ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރަން ހޯމް މިނިސްޓަރ އައްޝައިހް އިމްރާން އަބްދުﷲ ދެކޮޅު ހަދައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ހައިކޯޓުގައި އެދިފައެވެ. އަދި ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް ޕީޕީއެމް އިން ވެސް އަންނަނީ ގޮވާލަމުންނެވެ.

ސަރުކާރުގެ އިތުބާރު ކުރެވޭ މަސްދަރަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިނިސްޓަރ އިމްރާން އާއި އަދި ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު އާއި މަޝްވަރާ ކުރައްވާފައެވެ.

"އިމްރާން ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ދެކޮޅު ހައްދަވާފައި. ނަމަވެސް ސިޔާމް ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަކީ މިވަގުތު ކުރަން އެންމެ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައި. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސީނިއާ މެންބަރުންނާއި އަދި ބައެއް އެހެން ވަޒީރުންނާއި ވެސް މިކަމުގައި ރައީސް ސޯލިހް މަޝްވަރާ ކުރައްވައިފި. ނަމަވެސް އިމްރާން ފިޔަވައި އެހެން އެއްވެސް ބޭފުޅަކު ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ދެކޮޅެއް ނުހައްދަވާ." މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވިއެވެ.

އިމްރާންގެ ދެކޮޅު ހެއްދެވުމުގެ ސަބަބުން ރައީސް ޔާމީން ގެއަށް ބަދަލު ކުރެއްވުމަށް ހުރަސް އެޅިފައި ވާއިރު އިމްރާން އަކީ ކަރެކްޝަނަލް ސާވިސް ބެލެއްޓުމާއި ވެސް ހަވާލުވެ ހުރި ވަޒީރެވެ. ރައީސް ޔާމީން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކަރެކްޝަނަލް ސާވިސްގެ ބަންދުގައި މާފުށީ ޖަލުގައި ހުންނަވައިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

  1. އިކުރާމު

    އިމުރާނު ބޭނުންވަނީ ރައީސް ޔާމިން އައް ޒާތީ ހަސަަދައެއް ފިލުވާލުން ސޭހެކޭ ކިޔާވަރު މީހެއްނޫން

    125
    8
  2. އިމާ

    އިމުރާނުގެ ބޭނުމަކީ އިބޫ އަކީ އަނިޔާވެރިއެއްކަން ދެއްކުން

    92
    7
  3. ގުއިސާނީގެ ދޮގުހާސަރު

    ފިތުނައިގެ އަމާ

    89
    3
  4. ލޮލް

    ޔާމީނުގެ ވެރިކަމުގައި ޔާމީނުވަނީ އީދުގައި ފެންކުޅިކުޅުމަށް ޖަލުގައި ހުރި އިމްރާނު ގެއަށް ބަދަލުކޮށްދީފައެވެ. އިމްރާނަށްވެސް ކަންކަން ކުރެވޭކަން ދައްކާލުމަކީ މައްސަލައެއްނޫނެވެ. އެކަމަކު މީހަކާ މެދު ޒާތީވުމާއި އަނިޔާވެރިކަން އިސްނުކުރާށެވެ. ޢަދުލުވެރިވާށެވެ. އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ.

    90
    3
  5. އަހްމަދު

    ﷲގެ ހެރޮރަހްމަތާއެކު ރައީސް ޔާމީންގެއަށް ވަޑައިގަންނަވާނީ މިނިވަނެއްގެގޮތުގައި އިންޝާﷲ

    122
    7
  6. ޗުކުޗުކު

    ގެއަށް ބަދަލުކުރެވޭނީ އިސްތިއުނާފުގެ ދެމަރުހަލާ ނިމުނީމައި. އެހިސާބުން އެހިސާބުން ރައީސްސޯލިހު ޔާމިނު ގެއަށް ބަދަލު ކުރައްވާނެ.

