މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ރެކޯޑް ރާއްޖެއިން ހަދައިފިއެވެ.

މި ރެކޯޑް ހެދުމަށް ރާއްޖޭގެ 12 ރިސޯޓެއްގައި އެއް ފަހަރާ ޑައިވް ހަރަކާތް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮތުން މި އިވެންޓްގައި ޖުމްލަ 459 ޑައިވަރުން ބައިވެރިވިއެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިވެންޓް "ނޭވާ 2" ގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި އިވެންޓްގެ ރަސްމީ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ. މި ހަރަކާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި އިވެންޓްގެ ބައިވެރިން ވަނީ މޫދު އަަޑީގައި ދެ މިނިޓް ވަންދެން ނޭވާ ހިފަހައްޓާލާފައެވެ.

މި ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެއް ހަރަކާތެވެ.

ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އިވެންޓް "ނޭވާ 2" ގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ހަރަކާތުގައި ބައިވެރިން މަސައްކަތް ކޮށްފަައި ވަނީ އެންމެ ގިނަ ބަޔަކު ވެގެން އެއް ފަހަރާ ސްޓެޓިކް އެޕްނިއާއެއް ނުވަތަ މޫދު އަޑީގައި ނޭވާ ހިފަހައްޓައިގެން ތިބުމުގެ ރެކޯޑް ހަދައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާށެވެ.

ކްރޮސްރޯޑްސްގައި ބޭއްވި ނޭވާ 2 އިވެންޓްގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއީ ދުނިޔޭގައި މިފަދަ ރެކޯޑެއް ގާއިމް ކުރި ފުރަތަމަ ފަހަރެވެ.

2019 ވަނަ އަހަރު ވެސް ފްރީ ޑައިވް މޯލްޑިވްސްއިން "ނޭވާ" ގެ ނަމުގައި ބޭއްވި ފްރީ ޑައިވިން ހަރަކާތް ވަނީ ގިނީސް ބުކް އޮފް ވޯލްޑް ރިކޯޑު ފޮތަށް އަރުވާފައެވެ.

އެ ހަރަކާތުގައި ބައިވެރިވެ، ރިކޯޑު އާކުރީ 521 މީހުން ބައިވެރިވެގެންނެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނި ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މެގަ ޕްރެޖެކްޓް

    ރައްޔިތުންނަށް ވަރަށް ފަސޭހަ ވެއްޖެ. ޝުކުރިއްޔާ އިބޫ ސުލޯލިހު.

    15
    4
  2. ނޭވާ

    ކީއްކުރަންތަ މޫދަށް ބޯކޮށްޕައިގެން ތިބެ ތި ރެކޯޑު ހެދީ! އެއްގަމުގައި ތިބެ ނޭފަތުގަ ދައްޗެއް ތިއްބާފަ އަނގަ މަތީގަ މަލަން އަޅައިގެން ތިބިނަމަ މާ ތާހިރުވީހެއްނު!! ބޯހަލާކު!

    10
  3. ހިޔާލު

    އެތިބި ހަ މަ މޫދު އަޑީގަތަ؟ 50 ހަކަށް މީޓަރު އަޑީގަ ކަ މަށް ހީކުރީ ތިބޭނީ، ހަހަހަ ، މޫދު އަޑިވެސް އޮޅިއްޖެ މިހާރު

  4. ސސސ

    ނޭވާ ހިފަހައްޓާލާއިގެން ތިބޭނަން ބާކީ އޮތް އަހަރު ނިމެންދެން... އަދި ދެން ނޭވާ ލާނީ ރައީސް ޔާމީން2023 އަށް ފަހު..އިންޝާﷲ..އާމީން

  5. އަރޫޝާ / ނ. ކެނދިކުޅުދޫ

    އަޅެ މަގޭ ފޮޓޯ ކޮބާ ؟ މަވެސް ގައިމު ތިޔަކަމުގަ ބައިވެރިވިން ވިއްޔަ