23:17

ތެޔޮ ނުލިބި ފަލަސްތީނުގެ ޣައްޒާގެ ހޮސްޕިޓަލްތަކުގައި ބަލި މީހުން ތިބީ ރިސްކެއްގައި ކަަމަށް ޣައްޒާގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިޔާ ބުނެފި

23:02

މިދިޔަ މެއި މަހުގެ ކުރީކޮޅު އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރި މަސައްކަތަށް ތާއީދުކުރި އިތުރު 143 ގައުމަކާ ސްޕެއިން، އަޔަލޭންޑް އަދި ނޯވޭ އިން ހަރުދަނާ ގޮތެއްގައި ގުޅިފައިވާތީ ޝުކުރު އަދާކުރައްވާ ކަމަށް ބައިނަލްއަގްވާމީ އެހީދޭ ފަރާތްތަކާއެކު ބޭއްވެވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ބްރަސަލްސްއަށް ވަޑައިގެން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ.

22:05

ޣައްޒާ ސިޓީގެ އުތުރުން މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ހަމަލާދިން ކަމުގެ ކުއްލި ކޯލެއް ލިބިފައިވާ ކަމަށާއި އިސްރާއީލުގެ ޖެޓްތަކުން ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެ ޒަހަމްވެފައިވާ ކަމަށް ރެސްކިއު ގްރޫޕުން ބުނެފި.

"މީހުން އަދިވެސް ދަނީ ކުނިތަކުގެ ދަށުގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުން،" ޓެލެގްރާމްގެ ޕޯސްޓެއްގައި ބުނެފައިވޭ.

22:04

ފާއިތުވި ދުވަސްތަކުގައި އިސްރާއީލުގެ ސިފައިން ރަފަހުގައި ފަލަސްތީނުގެ 30 އަށް ވުރެ ގިނަ ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާގެ އެންމެ ފަހުގެ އަޕްޑޭޓްގައި ބުނެފި.

20:58

މެދުއިރުމަތީގައި ސުލްހަ ގާއިމުކުރުމަށް ފަލަސްތީނުގެ "ހަރުދަނާ" އޮތޯރިޓީއެއް ބޭނުންވާ ކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާއާ އެކު އީޔޫގެ ހާރިޖީ ސިޔާސަތުގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެ .

20:37

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް ނިމުމަކަށް ގެނެއުމަށްޓަކައި ފަލަސްތީނުގައި ހަރަދަނާ ވަރުގަދަ ސަރުކާރެއް ޤާއިމްވާން ޖެހޭ ކަމަށް ޔޫރަޕިއަން ޔޫނިއަންގެ ފޮރިންގް ޕޮލިސީގެ ވެރިޔާ ޖޯސެފް ބޮރެލް ވިދާޅުވެއްޖެ.

20:35

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާގެ އަސްކަރީ މަރުކަޒަކަށް ވަރުގަދަ ހަމަލާއެއް ދީފައިވާނެ ކަމަށް ލުބުނާންގެ ދެކުނުގައި ހަރަކާތްތެރިވަމުން ހިޒްބުﷲ ޖަމާއަތުން ބުނެފި.

20:31

މިއަދު ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ ވެރި ރަށް ތެލް އަވީވް އަށް އަމާޒުކޮށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައި.

20:30

ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމާއި އިސްރާއިލަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށް ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާއާ އެކު ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް ވިދާޅުވެއްޖެ.

ނޯވޭ އާއި އަޔަލޭންޑާއެކު ސްޕެއިންއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން އަންގާރަ ދުވަހު ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވަމުން މުސްތަފާ ވިދާޅުވީ ޔޫރަޕުގެ ކޮންމެ ގައުމަކުން ވެސް އެކަން ކުރަން ބޭނުންވާ ކަމަށް.

20:28

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ އަލް ނަޒްލާ ސަރަހައްދުގެ ގެއަކަށް އިސްރާއީލު ސިފައިން ދިން ހަމަލާއެއްގައި 12 މީހުން ޝަހީދުވެއްޖެ.

20:18

އިސްރާއިލުން ދިން ދެ ހަމަލާއަކާ ގުޅިގެން ލުބުނާނުގެ ދެކުނުގައި ޝަހީދުވި މީހުންގެ އަދަދު އިތުރުވެއްޖެ.

ލުބުނާނުގެ ރަސްމީ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނީ ބޯޑަރު އަވަށެއް ކަމަށްވާ އައިޓާ އަލް ޝާބްގައި ސައިކަލަކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި ދެ މީހަކު ޝަޙިދުވެ އާންމުންގެ ގިނަ ބަޔަކު ޒަހަމްވެފައިވާ ކަމަށް.

