ވޭޕް ކުރަމުން ދިޔަ ދިވެއްސެއްގެ ފުއްޕާމޭ ފަޅައިގެން ހިނގައްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއްގެ ފުއްޕާމޭ ފަޅައިގެން ދިޔަކަން އެނގުނީ އޭނާ ނިދާފައި ހޭލިއިރު ނޭވާލާން އުނދަގޫ ވެގެން ޑޮކްޓަރަށް ދެއްކުމުންނެވެ. މާލޭގައި ދިރިއުޅެމުން އަންނަ އޭނާ ޑޮކްޓަރަށް ދެއްކުމުން އެކްސްރޭ އެއް ނަގައިގެން ބެލިއިރު ފުއްޕާމޭ ވަނީ ފަޅައިގެން ގޮސްފައެވެ. އޭރު އޭނާގެ އޮކްސިޖަން ލެވަލް ވެސް ނުހިފައްޓައެވެ.

ފުއްޕާމޭ ފަޅައިގެން ދިޔަ މީހާގެ މައުލޫމާތު އެނގޭ މީހަކު "ވަގުތު" އަށް ކިޔައިދިން ގޮތުގައި އޭނާ ވޭޕް ކުރަމުން ދިޔައީ އާއިލާ މީހުންނަށް ސިއްރުންނެވެ. އޭނާ ވޭޕް ކުރާކަން އާއިލާ މީހުންނަށް އެނގުނީ ވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ފުއްޕާމޭ ފަޅައިގެން ދިޔަ މީހަކީ ބުރަ މަސައްކަތެއް ވެސް ކުރާ މީހަކަށް ނުވާތީ ޑޮކްޓަރުން ކަށަވަރު ކޮށްފައިވާ ގޮތުގައި އޭނާގެ ފުއްޕާމޭ ފަޅައިގެން ދިޔައީ ވޭޕް ކުރާތީއެވެ.

ފުއްޕާމޭ ފަޅައިގެން ދިޔަ މީހާއަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ. އޭނާ ގެއަށް ދޫކޮށްލި ނަމަވެސް ވަރަށް ގިނަކަން ކުރުން ޑޮކްޓަރުން ވަނީ މަނާ ކޮށްފައެވެ. އޭގެތެރޭގައި ލޯންޗް ދަތުރު ކުރުމާއި، ފްލައިޓް ދަތުރު ކުރުމާއި ފީނުމާއި މޫދަށް އެރުމާއި ދުވުން ފަދަ ކަންކަން ވަނީ މަނާ ކޮށްފައެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އަދިވެސް އޭނާގެ ފުއްޕާމޭ ފަޅައިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

ވޭޕް ކުރާ މީހުންގެ ފުއްޕާމޭ ފަޅައިގެން ދިއުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައި ވެއެވެ. ދުނިޔޭގެ ވަރަށް ގިނަ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން އަންނަނީ ވޭޕް ކުރުމަކީ ސިއްހަތައް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެއްކަން ހާމަކުރަމުންނެވެ. ނަމަވެސް ވޭޕް ކުރާ މީހުންގެ އަދަދު އިތުރުވަމުން އައުމަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

55 ކޮމެންޓް

  1. މަތިމަތިން

    މިރާއްޖޭގައި ކަންކަން މަނާ ކުރުމެއް ނޯންނާނެ. އެއީ ރާޒުވާގައި އޮންނަ ކުޅިއަކަށްވާތީ މަނާ ކޮޅުކޮޅަށް ދުވާނެ. އަޑުގަދަ ބަޔަކު އެދޭ ގޮތަކަށް އެ މަނާ އޮންނާނީ. ހުޅުމާލޭގެ މަގުމަތީގައި ވޭޕްކުރުމާއި ހޮޅުއަށި ހަދައިގެން ތިބުމާއި ރާޒުވާ ކުޅެން ތިބުމާއި ކައިބައި ހަދައި ދުންއެރުވުމާއި މަގުމަތިން ދާހައި ބަޔަކަށް އެކަމުގެ ދުއްޕާންކުރުމަކީ ދިވެހިވަންތަ އުފާވެރި ނަލަ ކަމަކަށްވެގެން އެކަމާ އަޅައިލައި ބަލައިލައި ހަދާނެ ބަޔަކު ނުތިބޭނެ. މުވައްސަސާއެއްވެސް ނުހުންނާނެ. ގަވާއިދު އޮތަސް ނެތަސް އެބަޔަކު އެދޭގޮތަށް އެކަން ކޮށްދޭނެ. މިދޭތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށް އަރާ ކޮޅުގައި 3 ހަފުތާ ވަންދެން ޕާކުކުރުން މަނާ ކޯނެއް ބަހައްޓައިގެންވެސް އުޅުނު. މިއަދު އަލިވިލުނުއިރު 3 ހަފުތާވެގެން އެތަކެތި ނަގައިފި. މަގުމަތީގައި އޭރުވެސް ކުރިންވެސް އަދި މިހާރުވެސް ޕާކުކުރާ ކުދިން އެކުއްޖަކު ހިތާވާ ތަނެއްގައި ޕާކުކުރާނެ. މަނާ އަކީ ކުޅިއަކަށްވާތީ، ކުޅިކުޅެވެނީ.

