިއްޔާ، ރަނގަޅު ކޮޅުގައި. ރާއްޖެ ވިއްކާލީ އިބޫ އާއި މާރިޔާ. އެކަމާއި ދެކޮޅަށް ހަނގުރާމަ ކުރުމަކީ ޔާމީން އެކަންޏެއް ނޫން، ކޮންމެ ދިވެއްސެއްގެ ވެސް ކަމެއް. ވާޖިބެއް.

  7. ވަހުތާން

    6މަސްދުވަހު މައްސަލަ ދިރާސާ ކުރުމަށްފަހު ބޭރުކޮށްލީ ތިޔަބެނާއަކީ ހާދަ ވަރުގަދަ ބެނާއަކަށްވާތީތާ؟