ކާމިޔާބުގެ ތަޅުދަނޑިއަކީ އަހްލާގު ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޙް އިމްރާން މިގޮތަށް ވިދާޅުވީ ލ.އަތޮޅުގެ ގުޅިފައިވާ ރަށްތަކުގެ ތިން ސްކޫލެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ރައްކާ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހި ފުލުހުން އިސްނަގައިގެން ކުރިއަށްގެންދާ ރައްކާ ޕްރޮގްރާމްގައި ލ.އަތޮޅުގެ ތިން ސްކޫލްގެ ދަރިވަރުންނަށް އަމާޒުކޮށް ޓްރެފިކް މޮނިޓަރސް ތަމްރީނުކުރަން ހިންގި ޕްރޮގްރާމް 130 ދަރިވަރުން ފުރިހަމަކުރިއެވެ.

ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވުމަށްފަހު މިނިސްޓަރ ޢިމްރާން ވިދާޅުވީ ކޮންމެ ކާމިޔާބު އިންސާނެއްގެ ކިބައިގަ ނެތިނުދާނެ ސިފައަކީ އަހްލާގް ކަމަށެވެ. އެއީ ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރާ މީހެއް ނަމަވެސް, އެމީހަކު އެމަސައްކަތްކުރާ ދާއިރާއަކުން ކާމިޔާބު މީހަކަށްވާއިރު އެމީހެއްގެ ގައިގަ ހުންނަން ޖެހޭ އެންމެ މުހިއްމު ސިފައަކީ އަހްލާގް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޑިސިޕްލިންގ, ޑިސިޕްލިންގ, ޑިސިޕްލިންގ. އޭނަ ފަތިހު ހޭލިންސުރެ ރޭގަނޑު ނިދިއްޖެއުމަށް ދާންދެން އޭނަގެ މަސައްކަތް ތަރުތީބުވެފަ ހުންނަ ހަމަ. ހިފަހައްޓާ ގޮތް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ހަޔާތުގައި ކުރާ ކޮންމެ ކަމެއް, އެކަމެއް ކުރަން އޮންނަ ފުރިހަމަ, ރިވެތި އަހްލާގާއި އެއްކޮށް ރަނގަޅަށް ކުރުން އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. ކާމިޔާބުގެ ތަޅުދަނޑިއަކީ އަދި ކާމިޔާބުވާ ބަޔަކީ އެއީކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"އަޅުގަނޑުމެންގެ ކިބައިގައި, އެންމެންގެ ކިބައިގަ އެޑިސިޕްލިންގ އަށަގެންނެވީމަ, ހަރުލެއްވީމަ. އެސިފަތައް ދަސްކުރީމަ. އެހެންވީމަ އަޅުގަނޑުމެން އެގޮތް ދަސްކޮށް އޭގެމަތީގައި ތިބެން ޖެހެނީ. އެހެން މީހުންނާ ހަމައަށް ދިއުމުގެ ކުރިން ކުރަންޖެހޭ ކަމަކީ އަމިއްލައަށް ހުރިހާކަމެއް ރަނގަޅަށް ކުރަން ފެށުން." މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. Anonymous

    ކާމިޔާބުގެ ތަޅު ދަނޑިއަކީ ފިތުނަ ފަސާދަ، ދޮގާއި މަކަރާއި ހީލައްތެރިކަން..ގަޑުތަކެއް އަތްމައްޗަށް ލައިގެން ހެއްކެއް ގަރީނާއެއް ނެތި މީހުން އެއްކޮށް ރޯބުހުތާނު ދޮގު ހެދުން..

    45
    • ހގފދގ

      އިމްރާން ކަހަލަ އަހްލާގެއް ގޮތެއްފޮތެއްނެތް ދޮގުވެރިއަކު ދައްކަންވާވަރުގެ ވާހަކައެއްނޫންދޯ ތިއީ.

