މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިނުމަށް ހަމަޖެހިފައިވާ ނޫސްވެރިކަމުގެ އެވޯޑުގެ އެންމެ މޮޅު ނޫސްވެރިޔާ ހޮވުމަށް އެސްއެމްސް ކުރުމުގެ ފުރުސަތު ކައުންސިލުން މިއަދު ހުޅުވާލައިފިއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ރާއްޖޭގެ ފަސް މީޑީއާއަކުން ފަސް ނޫސްވެރިޔަކު ވާދަ ކުރެއެވެ. އެއީ "ވަގުތު" ގެ އިތުރުން "މިހާރު"، "އަދަދު" އޮންލައިން، "ވަން" އޮންލައިން އަދި "ދައުރު" ނޫހުގެ ނޫސްވެރިންނެވެ. މިއިން އެއްވެސް ނޫސްވެރިއަކަށް މި އެވޯޑު އަދި ލިބިފައެއް ނުވެއެވެ.

އަހަރުގެ މޮޅު ނޫސްވެރިޔާ އަށް ވާދަކުރާ ނޫސްވެރިން:

  • މުހައްމަދު ޔާމީން، "ވަގުތު" އޮންލައިން - އެސްއެމްސް ކޯޑު: JY (SPACE) MY
  • ނާޒިމް ހަސަން، "އަދަދު" އޮންލައިން - އެސްއެމްސް ކޯޑު: JY (SPACE) NH
  • އާސިމާ ނިޒާރް، "މިހާރު" އޮންލައިން - އެސްއެމްއެސް ކޯޑް: JY (SPACE) AN
  • އައިމިނަތު ޝިފްލީން، "ދައުރު" އޮންލައިން - އެސްއެމްސް ކޯޑް: JY (SPACE) AS
  • މުހައްމަދު ސިމާއު، "ވަން" އޮންލައިން - އެސްއެމްސް ކޯޑް: JY (SPACE) MS

މޮޅު ނޫސްވެރިޔާ ހޮވުމަށް އެސްއެމްއެސް ކުރަން ޖެހޭނީ 4244 ނަންބަރަށެވެ. އެސްއެމްއެސް ކުރެވޭނެ އެންމެ ފަހުގެ ތާރީހަކީ އަންނަ ނޮވެމްބަރު 10 ވަނަ ދުވަހުގެރޭ 23:59 އެވެ.

މީޑިއާ ކައުންސިލުން ހާމަކުރި އުސޫލުގައިވާ ގޮތުން އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އަށް ވާދަކުރެވޭނީ ރަޖިސްޓްރީކޮށްގެން ހިންގާ ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓިން މީޑިއާއެއްގައި ނޫސްވެރިކަމުގެ ދާއިރާގައި މަދުވެގެން ތިން އަހަރަށް ވުރެ ގިނަ މުއްދަތުގައި މަސައްކަތްކޮށްފައިވާ ނޫސްވެރިންނަށެވެ.

މި އިނާމަށް ވާދަކުރެވޭނީ ނޫސްވެރިކަމުގެ ހަމަތަކާއި އަހުލާގީ މިންގަނޑުގައި ހިފަހައްޓާ، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތަށް ނޫސްވެރިކަން ކުރާ، ދާއިރާގައި ގާބިލްކަން ހުރި ކަމަށް އެ މީޑީއާއެއްގެ އިސްވެރިޔާ ނުވަތަ އެޑިޓަރު ފާހަގަ ކުރާ އެއް ނޫސްވެރިޔަކަށެވެ.

އުސޫލުގައިވާ ގޮތުން ނޫސްވެރިޔާ ލިޔެ، ނުވަތަ ތައްޔާރުކޮށް، ނުވަތަ އުފައްދާފައިވާ ޖުމްލަ ހަ އުފެއްދުމެއް ހުށަހަޅަން ޖެހޭނެއެވެ. އަދި އެ އުފެއްދުންތަކުގެ ތެރެއިން އެވޯޑަށް އިވެލުއޭޓް ކުރަން ބޭނުންވާ ތިން އުފެއްދުމެއް ފާހަގަ ކުރަން ޖެހޭނެއެވެ.

އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް އެންމެ ގާބިލް ފަރާތެއް ބެލުމުގައި މީޑީއާ ކައުންސިލްގެ ޖަޖުންގެ ޕެނަލް އަށް ހުށަހެޅީ ޕްރެޒެންޓޭޝަނާއި އިންޓަވިއު ވެސް ބަލާނެއެވެ. އެނގިފައިވާ ގޮތުގައި މި ފަސް ނޫސްވެރިންގެ ޕްރެޒެންޓޭޝަނާއި އިންޓަވިއު ވެސް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މީޑީއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމަށް މިފަހަރު އެކި ކެޓަގަރީތަކުން ގިނަ ނޫސްވެރިންތަކެއް ވަނީ ހުށަހަޅައިފައެވެ. މި އިނާމް ދޭނެ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސިނާން

    މޮޅުވެގެންނެއް ނޫންތާ އެހެންވީމަ އެވޯޑް މި ލިބެނީ. ރައްޓެހިން ގިނަ އާއިލާ ގިނަ މީހާއަށް.ލިބޭނީ ފެންވަރު ނެތަސް

    15
  2. Anonymous

    ނޫސްވެރިންތަ ނޫނީ ހަގީގަތް ނެތް ވާހަކަ ފަތުރާ މީހުންތައް..އެއްމެ މޮޅަށް މީހުންގެ އަނބުރު ނަގާލާ ފިތުނަ އުފައްދާ ގައުމު ހަލާކުކރާ މީހާ ހޮވަންވީ ދޯ

    13
    1
  3. ވިސްނާލުމަށް އެދެމޭ

    ތިތާނެތް އަހަރެ މެންނަ އެއް މެކަ މުދާ ނޫސްވެރިންނެ..އަހަރެ މެން ވޯޓުދޭން ބޭނު މީ އާދަ މްނަވާޒު .....އަޒާން އަދި ދިޔަރެސްގެ ނޫސްވެރިންނަ..ޓީވީ ޗެނަލްތަކުން ވިއްޔާ ޗެނަލް13ގެ ސަ މާހު... މީ މިހާރު ގައު މީ ވަތަނީ އިޖުތި މާއީ ފަރުދީ ޒިން މާއުފުލާ ނޫސްވެރިން... މިނޫސްވެރިންނަ އަހަރެ މެން ހިފެހެއްޓު މެތި އަތްތިލަބަޑިޖަހައިދޭނަން...

    16
    2
  4. ނޫސްވެރިން ތިބޭތަ މޮޅެތި މީހުން…އިންސާނަކަށް ކުފޫ ހަމަވާ މީހަކު ނޫސްވެރިކަމެއް ނުކުރާނެ…ނޫސްވެރިކަން ކޮށް އުޅޭނީ ބައިކުޅަބައި މަދު މީހުން…އިންސާނުންގެ ސިފައިގަ ތިއްބަސް އިންސާނެއްގެ ހައިސިއްޔަތު ނެތް މީހުން…އިހު ޒަމާނުގަ ބާޒާރު މަތީގަ ބެރު ޖަހާ ވާހަކަ ކިޔަން އުޅުނު މީހުން އެއީ އޭރުގެ ނޫސްވެރިން…އެމީހުން ކަން ކުރާ ގޮތް ހުރިހާ ދިވެހިންނަށް އެނގިފަ އޮންނާނީ ސީރީޒް ބަލައިގެން…މީސްތަކުންގެ ތެރޭގައި ވާހަކަ ހަދަހަދައިގެން ދެއްކުމާއި ނުބައި ނުލަފާ މީހުން އެއީ ހެޔޮބައެއްގެ ގޮތުގައި ހެޔޮ މީހުން އެއީ ނުބައި ބައެއްގެ ގޮތުގައި ފަތުރާ ފަސާދަ ކުރާ ބައެއް އެއީ އޭރުވެސް ބެރުޖަހާ ވާހަކަ ކިޔާ މީހުން އެއީ…މި ކޮމެންޓް ޖަހާލަ ދެއްޗޭ އެއްޗެކޭ ހީނުކޮށް…

  5. އަހަންމަދުު

    ޢެސްއެމްސް ކުރާނެގޮތެއް އެގޭބާ؟

    3
    1
  6. އަހަންމަދުު

    އެސްއެމްސް ކުރަންއެގޭ ރައްޓެހިންގިނަ މީހާ ހޮވޭނެ!