އަދި ހަމަލާ ދީފައިވަނީ އިސްރާއީލުގެ ޑްރޯނަކުން ކަމަށް ބުނޭ.

19:36

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ހިތްވަރު ގަދަ މުޖާހިދުން މި ދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލް އަށް އަރައި ރަހީނުކުރި ޔަހޫދީ އަސީރުން މިނިވަން ކުރުމަށް އައު ޑީލަކާއި ދޭތެރޭ މަޝްވަރާ ކުރަމުންދާ ކަމަށް ޔަހޫދީ އިސްރާއީލްގެ ހަނގުރާމައިގެ ކެބިނެޓް އިން ބުނެފި.

19:28

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލް ވައިގެ ހަމަލާތަކުން ސަލާމަތްކުރުމަށް އެ ގައުމުން އުފައްދާފައިވާ އަޔަން ޑޯމް އަށް މިއަދަކީ ބުރަ ދުވަހެއް ކަމަށް ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އިން ބުނެފި

19:24

ޔަހޫދީންގެ ޤައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުންތަކެއް ހައްޔަރުކޮށްފި

18:23

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް ހަމަލާދީ ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތަކު ޝަހީދުކޮށްލައިފި ކަމަށް ފަލަސްތީނުގެ ދައުލަތުގެ މީޑިއާ ވަފާ ނިއުސް އެޖެންސީ އިން ބުނެފި

18:23

ޣައްޒާގެ އުތުރުގައި އޮންނަ ސަފާތުވީ ސަރަހައްދު ކައިރީގައި އިސްރާއީލުގެ އިސްތިއުމާރީ މަތިންދާ ބޯޓުތަކުން ސިލްސިލާ ވައިގެ ހަމަލާތަކެއް ދޭން ފަށައިފި.

 

18:14

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލްގެ ވެރިރަށް ތެލް އަވީވް އަށް ދިން ރޮކެޓް ހަަމަލާތަކުގައި އެ ސަރަހައްދުގެ ގެއަކަށް ގެއްލުންތަކެއް ލިބިއްޖެ.

17:51

ޣައްޒާއާ ގުޅިފައިވާ ގިނަ މުޖުތަމައުތަކެއްގައި ރޮކެޓް ސައިރަންގެ އަޑު އިވެމުންދާ ކަމަށް އިސްރާއީލުގެ މީޑީއާތަކުން ރިޕޯޓްކޮށްފި

17:04

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެތެރެވާ އެހީގެ ޓްރަކްތަކުގެ އަދަދު މަދުވެފައިވާ ކަމަށާއި، އަދި އެއަށްވުރެ ވެސް ބޮޑަށް މެއި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ރަފާ ކްރޮސިން ބަންދުކުރުމާ ގުޅިގެން ކަމަށާއި ނަމަވެސް އެހީ ބެހުމަކީ ހަމައެކަނި ޣައްޒާއަށް ޓްރަކްތައް ގެނައުމަށްވުރެ މާބޮޑު ކަމެއް ކަމަށް ޑޮކްޓާސް ވިތައުޓް ބޯޑާސްގެ ސެކްރެޓަރީ ޖެނެރަލް ކްރިސްޓޮފާ ލޮކްއިޔަރ ވިދާޅުވެއްޖެ.

16:47

ލުބުނާނުގެ އައިޓާ އަލް ޝާބަށް މިސައިލް ހަމަލާދީފި

ޑްރޯނަކުން ލުބުނާނުގެ އައިޓާ އަލް ޝާބަށް ދިން މިސައިލް ހަމަލާގެ ނަތީޖާ އާއި އަމާޒުގެ ތަފްސީލެއް އަދި ދީފައެއް ނުވޭ.

އިސްރާއިލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނުގެ ކިއާމް އާއި އައިތާ އަލް ޝާބް އޯވަނިގަށް ހަމަލާދިން ކަމަށް މީގެ ކުރިން ވެސް ވަނީ ރިޕޯޓްކޮށްފައި.

16:46

ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިސްރާއީލްގެ ތެލް އަވީވް އަށް ވަރުގަދަ ހަމަލާތަކެއް ދީފި

15:57

ފަލަސްތީނުގެ ހަނގުރާމަވެރިން ހަތިޔާރާއި އެފަދަ އެހެން ތަކެތި ރައްކާތެރިކުރަމުން އަންނަ 50 އަށްވުރެ ގިނަ ތަންތަނަށް ހަމަލާދީފައިވާ ކަމަށް ނިރުބަވެރި އިސްރާއީލުން ބުނެފި.

15:47

އިސްރާއީލް ރައްޔިތުން ތެލް އަވިވްގައި ކުރަމުން އަންނަ މުޒާހަރާ

15:21

އިސްރާއީލުގެ އުތުރުގައި ހުންނަ އިސްރާއީލުގެ އަސްކަރީ ޕޯސްޓަކަށް ހަމަލާދީފައިވާ ކަމަށް ހިޒްބުﷲއިން ބުނެފި.

15:00

ކޭންސް ފިލްމް ފެސްޓިވަލުގައި ފަލަސްތީނަށް އޮތް ލޯބި ދައްކާލައިފި

14:54

ނިރުބަވެރި އިސްރާއީލުން ޣައްޒާއިން ޝަހީދުކޮށްލި މީހުންގެ އަދަދު 35،984 އަށް އަރާފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެފި. މިިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 80،643 މީހަކަށް ވަނީ އެކި ވަރުގެ ޒަހަމް ލިބިފަ.

14:24

އިސްރާއީލުގެ އުތުރުގައި މިސައިލެއްގެ ސައިރަން އަޅަމުންދާ ކަމަށް ރިޕޯޓްތަކުން ބުނެފި.

13:22

ޖަބަލިއާ ރެފިއުޖީ ކޭމްޕުގެ އަލް-ޤައްސައިބު އަވަށަށް ވަން އިސްރާއީލް ސިފައިންގެ ބަޔަކަށް ހަމަލާދީފައިވާ ކަމަށް ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި، ޤައްސާމުން ބުނެފި.

12:56

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު 58 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފި

 

12:43

މިސްރު މެދުވެރިކޮށް ޣައްޒާއަށް ވަދެފައިވަނީ އެހީގެ 200 އެއްހާ ޓްރަކް ކަމަށް ރިޕޯޓްތަކުން ބުނެފި.

12:07

ޣައްޒާ ސަރުކާރުގެ މީޑިއާ:

  • މިސްރުން ޣައްޒާއަށް ވެއްދި އެހީއަކީ މުޅިން އެކަށީގެންވާ މިންވަރެއް ނޫން.
  • ހަމަލާތައް ފެށުނީއްސުރެ އިސްރާއީލުން ވަނީ ފަލަސްތީނުގެ ގިނަ ވަސީލަތްތައް ހަލާކުކޮށްލާފަ.
  • ޣައްޒާއަށް ވެއްދި ތެލަކީ އެންމެ ހޮސްޕިޓަލެއް ހިންގަން ވެސް އެކަށީގެންވާ މިންވަރެއްގެ ތެލެއް ނޫން.
  • ބައިނަލްއަގުވާމީ ކޮމިއުނިޓީތަކުން ވަނީ އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް ނުކުޅެދިފަ، އަދި އެމީހުންނަށް އެކަން ނުކުރެވޭނެކަން ވަނީ ދައްކާފަ.
  • ޣައްޒާގައި މިވަގުތު ވެސް އަވަސް ފަރުވާ ބޭނުންވެފައިވާ 80،000 ގިނަ ބަލި މީހުން އެބަ ތިބި. އެމީހުންނަށް އެއްވެސް ފަރުވާއެއް ނުލިބޭ.

 

11:50

މިސްރުން ޣައްޒާއަށް ތެލާއި އެހެނިހެން އެހީ ވައްދައިފި

 

11:19

ނިރުބަވެރިން ރަފާހަށް ދިން ހަމަލާގައި ޝަހީދުވި ކުޑަކުއްޖާ. ނިރުބަވެރިން މި ހަމަލާދިން ވަގުތު އެކުއްޖާ އޮތީ ނިދާފަ. މި ހަމަލާގައި އެކުއްޖާގެ އާއިލާގެ ފަސް މީހަކު ވަނީ ޝަހީދުވެފަ.

 

11:00

ރޭ ދަންވަރު ލުބުނާނުގެ ދެކުނުގެ އަލް-ޚިއަމް އާއި އައިތަޝް ޝަބްގައި ހުންނަ ހިޒްބުﷲގެ ބައެއް އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް އިސްރާއީލުން ބުނެފި.

10:59

ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ޖަބަލިއާގައި ހަރަކާތްތެރިވަމުން އަންނަނިކޮށް، އިސްރާއީލުގެ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށް ހަމާސް ޖަމާއަތުގެ ހަތިޔާރު އެޅި ގޮފި، ޤައްސާމުން ބުނެފި.

10:06

ފަހުގެ މައުލޫމާތު:

  • ނިރުބަވެރި އިސްރާއީލުން ދުނިޔޭގެ ކޯޓުގެ އަމުރަށް ބެލުމެއް ނެތި، ރަފާހްއަށް ހަމަލާތަކެއްދީ ހަ މީހަކު ޝަހީދުކޮށްލައިފި.
  • އިސްރާއީލުން ގަބޫލު ކުރާ ގޮތުގައި ދުނިޔޭގެ ކޯޓުގެ އަމުރާއި އެކީ އެމީހުން ރަފާހުގައި ހިންގާ ހުރިހާ ކަމެއް ހުއްޓާކަށް ނުޖެހޭ. އެއީ އިސްރާއީލުން ބުނާ ގޮތުގައި ދުނިޔޭގެ ކޯޓުން އަމުރު ކުރީ ގަތުލު އާންމެއް ނުހިންގަން. އެއީ އެމީހުން ނުކުރާ ކަމެއް ކަމަށާއި އެހެން ކަމުން ރަފާހުގައި ހިންގާ ކަންކަން ނުހުއްޓޭނެ ކަމަށް ވަނީ ބުނެފަ.
  • 24 ގަޑިއިރު ނުވަނީ ކުވެއިތީ ހޮސްޕިޓަލުން ތެޔޮ ހުސްވާނެތީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރު އެހީއަށް އެދެފި.
  • ދުވަސްތަކެއް ފަހުން އަނެއްކާ ވެސް ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ބައެއް އަވަށްތަކުގައި ރެއިޑްތައް ކުރިއަށް ގެންގޮސްފި. ބައެއް ރެއިޑްޓްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ވެސް ވަނީ ހައްޔަރު ކޮށްފަ.

 

09:57

ޣައްޒާގެ ރަފަހްގައި ހުރި ދޫނި ކޮއްޓަކާއި ޖަނަވާރު ކޮއްޓެއް.

09:47

ނިރުބަވެރި އިސްރާއީލުން ހުޅަނގު އައްސޭރީގެ ނަބްލޫސް އާއި ބެތެލްހެމްގެ އިތުރުން އެހެން އަވަށްތަކުގައި ރެއިޑްތަކެއް ކުރިއަށް ގެންގޮސްފި. މި ރެއިޑްތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފަ.

ނިރުބަވެރިން ރެއިޑްތައް ކުރިއަށް ގެންދިޔަ އަވަށްތަކުގެ ތެރޭގައި ޖެނިން، ޔައްޓާ، ދެކުނު ހިބްރޫން ހިމެނޭ.

09:35

ފަލަސްތީން މިނިވަން ކުރުމަށް ގޮވާލައި، ޕާކިސްތާނުގެ ކަރާޗީގައި ކުރިއަށް ގެންދިޔަ ހިނގާލުން

09:34

ނިރުބަވެރި އިސްރާއީލުން ރޭ ވެސް ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓިއާއި ބެއިތް ލާހިޔާގެ އިތުރުން ނުސީރަތް ރެފިއުޖީ ކޭމްޕަށް ވަރުގަދަ ހަމަލާތަކެއް ދީފި

 

08:41

ނިރުބަވެރި އިސްރާއީލުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީއަށް ހަމަލާދީ ހަ މީހަކު ޝަހީދު ކޮށްލައިފި

 

08:38

ހަމާސް ޖަމާއަތުން ރަހީނުކޮށްފައިވާ އިސްރާއީލުގެ ބައެއް މީހުންގެ ހަށިގަނޑުތައް ފެނިފައިވާއިރު، އިސްރާއީލުން އަދިވެސް އަންނަނީ އެކަމާއި ރަނގަޅު ފިޔަވަޅެއް އެޅުމަށް ގޮވާލައި މުޒާހަރާ ކުރަމުން

08:34

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލް-އަޤްސާ ހޮސްޕިޓަލުގައި ހުރީ އެންމެ ދެ ދުވަހަށް ބޭނުން ކުރެވޭ ވަރުގެ ތެޔޮ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފި.

08:31

ދުނިޔޭގެ ކޯޓުން އިސްރާއީލުން ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓުމަށް އަމުރު ކުރި ނަމަވެސް އެކަން ހުއްޓިފައި ނުވާތީ، މިސްރުން ކަރީމް އަބޫ ސަލިމް މެދުވެރިކޮށް ޣައްޒާއަށް އެހީ ވެއްދުން އަދި މަޑު ކުރަން ޔޫއެންއާރްޑަބްލިއުއޭއިން އަންގައިފި.

08:28

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހު ސިޓީގައި އަސްކަރީ އޮޕަރޭޝަންތަކެއް ނުހިންގާ ކަމަށާއި ހަމަލާތަކެއް ވެސް ނުދޭ ކަމަށް ނިރުބަވެރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި.