    22
    73
    • ޢަނިލް

      ޢެހިސާބުން މިނިވަންވާނެ

  7. އެނޮން

    އިމްރާން ޖަލަށްދާ ދުވަސް ވަރަށް ކައިރިވެއްޖެ

    127
    9
    • އިމްރާން

      އިންޝާﷲ

  8. ބޯހަލާކު

    ހުރިހާ ކުށްވެރިން ގެއަށް ފޮނުވާ، ޖަލު ސާފުކުރޭ، ވަކިމީހަކު މޫނަށް ކަދުރާތް ބަލާފަ ގެއަށް ނޫނީ ޖަލަށް ފޮނުވުމަކީ އިންސާފު ވެރިނިންމު މެތްނޫން، 🫡

    26
    77
    • lޙަސަނާ

      އިބޫސޯލިހުއާ އިމްރާނު އާދެމީހުންވެގެން ކިތައްމުޖުރިމުން ޖަލުންނެރެދޫކޮއްފިތޯ ޕެރޯލްގަވާއިދާގާނޫނު އެމީހުން ހިތުހުރިގޮތަކައްއެދަނީ މޮޑެމުން ހާދަފުއްޕާލާފަ އުޅޭ އިމުރާނެކޭދޯ ތިކަލޭގެ ހައްޔަރުކުރަންޖެހޭނެ މޭޑޭގަ ހިންގިފިތުނަޔައް..

  9. Anonymous

    ޢިމްރާނަށް އެކަނި ރަނގަޅަށް ވިސްނުނީ. ޔާމީނު ގެއަށް ބަދަލުކުރާ ނަމަ، ޖަލުގައި ތިބި އެހެން ކުށްވެރިން ވެސް ގެއަށް ބަދަލުކުރަންޖެހޭނެ. ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ. އެންމެންގެ މެދުގައި ހަމަހަމަކުރަން ޖެހޭނެ.

    33
    99
    • ގުރާފުޅު

      މަހުލޫފް ދައުލަތް އޮރިޔާންކުރާނެކަަށް ބުނުމުން ދެއްތޯ ހިޔާނާތުގެ މައްސަލަ ކޯޓުންބޭރުކުރީ؟ ހަމަހަމަ ކަމުގެ ލާމަސީލު

    • ތަންބި

      އިންސާފްވެރި ކަމުންދޯ އަދީބުއާ ޒިޔަތު ގޭގަ އެތިބީ ވާނުވާ ނޭގުނަަސް ކޮމެންޓް ކުރާތި.

  10. ދޯ

    މުޅި އުމުރަށް ޖަލަށް ދާނެ މީހެއް، އިމްރާން ތީ

    102
    8
  11. ލޮލއ

    ސަޅި

    27
    17
  12. ކެރޭނެ

    މިތިބަ ވެރިންނަށް އަންގާލަންއޮތީ މައުސޫމްކަން ރައްޔިތުންނަށް ދައްކާލަން ކިތަށްދުވަހު ޖަލުގައި އޮންނަން ކެރޭނެތޯ؟

    68
    4
  13. ޔާމީނުގެ ވެރިކަމުގައި އިމްރާނު އޮތީ ކޮންތާކު؟

    ކަލޭމެނެ ދެބޯގެރި ދުއްވުމުގައި ބާރަށް ތެޅިލަތެޅިލާ ތިބޭ. އިމްރާނަކީ ހައްގުން ކަމަކާނުލާ ތިޔަބުނާ ޔާމީނުގެ މުޅިދައުރު ޖަލުގައި ބޭއްވި މީހެއް. ޔަމީނު ޖަލުގައި އެއޮތީ އެހެންތަ؟ ދިވެހި ދައުލަތް އެކީ ދަވާލައިގެން އޭގެ އަދަބު އެލިބެނީ. ނުޖެހޭ ގެއަށް ފޮނުވާކަށް. ވަގުން ތިބެންޖެހޭނީ ޖަލުގައި. ޖަލަށް ހުކުމްކުރީ. އޮންނަންޖެހޭނީ ޖަލުގައި. 2013 - 2018 އަށް މިގައުމުގައި ކަންހިނގާދިޔަގޮތް ކަލޯމެން ހަނދާންނެތުނަކަސް އަހަރެމެން އެބަހުއްޓޭ ހަނދާނުގައި އެދުވަސްތައްވެސް. ﷲ ރުއްސެވިއްޔާ ދެނެއް ޔާމީނަކަށް މިގައުމުގެ ވެރިކަމެއް ނުދެއްވާނެ.. އަނިޔާވެރި ވެރިންނަކީ ﷲގެ ކޯފާ ހައްގުބައެއް

