މި ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ފެނިފައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހުންނެވީ ކޮސްވެ، ބަސް ހުއްޓިފައި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނިހާދު މިއަދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ކެންޑިޑޭޓު ޔާމީން އައްޑު އަށް އިއްޔެ ވަޑައިގަތުމުން އެމަނިކުފާނަށް ސ. ގަމުން ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ. ޔާމީންގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ ހުރިހާ ރަށްތަކަށް ވަކިވަކިން ވަޑައިގެން އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރައްވާނެއެވެ.

ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ޓީމުގެ މެމްބަރުންގެ ދުލުން އަބަދުވެސް އިވެމުން ދިޔައީ "ހާދަ ކަމެއް އެބަ ކުރެއޭ" ބުނާ ވާހަކަ ކަމަށެވެ. އަދި އައްޑޫ ސިޓީގެ މަގު ހަދަން މުޅި ސިޓީ ކޮނެފައި އޮތް ވާހަކަ ވެސް ބުނަމުންދާ ކަމަށް ނިހާދު ވިދާޅުވިއެވެ.

ނިހާދު އެ އިޝާރާތް ކުރެއްވީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ އިން ކުރިއަށް ގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫއަށެވެ. އެ މަޝްރޫއުގެ ދަށުން އައްޑޫގެ މަގުތަކުގައި ތާރު އަޅަން ވަނީ ފަށައިފައެވެ.

މީގެއިތުރުން އައްޑޫގައި އިންޖީނުގެ އާއި އޮފީހާއި ސްކޫލާއި މިސްކިތް އަޅާ ވާހަކަ ވެސް ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ ދުލުން އިވެމުންދާ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

"ޕީޕީއެމް/ޕީއެންސީ ޓީމުގެ މެމްބަރުންގެ ދުލުން އަބަދުވެސް އިވެމުން ދިޔައީ ހާދަ ކަމެއް އެބަ ކުރެއޭ، މުޅި އައްޑޫ ސިޓީ މިއޮތީ ކޮނެފައޭ މަގު ހަދަން. އިންޖީނުގެ އާއި އޮފީހާއި ސްކޫލާއި މިސްކިތް އަޅަނީއޭ. ލިސްޓު ދިގޭ. ޔާމީން ވެސް ހުރީ ކޮސްވެ ބަސް ހުއްޓިފައި ދެން ވާނެ ވައުދަކާ މެދު ވިސްނަން،" އައްޑޫގައި ހިންގަމުން އަންނަ ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ނިހާދު ވިދާޅުވިއެވެ.

ޔާމީން އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ 2018 ގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެން ޔާމީން ރިޔާސީ ކެމްޕެއިން ފައްޓަވާފައިވާ އިރު، ޕީޕީއެމުން ބުނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.

ދެކުނުގެ އެންމެ ބޮޑު ސިޓީގައި ފެން ހިންދުމުގެ ނިޒާމް ގާއިމްކޮށް މަގު ހެދުމުގެ މަސައްކަތް 1.1 ބިލިއަން ރުފިޔާ އަށް ދިވެހި ސަރުކާރުން ހަވާލުކޮށްފައިވާ އެފްކޮންސްއަކީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް ހަދާ ބޮޑު ބްރިޖުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކުންފުންޏެވެ.

އައްޑޫގެ މަގުތައް ހެދުމުގެ މަސައްކަތް ރައީސް ރަސްމީކޮށް ފައްޓަވައި ދެއްވައިފި

އައްޑޫގެ މަގުތަކުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ވާރޭ ވެހޭ ދުވަހެއް ނަމަ، ގިނަ މަގުތަކުގައި އޮންނަނީ ޗަކަ ހެދިފައެވެ. ފެން ބޮޑުވެ ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް އިންތިހާ އަށް ދަތިވެއެވެ. ސ. ހިތަދޫ، މަރަދޫ، މަރަދޫ ފޭދޫ، ފޭދޫ އަދި ގަމަކީ ތާރު މަގަކުން ގުޅިފައިވާ ރަށްތަކަކަށްވާ އިރު، އައްޑޫއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެރަށުގެ މަގުތަކުގެ ހާލަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އައްޑޫގެ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު އެއް ވައުދަކީ އެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގަން ނިންމާފައިވާ ދެ ވަނައަށް އެންމެ ބޮޑު މަޝްރޫއެވެ.