      20
  2. Anonymous

    ތިކަންތިހެން އޮތީ މާކުރީގަ . މިހާރު އަތުތގަ ހުރިއްޔާ ހުރިހާ އެއްޗެއް ވިއްކައިގެން . އަދި މީހުންގެ ބޮލުގަ ދޮގު ތުހުމަތު އަޅުވައިގެން ކާމިޔާބު ހޯދައިގެން އުޅޭމީހުން މަދުތަ؟

    38
  3. ނާފިޒު

    އެކަމަކު މިނިސްޓަރުކަން ލިބުމުގެ ސަނަދަކީ ދޮގުހެދުން ކަމަށް ފާހަގަކުރެވޭ.

    36
  4. ދަރަނި ދަންތުރަ

    އެހެން ވެތޯ ފަހަރި ފިލުވާލީ ، ތިއީ ދޮގާ މަކަރުން ކާމިޔާބު ހޯދަންއުޅޭ މީހެއް ނިމުން ވަރަށް ހިތި ވާނެ ދުނިޔޭގައި ތިބި ބަޔަކަށް ފެއްނާނެ ގެ

    25
  5. Anonymous

    ދައްޖާލުގެ ގާތުގައި ސުވަރުގެއަކީ ނަރަކައެވެ.
    ޢިމްރާނުގެ ގާތުގައި ތެދަކީ ދޮގެވެ.
    ދައްޖާލުގެ ގާތުގައި ހެޔޮކަމަކީ ނުބައިކަމެވެ.
    ޢިމްރާނުގެ ގާތުގައި އަޚުލާޤަކީ ބަދުއަޚުލާޤެވެ.
    ދައްޖާލުގެ ގާތުގައި ފެނަކީ އަލިފާނެވެ.
    ޢިމްރާނުގެ ގާތުގައި މަޞްލަޙަތަކީ ފިތުނައެވެ.

    29
    1
  6. ޢެރިކް

    ޚަލޭ އަތުގަ ނަސީބުގެ ތަޅުދަނޑި އޮތީ

    19
  7. އަހު

    އަޚުލާގުގެވާހަކަ ޢމްރާން ދެއްކީމަ ހަމަ ހޮޑު އަންނަނީ ހޮޑުލަވައިގަންނަނީ

    23
  8. މުހައްމަދު

    އިމްރާނުގެ ތަޅުދަނޑިއަކީ އެންމެ ބޮޑެތި ދޮގުހެދުން ...

    24
  9. ކޮއްޔާ

    މީނަދެން ކުދިން އެއްކޮއްގެން އަޚްލާގޭ ކިޔަން ލަދެއްނުގަނޭބާ މަށައްޔަގީން މިކަލޭގެ މިދައްކާ ވާހަކަ އަޑުއަހަންތިބޭނީ ބަނޑައްހީހީކަން މިކަހަހަލަ މީހަކުނޫނީ މިސަރުކާރައްވެސް މިނިސްޓަރުކަން ދޭކައްނޭންގުނު އަޚްލާގު އަޚުލާގް އަޚުލާގް ތިމާމީހާގެނެތް އަޚުލާގުގެ ކަންފުޅެއްވެސް

    19
  10. އަސްލަމް

    ކަލޭ ތިޔަބުނާ ތަޅުދަނޑިން ފަހަރި ކަންކަން ވެސްނިންމާލީ އޮފީހަށް ވައްދައިގެން ހެޔޮވަރު ކުރަން އުޅެނިކޮށް ސަލާމަތުން ނިކުތް ކުއްޖާވެސް ތިޔަވާހަކަ ބުނި..