    12
    68
    • ނަންނި

      ކޮބާ އަދީބު ގޭގަ ދޯހުރީ އިންސާފުން ކަންކަންކުރަންވާނީ ދައުލަތުން ބޭނުންވާގޮތައް ހެކިބަސްދިނީމަ ބޮޑު އިނާމެއްގެ ގޮތުގަ ގޭގަ މިވަރައް މިސަރުކާރު އިންސާފުވެފަ ހަމަހަމަވާނީ

  14. ޑައެލޯގް

    އަހަރުމެން ބޭނުމެއްނޫން ޔާމީން ކަލޭމެންނަށް ސިޓީފޮނުވައިގެނެއް ގެއަށް ބަދަލުކުރާކަށް އެކަންހައިކޯޓުގެ އަމުރުން ކުރެވޭނެއެވެ.އަދި އެންމެލަސްވެގެންވެސް އިންތިހާބަށްފަހު އެމަނިކުފާނު ހުންނަވާނީގޭގައެވެ. އަސްލު މަންޑޭލާއަކީ ޔާމީނެވެ.

    74
    11
    • ފާތުމަ

      އިންސާފު ލިބޭނެ ދުވަހެއް އަންނާނެ އެދުވަހުން ވަގުން ގެ އަތްވެސް ބުރިވާނެ ދޯ ކެއްކޮއްލާ އަދި އިންސާފު އޮތީ

      46
      5
  15. ކިޔުންތެރިޔާ

    މިދުވަސްވެސް ގޮސްދާނެ. އަންނަން އޮތް ދުވަހު އިމްރާނަށް ކެތްކުރެވޭނެހޭ ސުވާލަކީ..

    75
    4
  16. ޚާލިދު އިބްރާހީމް

    ރައީސް ޔާމީން އަށް އަނިޔާ ދިނުމުގަ މުގުލުގަ ހުރީ ތިޔަ ފަހަރި އިމުރާން..

    76
    7
  17. ޟ

    ޢަދާލަތު މުލި ގައުމު ޙިސާރު ކުރަނީ .ހެލާ ދިވެހިން..

    59
    8
  18. އއ

    މިފަހަރު އިމްރާންގެ ނިއްނުން ރަނގަޅު. !!!ސަބަބަކީ އިތުބާރު ކުރެވޭ ގާތް ތިމާގެމީހަކު ކުޑަކުއްޖަކާ ބެހިއްޖެއްޔާ ލިބޭއަދަބު ބޮޑު . !!!ހަމައެފަދައިން ވެރިކަމުގަ ތިބެ ވައްކަން ކުރުން ގައުމުގެ ސިޔާދަތުސަރަހައްދު ވިއްކާފަރާތް ތަކުގެ އަދަބު ލުއި ކުރެވިގެން ނުވާނެ. !!!!ލުތުފީ ސަގަރު ނާސިރު ޔާމީނު ސާލިހު އަދީބު މިމީސްމީހުންގެ އަދަބު ލުއި ކުރެވިގެން ނުވާނެ. !!!!

    18
    50
  19. ާދަލޭކް

    މުނާފިގުންނަކީ ނަރަކައިގެ އެންމެ އަޑިގައި ތިބޭ މީހުން އެމީހުންނަކީ ވާހަކަ އެއްދައްކައިފިނަމަ ދޮގުހެދުމާއި އަމާނާތެއްކުރެއްވިއްޖެނަމަ ޚިޔާނާތްތެރުވުމާއިް ވައުދެއްކޮށްފިނަމަ ޚިލާފު ވުން.

    65
    3
  20. ކގ

    ދެން ދިވެހިންނީ މަރަމޯލުން ކަމަށްތަ ކަލޭ ހީކުރަނީ .ލޮލީ ދީގެން ކުދިން ހައްދާހެން ދިވެހިން ހައްދަން ނުއުޅުއްވާ .ތި ދެން ވޯޓު ހޯދަން އެއްލި ބިސްމަޅިއެއް ،މޮޔައިން ކަލެއަށް ވޯޓު ދޭނީ .ގަޅި ނުއުކާ

    34
    6
  21. ހުސެން

    އިމްރާނު ފުއްޕަން ބާކީ އޮތީ އެއް މަސް ތިޔަ ގޮޅީގައި ބާއްވާނީ އިމްރާނު .ބަދަލު ހިފޭނެ

    65
    7
  22. Anonymous

    މިބެއްޔާ ވެސް ރައީސް ޔާމީނު ގެއަށް ބަދަލު ކޮށްދެއްވި.