    91
    4
    • ޝުފާ

      މަނާ ކުރާނެ ކަމެއްނެތް.. ދުވަސް ކޮޅަކުން ހުރިހާ ޒުވާން އަންހެނުންނާއި ފިރިހެނުން ވޭޕް ބޮމުންގޮސް އޭގެ ކޮންމެމީހެއްގެ ފުއްޕާމޭ ޗަމްޕާޕޫލް މަލެއްހެން ފޮޅެންދެން ދޫކޮއްލާށެވެ.

      36
      1
  2. Anonymous

    ވިހައިގެން އުޅޭ ފިރިހެނެއްތަ؟
    (އޭނޭގެ ފުއްޕާމޭ ފަޅައިގެން ދިޔައީ ފުރަތަމަ ދަރިފުޅު ލިބުނުތާ ދެމަސް ތެރޭގައެވެ.) މިހެން ލިޔެފަވާތީ ހަމަ އަހާލީ.

    67
    89
    • Anonymous

      ހާދަ ގަޅިއޭ ކަލޭ

      63
      7
    • މޫސް777

      ހުރި ކަޅި ގަމާރު ކަމެއްގެ ބޮޑުކަމާއެވެ.

      27
      4
      • މުޙައްމަދު

        ވެލާކަހަންބު އެކަނި މަނާކުރަނީ..

        10
    • ޟޮމއޮ

      ހިތުން މޮޅުކޮމެންޓެއް ކޮއްލީދޮތަ

      36
      2
    • އަލަމް ލޯބި

      ތިޔަ ލިޔަނީ ކާނަލް ދޯ.

      16
      1
  3. ޟަޒްނާ

    އިބުރަތް ހާސިލް ކުރޭ! މީ ކޫލް ކަމެއް ނޫން. އަންހެން ކުދިންވެސް މި ސަކަރާތުގަ ޖެހި އަރަގު ވަނީ. ސަރުކާރުން އެބަ ޖެހޭ ދުންފަތް އެކީ މަނާ ކުރަން. މަގުމަތީގަ ވެސް ހުސް ވޭޕް ދުން. ކިހާ ބޮޑު ވެއްޖެ ކަމެއް.

    134
    12
    • ޢާލިމް

      ކިހިނެއް މަނާކުރަނީ؟ ކަސްޓަމްސް އަށް ލިބުނު އާމްދަނީގެ 33% އަކީ ދުންފަތުގެ ބާވަތުން ލިބުނު އާމްދަނީ.

      63
      2
      • ހަމަ ބުނެލީ

        ކޮންމެ ކަމެ ސަރުކާރުން ގަދަ ބާރުން ކަން ކަން މަނާ ކޮށްގެންތަ ހުއްޓަން ޖެހެނީ
        ޢަމިއްލަ ޒިންމާ ކިޔާ އެއްޗެއް ވެސް ނޯވޭތަ
        ތިމާ މީހާގެ ހަށިގަނޑަށް ގެއްލުން ލިބޭކަން އެނގި ހުރެ ބޮއެފަ ދެން ތިބޭ މީހުންނާއި މުއައްސަސާތަކުގެ ބޮލަށް ކަނޑާލާނެ ކަމެއް ނެތް
        ދީޒް ކޮމެންޓްސް އާރ ހަމަ ލޮލް🤣

        28
        6
    • ފިރާގު

      މަނާ ކޮށްފަ އޮންނަނީ ޑްރަގް ވެސް. ބޯ މީހުން ބޮނީ..މަނާ ނުކޮށްގެނަ ވާ ކަމެއް ކަމަށް ބަޔަކު ލިޔާތީ ފެނޭ. އަމިއްލަ ޒިންމާއެއް ނޯވޭ ވިއްޔަ

      37
      2
  4. ދޮހޮއްތު

    މަހީ ހީ ހަލާކު ..

    26
    26
  5. ސަމީރު ބެ

    ސިނގިރޭޓް ހުއްޓުވަން ވަކި މިނިސްޓްރީ އެއް ހަދަން ފެންނަނީ

  6. އާމިރު މޫސާ

    މަނަލޭ މަނަލޭ ކިޔާލަ ކިޔާލަ ތިބެން ޖެހޭނީ، ބަލާނެ ބަޔަކު ނޫޅޭ، ވެރިން ވެރިކަން ނުކުރެވިގެން އުޅެނީ، ރައްޔިތުން އުޅޭހާލެއް ބަލާލަނީވެސް ރައްޔިތުން އަތުގަ ވޯޓުގެ ބާރު އޮންނާތީ.. ކޮންމެ ދެމަފިރިއަކަށް ޤާނޫނެއް، ގަވާޢިދެއް އޮންނާނެ، ވާކަމެެއް ޙަރާމުން ހަރާމް.. ޢިލްމުވެރިންގެ މައްޗަށް ލަދދެއް ޙަޔާތެއް ނެތް ވެރިންނަށް ސަނާކިޔާ އަޑުގަދަކުރާ ބަޔަކު އިސްކޮށްގެން އުޅޭ ނިޒާމެއްގައި ނުވާނެ ރަނގަޅެއް..

    51
    4
  7. ކަމަނަ

    މިފަދަ ބޮޑެތި ގެއްލުން ލިބޭ ކަންކަން ކުރުމުގެ ހުއްދަ މިދެވެނީ ކީވެބާ މުޖުތަމައެށް ހަލާކުވަމުން އެބަދާކަމައް ސިއްހީ މާހިރުން ވިދާޅުވަމުންދާއިރު އަދި އޭގެ ތެރޭ އެނާޖީ ޑްރިންކްސް ތަކާ ވޭޕް ވެސް ހިމެނެމުން ދާތީ އެކަމާ ޑޮކްޓަރ ކަންބޮޑުވެ މަޝްވަރާ ދެވާއިރު

    30
    1
    • މަނާ

      މަނާކުރި ވެރިމީހާ ނެރުނީ ގުޅަކުޅޭ ފަސްގަނޑަށް. ދިނީ ހަވަރަށް. ކުރީ އަނިޔާ. އަވަހާރަވީ ލިބުނު އަނިޔާއަށް ފަރުވާ ކުރުމުގެ ހުއްދަ ވެސް ނުލިބި ފަޅުރަށެއްގައި އޮންނަވާ. އެހިސާބުން، މަކުނު ބައްޔާއި ދުންފަތުގެ ބާރު ވެރިންނަށް އެނގިވަޑައިގެންފި އެދުވަހަށްފަހު މި އެކަންތަކުގެ މަނާ ރާޒުވާކުޅިބައިގައި ފޮނުވައިފި.

      14
      1
  8. ޑެނީ

    ބިޒްނަސް ސުޓަންޓެއް ނޫން އަހަންނަކީ ކުޅިވަރު ކުޅޭ ސިގިރެޓް ބުއި މީހަކު ސިގިރެޓް ބުއިން ހުއްޓާލުމަށް ވޭޕް ކުރަން ފެށީ އެކަމް ވޭޕު ކުރަން ފެށުމުން މާ އަވަހަށް ވަރުބަލިވާ ކަން ފާހަގަ ވި ބުނަން މިއުޅެނީ ވޭޕް ކޮށްގެން ނޭވާ ކުރުވެ ބުންވަރު ދާކަމަށް ފާހަގަ ވިއޭ

    42
    3
  9. މަރީ

    ކަމެއްވީމަ މައިތިރިވާނީ.....

    14
  10. ސޯލިހު

    މިއީ ރޫޓް ރާއްޕެ އަދި އޯސީސީގެ ވެރިޔާ މަޖިލިސްމެން ބަރު.... އެމްޑީޕީ ސަރުކާރަތް 2023 ގައި ހޮވަން ހަރަދު ކުރާނެ ރުފިޔާ ހޯދަންވެގެން ސަރުކާރުން ކުޅޭ ބޮޑު ޑުރާމާއެތް... ސިގިރޭޓު ވިކޭލެތް ބޮޑުތަނުން މަދުވީމަ... ރޫޓް އޯސީސީ އައް ހަޖަމުނުވެގެން އުޅޭތަން މިފެއްނަނީ.... ދުންފަތާ ވޭޕް އެތެރެކުރުން މަނާ ކޮބަލަ ކީވެގެން އެކަން ކުރަން ތިބިރުގަންނަނީ ސަރުކާރުން ރުވިޔާވެސް ބޭނުންވޭ ސިގިފރޭޓުންނާ ވޭޕްއިން ކިހާރުފިޔާ އެއް ދައުލަތައް ތިނަގަނީ %200 ކީވެގެން މިވާހަކަ ނުދައްކަނީ

    22
    7
  11. ދެ އުޅި ސަރުކާރު

    ދެ އޮޅިއެއް ނުވާ ސަރުކާރު..ރައްޔިތުންނަށް ހެޔޮއެދޭ ނަމަ ސިގިރެޓް ވޭޕް އެތެރެކުރުން މަނާކުރާނީ..ބޮޑުއަގުގަ ޑިއުޓީ ނަގާނީ ނޫން.ކަސްޓަމްސް ރެކޯޑްތައްބަލާބަލަ ކަސްޓަމްސް އޮފިސަރުންނަށް ބައިއަޅައިގެން ޑިއުޓީއަށް ލައްކައިން ދައްކަންޖެހޭ ފައިސާ އޮފިސަރު ނަގާފައި ބޮންޑުކޮށް ނުލާ ދޫކޮށްލަނީ ކިތައްފަހަރުތޯ؟ ވަގުން ނާއި ގަމާރުންނަށް ގައުމެއް ލީޑްކުރަން ހަވާޅުކުރީމާ އަތަށްގޮވާނެ.ފުއްޕާމޭ ގޮވާނެ.ކިޑްނީވެސް ގޮވާނެ.ރޮދި ވަގު ސަރުކާރު ބޭނުންވަނީ ރައްޔިތުންގެ ސިއްހަތަށްވުރެ ފައިސާ ފައިސާ ،ގައުމުދަރުވާފައ ަރއްޔިތުން ފަނާކޮށްލާފަ ވެސް 2023 އެބަކިޔަޢޭ، ލަދުހަޔާތް ކޮބާތަ އިބުރޭ

    14
    1
    • ސުހޭލް

      ސަރުކާރަކަށް ކޮންމެ މީހަކު ފަހަތުން ތި ނުބޯށޭ ކިޔަމުން ނުދުވެވޭނެ. ބޯމީހަކު ބޮމުންގޮސް ފުއްޕާމޭ ފަޅައިގެން ދިޔާމަ ދެން ގެންގޮސް ސަހަރާގަ ވަޅުލާނީ. އެމީހަކު ބޭނުންގޮތަކަށް މިނިވަންކަންމަތީ އުޅުމަށް މި ސަރުކާރުން ތާއީދު ކުރަނީ. ވީމާ މަސާޖު ކުރާމީހުން މަސާޖުކުރަންވީ އަދި ކުރަމުންގޮސް އޭޑުސް ބައްޔާއި އެނޫންވެސް މިބާވަތުގެ ބަލިތައް ޖެހިގަންނަންވީ އަދި ރާ ބޯމީހުން އެވެސް ބޯމުންގޮސް އެމީހަކުގެ ލިވާރ ފޭލިވަންދެން ބުއިމުގެ ދޮރުއެއޮތީ ހުޅުވާދީފަ. އަދި އަލަންގިރި ކުޅެމުންގޮސް ދެވިހިފައި ކަކުލު ހުޅުން ވާގިދަންދެކަށްވެސް އެކަންކުރުމުގެ ދޮރު އޮތީ މިތާގަ ހުޅުވިފަ. ވީމާ މިއީ އެބުނާ ހުރިހާ ހައްގެއް ލިއްބައިދިނުމަކީ.

    • ޞޔމ

      30 އަހަރުން 40 ައހަރަށް އައިއިރު ކީއްވެބާ މިކަން ކަން ނުހުއްޓުވުނީ. ޙުރިހާ ކމެއްގެ އަޑިގައި ވިޔަފާރަ ވެެރިން. ޢެމީހުން ބޭނުން ނޫން އެއްވެސް ކަމެއް މިތާކު ނިހިނގާނެ. ޤައުމު ދަވާ މި ހުސްކުރަނީ އެބައިމީހުން. ޢެކިނަންނަމުގަ އެކިއެކިކަންކަމުގަ ކުންފުނި ހަދައިގެނ

  12. މމޝ

    އެހެން ވެސް ވާނެ. އިޓްސް އޯކޭ.

