އިންޑިއާ އައުޓް ޤަރާރުގެ މައްސަލަ އަކީ ހައިކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް އެކޯޓުން ހުކުމް ކޮށްފިއެވެ.

އިންޑިއާ އައުޓް ގަރާރަކީ އިންޑިއާ އާއި ދެކޮޅަށް ވާހަކަދެއްކުން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަހަރު ނެރުއްވި ރިޔާސީ ގަރާރެކެވެ.

އިންޑިއާ އައުޓް ގަރާރުގެ މައްސަލަ ނުބެލޭނެ ކަމަށް ހައިކޯޓުން ނިންމި ނަމަވެސް ރައީސް ސޯލިހް އިންޑިއާ އައުޓް ގަރާރު ނެރުއްވުމަށް ހުއްޖަތެއްގެ ގޮތުގައި ދެއްކެވި 1968 ވަނަ އަހަރު އަމަލު ކުރަން ފެށި 4/68 ހައިކޯޓުން މިއަދު ވަނީ ބާތިލް ކޮށްފައެވެ. އެގާނޫނުގައި މަނާ ވާހަކަ މާނަކޮށްފައި އޮންނައިރު އަމަންއާންމަށް ގެއްލުމެއް ލިބިދާނެ ވާހަކަ ދެއްކުން މަނާ ކޮށްފައި އޮވެއެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ފާހަގަކުރި އިޖުރާއީ ނުކުތާއެއްގައި ބުނެފައިވަނީ އެ މައްސަލައަކީ ހައިކޯޓަށް ބެލުމުގެ އިޚުތިޞާޞު ލިބިފައިވާ މައްސަލައެއް ނޫން ކަމަށެވެ. ސަބަބެއްކަމަށް ދައުލަތުން ފާހަގަކުރީ ރިޔާސީ ޤަރާރަކީ ޤާނޫނެއް ނުވަތަ ޤަވާއިދެއްކަމުގައި ނުވާތީ ޤާނޫނަކަށް ނުވަތަ ޤަވާއިދަކަށް ނުވާ ނިންމުމެއް ޤާނޫނު އަސާސީއާ ޚިލާފުވާކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚުތިޞާޞު ހައިކޯޓަށް ލިބިފައި ނެތުމެވެ.

ދައުލަތުގެ އިޖުރާއީ ނުކުތާއަށް ރައްދުދީ މައްސަލަ ހުށަހެޅި ފަރާތްތަކުން ބުނެފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓަރާ ނިންމެވި ނިންމެވުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ނިންމާފައިވާ ނިންމުމުގައި އެ މައްސަލަ ބެލުމުގެ އިޚުތިޞާޞު ހައިކޯޓަށް ލިބިފައިވާކަމަށް ކަނޑައަޅާފައިވާއިރު، އެ ނިންމުމަކީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެކަމަށް ބަޔާންކުރި މައިގަނޑު ސަބަބު ނުވަތަ ރޭޝިއޯ ކަމަށެވެ.

ދައުލަތުން އެ މައްސަލާގައި ފާހަގަކުރި އިޖުރާއީ ނުކުތާއާ ގުޅިގެން ހައިކޯޓުގައި މައްސަލަ ބެެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުޒައިފާ މުޙައްމަދު ނެރުވި ރައުޖުގައި ވިދާޅުވެފައި ވަނީ، ކޯޓުން މައްސަލައަކަށް ވާސިލުވި މައިގަނޑު ސަބަބު ދެނެގަތުމަށް ބޭނުންކުރާ ޓެސްޓުތަކަށް ރިއާޔަތްކުރާއިރު، ސުޕްރީމް ކޯޓުގެ ރަޖިސްޓަރާގެ ނިންމުމާއި ގުޅިގެން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާ ނިންމުމަށް ވާސިލުވި ސަބަބަކީ ހައިކޯޓަށް އެ މައްސަލަ ބެލުމުގެ އިޚުތިސޯސް ލިބިފައި އޮތުންކަމުގައި ނުބެލެވޭނެ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުމަކަށް ހަވާލާދީ ހުޒައިފާގެ ރައުޔާގައި ބަޔާންކުރައްވާފައި ވަނީ ހައިކޯޓަށް ދުސްތޫރީ މައްސަލައިގެ ގޮތުގައި ބެލޭނީ ޤާނޫނެއް ނުވަތަ ޤަވާއިދެއްގެ ބައެއްވެސް ނަމަ ޤާނޫނު އަސާސީއާ ޚިލާފުވެގެން ހުށަހަޅާފައިވާ މައްސަލަތައް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ޤާނޫނެއް ނުވަތަ ޤަވާއިދެއްކަމަށްނުވާއިރު އެއީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރައްވާފައިވާ ޤާނޫނަކުން ބާރުވެސް ލިބިފައިވާ ޤަރާރެއް ކަމުގައިނުވާތީ އެ ޤަރާރާ ގުޅޭ ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ނުބެލޭނެ ކަމަށެވެ.