    44
    4
  23. ގަލަން

    ފެންނަ ފެނުމައް ރައީސް ޔާމީނަކީ ވަރައް ހިތްވަރު ގަދަ ލީޑަރެއް ޖަލައްލީމަވެސް އެހުރީ ޖަލުގަ އެހެން ލީޑަރު ޖަލައްލައިފިޔާ ކޮންމެވެސް ބޮޑު ބަތްޔެވެގެންނޭ ކިޔާފަ ނުވަތަ ބޮޑު ބަތްޔެއް ހުރެގެންނޭ ކިޔާފަ ބޭހައްފޮނުވީމަ ފިލާނީ ނުވަތަ ބަތްޔޭ ކިޔާފަ ގައުމުން ބޭރުގަ އުޅޭނީ ރައިސް ޔާމީން އެގޮތައް ކަންތަކެއްނުކުރޭ މިހާތަނަކައް އެހެން ސިޔާސީ ލީޑަރުން ޖާލައް ލާއިރައް އެބަލިވީ ގައުމު ދޫކޮއް ފިލަންވީ

    77
    5
  24. ރާޝިދާ

    މާތްﷲގެ ރަޙުމަތުން ތިޔަ އިމްރާން އަތުން ތިޔަ ބާރު ނަންގަވާނެ އިންޝާﷲ

    64
    4
  25. ދޫދިނާ

    ޔާމީނަށް ކޮން ޚާއްޞަކަމެއްތަ ދޭންވީ. ކުށްވެރިން ވާނީ ކުށްވެރިންނަށް.

    10
    55
  26. ޙޛޛ

    ދޫދިނާ ، އެގޭތަ؟ މިހާރު ޔާމިނު ޖަލުގައި ހުންނަހުރުން ވެސ ްތަފާތު. ވީމާ އެހެންކަންކަންވެސް ތަފާތު ވާނެއެއްނު. އެވަރު ނުވިސްނޭ. ބުއްދި ހަމަވަންދެން އަނގާއި އަތާއި މަޑުން ލައިގެން ހުރޭ!!!!!

    26
    7
  27. ފާތުމަ

    ނުޖެހޭ ބަދަލުކުރާކަށް ހުރިހާ ކުއްވެރިން ކުރަންޏާ އޯކޭ ހަމަހަމަ ކުރަންވާނެ ހުރިހާ ކުއްވެރިން

    13
    50
    • ދާރި

      ދެން ކީއްވެ ފަހަރިކަލޭގެ ހުކުމް ތަފީޒުކުރިރު ބޮޑުބައިގައި ގޭގަ އޮތީ.

  28. ޝޮކްތެރަޕީ

    ހަމަ އެކަނި ރައިސް ޔާމިން ޖަލައް ލާފަ ހުރުމަކީ މިކަމުގަ ސުވާލު އުފެދޭކަމެއް.

  29. އައްޑޫ ހިތަދޫ

    އިމްރާން ޖަލައްލީމަ އީދު ދުވަހު ހުރީ މީހުންގަޔައް ފެން ޖަހަން ގޭގަ. ރައިސް ޔާމިން މިހާރުން މިހާރައް ދޫކޮއްލާ ސިޔާސީ ބޭނުމައް ކޯޓުތައް ހަދައިފި.

  30. ޝޮކްތެރަޕީ

    ބަދަލު ހިފައިގެން ނިކުންނާނީ ބަދަލުހިފުން.

  31. އަނދޭ

    ގެއަށް ބަދަލުކޮއްފިއްޔާ މުޅި އިންތިހާބު ގަޑުބަޑު ކޮށްލާ ނާމާންކަން ފަތުރާލާނެ. މީ ވ ވާހަކަ