މި މަޝްރޫއުގައި ގާތްގަނޑަކަށް 40 ކިލޯ މީޓަރުގެ މަގު ޒަމާނީ ފެންވަރަކަށް ހެދުމާއި މަގު ބައްތި ޖެހުމަށް ވަނީ ރާވައިފައެވެ. އަދި އައްޑޫގެ ހުރިހާ ރަށެއްގައި ސީސީޓީވީ ކެމެރާ ހަރު ކުރުމަށް ހަމަޖެހިފައިވެއެވެ. ތާރުއަޅަން ކަނޑައަޅާފައިވާ މަގުތަކުގެ އިތުރުން ގާތްގަނޑަކަށް 60 ކިލޯމީޓަރުގެ މަގުގައި ސިމެންތި ސްޓެބިލައިޒްޑް ބޭސް ލޭޔާ އެޅުމަށް ވަނީ ހަމަޖައްސައިފައެވެ. އެ ލޭޔާގެ ބޭނުމަކީ ފެން ހިންސާ ނިޒާމުގެ ތެރެއަށް ވެލި އެޅި ދިމާވެދާނެ މައްސަލަތަކުން ރައްކާތެރިވުމެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ޢ

    މާލެ ހުޅުމާލެ ބްރިޖް ފެނިފަ ނިހާދު ސޮނިބޭލިވާހަކަ އަޑުއިވޭ

    175
    4
    • 🤣

      🤣🤣

      68
      1
    • Anonymous

      ނިހާދު ރޭރުވީ! ކަޑަވީ! އައްޑޫ ރައްޔިތުން ދަނޭ ތިއީ "ބޮޑު ދޮގުބެ" ކަން.

      47
    • ލީލީ

      ހަހަހަ

  2. ނަމަ

    ހަމަ ސާބަސް ނިހާދު އަށް އަނގައިން ދެރަނުވާތި

    145
    1
  3. އިބޫ

    އެންމެ ދޮގޮ ހަދާމީހާގެ ރިކޯޑް ތައް ލިބޭހެއް

    136
    • ޙަސަން

      އެންމެ ކަނޑުކޮސް ވެސް

      31
  4. އާބިދާ

    އައްޑޫސިޓީން ރައީސް ޔާމީނަށް އޮތް ސަޕޯޓް ފެނިފަ ހަޖަމް ނުވެގެން ކޮސް ގޮވަންފެށީދޯ!

    166
    1
  5. Anonymous

    އައްޑޫގައި ލިވާތު ތަޢާރަފް ކުރަންތަ؟

    57
    1
  6. ސުމެ

    ބަލަގަ މަޝްރޫއު ހިގަނީ ދައުރު ނިމޭއިރުވެސް ލޮލަކުން ތިއިންކަމެއް ނުފެންނާނެ

    91
  7. ޢޮޔާ

    ލާދީނީ އަނގަތައް 2023 އަށް މި ފަހަތު ރައްޔިތުން ގުނބޯ ނުހައްދާތި. ތިކަހަލަ ފަނިހަކަތައް ގޮނޑިގެއްލިދާނެތީވެ ފޮޑި ތަޅަމުން ދުވާނެ. ޚަމެއް ރައްޔިތަކށް ނުކޮށްދޭނެ. ށުޕަރމެޖޯރިޓީ ރައްޔިތުން ލަދީނިއްޔަތަށް ދިނީމަވެސް ގައުމުގެ ފޭރާންވީދީ.

    71
  8. 2023ޔާން

    ރައީސް ޔާމީން 2023. ޢިންޝާﷲ..އާމީން

    88
  9. ލޮލީ މީހާ

    ލޮލީޖާބިރުގެ ފަހަތުގައި ރަނޑެއްހެން ހޭން އިންނަ ވާންޗޯއެއް ، މަޖުލީހުގައި އަނގަ ހުޅުވާލަން ނުކެރޭ ސޮރެއް ، ކޮންވާހަކައެއް މިހާރު މިދައްކަނީ ... އައްޑޫ މެންބަރެކޭ ބުނީމައި ލަދުގަނޭ ހެހެހެ

    83
  10. Anonymous

    ޢެހެންކޮސްވޭނެއި ތަ ކަހަލެއި ގަމާރުން

    65
  11. Anonymous

    މިސަރުކާރުންކުރި އެއްވެސް ތަރައްގީއެއް އައްޑުގައި އޮތްނަމަތާ އެ ތަރައްގީއެއް ރ ޔާމީނަކަށްވެސް އެހެންމީކަށްވެސް ފެންނާނީ، ކަލޭ ތިކިޔަނީ ރ ޔާމީން ޒައާމަތުގަ މުޅިމުގައުމަށް ކޮށްފަވާ ބޮޑެތި ތަރައްގީތަށް ފެނި ކަލޭމެން އަނގައިން ސޮނިބޭލި ބަސް ހުއްޓިފައިވާވާހަކަ ދޮތެ؟؟ ޢެމީހަކަށް ޖެހިފައިވާ ބައްޔެއްގެ ވާހަކަތާ އެެއްމެ ފެސޭހަކޮށް ކިޔާދެވޭނީ އެމީހަކަށް،o

    69
    1
  12. ޑިމޮކްރަސީ

    ޔާމީން އަކީ ރައްޖެ ދެކެމުން އައި ތަރައްޤީގެ ބާނީ އެފަދަ ބޭފުޅުން ތިކަހަލަ ބަޔަކު ހާވާ ހަޑި ފެނިފަ ކޮސްވެ ބަސްހުއްޓޭނެތަ؟

    84
  13. Anonymous

    ހޫއިޒް ދިސް

    54
    • މަހުދީ

      ޔާމީނަކީ ތެޔޮބިޑި ބޯ މީހެއްނޫން. ތިކަހަލަ ގޮލަ މަޝްރޫއު ޔާމީން ނުހިންގާ. ކޮސްނުގޮ ާ

      31
  14. ފޭދޫ މީހާ

    މިއީ ރައްޔިތުންގެ ވިމަދާއެއްގޮތަށް މަސައްކަތްކުރާ ނިހާދެއްތޯ ސުވާލު އުފެދޭ! ދެނެއް މެންބަރު ކަމެއް ނުލިބޭ!

    57
  15. އައްލާގެ އަފީފު

    ނިހާދު ހަމަ ރަނގަޅަށަވެސް އެހެރީ ބަސް ހުއްޓި ކޮސްވެފައި އަދި ސޮނިވެސް ފައިބާފަ. މިވީ ގޮތަކީ ޔާމީނަށް އައްޑޫއިން އެއްވެސް ސަޕޯޓެއް ނެތޭ ކިޔާފަ ހޮޓާހޮޓަލުގަ އަނގަ ގަޅަމުން ދަނިކޮށް އައްޑޫއިން ޔާމީނަށް އެރުވި މެހްމާންދާރީއާއި އަދި ސަޕޯޓު ފެނިފަ ހަމަ އެހާލަތަށް ދިޔައީ. ތިކަހަލަ ވާހަދައްކާ މީހަކަށް މީގެ ކުރިން އައްޑޫ ފޭދޫގައި އުޅުނީ މޮހޮދާގެ އައްލާ. އޭނަވެސް އެބަދޭ ގޭގެއަށް އިރަށް ނަގާ ތޮށަލިގަނޑު ހޯދަން.

    56
  16. ދުމައިން

    މިކަލޭގެއަށް އިންޑިއާ އަވަށްގަނޑެއްގެ ނަރުދަމާ ކޯރު ފެނި އެ ތަރައްގީގެ ބިޔަ މަޝްރޫއުތަކެއްކަމަށް ފެނުނަސް، ޔާމީނަކީ 21 ވަނަގަރުނުގެ ތަރައްގީއާ ޕުރޮޖެކްޓުތަކަށް އާ ބޭފުޅެއްނޫން، އެފަދަ ޕުރޮޖެކްޓުތަކަށް ފަރިތަ ބޭފުޅެއް. އެކަން އޮތީ ފެންނަން. މިމީހުންނަށް އިންޑިއާއިން ގަނެދީފަތިބޭ ނޫސްތަކުގެ ފަލަސުރުޚީގަ ނޫންގޮތަކަށް މަޝްރޫއެއް ނުހިންގޭ. ދެން މިކަހަލަ ކޮސްގޮވާނީ!

