މިމަހު ޕްލާސްޓިކް ކޮތަޅުން ފީ ނަގަން ފަށާތީ އައްޑޫގައި ހިންގަމުން އަންނަ ލިބޭ ސުޕަމާޓުން ކަސްޓަމަރުންނަށް "ހިލޭ" ކޮތަޅު ދޭން ނިންމައިފިއެވެ.

ސަރުކާރުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާގެ ފީ ނަގަން މަޖުބޫރު ކޮށްފައެވެ. މިއާއި އެކީ ބައެއް ހާލަތްތަކުގައި ދިވެހިން ގަންނަ ތަކެތީގެ އަގު ބޮޑުވާނެއެވެ. ނަމަވެސް ލިބޭ ސުޕަމާޓުން ވަނީ ވިއްކާ ތަކެތީގެ އަގުބޮޑު ނުވާނެހެން ކަސްޓަމަރުންނަށް ތަކެތި ވިއްކަން ނިންމާފައެވެ.

އެގޮތުން ލިބޭގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ލިބޭ ސުޕަމާޓުން މާދަމާއިން ފެށިގެން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލާނެ ކަމަށެވެ. އަދި އެއާއި އެކީ ދެން ބޭނުން ކުރާނީ "ނަން ވޫވުން" ކޮތަޅު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ފިހާރައިން ވިޔަފާރި ކުރުމުން މިކޮތަޅުތައް ކަސްޓަމަރުންނަށް ލިބޭނީ "ހިލޭ" ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، "ނަން ވޫވުން" ކޮތަޅު ކަސްޓަމަރުންނަށް ދޭން ނިންމާފައިވަނީ ޕްލާސްޓިކް ކޮތަޅުން ސަރުކާރުން އަގެއް ނަގަން ނިންމި ނިންމުމާއި އެކީ ކަސްޓަމަރުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.

ލިބޭ ސުޕަމާޓަކީ އައްޑޫގައި މިވަގުތު ހުޅުވާފައި ތިބި ފިހާރަތަކުގެ ތެރެއިން ރައްޔިތުންނަށް އަށްފޯރާ ފަށެއްގައި ހުރިހާ ސާމާނު ވިއްކަމުން އަންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.