 

08:10

ނިރުބަވެރި އިސްރާއީލުން ހުޅަނގުއައްސޭރީގެ ޖެނިންގައި ރަހީނު ކޮށްފައިވާ ދެކުދިން

 

08:07

އެމެރިކާގެ އެހީގައި ޣައްޒާގެ އައްސޭރިފަށުގައި ހެދި އެހީ ފޯރުކޮށްދޭ ސަރަހައްދު

08:06

ފަހުގެ މައުލޫމާތު:

  • އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާގައި 51 މީހަކު ޝަހީދުކޮށްލައިފި. އޭގެ ތެރޭގައި ނަޒްލާ ޕްރައިމަރީ ސްކޫލުގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ 10 މީހަކު ވެސް ހިމެނޭ. އަދި މީގެ ތެރެއިން ގިނައީ ކުޑަކުދިން.
  • ހަމާސް ޖަމާއަތުގެ ތަރުޖަމާނަކު ބުނެފައިވަނީ އިސްރާއީލް އަސްކަރިއްޔާގެ ބަޔަކު މަރާލައިފާ ކަމަށް. ނަމަވެސް އެއީ ކިތަށް ސިފައިން ކަމެއް ހާމަކޮށްފައެއް ނުވޭ. އިސްރާއީލުން ވަނީ މިކަން ދޮގު ކޮށްފަ.
  • ޣައްޒާގައި ތިބި އިސްރާއީލުގެ ރަހީނުން ސަލާމަތް ކުރުމަށް ނަތަންޔާހޫ އިތުރަށް މަސައްކަތް ކުރުމަށް ގޮވާލައި، ތެލް އަވިވްގައި ގިނަ ބަޔަކު މުޒާހަރާ ކޮށްފި.

 

އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، ނުވަތަ ދުނިޔޭގެ ކޯޓުން އިސްރާއީލާއި ދެކޮޅަށް މިމަހުގެ 24 ވަނަ ދުވަހު ވަނީ އަމުރެއް ނެރެފައެވެ. ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން، އެގައުމުގެ ރަފާހް ސިޓީއަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް އެދި، ދެކުނު އެފްރިކާއިން ހުށަހަޅި ކުއްލި މައްސަލައާއި ގުޅިގެން ދުނިޔޭގެ ކޯޓުން ވަނީ ވަގުތުން ވަގުތަށް ރަފާހަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އިސްރާއީލުގެ މައްޗަށް އަމުރު ކޮށްފައެވެ.

ބައެއް ގައުމުތަކުން މި އަމުރަށް މަރުހަބާ ކީ ނަމަވެސް، އިސްރާއީލަށް ވާގިވެރިވާ ގައުމުތަކުން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެކޯޓުން ހަމާސް ޖަމާއަތާއި އިސްރާއީލާއި އެއްހަމަ ކުރާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެފަދަ ގައުމުތަކުން ބުނާ ގޮތުގައި ހަމާސް ޖަމާއަތަކީ އިސްރާއީލަށްވުރެ ނުބައި ބައެކެވެ. އެހެން ކަމުން އެއީ ބަލައިގަނެވޭނެ އަމުރެއް ނޫން ކަމަށް ބައެއް ގައުމުތަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ ކޯޓުން މިފަދަ އަމުރެއް ނެރެފައިވީނަމަވެސް އިސްރާއީލުގެ މި ހަމަލާތައް ހުއްޓިދާނެ ކަމުގެ އަލި މަގެއް އަދި ނުފެނެއެވެ. އެ އަމުރު ނެރުނު ދުވަހު ވެސް އިސްރާއީލުގެ އިސް ބައެއް މީހުން ވަނީ އެކަން ނުހުއްޓޭނެ ކަމުގެ ނިޝާންތައް ދީފައެވެ. އެފަރާތްތަކުން ބުނެފައިވާ ގޮތުގައި، ހަމާސް ޖަމާއަތުން އެމީހުންގެ މީހުން ރަހީނު ކޮށްގެން އުޅޭހާ ހިނދަކު ހަނގުރާމަ ނުހުައްޓާނެއެވެ. އަދި އެކަން ކުރާނީ ރަފާހް ވެސް ހިމެނޭ ގޮތަށް ކަމަށް ވަނީ ބުނެފައެވެ.

ނިރުބަވެރިން ވަނީ އެގޮތަށް ބުނެ، ރޭ ވެސް ރަފާހު ހިމެނޭހެން ގިނަ ސަރަހައްދުތަކަށް ހަމަލާދީފައެވެ. މިހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހިނގަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.

ކިޔުންތެރިންގެ ހިޔާލު