މަސްތުވާތަކެއްޗާއި ދެކޮޅަށް ފުުލުުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފުވައްމުލަކު ޕޮލިސް ސްޓޭޝަނާއި ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއިއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި ދެއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 49 އަހަރުގެ މީހެކެވެ. މިމީހުންގެ ތެރެއިން 24 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ފުވައްމުލަކުގައި މަސްތުވާތަކެތީގެ ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން އޮގަސްޓް 1ވަނަ ދުވަހުގެ 9:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައެވެ.

މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައެވެ.

49 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫގައި މަސްތުވާތަކެތި ބޭނުންކުރަމުންދާކަމުގެ މަޢުލޫމާތު ލިބުމާއި ގުޅިގެން އޮގަސްޓް 1ވަނަ ދުވަހުގެ 10:45 ހާއިރު ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 7 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ. ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މި ދެމައްސަލަ ފުލުުހުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު