ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ މުނާފިގެއްގެ ގޮތުގައި އެމްޑީޕީގެ މެންބަރުން ސިފަކޮށްފިއެވެ.

ނަޝީދު އެންމެފަހުން އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ޕާޓީ މެންބަރުންނާއިއެކު ބޭއްވެވި ބައްދަލުވުމެއްގައި ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ނަޝީދު ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނަޝީދަށް ތާއިދުކުރާ މަޖިލިސް މެންބަރުން ގެންދަވަނީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ބިލާއި ދެކޮޅު ހައްދަވަމުންނެވެ.

ނަޝީދަށް ތާއިދު ކުރައްވާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މުނާފިގުންގެ ސިފަތައް ބަޔާންކޮށް ކޮށްފައިވާ ޓްވީޓެއް، ނަޝީދުގެ ވާހަކަފުޅާއި ގުޅުވައި މީސް މީޑިއާގައި އެމްޑީޕީގެ މެންބަރުން އަންނަނީ ދައުރު ކުރަމުންނެވެ.

ވައްޑެގެ ޓްވީޓްގައި ވިދާޅުވީ މުނާފިގުންގެ ސިފަތައް ތިނެއް ކަމަށެވެ. އެއީ ވާހަކައެއް ދައްކަންޏާއި ދޮގު ހެދުމާއި ވައުދެއް ވެއްޖެއްޔާއި އެއާއި ހިލާފުވުމާއި އަދި އަމާނާތެއް ހަވާލުކުރެވިއްޖެއްޔާ އެއަށް ހިޔާނާތްތެރިވުން ކަމަށް ވައްޑެގެ ޓްވީޓްގައި ވެއެވެ.

ނަޝީދަކީ މުނާފިގެއްގެ ގޮތުގައި ސިފަކޮށް ޓްވީޓް ކޮށްފައި ވަނީ އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ނައިބު ރައީސް މުހައްމަދު ޝާފިއު އެވެ. އެ ޓްވީޓް ރައްޔިތުން މަޖިލީހުގެ މެންބަރު ރޮޒައިނާ އާދަމް ވެސް ރީޓްވީޓް ކުރައްވާފައެވެ.

ރޮޒައިނާ ވަނީ މިދިޔަ ހަފްތާގައި ވެސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ. ރޮޒައިނާ މިދިޔަ ހަފްތާގައި ވިދާޅުވީ ނަޝީދަކީ، މުޅި މަޖިލިހުގެ ތާރީހުގައި ވެސް ރިޔާސަތުގައި އިންނެވި އެންމެ ހުދުމުހުތާރު ރައީސް ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު މި ވަގުތު ފެނިގެން މި ދަނީ މި މަޖިލީހުގެ ތާރީހުގައި އެންމެ ހުދުމުހުތާރުކޮށް މަޖިލިސް ހިންގަވާ ރައީސް. ވަރަށް ހިތާމަ ކުރަން މި ވާހަކަ ދައްކަން ޖެހޭތީ،" ރޮޒައިނާ ވިދާޅުވި އެވެ.

ފަހަކަށް އައިސް ނަޝީދަށް ފާޅުގައި ފާޑުވިދާޅުވާ އެމްޑީޕީ މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިއީ ކުރިން އެމްޑީޕީގެ ތެރެއިން ފެނުނު މަންޒަރެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރޮޒް މެޑަމް

    ރޮޒައިނާގެ އަސްލަކީ ޑީއާރުޕީ އޭނާގެ ސިޔާސަ ކެރިއަރ ފެށުނީ ހަގީގަތުގައިވެސް މައުމޫނު އަރިހުން ، ރީދުލަށް ކޮން ލޯތްބެއްތޯ އޭނާގެ ހިތުގައި ހުންނާނީ މީނާ ދެން މާ އެމްޑީޕީ ވެގެން މިދައްކާ ޗަރުކޭހެއް ބަލައެއް ނުގަނެވޭނެ ، އޭނާޔަކީ މާ ސިޔާސީ ކަނބަލެއްކަމަށް ހިތުން ހެދިގެން އުޅޭ ސިޔާސަ މޮކޮހެއް ، އެއޮންނަ ޚަފުރަތުގެ އަޑެއް ! ސުއްބޫހުން ގުއްދޫސް ، މަވާ ސަލާން ...

    11
    1
  2. ތިރިބެ

    ޖީއެސްޓީ ބޮޑުރާއް ތާއީދު ކުރާނީ ރައްޔިތުންނައް ފައިދާވާނަމަ .ހކުރިން ބައްޗު ހޮތަލުން ތިންރޮއްޓާ ދޮއްރިހަ ކޭ މިނިސްޓަރުންނާ ކުންފުނިތަކުގެ ވެރިންނާ ބައެއެް މަޖިލީސް މެއްބަރުން ޖީބުފުރާކައްނޫ.

  3. ޙާލަތު

    ރޮޒައިނާ ބޭނުންވާގޮތަށް އެމް.ޑީ.ޕީ ހަލާކުކޮށްލާއެބަ.

    6
    2
  4. އަހުމަދު

    އެމްޑީޕީ ގެ އަސްލަކީ ވެސް މުނާފިގު ކަން.

    14
    2
  5. ޚަލީލު

    އަދި ކިރިޔާދޯ ކަލޭމެންނަށް އެނގުނީ އޭނާއަކީ އެކަހަލަ މީހެއްކަން؟ އޭނާއަކީ ޑިމޮކްރެސީގެ ޗެމްޕިއަނެއް ކަމަށް ކަލޭމެން ކުރިން ބުނިނަމަވެސް، އޭނާއަކީ އޭނާގެ އަމިއްލަ ފައިދާއަށް ނޫން ގޮތަކަށް އެއްއިރަކުވެސް މަސައްކަތް ކުރި މީހެއް ނޫން. ޭ

    12
    1
  6. ޚަލީލު

    ޓްވީޓް ކުރީ މުހައްމަދު ޝާފިއު ކަމަށް ޚަބަރުގައި ލިޔެފައި އޮތްއިރު، ޓްވީޓްގައި އޮތީ ހުސައިން ޝާފިއު. މިވަރުގެ ގަމާރުން ނޫސްވެރިންނޭ ކިޔައިގެން މި އުޅެނީ.

    2
    1
  7. ޙަނދުކޭތަ

    ނަސިދު ކައިރިން ދަރިވަރުވެ ތިބި މޮޔާން ތިޕާރޓީގަ މުޅިންވެސް ތިބީ

  8. Anonymous

    ފޮޓޯގައި އެވަނީ 2 މުރުތައްދުން

  9. އަޅޭޭ

    އަދިކިރިޔާ ތައް އިގުނީ

    10
  10. ހަސަން

    ކުރިން ވެސް ތިކަން ޣިނގޭނު

  11. Anonymous

    މޑޕ ގަ ނުހުންނާނެ ސަހަލަ އެކަކުވެސް.

  12. ޑައެލޯގް

    ނަޝީދުއަކީ މުނާފިގެއްކަން އަހަރުމެނަށް މާކުރިންވެސްއެގެއެވެ. އެމްޑީޕީކުދިންނަށް އެގުނީ އަދިކިރިޔާއެވެ. އިބޫއަކީވެސް މުނާފިގެކެވެ. ވަގުތުފާއިތުނުވަނީސް މިކަންގަބޫލުކުރާށެވެ.