    2
    1
  13. ޗެ ގުވޭރާ

    ކިހިނެތް އިގެނީ ވޭޕް ކޮއްގެން ކަމެއް. ހަމަ ވެދާނެ އެއްނު ކޮވިޑް ވެކްސިނުން ވީ ކަމެއް ކަމަށްވެސް

    10
    6
    • ޓަކި މޫނާ

      ހަބަރު ލިޔުން ކުއްޖާ އަށް ސުރުހީ ލިޔަން ދަސްކޮއްދޭ ކޯހެއް ހަދަން ފެނޭ.

      8
      4
  14. ޙުސެމްބެ

    މަނާކުރަންހުރި މުއައްސަސާތަކުގެ ފިހާރަތަކުންވެސް މިތަކެތި ވިއްކަން އެބަހުރި ދޮގެކޭނުބުނެވޭނެ ދެނޯ

    8
    2
  15. ގާނޫނު އަސާސީ

    މަތިފަޑި އާއި ޖެހެންދެން ގާނޫ ހަދާފަ އެއަށް އަމަލު ނުކުރާ ގައުމެއް މި އުޑު ދަށުގަ ނޯންނާނެ މި ނޫނިއްޔާ.

    15
    1
  16. އަހުމަދު

    ޓްރެފިކް ގެ މައްސަލަތަކުގައި އެކަނި ފުލުހުންވެސް މީހުން ޖޫރިމަނާކުރަނީ.. ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ޖޫރިމަނާކުރުމެއްނޯވެ. އެކަމު 2 ޤާނޫނުވެސް އިނީ އެއް ފޮތެއްގައި....

    14
    1
  17. ޏނނ

    އިއްތިފާޤެއްތަ

  18. ވިކިލީކްސް

    ޓެސްޓެއް ހެދުމެއްނެތި ވޭޕްކުރުމުގެ ސަބަބުންނޭ ޑޮކްޓަރުން ބުނުމަކީ ޒިންމާދާރު ކަމެއް ނޫން. ފުއްޕާމޭ ފަޅައިގެންގޮސްދާނެ ވޭޕް ނުކުރިޔަސް!
    ވޭޕާ ދުންފަތުން މީހުން މަރުވިޔަސް ސަރުކާރުން އެތަކެތި އެތެރެކުރުން މަނާ ނުކުރާނެ! އެމީހުން ބޭނުންވަނީ އާންމުން މަރާލާފަވެސް އެމީހުންގެ ޖީބުގަ ހުރި ފައިސާ!

    13
    1
    • ޙަމަ ބުނެލީ

      ޢަޅެފަހެ މީހަކު މޮޔަ ނުވާނެތަ އޭގަ އެއޮތީ ލަފާ ކުރެވޭވާހަކަ

  19. ކަމަނަ

    ޥޭޕްކުރަނިކޮށް ކަމަށް ބުނެފަ އަނެއްކާ
    މިބުނަނީ ނިދާފަ ހޭލެނުއިރު ނޭވާ ލާން އުނދަގޫ ވެގެން ކަމަށް. ހެން ވީމަ ވޭޕްކުރަނިކޮށް ނޫންތާ ވޭޕްކުރާ މީހެއްގެ ދޮއްތަ

    7
    3
  20. ޞިއްދީޤް

    ޞުރުޚީ ނުބައި. ތެދުވެރިވުމަށް ވަޞިއްޔަތް ކުރަން.

    11
  21. ސަމީން

    ހެހެ ވެހިކަލް އެކްސިޑެންޓްވެ ކިތައް މީހުނައް އަނިޔާވެ އަދި ކިއެއްތަ ދުނިޔެ ދޫކުރޭތޯ

    4
    1
  22. ވަޙީދުބެ

    މިޤައުމުގައި މަނާކޮށް ޖޫރިމަނާ ކުރާނީ ސައިކަލު ޕާކުކުރުންކަހަލަ ކަންކަމުގައި. ކޮންމެފަދަ ގެއްލުމެއް ލިބޭކަމެއްވިޔަސް އެކަމެއް ހުއްޓުވަން އެއްވެސްކަމެއް ނުކުރާނެ. ތިކިޔާ ވޭޕަކީ ރާއްޖޭގައި ހަދާއެއްޗެއްތަ؟ ދުންފަތާއި ސިނގިރޭޓަކީ ބޮޑުޓައީ ކަރުގައިބެއްދި ބަޔަކަށް ފައިދާލިބޭގޮތަށް އެތެރެކޮށްގެން ވިއްކާ އެއްޗެތިވީމަ އެ އޯކޭވާނެ. އަދި ރަށްރަށުގައި ޢާންމުކޮށް ބަނގުރާ ވިއްކުމުގެ ހުއްދަވެސް ދޭނެ.