    54
    1
  17. ސަމްހީދް

    މިއީ ބޮލުގަ އޮއްޓަރެއްނެތި މިޙަކުގެންގުޅޭ ޖަނަވާރުވެސް ނުވާހާސައިޒު އެސޮރުމެންވެސް ހަޤީޤަތް އޮޅުވައެްއް ނުލާ

    42
  18. ފާއިޒް

    އޭ ބުރާންތި އެހެންވެ ދޯ މުޅި އައްޑޫ ރައީސް ޔާމިން އަށް މަރުޚަބާ ކިޔަން ނިކުތީ..

    51
  19. ހުސޭނުބޭ

    ޔާމީނު ކޮސްވާނެ އައްޑޫގައި އަދިވެސް ހިނގަނީ ޔާމީނު ފެށި މަސްރުޢުތައް، ޔާމީނު ކޮސްވީ ކަލޭމެން ސްލޯކަމުން

    61
  20. އިސްޢާފް ސަލީމް

    ޔާމީން ފަށާފައިހުރި މަޝްރޫޢުތައް ހުއްޓާލައިގެން ތިބެފަ 4 އަހަރުފަހުން ވޯޓަށް ނަމަވެސް އެހެން ބަޔަކު އެ މަސައްކަތްތައް ކުރިޔަށް ގެގޮސްދެންޏާ އުފާވެ ބަސްވެސް ހުއްޓޭނެތާ!

    48
  21. ނަޒީ

    ސަޕޯޓަރުންގެ ޖޯޝާއި ފޯރި ފެނިފަ މިކަލޭގެ މޮޔަވެއްޖެ!

    55
    1
  22. ސޫއޫދު

    ބުރާންޗަކައް ހީވާނީވެސް ދެންއުޅެނީވެސް ހަމައެފެންވަރުގެ މީހުންހެން އައްޑު އަތޮޅައް ނިސްބަތްވާ އެތައްމެންބަރުންއެބަތިބި އެމީހުން ދެއްކިވާހަކަ އަޑުއަހާލަބަލަ ތިޕާޓިއައްސަރުކާރައް ތާއިދުކުރާ ކަލޭއެކަނި ކޮސްގޮވީމައެގޭތީތަންދޮދު ނޭގެ ހަމަޖެހޭ މީހެއްނޫންކަން ކަލޭއެކަނިނޫން އައްޑުއަތޮޅުގައުޅެނީ އަދިނިސްބަތްވަނީވެސް ތައުލީމީއެތައްބަޔަކުއެބަތިބި ބުރާންތިވެގެން ތިދޮގުހަދާ ތެޅިބާލަނީ ކަލެއައްއެގޭތަ ކަލޭދޮގު ހެދުމުން އެއީ ކިތައްދިވެހިރައްޔިތުންނާ ގުޅިލާމެހިފަވާކަންތައްތަކެއްކަން ދައުލަތުން ދީފަވާވާ ބޭސްފަރުވާގެ އެހީހޯދާ މީދެންކާކު؟

    41
  23. ބިންގޯ

    ކަލޯ ތިޔަ ގޮޑިޔަށް ހޮވީ 5 އަހަރު ވަންދެން ޔާމީނުގެ ވާހަކަ ދައްތަ. ގޮޑިން ބުރި ހިއްލާލި ކޮންމެ ފަހަރަކު ޔާމީނުގެ ވާހަކަ. ގޯހެއްނޫން.