    16
    • ސޫއޫދު

      ތާކީހާވިއްކަންނިކުތީ ފުރުސަތުބަލާ ތިނުވިކޭނެ މޮޑީވެސް ތިހެން އިންޑިއާމުސްލިމުންނައް ވިއްކި އެއީމިހާރު ކަލޭގުރޫޕްގެ ބޮޑުމީހާކަލޭތީ މިގައުމުގަ ހުރިއެއްބެ ބޮޑުދޮގުހަދާމީހާ ސާބިތު ވާވަރުގެ ހެކިއެހެރީ ޔޫޓިއުބުގަ ކޮބާކަލޭބުނި ފައި ކޮބާކަލޭ ބުނި ކަރައްއާޅާޖޫސް ކޮބާ ކަލޭބުނި މަރުތަކުގެ ހެކިލިއުން ޔާމިނުއާ ދެކޮޅައް ކަލޭތީބުރާންޗެއް އެނުދެއްކުނީމަވީ

  11. ފަހަރި

    ކާމިއާބުގެ ތަޅުދަޑި އަކީ ދޮގާ މަކަރުހެއްދެވުން އަދި އޮޅުވާލުން

    14
  12. އަލިކޮއި

    ޑްރަ ގުތަ ނޫނީ ސައްކުވާ އެއްޗެއްތަ ނޫނީ ވަޅުލި ޓީމުންތަ ހޯދީ، ފުލުހުން ގެ ގްރޫޕުތަކުން ނޫނީ ޓީމުތަކަށް ސާބަސް ގޭގން ގް އޮޕަރޭޓްކުރާހެން ސިޔާސީ މީހުން ދިފައުކުރަން ތިބޭ ޓީމުތަކާއި ފުލުހުން ގެ ފަރާތުން ފެންނަންޖެހޭ ލާމިސާލު ހިދުމަތް ރައްޔިތުން އެދެނީ ހަރުދަނާކަމާއިއެކީ ސިޔާސީ ވަކިތަކުން މިނިވަންވާން

    11
  13. މުޖުރިމް

    ކާމިޔާބުގެ ތަޅުދަނޑިއަކީ އަދި ކާމިޔާބުވާ ބަޔަކީ ދޮގުބުހުތާނު ވާހަކަ ދެއްކުމާއި ހެއްކާއި ގާރީނާ ކަމަށް ހުސްގަނޑު އަތްމައްޗަށް ހިއްލައިގެން ހުރެ ކަރުގެ ނާރު ނަގާވަރަށް ފެލިފަ ބޮޑުދޮގުވާހަކަ ދެއްކުމާއި މައުސޫމު މީހުންގެ އަގު ވައްޓާލުމެވެ. އިމްރާނު ކަލޭ ލަދެއް ނުގަނޭތަ ތިޔަފާޑު ވާހަކަ ދައްކަން. ބަލަ ކަލޭ ދައްކާވާހަކަ އަޑުއަހާނީ ކަލޭގެ ލެވެލްގެ ރައީސެއް އެކަނި.

    12
  14. ޥާލުސޮރު

    ކަލޭ ބުނާ އެއްޗެއް އަޑުއަހަން ވަރަށް އުދަޤޫ ސަބަބަކީ ކަލޭ މަގާމުގަ ތިހުރީ އަޚުލާގު ވިއްކާލައިގެން

    13
  15. ކަޅަެ

    ކަލޭތީ ހަރާން ފައިސާއިން ދިރިއުޅުން އާރާސްތުކޮއްގެންހުރި ޖާހިލެއް ބޮޑު މުނާފިގެއް ﷲ ކަލެއައް ލައުނަތް ލައްވާށި

  16. ނާދިރާ

    މީކީ ރިވެތި އަޚްލާޤާއި އަދަބެއްގެ ކަންފުޅެއްވެސް ހުރި މީހެއް ނޫން. ދޮގު ހެދުމާއި މުނާފިގެއްގެ ސިފަ ހުރީ ލޭގައި ތަޣައްޔަރުވެފަ

    13
  17. ކާނާ

    ދޮގުހަދަމުން ހަދަމުން ގޮސް ކިޔޭ ނުކިޔޭވެސް ނޭގޭ
    ކާމިޔާބުގެ ތަޅުދަޑިއަކީ ފަރުލުފަސްނާދު

  18. އަލީ

    ނަސީބެއް ކާމިޔާބުގެ ތަޅުދަނޑިއަކީ ހެކީގެ ކަރުދާސް ބޮނޑިއެކޭ ނުބުނިކަން. އެވިއްޔާ ހަގީގަތަކީ؟