ރިޔާސީ ޤަރާރާއި ގުޅޭ ދުސްތޫރީ މައްސަލަ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ނުބެލޭނެކަމަށް ނިންމަވައި ހައިކޯޓުގެ ހުކުމުގައި ވިދާޅުވެފައި ވަނީ އެ މައްސަލަ ބެލޭނީ ސިވިލް ކޯޓަށް ކަމަށެވެ.

އިންޑިއާ އައުޓް ގަރާރު ރައީސް ސޯލިހް ނެރުއްވީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ބޮޑު ކެމްޕޭނެއް މުޅި ރާއްޖޭގައި ފެއްޓެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ރާގޮނޑި ރާޖާ

    ގެރި ގޮރު ބޮއިގެން ތިބޭ ބަޔަކު ދެން ކޮން މައްސަލައެއް ބަލާނީ.....

    48
  2. ާމާމީ

    ކަލޭމެން ގެ ފެންވަރު

    44
  3. ހަގީގަތް

    ތިކަން އިނގޭ ނުބަލާނެ ކަން ވަކިކޮޅަކަށް ޖެހިފަ ތިބީމަ

    47
    1
    • ލުޓޭރުންގެ ސަރުކާރު

      ކިހިނެތް ބެލޭނެކަމަށް ހުކުމްކުރާނީ ފަނޑިޔާރުގެ ސިކުނޑި އޮތީ އިންޑިޔާގެ ތާޖުމަހަލްގަ ހިލިހިލާޖަހާފަ...ހިތް ކިތައްމެ ވަރަކަށް ބެލޭނެކަމަށް އެދިގޮވިޔަސް ހަތެރެސްފައި ހަރަކާތެނުކުރޭ..

      26
      1
  4. ހާމިދު ޝާހިދު

    އިންޑިއާ އައުޓް ހަމަ ކިޔާނަން. ނުވެސް ހުއްޓުވޭނެ. އަނގަ ފަހާލި ނަމަވެސް ކިޔާނަން. އަހަރުމެން ބޭނުމެއް ނުވޭ އިންޑިއާގެ ތައްޕާހައްވެއްޓޭކަށެއް. އެމީހުން ބުނާހާ ގޮތެއް ހަދާކަށް މި ސައްތައިން ސައްތަ މުސްލިމް ގައުމަކުން ކުރާކަށް ނުޖެހޭ. އަހަރުމެން ގުޅުން ބަދަހި ކުރަންޏާ ކުރަންޖެހޭނީ ސައުދީ އަރަބިއްޔާ ފަދަ މުސްލިމް ގައުމުތަކާ. މިދަންނަވަނީ އިންޑިއާއާ ގުޅުން ކަނޑާލާ ވާހަކައެއްނޫން. އެކަމަކު އައިޖީއެމްއެޗް ދުވަސްވަރުން ފެށިގެން އެމީހުން ގެ އަސްކަރީ އިންޓެލިޖެންސް މީހުން މިތަނަށް ބާލަން ފަށައިފި އެކި ނަންނަމުގައި. އައިޖީއެމްއެޗަށް 1996 ގައި އިންޑިއާއިން ކަނޑައެޅި އިސްވެރިއަކީވެސް ރިޓަޔަރޑް އަސްކަރީ އޮފިސަރެއް. އެމީހުން ބޭނުންވަނީ މުޅި އިންޑިއާ ވަށައިގެން ވާ ތަންތަން އެމީހުންގެ އަޅުވެތިކަމުގެ ދަށުގައި ބާއްވަން. އެމީހުން ކުރެއް ހުއްދަ ހޯދައިގެން ނޫނީ ދާހިލީ އެއްވެސް ކަމެއް ނުކުރެވޭވަރަށް ތަޅު އަޅުވަން! އެހެންވީމާ މިބުނީ، ތިޔަކަން ހުއްޓާލާށޭ! އަހަރުމެން އިންޑިއާ އައުޓް، އިންޑިއާ މިލިޓަރީ އައުޓޭ ވެސް ގޮވާނަމޭ، ނުވެސް ހުއްޓުވޭނެޔޭ!

    31
  5. Anonymous

    ޤާނޫނު އުވާލުމާއެކު އެ ޤަރާރް އޮޓޯއިން ބާޠިލުވާނެ

    27
  6. 12321

    ކަމެއްކުރަން އެގޭ ބަޔެއްނޫން، އެވަރުގެ އިލްމަކާ ތަޖުރިބާއެއްވެސް ތިބިބަޔެއްނޫން، ކުރަން އެގޭހާވެސް ކަމަކީ ސަރުކާރުން ބުނާގޮތަކައް ބެރުޖެހުން، އަހަރެމެން ބަލަން މިތިބީ ކިހާދުވަހަކު ރަތްޔިތުންނާ ދެކޮޅައް ކަންތައްކުރަން ތިތާތިބެވޭތޯ، އަދިވެސް ޗުއްޓީގަ ތިބެންވީނު، ކަލޭމެން ލަދުގަންނަން ޖެހޭނެ، ރަތްޔިތުންގެ ޓެކްސް ފައިސާއިން ބޮޑުމުސާރަ ނަގައިގެން ކަލޭމެން ބޭނުންހާގޮތަކައް ކަންތައް ތައް ކުރަން، ކަލޭމެނަކައް ރަތްޔިތުންގެ އެއްވެސް އިތުބާރެއް ނެތް

