"ލިބޭ" އިން ރާއްޖެ އެތެރެކޮށް ވިއްކާ ލޭންސްލޭ ސްލިމިންގ ކޮފީގެ އާ ސްޓޮކެއް ގެނެސްފިއެވެ.

ކޮފީއަކީ ދިވެހިންގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ ދިވެހިންގެ މެދުގައި އަބަދުވެސް މަގުބޫލު އެއްޗެކެވެ. ކޮފީއަކީ އޭގައި އެންޑިއޮކްސިޑެންޓްސް ގިނަ އަދަދަކަށް ހުންނަ ބުއިމެއްކަމުން ބައެއް ބަލިތަކުން ސަލާމަތްވުމަށް ވެސް މިއީ އެހީއެކެވެ. އަދި މިއީ ދުޅަހެޔޮކަމާއި ގުޅޭ އެތައް ކަމެއްގެ ފެށުން ކަމަށް ވާއިރު، ދުވަހެއް ފެށޭއިރު މީހާގެ ތާޒާކަން އިތުރުކޮށްދޭ ވެސް ބުއިމެކެވެ.

އިސްވެ ފާހަގަކުރެވުނު ކަންކަމުގެ އިތުރުން ހަންގަނޑު ރީތިކޮށް ޒުވާންކަން އިތުރު ކުރުމަށް ވެސް ޚާއްސަ ކޮފީ ތައްޔާރުކޮށްފައި ހުރެއެވެ. މާބޮޑަށް ފަލަވެ ބަނޑެއް ލާފައި ހުރުމަކީ އެކަމުގެ ސަބަބުން މީހާގެ ފަރިކަމާއި ރީތިކަން ގެއްލިދާ ކަމެއް ކަމަށް ގިނަ ބަޔަކަށް ގަބޫލު ކުރާއިރު، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައި ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން ރާއްޖެއަށް ތަޢާރަފްކޮށް ވިއްކަމުންދާ "ލޭންސްލޭ ކޮފީ" އަކީ މިކަންކަމަށް ޚާއްސަ ކޮފީއެކެވ

ދިވެހިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ލޭންސްލޭ ކޮފީ އަކީ ހަށިގަނޑު ރީތިކޮށްދިނުމުގެ އިތުރުން، އެހެން ކޮފީތަކާ ޚިލާފަށް ހަށިގަނޑަށް ފައިދާ ކުރަނިވި އެތައް ބައިތަކެއް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރު ހުރި މީރު ކޮފީއެކެވެ. ހަކުރުގެ އެއްވެސް މިންވަރެއް އެކުލެވިގެން ނުވާ މި ކޮފީއަކީ މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައި މުޙިންމު ދައުރެއް އަދާކުރާ ކޮފީއެކެވެ.

ލިބޭއިން ވަނީ 9759452 އަށް ގުޅައިގެން މި ކޮފީއަށް އޯޑަރު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައެވެ. ލިބޭގެ ޕޭޖްގެ އިތުރުން އައްޑޫގައި ހުންނަ ލިބޭ ސުޕަމާޓުން ވެސް ކޮފީ ބޭނުންވާ ފަރާތްތަކަށް އެލިބިގެންދާނެއެވެ.