މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ރެކޯޑް ރާއްޖެއިން ހަދައި، ގިނިސް ވޯލްޑް ރެކޯޑް ރަސްމީކޮށް ރާއްޖެއާ ހަވާލުކޮށްފިއެވެ.

އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު މި ރެކޯޑް ހަދާފައި ވަނީ ރާއްޖޭގެ 12 ރިސޯޓެއްގައި އެއް ފަހަރާ "ނޭވާ"ގެ ނަމުގައި ކުރިއަށްގެންދިޔަ ހާއްސަ ޑައިވް ހަރަކާތުގައެވެ. މި ހަރަކާތުގައި ޖުމްލަ 459 ޑައިވަރުން ބައިވެރިވިއިރު، އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިވެންޓް "ނޭވާ 2" ގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ހަރަކާތްތައް ރަސްމީކޮށް ކުރިއަށް ގެންގޮސްފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިވެންޓް "ނޭވާ 2" ގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފްރީ ޑައިވް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި މި އިވެންޓްގެ ބައިވެރިން ވަނީ މޫދު އަަޑީގައި ދެ މިނިޓް ވަންދެން ނޭވާ ހިފަހައްޓާލާފައެވެ.

މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ރެކޯޑް ރާއްޖެއިން ހަދައިފި

މި ހަރަކާތުގައި ބައިވެރިން މަސައްކަތް ކޮށްފަައި ވަނީ އެންމެ ގިނަ ބަޔަކު ވެގެން އެއް ފަހަރާ ސްޓެޓިކް އެޕްނިއާއެއް ނުވަތަ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ރެކޯޑް ހަދައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާށެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިވެންޓް "ނޭވާ 2" ގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިއީ ދުނިޔޭގައި މިފަދަ ރެކޯޑެއް ގާއިމް ކުރި ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ އެއް ހަރަކާތުގެ ތެރެއިން، ހޯދި މި ކާމިޔާބީގެ ރެކޯޑް ރަސްމީކޮށް ހަވާލުކޮށްފައި ވަނީ މިރޭ ބޭއްވި ގާލާ ޑިނާ ނައިޓް ގައެވެ. މި އެވޯޑް ރާއްޖެއާ ހާވަލުކޮށްދެއްވީ ގިނިސް ރިޕްރެޒެންޓޭޓިވް ސުވަކްނިލް ދަންރިކާ އެވެ. ރާއްޖޭގެ ފަރާތުން މި އެވޯޑާއި ހަވާލުވީ ފްރީ ޑައިވް މޯލްޑިވްސްގެ ފައުންޑަރ ފަހުދު ފާއިޒެވެ.

2019 ވަނަ އަހަރު ވެސް ފްރީ ޑައިވް މޯލްޑިވްސްއިން "ނޭވާ" ގެ ނަމުގައި ބޭއްވި ފްރީ ޑައިވިން ހަރަކާތް ވަނީ ގިނީސް ބުކް އޮފް ވޯލްޑް ރިކޯޑު ފޮތަށް އަރުވާފައެވެ.

އެ ހަރަކާތުގައި ބައިވެރިވެ، ރިކޯޑު އާކުރީ 521 މީހުން ބައިވެރިވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޙަަަހަ

    އެއްފަހަރާ އެންމެ ގިނަބައެއް އަލަމްގިރިއަށް އަރާގެންތޯ ، ސަޅި

  2. ޑައެލޯގް

    މިކަަހަލަ ބޭކާރުކަންކަމުން ރެކޯޑްހަދާ މަޝްހޫރުވާން މިސަރުކާރުންއުޅެއެވެ. ލޯނުނުނަގަންބުނެ އައި ސަރުކާރު ލޯނުއެންމެގިނައިންނަގާ އެކަމުން ރައްޔިތުންނަށް ޓެކްސްއިތުރުކޮށް ފެލައިހަދަނީއެވެ. މިކަމަށް ހައްލެނުގެނެސް ތިކަހަލަ ބޭކާރުކަންކަންނުކުރާށެވެ.

    3
    1
  3. ޕިންޑޯ

    ރިޕަބްލިކް އޮފް މޯލްޑިވްސް ނެތި ފްރީޑައިވް މޯލްޑިވްސް އިނީމަ އެއި ވަކި ވިޔަފާރިއަކައް ލިބުނު އެއްޗެއް.

    5
    1
  4. އިސްޢާފް ސަލީމް

    ޤަވްމެއްގައި މިހާތަނަށް އެންމެ ތަންދޮރުނުފިލާ ނުކިޔަވާހުރި ރައިސެއްގެ ދަރަޖަ އިބްރާހީމް މުޙައްމަދު ޞާލިޙަށް އޮތީ ! މީތި އަރުވަބަލަ އެފޮތަށް. ތަންކޮޅެއް ތާހިރުވާނެ