    26
  7. ރިލޭ

    މީމިގައުމުގެ ހާލަތު / ތިލަފަތެއް ދަށްކާ އެހަމަނޫންކަންވެސް ދެއްކުން ،،،

    23
  8. މާޟި

    ކަލޭމެނައް ބެލޭނީ ހަމައެކަނި ޔާމީން ގެ މައްސަލަ ވަރައް ސާފު

    26
    1
  9. Anonymous

    އަޅުވެތިވެފައި ވާމިންވަރު ރައްޔިތުންނަށް ވަރަށް ސާފު

    27
    1
  10. އަލީ

    ތިޔަދަރަޖައައް ކަލޭމެންގެޢަމަލުތައްވެއްޓުމުން ދެންރަނގަޅުވާނީ ރައްޔިތުންގެ ޓެކުސްފައިސާއިން ކައިބޮއި އަނބިދަރިންނަށް ޙަރަދުކުރުމުގެ ބަދަލުގައި އަމިއްލަޔަށް ބުރަމަސައްކަތްކޮއްގެން ކައިބޮއި އަނބިދަރިންނަށް ޙަރަދުކުރުން. އަހަރެންނަކީވެސް 42އަހަރު ސަރުކާރަށް ޙިދުމަތްކޮއް ސަރުކާރުގެ ސިޔާސަތު ހިންގާގޮތްކަމުނުގޮސްގެން އަމިއްލަޔަށް ސަރުކާރުގެވަޒީފާއިން ވަކިވެފާވާމީހަކީމެވެ.

    13
  11. Anonymous

    އަދުލުވެރިކޮށް މައްސަލައެއް ބަލައިދެވޭގެ ކޯތެއް މިގައުމުގައިނެތް! ފަނޑިޔާރުންތިބީ ގަނެފައި!މިރާއްޖޭގެ ފަނޑިޔާރުންނަކީ ފައިސާއަށް ވިކޭބަެއް1

    13
  12. އިބްރާހިމް

    ތިޔަތިބީ މިނިވަން ބައެއްގެ ގޮތަށްތޯ؟ ޤައުމީ މިފަދަ ބޮޑު މައްސަލައެއްގަ އަދި ތަންކޮޅެއް އަވަސް ތިހެން ބުނަންވެސް. ފައިސާއަށް ނަފްސު ވިއްކާލީތޯ؟

    13
    1
  13. މިނިވަން

    ކޯޓްތަކުގެ މިނިވަންކަންވެސް ގެއްލުނީ. މިނިވަން އިންތިޚާބެއް ބޭއްވޭނެތޯ؟ އިންޑިއާއިން ނުވަންނަާރުނުފޯރުވާ އެއްވެސް ތަނެއް ނެތް.

  14. ސައީދު

    ސްޕްރީމް ކޯރޓަކަށް ބެލުމުގެ އިޚްތިސާސެްް ނެތް އަދި ހައިކޯރޓަށް ވެސް ހަމަ މިފަދަ ކޮިހިނެހ މިވަނީ އަދުލު އިންސާފުގެ ހަރުދަނާކަން މިއެގެނީ ރައީސަކަށް ހުންނަމީހާ ކޮންމެހެން ބަލާކަށް ނުޖެހޭ ތޯ ެއްޗެއްބެރޭ އިރު މިނެރެވެނީ އޭނާއަށް އިޚުތިސާސް ލިބިގެން ވާދާއިރާގެ ތެރެއިން ޤާނޫނަކުން ބާރު ލިގެން ކަމެއް ނުވަތަނޫން ކަމެއް ރަސީސަކަށް ހުންނަމީހާ ހިތައްއެރި ގޮތަކަށް ޤާނޫނަކަާް

  15. އިބްރ

    ރައްޔިތުންނޭވެ ޑރ މުއިއްޒު 1 ބުރުން ވެރިކަމަށް އިސްކޮށްގެން ނޫންގޮތަކަށް މި ޤައުމު ހަމަމަގަށް އެޅުވެންނެތެވެ.

  16. މުގުރާން

    މިވެރިން އުނުއޮރިޔާން ނިވައިކުރަނީ ކީއްކުރަންބާ ؟ ސަދޫމްގެ މީހުން މިފެންނަނީ !!

    3
    1
  17. އއ

    ހަމައެކަނި ދެލިގަނޑު ކިޔާ ދަސްކޮށްގެން ސެޓްފިކެޓް ހޯދައިގެންތިބި، އީމާންކަން ބަލިކަށި، ދުނިޔޭގެއެދުމުން ފޯވެތިބެ، ދުނިޔެއަށް އާޚިރަތް ވިއްކައިގެންތިބި ބަޔަކާ ބޮޑަށް ވައްތަރުވާން އުޅެނީ. ނިންމާ ނިންމުންތަކުން ބުނަންއުޅޭކަހަލަ، " ވާގޮތެއްވާނީ ފަހުންނޫންހޭ އަހަރެމެންނަށް ވަރިހަމައޭ ".