    44
  24. Anonymous

    އައްޑުޫ އޮތްހާލުފެނި އެމަނިކުފާނު ކޮސްވެދާނެ

    14
  25. އާދަނު

    ދިވެހި ޤަވްމުގެ ހަތަރުކަނުގައި ތަނބުހޖަހާ ޤަވްމު 6 ބުރިޔަށް ނެގިޔަސް 2023 ގައި މި ސަރުކާރަށް ޞައްޙަ 10 ޕަސެންޓްވޯޓުވެސް ނުލިބޭނެ! އިންޝާއަﷲ

    16
  26. ޢަލީ

    ނިހާދު ތަ ޖީބާ ބޯކޮށް ލާރި ލާގެން ހިށެ ކޮން ދޮގޮވާހަކަ ދައްކާ ކޮންތައް ފެނިގެން ސޮނިބޭލޭވާހަކަ ތެކޭނީ ކޮން ކަމައް މިސަރުކާރުން ކޮއްދިނީ މަގަހަދާށާއު ކޭފެއި ތެޅިތެޅި ތިބެނީ ލާރިކައިކައި އެމްޑީޕީ އަކަށް ވޯޓަށް ދެން ނިލިބޭހެއް ލައްކަ ދުވަހި ވޯޓް ދީގެ ވީކަމައް ނެށް ދެން މިފަހަރެ އްއްޑޫ މީހުން ވޯޓް ދޭނެއި ޔާމީން އަށް

    15
  27. އިންޑިޔާ އައުޓު

    ޔާމީން ގެސަޕޯޓަރުން ފެނި ކަލޭ ދެކަމު ހާޖަތައްދެ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުވުނީދޯ

    17
  28. ގުއިދައިތަ

    މީނާ އަކީ ދެލޮލަށް ފެނުނު ކަމުގައި ވިޔަސް ދެލޯ ކަނު، ކަންފަތަށް އަޑު އިވުނު ކަމުގައި ވީ ނަމަވެސް ކަންފަތް ބީރު އަމިއްލަ ސިކުނޑިން ވިސްނަން ވެސް ނޭނގޭ މަރުމޯލެއް. އާންމު ދިވެހި ބަހުން ބުނަންޏާ މީދާކޭ އުނބެއް..

    15
  29. ޑައެލޯގް

    ޔާމީން ބަސްހުއްޓުނީ މިސަރުކާރުން ނަގާފައިވާ ލޯނުތަކާހެދިއެވެ. އެހެންވެ ޔާމީނު ވިދާޅުވީ ބޮލަކަށް 280000 ދަރަނި ބޮލުގައަލުވައިފިއެވެ.

    18
  30. ޙުގޖ

    އަފިރިން ކޮސް ވެގެން މިހިނގަނީ ދޫގަސް ހިިލޭ އިންޑިއާ މީހުންނަށް ދެރަގެން. ކޮންތްރެކްޓް ޓާރމްސް އަކި ނެތް ތާން ދޭއްޖެހޭކަމަށް.

    ދެވަނަކަމަކަށް ކޮސްވެގެން މިހިނގަނީ މޑޕ އޮފީހެ އެފްކޮންސް މީހުން ތަޅަން އެޑާހެދީ.

    3 ވަނަކަމަކަށް ކޮސް ވެފެއި މިތިބީ ތެހަދާ މަގަތަކުގެ ފެންވަރަ ބަލާނެ ބާކިންނެތި ހަދާނެލެހެކަށް ހަދައި އެއްވިޔަސް ކޮލިޓިއަށް ނެތް ކަމަކަށް ރައްޔިތުންގެ ފައިސާ އެބޭހހެދީ.

    11
  31. ފާއިޒު

    އައްޑޫ އަށް ރައީސް ޔާމީނު ވަޑައިގެންނެވުމުން އެ އަތޮޅުގައި ހުރި ސަރުކާރުގެ އެކި އިދާރާތަކުން ނާއި ކުންފުނި ތަކުން އެވަރަށް ހުރަސްއަޅަމުން ދިޔައިރުވެސް ރައިސް ޔާމީނަށް މަރުޙަބާ ކިޔުމަށް ދިޔަމީހުންގެ ޢަދަދު ގިނަ ވުމާއެކު މާލޭގައި ހުރި ނިހާދު ޙައިރާންވެ އަންތަރީސް ވެގެން އަނގައިން ދެކޮޅުނުޖެހޭ ވާހަކަ ދައްކަން ފެށިއްޖެ.

    15
  32. ބަކުރު

    އަހަރެން ހަމަހިތަންއަރާ މިކަހަލަ ބޯހަލާކުވެފަހުރި މޮޔަމީހަކު މަޖިލީސް ގޮނޑީގަ ބަހައްޓާގެން އައްޑޫ ފޭދޫ މީހުންތިބެނީ ކީއްކުރަންބާވައޭ.