    ،

    4
    1
  23. ޖޯކް

    އާއިލާ މީހުނަށް ވަގަށް 38 އަހަރުގަ؟ މީވެސް މައްސަލައެއް. ރާއްޖޭގަ ވަރަށް އާންމުވެސް ކަމެއް މީ ފެމެލީއަށް ވަގަށް އެކިކަންކަން ކުރަން ޖެހުމަކީ. ވިސްނާލާ ހަދާނެހާ ދޮގު މިކަހަލަ ކުޑަ ކަމެއް ސިއްރުކޮށްގެން އުޅެން ޖެހެންޏާ. 38 އެއީ ހާދަ ބޮޑު އުމުރެކޭ ކަންކަން ފޮރުވައިގެން އުޅެން. ދިވެހި މުޖްތަމައުގަ މިކަހަލަ ކަންކަމަށް ހޭލުންތެރިކުރުވުމެއް ނޯންނާނެ. އިންޓްރޫސިވް މައިންބަފައިންނާ ހެދިޔޭ މަބުނާނީ މިކަންކަން ކުޑަ އިރުފެށެނީ.

    4
    1
  24. ބަބޫ

    ވަރަށް ފުރިހަމަ ޚަބަރެއް. ވޭޕް އަކީ ވަރަށް ޕެރެޝަރުގަ (2000 ޕީއެސްއައިގަ) އެޔަށް އަޅައިފަ ހުންނަ ގޭހެއް ފުއްޕާމޭ ތެރެޔަށް ފޮނުވާލައިގެން ކުރާކަމެއް. ޑައިވިންގ ގަ ބޭނުން ކުރާ ފުޅިޔަށްވެސް ވައި އަޅައިފައި ހުންނަނީ 200 ޕީއެސް އައި ގައި. އެހެންވީމަ ފުއްޕާމޭ ކީއްކުރަން މީހާވެސް ފަޅައިގެން ހިނގައިދާނެ. ކަމެއް ކުރާއިރު ޚަބަރެއް ލިޔާއިރު ބޭސިކް ނޮލެޖް ހުރުން އެއީ ވަރަށް މުހިންމު ކަމެއް. އިންސާނާގެ ހަމަ ބުއްދި ގަބޫލުކުރާކަހަލަ ވާހަކައެއްތޯ ބަލާލުން އެއީ ވަރަށް މުހިންމު ކަމެއް. ޖޯކަކަށް ވާ އެއްޗެހި ލިޔެގެން މީހުން ފޭސްބުކުގައިޔާ ތަންތަނުގަ ގިނަ އަދަދަކަށް އެ ޚަބަރު މަޖަލަކަށް ޝެއާ ކުރުމުން ސޯޝަލްމީޑިޔާގައި އެއްވަނަ ނޫހަކަށް ވާން ކުރާ ކަމެއް މީ.

    8
    1
  25. ރަހްމަ

    ވޭޕްކުރަން ބޭނުންކުރާ އާލާތްތައް. ރާއްޖެ އެތެރެކުރުން މަނާކުރާ ޤާނޫނެއް ތަންފީޒްކުރަންޖެހެ ޤައުމެއްގެ ސަރުކާރުހިންގަންވާނީކީ ހަމައެކަނި ވިޔަފާރިވެރިންނަށް ފުރުސަތުދީގެނެއްނޫން. އާމްރްޔިތުންގެ ހާލަތަށްފުރުސަރުދޭންޖެހޭނެ

    1
    1
  26. ތުރިޕުލްއެލް

    ފެންކުންފުނި ޗެއާރމަން މައުސޫމް ކިހާވަރެއް ދެއްވާގެންތޯ މިހާދޮގުހަބަރެއް މިދެދުވަހު ތިލިޔަނީ މީސީދާ ސަރުކާރު އަޑީ ގަހުރެ ޗެއާރމަން ކަމުންވެސް ނުފުދޭތީ މައުސޫމުގެ ސިގެރެޓް ވިޔަފާރި ކުރިއަރުވަން މީޑިއާ މެދުވެރިކޮއް ހިންގާ ޖަރީމާ

