ސަރުކާރު ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިިލިސް ނުހިންގޭނެކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެެވެ.

އެމަނިކުފާނު ސަރުކާރަށް ފާޑުވިދާޅުވީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

އެ ބިލު ފާސްކުރަން މުޅި މަޖިލީހުގެ ކޮމިޓީ ހިނގަމުން ދިޔައިރު ރައީސް ނަޝީދު އަމަލު ކުރެއްވި ގޮތުން އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން އަމާޒުވި އެވެ.

ޓެކްސް އިތުރުކުރަން ލަފާ ހޯދަން ކަމާ ބެހޭ ތަޖުރިބާކާރުން މެމްބަރުންގެ ވޯޓަކާ ނުލާއި ރިޔާސަތުން އެކަން އެކަން ނިންމުމާއި އަދި ކޮމިޓީގައި ބިލަށް ކަނޑައެޅު ވަގުތު ވެސް މެމްބަރުންގެ ވޯޓާ ނުލައި ނިންމުން އެމްޑީޕީގެ ބަައެެއް މެމްބަރުން ފާޑު ވިދާޅުވި އެެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި ރައީސް ނަޝީދު ވިދާޅުވީ ބައެއް މެމްބަރުން ނުރުހުނަށް ފަރުވާލެއް ނެތް ކަމަށާއި އަދި މަޖިލިސް ކޮންމެހެން ހިނގަން ޖެހޭނީ ސަރުކާރު ބޭނުންވާ ގޮތަށް ނޫން ކަަމަށެވެ. އަދި އޭގެ ބަދަލުގައި މަޖިލީހުގެ ގަވައިދުތަކާ އެއްގޮތަށް ކަމަށެވެ. "އިއްޒަތްތެރި މެމްބަރުންނަށް އެނގިވަޑައިގަންނަވަންވީ އެއްޗަކީ އަޅުގަނޑު މިތާ އިނދެ އެހެން ގޮތަކަށް ކަމެއް ކުރަން އުޅެނީ ނަމަ އަދި އެކަން ކުރާނީ މާ އެހެން ގޮތަކަށް ކަން،" ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން ނިންމާފައި ވަނީ މިހާރު ނަގަމުންދާ ޖީއެސްޓީ އަށް ޕަސެންޓްއަށް ބޮޑުކޮށް އަދި ޓީޖީއެސްޓީ 18 ޕަސެންޓްއަށް ބޮޑުކުރާ ށެވެ. އަދި ސަރުކާރުން ބޭނުންވި ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީން ވަނީ އެގޮތަށް މިއަދު ފާސްވެސް ކޮށްފަ އެވެ. އަދި އޭގެ އެންމެ ފަހުގެ ނިންމުން ނިންމަން މާދަމާ މަޖިލީހުގެ ތަޅުމުގައި ވޯޓެއް ނަގާނެ އެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ އިތުރުކުރަން ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ސުވާލަކީ ސަރުނކާރުން ބޭނުންވާގޮތަށް މަޖިލީސް ނުހިންގިގެން އުޅެނީތޯ؟ ނުވަތަ މަޖިލީހުގެ ރައީސް ބޭނުންވާގޮތައް ސަރުކާރު ނުހިންގިގެން އުޅެނީތޯ؟

    ހަޤީޤަތަކީ މަޖިލީހުގެ ރައީސް ކަމުގައި އިން ބޭފުޅާގެ ޒާތީ މަސްލަހަތު ހިމާޔަތްކުރަން މަޖިލީހުގެ ރައީސް ބޭނުންވާގޮތައް ސަރުކާރު ނުހިންގިގެން މަރުފަލި ޖަހަނީ.

    އެހެންވީމާ ޓެކްސް އިތުރުކުރަން ލަފާ ހޯދަން ކަމާ ބެހޭ ތަޖުރިބާކާރުން މެމްބަރުންގެ ވޯޓަކާ ނުލާއި ރިޔާސަތުން ހޯދުމާއި، ކޮމިޓީގައި ބިލަށް ކަނޑައެޅު ވަގުތު މެމްބަރުންގެ ވޯޓާ ނުލައި ނިންމުން ފަދަ އެތައް ކަމެއް ޗާޓުން ބޭރުން ނިއްމަން އުޅޭނެ.