  7. Anonymous

    އަހަރެމެން ވަނަ ދީފިން
    ވަގުތަކީ އެންމެ އަގުބޮޑު އެއްޗަކީ އެންމެ ނަށްވެސް

    6
    2
  8. މޫސަބޭ

    މޮޅުގޮތެއް ތިޔައީ.
    ކުރާ ކޮންމެ އެސްއެމްއެސް އަކަށް އެމެސެޖް ފޮނުވި ނަމްބަރަޖުން ރުފިޔާ ތަކެއް ލިބުނީ.
    މޮޔައިން މިގައުމުގައި ވަރަށްގިނަވާނެ.
    އަޅުގަނޑުގެ ރައްޓެއްސެއް އޭނާގެ ސައިކަލް،
    އެއްމެރީތި ސައިކަލް ހޮވަން ބޭއްވި މުބާރާތެއްގައި ބައިވެރިކޮށްގެން، އޭނާއަށް ވޯޓް ދޭން މެސެޖްކުރި އެތައް ބައިވަރު މީހުންލައްވައި. އޭނާގެ ސައިކަލް އެއްވަނައަށް ދިޔައިރު، އިނާމަށް ލިބުނު ފައިސާއިން އެއްމެ ކުޑަމިނުން އެސައިކަލުގައި ތަތްކުރި ސްޓިކާގެ އަގުވެސް ނުލިބުނޭ ބުނިހަނދާންވަނީ.

  9. ސޮޑޭ

    ތިތާކު ނެތް އެންމެ މޮޅު ނޫސްވެރިންނެއް. ގިނައީ ސަރުކާރުގެ މައުތް ޕީސް.

  10. އަޙްމަދް

    އެންމެ މޮޅު ނޫސްވެރިޔާ ހޮވުމަށް އެސްއެމްސް ކުރަން ހުޅުވާލައިފި!
    ޢަހަރެން ހިތަށް އަރަނީ ނޫސްވެރިންނަކީ ކިހިނަކުން ކޮންގޮތަކުން މޮޅުބައެއްބާއެވެ؟
    ޢެބަޔަކީ ޖާހިލުންކަންވެސް ޙުދު އެބަޔަކަށް ނޭނގޭހާވެސް ޖާހިލު ބައެއްގެ ހުއްނާނީ ކޮން މޮޅުކެއްތޮއެވެ؟
    ޢެހެންވީމާ އެސްއެމްސް ކުރަންވީ އޭގެތެރެއިން އެއްމެ ޖާހިލު ނޫސްވެރިޔަކީ ކާކުތޯބާލާން ނޫންތޯއެވެ؟

  11. އިބްރާހީމް

    ލިޔުންތެރިކަމުގެ ގޮތުން ބަލާފިއްޔާ ނާޒިމް، ޝިފްލީން އެންމެ ރަނގަޅު ދޭނި. ދެންތިބި ނޫސްވެރިންވެސް ގޯހީކީ ނޫން.

  12. އަހްމަދު

    މިރާއްޖޭގައި ތިބީ އެންމެ 5 ނޫސްވެރިންތާ؟

  13. ޖާހިއްލޯ

    ރާއްޖޭގަ ނޫސްވެރިން އުޅޭތަ؟އެއްމެ މޮޅު ޕަޕެޓުން ހޯދަން ވޯޓު ދޭންޖެހޭނީ އެމީހުންގެ މާސްޓަރުން، ރައްޔިތުނެއްނޫން.

  14. ގަލަން

    ނޫސްވެރިން ނޭކިޔޭފެންވަރުގަ ބައެއްއަދިނެއް މިރާއްޖެއަކު މުސްތގުބަލްގަ ތިބޭނެކަމައް އުންމީދުކުރުވެ އަސްލުނޫސްވެރިން ތިބޭނެކަމައް!!! އަސްލުނޫސްވެރިކަމެއް އަދިމިރާއޖެއަކުނެއް ހަމަ ދެމީހަކު ވެގެން އޮންލައިން ނޫހެއް ރަޖިސްޓްރީކޮއްލާފަ ކޮންމެވެސް ކެފޭއެއްގަ ތިބެލައިގެން ހިތުހުރިހާއެއްޗް ލިޔެލާފަ ދެންމިބުނަނީ ނޫސްވެރިންނޭ ތިހިންގާގިނަ ނޫސްތަކުގަ އޮފީހެއްވެސް ނުހުރޭ ދެއްތޯ. ކޮފީބޯން ތިބެފަ ލިޔެލަފާނެ ކެޓްރީނާ ލާހެދުން ތަކުގެ އަދަދު އިގޭތަ ނުވަތަ ސައިފް އަލީހާން ގޭގަކިތައް ކޮޓަރި ހުންނަކަން އިގޭތަ މިކަހަލަ ތާކުން ތާކުނުޖެހޭ ހަބަރު އެބަލިޔޭ. ދެންމިބުމަނީ ނޫސްވެރިންނޭ އަދި ހިމާޔެއް ފޭސޭ… އަހަރެންގެ ހިޔާލު އެންމެން ދެކޭގޮތެއް ނުވެދާނެ