  32. ވާގޮނުސްކޮ

    ހެހެހް ކިތަންމެ ދަތްލުނޑިވިކިފަ ހުއްޓަސް އިމްރާން
    އަތުގަ ތިބާރުއޮންނާނީ މަދުދުވަސްކޮޅަކު. ކިތަންމެ ވަރަކަށް ރ ޔާމީން ނަންފުހެލަންމަސައްކަތް ކުރިޔަސް އެއީމިދީބުގަ ރަންއަކުރުން ފަވާލެވިފާވާ ހަމައެކަނިރައީސް. އިފުރީތައް،ފުރޭތައަށް ވަގައް ގޮވިޔަސް ރ ޔާމީންގެ 5 އަހަރުގެ ދައުރުގަ ގައުމައް ގެނެސްދެއްވި ތަރއްގީއާއި ކުރިއެރުން އެ ސްޕީޑްގަ ގެނެސްދެވުނު އެހެން ރައީސް އެއްނެތް. އަދިއެއީދިވެހި ތާރީޚުން ދުވަހަކުވެސް ފޮހެލެވޭނެ ކަންކަމެއްނޫން. ހަޖަމްނުވިޔަސް މިހަގީގަތްބަދަލެއް ނުކުރެވޭނެ. ﷲއިރާދަފުޅާރަހްމަތްފުޅުން ރ ޔާމީން
    އެންބުރިގެއަށްބަދަލުވާނީ ތިޔަ ގޮވާގޮވެލިފަތީގަ އެއްވެސް އޮއްޓަރެއް ނެތްކަމާ މައުސޫމްކަން މުޅިގައުމައް ސާބިތުކޮށްދެއްވާފަ. އެއީގަޓުހުރިކެރޭ ބޭފުޅެއް.

  33. ރާއްޖެ

    ގެއަށް ބަދަލު ކުރާވަރަށްވުރެ ނުރައްކާވީމަ އެއްބަސް ނުވާނެ nunqto..

  34. މަދަދު

    އިމުރާނު މަރުޖެހުނީީތަ ޖަލައްލާނެ ޔަގީން

  35. މުއިއްޒު

    ކޮން އުސޫލަކުން ތޯ ޔާމީން ގެޔައް ބަދަލު ކުރަންވީ؟ ދެން ތިބި ކުއްވެރިން ވެސް ބޭނުން ވޭ ގެޔައް ދާން. ކޮބާ އެ މީހުންގެ ހައްގު؟ ހަމަ ގައިދީއަކު ޖަލުގަ އޮވެފަ ގެޔައްދާން ބޭނުން ވެޔޭ ބުންޔަކަސް ނުޖެހޭ ފޮނުވާކައް.

  36. މާމި

    ޔާމީން ޖަލުގަ ހުންނާނީ ކިނބޫ ވެރިކަން ނިމެން ދެން

  37. ޔާންސީ

    ޑރ. ޝަހީމް ކީއްވެބާ ރައިސް ޔާމީން ގެއަށް ބަދަލު ކުރަން ކީއްވެބާ އިމުރާނަށް ގޮވާލަން ނުކެރެނީ؟

  38. މިއަހެލި

    މިއިމުރާނު ޖަލަށްލާދުވަހު މަގޭ އަރިއަތޮޅު ހުރިހާރަށްރަށަށް އަރި ތިންބިލެތް އަރިއަށް އޮވެ ހެމުން ހެމުންގޮސް އެންމެނަށް ބަހާނަން.

  39. އއ

    ގައުމުގެ ވެރިކަންކުރުމާ ރައްޔިތުންގެ މަޖިލުސް މެމްބަރ ކަމުގަ ހުރެ ކުށެއްކޮއްގެން ސްޕްރީމްކޯޓުން އެކުއް ދަމަހައްޓައިފިނަމަ އެމީހަކައް ޕެރޯލް ނިޒާމްވެސް ހިގައިގެން ނުވާނެ!!! . ރާއްޖޭންބޭރައް ބޭސްފަރުވާއައް ދެވިގެންނުވާނެ. !!!!!ސަބަބަބަކީ ބޭސްފަރުވާ ދަށުގަ މިއޮންނަނީ އެމީހުންނައް ހިލޭ ބޭރުގައުމުތަކުން ބޭސްކުރެވޭތީ.!!!

  40. އެހެން އެވަނީ ހޯމް މިނިސްޓަރު ވީމައި

    ޢިމްރާނަކީ ހޯމް މިނިސްޓަރެވެ. ޙުކުމް ތަންފީޒު ކުރަމުންދާ ކުށްވެރިންގެ ނުރައްކާ އެންމެ ބޮޑަށް އެނގިވަޑައި ގަންނަވާނީ ހޯމް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށެވެ.