    އެއެއްޗަކުން ނިކުންނާނީ އެއެއްޗެއްގައި ހުރި ދިޔައެއް!

    15
    4
  2. ކޮރަލް

    ސުޕަ މެޖޯރިޓީ ދިނީމަ ރައްޔިތުން ގެ ކަރަށް ފައިން އަރަނީ އެވެ.

    43
  3. އަހްމަދު

    ރައްޔިތުންވިސްނަންވީ 2024 މަޖިލިސް އިންތިހާބުގަރައްޔިތުންގެއަތުން އިތުރައް ޓެކްސް ބޮޑުކޮށް ނަގަންވޯޓުމިދެއްވާ އެއްވެސްމެމްބަރަކަށް 2014 ގަވޯޓުނުދޭން އެމެމްބަރުންނައް ނޫނެކޭބުނަންވީ ޓެކްސް އިތުރުކޮށްގެން ސިޔާސީ މަގާމުތަކަށްމުސާރަދިނުމަކީ އެއީ ރައްޔިތުންބޭނުން ނުވާކަމެއްކަމުގަ ބުނަންކެރެންވީ

    18
  4. Anonymous

    ނަޝީދު އިސްތިއުފާ ، ތިޔަ މަޖިލިސް ކުރާތަން އުވާލަންވީ.

    16
    1
  5. Anonymous

    ތިހިންގަނީ ނު. ތީހަމަ

    10
  6. ޙާށާ

    ދެންދޭ ގެއަށް ތިޔަތަން ބަންދުކުޜޭ

    12
    1
  7. ލާދީނީ

    ނަޝީދަކީ މަކަރުވެރި މީހެއް. ނޫންކަމަށް ހެދިގެން ސަރުކާރަށް ބަވާފަ ސަރުކާރުން ބޭނުންވާގޮތަށް އެކަން ކުރާނީ. ރައްޔިތުންދެކެ މާލޯބިވާ މީހެއްކަމަށް ހެދިގެން އބަދުވެސް އުޅޭނީ. އެކަނި ނަފްސަކަށް ދިވެހި ސަރުކާރުން އެންމެ ގިނަފައިސާ ދެނީ ރައީސް ނަޝީދަށް. ދެން ސަރުޚާރުން ބޭނުންވާގޮތަށް ހުރިހާކަމެއްކުރަންޖެހޭނެ. މައްސަލައަކީ ހިޔަޅުކަންކުރާގޮތަށް ހުރިހާކަމެއްކުރާތީ

    15
    1
  8. ކޮރެއާ

    ކެޔޮގަނޑު ކަނޑާލެވުނީމާ ގަހުގެ ބޭނުމެއް ނޯންނާނެ!

  9. ލަކުޑި

    ވަރައް ރަނގަޅު ތެދެއް ނަޝީދު މަޖްލިސް ހިންގަނީ ސީދާސަރުކާރުން ބޭނުންވާގޮތައް ތިޔަހުރިހާ ހާސަރެއްވެސް ތިޔަކިޔަނީ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވާނަމޭ ހީކޮއް މިހާރަކު މީހުންގެ ލޮލުގަ ތިޔަ ގަލަނދުން ނޭޅުވޭނެ އެއްވުރެ ބޮޑައްލޯހުޅުވިފަ ތިބީ

  10. ބަރުގޮނު

    ރަޢިއްޔަތުން އެންމެ ހިތްހަމަނުޖެހޭ ކަމަކަށް މިވަގުތު އޮތީ ޓެކްސް ބޮޑުކުރުމުގެ ކަންތައްކަމަށްވާތީ ، މީނާ މިއުޅެނީ ރަޢިއްޔަތުންނަށް ހެޔޮއެދޭ މީހެއް ކަމަށް ދައްކަން. މީނާ ކީއްވެބާ ސިޔާސީ މަޤާމްތައް މަދުކުރާ ވާހަކަޔާ މެމްބަރުންނަށް ދޭ ޢިނާޔަތްތައް ކުޑަކުރާ ވާހަކަ ނުދައްކަނީ . ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ޚިޔާލު ކުރާއިރު ސަރުކާރުގެ ޚަރަދުތައްވެސް ކުޑަކުރަންވެސް ޚިޔާލު ކުރަންވާނެ.

  11. ބަލިވީ

    ސަރުކާރުން ބުނާގޮތަކަށް ކަންތައްދަނީ!