    13
  33. ާާާޢަލީ

    މިހާދު ކަލޭހުރީ އިއްޔެގަ އައްޑޫއިން ރައީސް ޔާމީނަށް
    މަރުޙަބާ ކިޔަން ނިކުތް މީހުން ފެނިފަ ދެފައިކާރިނުވެފަ...
    ހިތަށް ވަރަށް އަސަރުކޮއްފިކަން އެނގޭ....
    ޝުކުރިއްޔާ އައްޑޫރައްޔަތުން ...ވޯޓުން އަދި ތިޔަށްވުރެ
    ގަދަކުރާތި...

    16
  34. އަލީ

    މިކަހަލަ މީހުން ބުނާ އެއްޗިސްގެ ކޮމެންޓްތަށް ވެސް ސުރުހީ ފަލަކޮށްފަ ވަގުތުއަށް އަރުވަން ފެނޭ އެއިރުން މުޖުތަމައުއިން މިކަހަލަ ކޮސްގޮވުން ހުއްޓޭނެ . ލޮލީ ޖާބީރު ނިހާދު ހަސަންޓޭ މެން ކަހަލަ ގަމާރުން ކިޔާއެއްޗިސް ނޫސްތަކުގެ ފަލަސުރުހީއަށް އަރުވައިގެން ގައުމަށް ކުރާނެ ފައިދާއެއްނެތް.

    14
  35. ކަނބާ

    ނިހާދުވެން އެތިބީ ތިލަމާލެ ބުރިޖް ހެދޭނެގޮތެއް އެފަކޮން މީހުންނަށް ނޭނގޭތީ ގޮތް ހުސްވެފާ

    12
  36. މޭނާ

    ކަލޯ ނިހާދޫ ރ ޔާމީންގެ ބުރިޖާއި ފޭސް ޓޫގެ ޓަވަރުތަކާއި ހައިވޭއާއި އެއަރޕޯޓު ސީޕުލޭން ޓާމިނަލަް އާއި އެންމެބޮޑު ރަންވޭއާއި އެންމެއުސް 25 ބުރީގެ ޓަވަރާއި އެންމެޗާލު ބުރިޖުފެނިފަ ނިހާދުގެ އަނގައިން ބަސްތަބަސްތާއިން ސޮނިބޭލި ހަނދާން އެބަހުރިތަ އަދިވެސް ކަލޭ އެއަރޕޯޓަށް ދާއިރު ފެންނަ އެރައިވަލް ޓާމިނަލް ފެންނައިރަށްވެސް އެފައިބާސޮނީގެ އަސަރު ކާނިވާސަރަހަށްދަށް އެވަނީ ކޮށްފަ.

    11
  37. Anonymous

    މީހަކު އަނގަ ކުނިވެއްޖެ.

  38. ހުސެއިން

    އަމާބުނީތީ ފަރައްދާއުސޫލުން މަގުތައްއެބަހަދާ، ރައްޔިތުންގެ ބަޖަޓުން ބޮޑެތި އަދަދުތަކެއް އިންޑިޔާ ކުންފުންނަކަށް ދީގެން ހަދާމަގުތަކުގެ ވާހަކަދައްކަން ކަލޭ ލަދެއްވެސްނުގަނޭތަ؟؟؟އައްޑޫ ގޮޑުދަށުން އެތައްޓަނެއްގެ ވެލިނަގައިގެން އަޅާ ފާލަން ގަނޑުވެސް ތިޔައުޅެނީ ފަސްއަހަރު ވާއިރުވެސް ނޭޅިގެން، މަގުމަތީއުޅޭ ޕާޓޭއިން ތިމަސައްކަތް ކުރިނަމަ ތިޔައްވުރެ ތާހިރުކޮށް ތިމަސައްކަތްކޮށް ނިންމާލީސްމިހާރު!!!

  39. ޖެން

    ބޮޑު މޮޔަ

  40. ދީ

    މިކަލޭގެ މިހިރީ ހަމަހޭގަތަ؟

  41. ގަޅާ

    ރައްޔިތުން ރުޅި އަރުވަންތަ ތިއުޅެނީ