  41. ޔާމީނު

    ޔާމީނުގެ ވެރިކަމުގައި މީހުންނަށް ދިން އަނިޔާ ދުނިޔެ މަތީ އޭނާ އެދަނީ ތަހައްމަލު ކުރަމުން، ވެރިކަމާ ޖާހަތު ލިބުމުން ފާތުމަ ގޮވައިގެން ކަދުރު ކޮޅާ ހައްޖު ކޯޓާ ކޮޅަށް ހެދިގޮތް ހަނދާން އެބަހުރިބާ؟ މިހާރު ކީއްވެބާ ފާތުމަގެ ދީލަތިކަން ނުފެންނަނީ؟ ޙަޤީޤަތުގަ މިހާރު ދޯ އޭނަގެ ލާރިބެހުމާއި މީހުންނަށް އެހީތެރިވާ މީހަކަށް ހެދިގެން އުޅުނު ކަން މި ފެންނަނީ!!! އިމްރާންވެސް ބަދަލު ހިފުމުގެ ބަދަލުގައި އަނިޔާ ނުކޮށް އެކަލޭގެ ކެނޑިޑެންސީ ފޯރމް އަމީނިއްޔާ ސްކޫލަށް ވައްޓާލަ ދީބަލަ، އޭރުން ޔާމީން އެ ސްކޫލުގެ ޕްރިންސިޕަލަކަށް ޕޭރަންޓުން ހޮވާފާނެ، އެ ސްކޫލުގެ ރަނިންމޭޓަކަށް ކަދުރު ފާަތުމަވެސް.

    • #މިނިވަން ޤައުމު

      ޔާމީން އެއްވެސް މީހަކަށް އަނިޔާއެއް ނުދޭ މުޅިން ހަސަދަ ކަލޭމެން ތިބާލަނީ

  42. ޖަމީލް

    ކޯޓުން ކުރި ހުކުމެއް ހުދު ރައީސަކަށްވެސް ބަދަލެއްނުކުރެވޭނެ.

  43. ނޫސްކިޔާމީހާ

    ދީނީ ލިޔުންތަކުންނާ. އިސްލާމްދީނާ ބެހޭގޮތުން ދީނީ ޢިލްމް ވެރިން ދެއްވާފައިވާ ދަރުސްތަކުން. އަދި އަހަރުމެން ސްކޫލްތަކުން ހުނގެނިފައިވާ އުނގެނުންތަކުން އެނގޭގޮތުގައި ހަސަދައިގެ ނުބައިކަން އެނގިފައިވޭ. ތިމާއަށްވުރެ އެހެން ކުދިން މޮޅުނަމަ ހަސަދަ ވެރިނުވާށޭ. ތިމާވެސް މޮޅުވުމަށް މަސައްކަތް ކުރާށޭ. މިއީ ކަންފަތުގަ ހަރުލާފަ ހުންނަ އަޑެއް.

  44. ފެހަރި

    މަތްﷲ، މިއަނިޔާވެރި ނުލަފާ އިމުރާނުގެ މަކަރު ވެރިކަމާ އަނިޔާވެރިކަމުން ރ ޔާމީނާ ދިވެހި ރައްޔިތުން ސަލަމަތް ކުރައްވާ، މިކަލޭގެ ގެ ހަރުހިލަހިތް މަޑުކުރައްވާ، މައިތިރިކުރައްވާ ހަމަބިމަށް ތިރިކުރައްވާފާދޭވެ. އާމީން

  45. ނަނާ

    އިމުރާނު އުމުރަށް ޖަލަށްލާނަން ދެކޮޅުހަދައިގެން މިއަދު އުފާކުރޭ މުސްތަގުބަލް ފެންނަނީ ވަރަށް ބަންކޮށް.

  46. ޜައްދު

    މި އިނދަ ބީތ. އެހެން މީހުން ތިބި ކަހަލަ ގޮޅިއެއްގަތަ ޔާމީން އޮންނަނީ؟ އެމީހުން އެއީ ކުރީގެ ރައީސުން ބާ؟ ލަދު ކޮބާ؟

  47. #މިނިވަން ޤައުމު

    މިކަމުން އެނގެނީ އިމްރާނު އަޑީގަހުރެ ރައީސް ސޯލިހާ ދޭތެރޭ ރައްްޔިތުން ހިތުގައި ފިތުނަ ފަސާދާ އުފައެއްދުންކަން