  27. ނަފްސު

    މަގު ހިނގެން ނެތް. ދުންބޯ މީހުންގެ ދުންތަކުގެ ތުރާ އެ ނުބޯ މީހުންނާ ކުޑަކުޑަ ކުދިންނަށް ވެސް! ދުންބޯ ތަން ފެނިގެން ނޭވާ ނުލާ ހުއްޓަސް އެ އެއްޗެއް ހަމަ އަރުތެރެޔަށް ވަދޭ! މި މަލޭގެ މަގުމަތީގައި ތިޔަ ކަމުން ސަލާމަތެއް ނެތް!

    3
    2
  28. ޒަންމީ

    އެހެންވިއްޔާ ސަރުކާރުން ދުރާލާ ބަޖެޓުކުރަންވީ އެއްފަހަރަކާ ވޭޕްކުރާ ގިނަ އަދަދެއްގެ ޒުވާނުންގެ ފުއްޕާމޭ ފަޅައިގެން ގޮސް ފުއްޕާމޭ ބަދަލުކޮއްދޭން އާސަންދައިގެ ދަށުން. އެގޮތުން ފުއްޕާމޭފަޅައިގެން ދިޔާމަ ދެން ރާއްޖެ ކަނޑުތަކުގަ އުޅޭ ގިއުޅު އަދި ހިބަރު ފަދަ މަސްތަކުގެ މޭ ނަގާފަ ފަޅައިގެން ދާ ފުއްޕާމޭ ބަދަލުކޮއްލީމަ ގައުމުގެ އިގްތިސޯދު ޖީއެސްޓީ ބޮޑުކޮއްގެން ކުރިއަރާނެކަމަށް ބުނާ އަދަދަށްވުރެވެސް އަދި މާ މަތިން ކުރިއަރާނެނޫންތޯ.؟

  29. ސަލް

    ކުދިންނޭ.. ސަހަރާއަށް ގެންގޮސް ކަފުން ކޮއްފައި ވަޅުނުލަނީސް ވޭޕްކުރުން ނުހުއްޓާތި.. ލޭހޮޅިތަކުގަ ދަމިލަ ޖަހައި ބެދިގެންގިސް ލޮލުގެ ދެ އޮށް ބޭރަށް ނިކުތަސް ސިނގިރޭޓާއި ވޭޕާއި އަދި އެނޫންވެސް ތަކެތި ހަމަ ހޭކެނޑުނަސް ނުއްޓާތި. ވަގައްވެސް ބޯންވީ.. ފާޅުގަވެސް ބޯންވީ.. ދުނިޔެއަށް ފޮނުވާފަތިބީ ބޮލުރޮދިކޮށެންދެން ދުމާއި އަދި އެނޫންވެސް ގޭސްތައް ބޯން.. އެހެންނުން. ހެއްދެވި ފަރާތެއްވާކަންވެސް އިނގެނީކީ ނޫންވިއްޔާ.

    4
    1
  30. ވޭޕްބޭ

    އެވަރުންވެސް ވޭޕް ކުރުން މަނާ ނުކުރި ދޯ؟

  31. އަކްމެޑް

    ވޭޕްކޮށްގެނޭ ބުނާއިރު އާއިލާއަށް ވަގަށް ވޭޕްކުރާ މީހަކަށް ހާދަ ވޭޕެއް ވެފަ ހުންނާނެއޭ ދޯ. އަނެއްކާ ނިދާ ހޭލިއިރު. ނޭވާލާތީ ވީގޮތަކަށްވުން މާ ގާތް. ދެން ވޭޕާ ޖައްސާލިޔަސް ބޮޑުވަރު. އިންތިޚާބަށް ފައިސާދޭ ސިގިރޭޓް ވިއްކާ ސްޕޮންސަރުންނަށް ލާރިނުލިބެނީ ބަދަލުވަމުންދާ ދުނިޔެއަށް ނުހޭނި ހަމަ ދުންދުބުޅި ސިގިރޭޓް ވިކޭނެކަމަށް ބަލައިގެން ތިބީމަ.

    1
    2
  32. ކޮރަލް

    ސަރުކާރާ މުއައްސަސާ ތަކަށް ބޮޑު ކަމަކަށް ވެގެން ނޫޅެ އެވެ.

