އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ލިބޭ ސްޕަމާޓުން ފިޔާ، ބިސް، އަލުވި، ކަރާ، ޓޮމާޓޯ އަދި ކެބެޖް އަގުހެޔޮކޮށް ވިއްކަން ނިންމައި ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ލިބޭ އިން ބުނީ ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި އަގުހެޔޮކޮށް ވިއްކަން ފަށަން ނިންމާފައިވާ ތަކެތީގެ ޕްރީ އޯޑަރު މިހާރު ނަގަން ފަށާފައިވާ ކަމަށެވެ. ލިބޭގެ ނަމްބަރު 7682002 އަށް ގުޅައިގެން ޕްރީ އޯޑަރު ކުރެވޭނެއެވެ.

ލިބޭ އިން އަލުވި ބަސްތާއެއް -/210 ރުފިޔާއަށް، ކެބެޖް ބަސްތާއެއް -/290 ރުފިޔާއަށް، ފިޔާ ބަސްތާއެއް -/170 ރުފިޔާއަށް، ކަރާ ބަސްތާއެއް -/280 ރުފިޔާއަށް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ޓޮމާޓޯ ފޮއްޓެއް ވިއްކާނީ -/200 ރުފިޔާއަށެވެ. ބިސް ކޭހެއް -/305 ރުފިޔާއަށް ވިއްކާނެއެވެ. ކެބެޖް، ކަރާ، އަލުވި އަދި ފިޔާ ބަސްތާއެއްގައި 25 ކިލޯ ހުންނާނެއެވެ.

ލިބޭ ސުޕަ މާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ" އިން ބުނެއެވެ.