  33. ލޯބިވާތީ

    ލޮލް ރޭޝިއޯ

  34. ޑަކްޓަރ

    މަ ހަނދާން ނެތުނީ ވޭޕް މަނާ ކުރަން އެސޮރަށް

  35. ވޭޕް

    ވޭޕް ބުއިން އެސޮރަށް މަނަލެއް ނުކުރެ ދޯ؟

  36. ފީއަލީ

    މިގައުމުގެ ކަންވޮށިގެންވާ މީހުންނަށް އޯކޭ ވާނެ ލާރި ލިބެންޏާ މީހެއްގެ ފުރާނަ ދިޔަޔަސް އެކަމު ގޮވާނަގާނެ ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލޭ މުންޖޭ، އެ ޒުވާނުންގެ ސިއްހަތާއި މެދު އެކަކުވެސް ވިސްނާފައިވޭތޯ؟؟؟ ކިންމަތީ ފިހާރައިންވެސް ލިބެންހުރީ ތިޔަބުނާ އެތި އަތްފޯރާ ފަށައް ތިރީގައި ދެވިނުހިފަނީސް ހައްލު ހޯދެންވާނެދޯ ނޮޓް ނައު😡

  37. ޖާނޫ

    ފުއްޕާމޭ ފަޅައިގެން ދިޔައިމްވެސް ފަރުވާދިނުމަށްފަހު އެއދުވަސް ފަހުން ދޫކޮށްލީމަ ފަރުވާދިން ޑޮކްޓަތުން ހާދަ މޮޅޭ، އަދި ފުއްޕާމޭ ފަޅައިގެންގޮސް ފުރާނައަށް ނުރައްކާ ނުވީމަ އަޖައިބު އަންތަރީސް، ވިޔަފާރިއަށްޓަކައި ދޮގު ހަބަރު ހުއްޓާލަބަލަ، ސިގިރޭޓް ވިއްކާ ބައިގަނޑަށް ލިބޭ އާމްދަނީ މަދުވީމަ ތިޔަކަހަލަ ހަބަރު ގިނަވާނެ، ނުވަދިހައިގެ އަހަރު ތަކުގަ ވަރަށް ބޮޑަށް ދެއްކި މަމީ ނޫޑުލްސް އިން ހަށިގަނޑަށް ގެއްލުން ވާކަމަށް

  38. އެޖެންޑާ2021

    އެކިޔާ ވޭޕް ރާއްޖެއަށް އެތެރެނުވާގޮތް ހެދުން ނޫން ދާއިމީ ޙައްލެއް އޮތްކަމަކަށް ޤަބޫލެއްނުކުރަން.

  39. ވޭޕުމީހާ

    ވޭފު ކުރުން ގިނަވެގެންއުޅޭ މައިގަނޑު ސަބަބަކީ ސިނގިރެޓު އަގުބޮޑުވުން. ސިނގިރެޓުގެ އަގު އަތްފޯރާފަށުގައި ހުންނަނަމަ ވޭޕު ބޯމިހުންގެ އަދަދު ބޮޑުތަނުން މަދުވާނެ .
    ވިސްނާލަންޖެހޭ ޕޮއިންޓަކީ ސިނގިރެޓު އަގު ބޮޑުކޮށްގެން ދައުލަތަށް އާއްމުދަނީ އިތުރުވުން ފިޔަވާ ވީއިތުރުފައިފާއެއް އޮތްތޯ ؟ ހަގީގަތަކީ އަގުބޮޑުވިޔަސް ގިނަމީހުން ސިގިރެޓް ބޯކަން.. އަދި އެއަގުގަ ނުބޮވޭމީހުން ބޮނީ ބޭޕުކަން .. އަދި ވޭޕު ބުއިމަކީ ސިގިރެޓަށް ވުރެ ވަކީން ސިއްހަތަށް މާބޮޑަށްބެސް ގެއްލުން ހުރި ކަމެއްކަން..

  40. އަހުމަދު

    ވަގުތުނޫހުން ފުލޯކުވާހަކަ ލިޔާތީކަންބޮޑުވޭ. ފުއްޕާމޭ ފަޅައިގެންދިޔަ މީހެއްނުބުނާހާހިނދު ތީކީ ގަބޫލުކުރެވޭނެ ވާހަކައެއްނޫން

  41. އަހުމަދު

    ސިގިރެޓް މާކެޓްކުރަނީ